ހިޔާގެ ޓަވަރުތަކެއް.-- ފޮޓޯ: މިހާރު
27 މާޗް 2023 - 18:53
ހުޅުމާލެ 2 ގެ ހިޔާގެ ގިނަ ޓަވަރުތަކުން މިއަދު ރޯދަވީއްލަން ކައިރިވެފައި ވަނިކޮށް ކަރަންޓުގެ ހިދުމަތް ކެނޑުނު މައްސަލަ ހައްލުކޮށް ހަތަރު ގަޑިއެއްހާއިރު ފަހުން އެ ހުރިހާ ޓަވަރުތަކަށް އަލުން ކަރަންޓު ދީފި އެވެ.
"ވަގުތީ އާރުއެމް ޔުނިޓެއް ބަހައްޓައި އަޅުގަނޑުމެންގެ މުވައްޒަފުން ކެނޑިނޭޅި ކުރި ބުރަ މަސައްކަތުން ހިޔާގެ ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ޓަވަރަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި،" ސްޓެލްކޯ އިން މީޑިއާ އަށް ފޮނުވި މެސެޖެއްގައި ވެ އެވެ.
ހިޔާގެ 8 ޓަވަރަކުން ކަރަންޓު ކެނޑުނީ މިއަދު ހަވީރު 5:30 ހާއިރެވެ. އެއީ އެކަކުން ފެށިގެން އަށްވަނަ ޓަވަރާ ހަމައަށެވެ.
ސްޓެލްކޯ އިން ބުނިގޮތުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަންގެ ސްވިޗްގިއަރުގެ ބަސްބާ ޝޯޓުވުމުންނެވެ. އެ ސަބްސްޓޭޝަންގެ ސްވިޗްގިއަރު ބަދަލުކުރުމަށް ތިން ގަޑިއިރު ހޭދަވާނެ ކަމަށް ސްޓެލްކޯއިން ފުރަތަމަ ލަފާކުރި ނަމަވެސް އޭގެ ކުރިން މައްސަލަ ހައްލުކުރި އެވެ.
ކަރަންޓު ކެނޑުނީ މަޣުރިބް ނަމާދަށް ބަންގި ގޮވަން ކުޑަތަން ވަނިކޮށެވެ. އެހެންވެ، ހިޔާގައި ދިރިއުޅޭ މީހުން މިއަދު ރޯދަވީއްލާފައި ވަނީ ކަނު އަނދިރީގަ އެވެ. އަދި އެއީ 25 ބުރިއަށް އިމާރާތް ކޮށްފައިވާ ޓަވަރުތަކެއް ކަމަށް ވުމުން ފްލެޓްތަކަށް އަރައިފޭބުމުގައި އެތައް ބަޔަކަށް ވަނީ ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިރު ސައި
28 March 2023
ލިޔުމުގަ އިންގޮތުން ކަރަންޓް ކެނޑުނީ 5:30 ގަ. މިލިޔުން ޕަބްލިސް ކުރީ 6:53 ގަ. އެކަމަކު ހަތަރު ގަޑިއިރުފަހުން ކަރަންޓް ލިބުނުވާހަކަ. ދެން ހިޔާ މީހުން ކުލިނުދައްކާތިބެ ކުރެވޭނެ ޝަކުވާއެއް ނުކުރެވޭނެ.
ޙބބބވ
28 March 2023
ދުވަސްވީ ވަރަކަށް 25 ބުރީގެ ތި ފްލެޓްތަކަކީ ތިތަންތާނގަ އުޅޭ މީހުނަށް ބޮޑު ތަކުލީފަކަށްވާނެ.
މޯޑަެ
28 March 2023
10ވަރަށް އަހަރު ތިތާ އުޅެވުނަސް ރަގަޅު
މޯޑް
28 March 2023
ހިޔާ ޓަވަރު ތަކަށް ސަރުކާރުން ވެސް އަޅާނުލާ. އެޗްޑީސީން ހިޔާ ޓަވަރު ތަކުގަ އުޅޭ ރަށްއިތުން ނާއި މެދު ދެކެނީ ވަރަށް ދެރަވަރު ކޮށް. ކަމެއް ފެށިއަސް ހާވަ ހާވަ ތިބެނި. ކުޑަކުދިން ފާކެއް ހަދަށް ފަށާވެސް ދުވަހަކު ނުނިމޭ. މަގުތަކުގަ ލައިޓް ޖަހާފަ ވެސް ހުރި އިރު ދިއްލެނި މަދު ލަޢިޓެއް. ވޯޓް ހޯދަށް އަށްނާނެ...
ޙހގގގ
28 March 2023
ތިހެންނުކިޔަ ސަރުކާރަށް ދައްކަންޖެހޭ ފައިސާ ދައްކަބަލަ. ފައިސާ ދައްކާފަ ތިހެންކިއީމަ އާއްމިރައްޔިތުންވެސް ގަބޫލުކުރާނީ ކަލޭމެން ދައްކަނީ ހަމަޖެހޭ ވާހަކަކަން
ލާމަސީލު
28 March 2023
ހިޔާފްލެޓް އެޅި އޭރުގެ ހައުސިންގ މިނިސްޓަރުގެ ގެ ޖާގަބޮޑުވެފަ ތަނަވަސް. އެކަމަކު ރައްޔިތުމީހާ އަށް މިދިނީ ކުޑަކުޑަ ގޮޅިއެއް. އެވެސް 4 ފާރު. ޓަވަރެއްގަ 480 އާއިލާ އުޅޭއިރު ކޮންމެ 122 އާއިލާ އަކަށް އެއް ލިފްޓް. އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތީޔޭ އިނގޭތޯ.
މިސްޓަރ ޓިނޭ
28 March 2023
ޝުކުރިއްޔާ ރައީސް ޔާމީން
ޖާބިރު
27 March 2023
މިފަހަރު އިބްރާހިމް މުޙައްމަދު ޞާލިޙް ޖެހޭނީ ބޯކޮޅުވަތަށް.
ދަގަތްފާނު
27 March 2023
ހިޔާ ފުލެޓުތަކަކީ ނޯތުކޮރެއާ ނަމޫނާއަކަށް ބަލައިގެން ރައްޔިތުން ކޮންޓުރޯލުކުރަން ސަރުކާރުން އަނބުރާ ގޭހެއް. ފުރަތަމަ ހުރިހާ އެޕާޓުމަންޓުތަކަށް ވަދެނިކުންނަ އެންމެން ބެލޭނެހެން ކެމެރާޖެހީ، ދެން ކެމެރާ ފީޑު ފުލުހުންނަށްދިނީ. ދެން ލިފްޓަށް އަރަން ކިއުހަދަން އަމުރުނެރިފަ ރޮނގުދަމައިފި، ޒާތްޒާތުގެ އިންޒާރު ޖަހާފަ ފާރުތައް ފުރެނީ. "ފާރުގަ އަތްނުލާތި"، "ކިއުއަށްވަދޭ"، "އެވެނި ރޮނގަކުން ވަންނަންވާނީ މިވެނި ލިފްޓަކަށް". ކުރިއަތްހުރި ރޭވުންތަކެއް ނޭނގެ.
ދެކުނު ކޮރެއާގެ
27 March 2023
އެނެނެ ފަހުން އަންނަމީހާ ލިފްޓް ދޮރުމަތީގަ ހުންނަންޏާ އެހުރިހާ އެއްޗެއް ލިޔަންޖެހޭނެ. ރިވެތި އަހުލާގާ އިހްތިރާމް އެއީ މިހާރު ތަދު އެއްޗެއް. އިހްތިރާމް ކުރުން ވަނީ ދަށުދަރަޖައިގެ ކަމަކަށް ވެފަ.
ރަދީފްއޮފިޝަލް
28 March 2023
ލިޔެފަ ރޮނގު ދަމައިގެން އުޅޭ އިރުވެސް ދިވެހިންގަ ފަރާތުން ކިޔަމަންތެރިކަން ފެނޭ ބާ؟؟ ޒިބްރާކްރޮސް އިން މީހަކު ހުރަސްކުރަން އުޅޭއިރު ސައިކަލްގަ ދާމީހުންގެ ތެރެއިން މަޑުކުރަނީ ކިތައް މީހުން ތޯ!!. ހަމަ ޔަގީނުން ވެސް ވަރަށް މަދު މީހަކު ޒިބްރާކްރޮސް މަތީގަ ހުރި މީހާއީ މެދު އޯގާތެރިވަނީ.މިއީ ދިވެހިންގެ އަޙްލާގް.ނަމަވެސް ޖީބުގަ 25000ރ ގެ އައިފޯން. އަދި 90000ރ ގެ ސައިކަލް މަތީގަ.
ރަދީފްއޮފިޝަލް
28 March 2023
@ދަގަތްފާނު އަށް.ހުޅުމާލެއަށް ދާން ފެރީ ޓާމިނަލްގެ ދޮރު ހުޅުވާލީމަ ކުރިން ދިވެހިން އުޅުނު ގޮތް ހަނދާން ހުރީ ކިތައް މީހުން ބާ!! މަށަށް އެތަން ސިފަވަނީ ބަންދުކޮށްފަ ހުރި ބަކަރި ނުވަތަ ކުކުޅު ކޮށްޓެއްގެ ދޮރު ހުޅުވާލީމަ އެތަކެތި އުޅޭގޮތް.ގައިމު އެގޮތަށް ނޫޅުނަސް ފެރީއަށް އެރޭނެ ދޯ.ދިވެހިންގެ އަޙްލާގް ހުރި ލެވެލުން މިއީ ކުޑަ މިންވަރެއް.ވ.ވެދުން
ކާތިބު
27 March 2023
ކޮންމެ މީހަކުގެ ޖީބުގައި 25 ހާސް ރުފިޔާގެ ސްމާރޓް ފޯނެއް އޮވެޔޭ ބުންޏަސް ދޮގަކަށް ނުވާނެ. އެކަމަކު ދިރިއުޅޭ ގެއިން ކަރަންޓު ދިޔައިމާ އެންމެ ކުޑަމިނުން ދިއްލާނެ އުއްބައްތި އެއްވެސް ހަމަނެތީބާ. ކަރަންޓްވެސް ފެންވެސް އެއީ އެއްތަނަކުން އެތައްހާސް ގޭބިސީ ތަކަށް ދޫކުރާ ޚިދުމަތެއް. އެއަށް މައްސަލަ ދިމާވުމަކީ ހުރިހާ ތަނެއްގައި ވެސް ހިނގާ ކަންކަން. އެހެންކަމުން "އެމަރޖެންސީ ލައިޓް" އެއް ކޮންމެ ގެއަކަށް ފޯރުކޮށްދޭނެ ކެންޑިޑޭޓަކު ހުރިތޯބަލާބަލަ!
ޚާނިމް
27 March 2023
ޥަރަށް ތަފާތުކުރުން މިސަރުކާރުން ގެންގުޅޭ ހިޔާ ސަރަހައްދަށް އެޓެންޑްވުމުގައި. ޜައީސް އިބުރާހިމް ވޯޓު ހޯދަން ނާންނާތި ހިޔާ މީހުންނަށް ޖެއްސުންކޮށްފަ. ކޮންމެ މަހެއްގައި ފެނާ ކަރަންޓު އެބަ ކަނޑާލާ އެތައއފަހަރަކު