ހިޔާ ފްލެޓްތައް: ހިޔާގެ ފުރަތަމަ ޓަވަރުން މާދަމާ ކަރަންޓު ކަނޑައަޅަން ވަނީ ނިންމާފައި
12 އެޕްރީލް 2025 - 20:59
ކަރަންޓް މަސައްކަތެއް ކުރުމަށް ހިޔާ ޓަވަރުތަކުގެ ފުރަތަމަ ޓަވަރުން މާދަމާ ކަރަންޓު ކަނޑަން ތާވަލުކޮށްފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ސްޓެލްކޯ އިން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އެ ކުންފުނިން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކުރުމަށް ތާވަލުކޮށްފައިވާ ކަމަށެވެ.
އެކި ދުވަސްތަކަށް ޓަވަރުތައް ބަހާލައިގެން އެ މަސައްކަތް ކުުރުމަށް ހަމަޖެހިފައި ވާއިރު، ހިޔާގެ ފުރަތަމަ ޓަވަރުގައި މާދަމާގެ ހެނދުނު 9:00 އިން ހަވީރު 17:00 އާ ދެމެދު މަސައްކަތް ކުރާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
އެހެންވެ އެ ޓަވަރުގެ ކޮންމެ އެޕާޓްމަންޓަކުން ވެސް ގާތްގަނޑަކަށް 30 މިނެޓަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ބުންޏެވެ.
އެކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް ސްޓެލްކޯ އިން ވަނީ މާފަށް އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެއްޔާގެ ދަރި
13 April 2025
އަލަށް ކުރާ ކަމެއް ނޫން. ފެށުނީއްސުރެ ދޭތެރެ ދޭތެރެއިން ކަރަންޓް ކަނޑަމުން އަންނަނީ އަދި ނޯޓިސް ވެސް ދޭ. އެޗްޑީސީގެ ގްރޫޕްގައި އާންމުކޮށް މި އިއުލާން އޮވޭ. މި ފަހަރު ޚަބަރަކަށް މިވީ ސަބަބެއް ނުވިސްނުނު
އޮނަރަބްލް އަފީފު ދީދީ
13 April 2025
ސަރުކާރާއި އެކު އެއްބަސް ވެފައިވާ ގޮތަށް ތިތަންތަނަށް މަހުން މަހަށް ދައްކާންޖެހޭ ފައިސާ ނުދީ ތިތަންތަން ދެވަނަ ފަރާތަކަށް ކުއްޔަށް ދީގެން އެފައިސާ ކަމުންދާ ކ.އަތޮޅު މާލޭ މީހުންގެ އަތުން އެތަންތަން އަތުލާފައި އެފަދަ ފުލެޓް ކުއްޔަށް ނަގައިގެން އެތަން ތަނުގައި މިހާރު ދިރިއުޅޭ މީހުންގެ މައްޗަށް އެތަންތަން ބަދަލުކޮށް ފުލެޓަށް ފައިސާ ލިބޭނެގޮތް ހަދާ ދިވެހި ދައުލަތް ދަރަނިވެރިވެފައިއޮތް 290 ބިލިޔަން ރުފިޔާގެ ދަރަނި އަދާކުރަން މަސައްކަތް ކޮށްބަލަ.
ވޯލްޓޭޖް
12 April 2025
ހިޔާ ޓަވަރުތަކުން ކަރަންޓު ކެޑުމަކީ އާއްމު ކަމެކެވެ. ފަހަރެއްގާ ނޫސްވެރިންނަށް މިކަން ނޭގި އޮތީކަމަށްވެސް ވެދާނެ.