11 އެޕްރީލް 2025 - 18:00
ޔޫއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލްގައި ރޭ ފްރާންސްގެ ލިޔޯންއާ 2-2 އިން އެއްވަރުވި މެޗަށް ފަހު މެންޗެސްޓާ ޔުނައިޓެޑްގެ ހުރިހާ ކުޅުންތެރިން ވެސް ޒިންމާ ވާން ޖެހޭ ކަމަށް ކޯޗު ރުބެން އަމޯރިމް ބުނެފި އެވެ.
ފުރަތަމަ ހާފުގައި ތިއާގޯ އަލްމާޑާގެ ފްރީކިކަކުން ލިޔޯން ލީޑު ނެގި އިރު ހާފު ނިމެނިކޮށް ޔުނައިޓެޑަށް އެއްވަރު ކޮށްދިނީ ލެނީ ޔޯރޯ އެވެ. އަދި 88 ވަނަ މިނިޓުގައި ޔޯޝޫއާ ޒާކްޒީ ޔުނައިޓެޑަށް ލީޑު ނަގައިދިީފައި ވަނިކޮށް އެއްވަރުވީ ކީޕަރު އަންޑްރޭ އޮނާނާ ދިފާއު ކުރި ބޯޅައެއް ރީމައުންސްވި ގަޑީގައި ރަޔާން ޗާކީ ޖަހައިދިން ގޯލުންނެވެ.
މި ބައްޔާ ގުޅިގެން ކީޕަރު އޮނާނާ އަށް ވަނީ ބޮޑެތި ފާޑުކިޔުން އަމާޒު ވެފަ އެވެ. މެޗުގެ ކުރިން ލިޔޯން އަށް ކުޅޭ، ކުރިން ޔުނައިޓެޑަށް ވެސް ކުޅުނު ނިމަންޔާ މެޓިކް ވަނީ، އޮނާޏާ އަކީ ޔުނައިޓެޑްގެ ތާރީހުގައި ވެސް އެންމެ ގޯސް ކީޕަރު ކަމަށް ބުނެފަ އެވެ. ނަމަވެސް އޭނާ އަށް ވުރެ ގިނަ ތަށީ ޔުނައިޓެޑާ އެކު ހޯދާފައި ވާނެ ކަމަށް ބުނެ އޮނާނާ ވަނީ ރައްދު ވެސް ދީފަ އެވެ.
މިއާ އެކު މިދިޔަ ސީޒަނުން ފެށިގެން އޮނާނާގެ ގޯސްތަކުން ޖުމްލަ އަށް ގޯލު ވަނީ ޔުނައިޓެޑް ކޮޅަށް ވަދެފަ އެވެ. މިއީ ޕްރިމިއާ ލީގުގެ ހުރިހާ ގޯލްކީޕަރުންނަށް ބަލާއިރު ވެސް ރެކޯޑް ގިނަ އަދަދެކެވެ. ނަމަވެސް ކޯޗު އަމޯރިމް ވަނީ އޭނާގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ.
"ކުޅުންތެރިއެއް ގޯސް ހަދައިފި ނަމަ މުޅި ޓީމު ވެސް ގޯސް ހަދާނެ. އަހަރެމެން ކުރިއަށް ދާނީ އެގޮތަށް ދެކިގެން،" އޮނާނާ އަށް ހެދުނު ގޯސްތަކާ ގުޅިގެން އަމޯރިމް ބުންޏެވެ.
ދެން އޮންނާނީ ޔުނައިޓެޑްގެ ދަނޑުގައި ކުޅޭ ދެ ވަނަ ލެގެވެ. އެ މެޗު އަންނަ ހަފްތާ ކުޅޭނެ އެވެ.
އަމޯރިމް ބުނީ ކުރިއަށް އޮތް މެޗަށް ވެސް ޖާގަ ލިބޭނީ ޓްރޭނިންތަކުގައި ކުރާ މަސައްކަތުން ކަމަށާއި އޮނާނާ އަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓެން ހަގް
13 April 2025
މެޗް ފިކްސިންގެ އެއްވެސް މުއާމަލާތެއް އޮނާނާ ކޮށްފައި ވޭތޯ ބަލައި ފިޔަވަޅު އެޅުން އައުލާކަން ބޮޑު