އެފްއޭއެމްގެ ކޮންގްރެސްގައި ކްލަބްތަކުން ބައިވެރި ވަނީ: އެފްއޭއެމުން ހުޅުވާލި މުބާރާތަށް ގިނަ ކްލަބްތަކުގެ ޝައުގެއް ނެތް
13 އެޕްރީލް 2025 - 11:03
އެއް ވަނަ ޑިވިޝަނުގެ ކްލަބްތަކަށް ސަރުކާރުން 10 މިލިއަން ރުފިޔާ ދީފައިވިޔަސް އެފްއޭއެމްގެ މުބާރާތަށް އެ ކްލަބްތަކުގެ ޝައުގުވެރިކަން ކުޑަ އެވެ.
މި މަހު ފަށަން މަސައްކަތް ކުރި ފުޓްބޯޅަ ސީޒަން ފީފާއިން އަންގައިގެން މަޑުޖައްސާލުމަށް ފަހު، ރަސްމީ ކަލަންޑަރުގެ ބޭރުން މުބާރާތެއް ކުޅުމުގެ ދައުވަތު، އެފްއޭއެމުން މިދިޔަ ހަފުތާގައި ކްލަބްތަކަށް ފޮނުވި އެވެ.
އެފްއޭއެމުން ބުނީ އެ މުބާރާތް ބޭއްވުމުގެ ހުއްދަ ފީފާއިން ދޭނީ ބައިވެރިވާ ޓީމުތަކުގެ އަދަދަށް ބެލުމަށް ފަހު ކަމަށެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެފްއޭއެމްގެ އެ ދައުވަތަށް އިޖާބަ ދިނީ ތިން ކްލަބަކުންނެވެ.
މާޒިޔާ އާއި އޮޑި ސްޕޯޓްސް އަދި ޓީސީ ސްޕޯޓްސް އަދޮ ވިކްޓަރީ ފިޔަވައި، ކުޅޭނެކަމުގެ ކަށަވަރުކަން އެހެން ކްލަބަކުން ނުދެ އެވެ.
ސްޕޯޓްސް މިނިސްޓްރީ މެދުވެރިކޮށް ސަރުކާރުން ވަނީ ފުރަތަމަ ޑިވިޝަނުގެ 10 ކްލަބަށް، ކޮންމެ ކްލަބަކަށް އެއް މިލިއަން ރުފިޔާގެ މަގުން 10 މިލިއަން ރުފިޔާ ވެސް ދީފަ އެވެ.
ސަރުކާރުން ފައިސާ ދިނުމުން ވެސް ގިނަ ކްލަބްތަކުން މުބާރާތް ކުޅޭކަށް ބޭނުމެއް ނުވެ އެވެ.
ރެލިގޭޝަނެއް އަދި ކްލަބްތަކުގެ ރޭންކިން ނުވަތަ ރަސްމީ ސީޒަނުގެ ތެރެއަށް ނުފެތޭ ގޮތަށް މުބާރާތެއް ބޭއްވުމުގެ ހުއްދަ ދިނުމާ މެދު ފީފާއާ އެކު އެފްއޭއެމުން މަޝްވަރާތަކެއް ކުރިއަށް ގެންދިޔަ އެވެ.
އެފްއޭއެމްގެ އެކްޓިން ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޝުޖާއު ކުރިން ވިދާޅުވީ އެ މަޝްވަރާތައް ފީފާއާ އެކު ކުރިއަށް ގެންދިޔައީ ޖޫން މަހު ގައުމީ ޓީމަށް ވެސް މުހިންމު މެޗުތަކެއް އޮތުމުން ވާދަވެރި މެޗުތަކެއްގެ ތެރެއިން ގައުމީ ޓީމު ނެގުމަށް ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ކަމަށެވެ.
"ފީފާގައި އަޅުގަނޑުމެން އެދުނީ ޖޫން މަހު ގައުމީ ޓީމުގެ މުހިންމު މެޗުތަކެއް ވެސް އެބައޮތޭ. ގައުމީ ޓީމު ނެގުމުގައި ކުޅުންތެރިންގެ ފެންވަރު ދެނެގަތުމަށް އަދި ކްލަބްތަކުން ވެސް ބޮޑެތި ހަރަދުތަކެއް ކޮށްފައިވުމުން ކުރު މުބާރާތެއް ބޭއްވުމުގެ މުހިންމުކަން ފީފާއާ ހިއްސާ ކުރީ،" ޝުޖާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހްސާސް
14 April 2025
މިނިސްޓަރު ރާފިއު 10 މިލިޔަން ރުފިޔާ ވަކި ވަކި ޕުރައިވެޓް ކުލަބުތަކަކަށް ދިންގޮތް އޮޑިޓަރ ޖެނެރަލް ތަހުގީގު ކުރަންޖެހޭ. ހަޤީގަތުގައި މިކަން މިގޮތަށް ނުކުރެވޭނެ. ޕުރައިވެޓް ކުލަބުތަކެއްގެ ޙަރަދުތައް ފޫބައްދަން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރެވެނީ ކޮން ހަމައަކުންތޯ؟ ތިޔަހެންދޭނަމަ ކުންފުނިތަކުގައި ވަޒީފާއަދާކޮށްގެން މުސާރަ ނުދެވިހުރި ކޮންމެ ފަރުދަކަށް ސަރުކާރުން މުސާރަވެސް ދޭންޖެހޭނެތާ.
ޕެލޭ
13 April 2025
މާކުރިންވެސް ބުނިން ދޯ ތިކަމެއް ނުވާނެ ޔޭ! މާ ތާހިރުވަނެ ކުޅެން އޮތް ހަލާކުވެފަ އޮތް ދެ ދަނޑުގަނޑު އެޅީޔާ މިނިސްޓިރީންވެސް މުބާރާތެއް ނުބޭ ވިގެން ތެޅިނުފޮޅެ!
ބޯހަލާކު2
13 April 2025
2 ދަނޑު އަޅަން ފީފާއިންދިން ލާރިގައިވަނީ ބައްސާމުއާއެކު ކުލަބުތަކުންޖެހިފައި. ދަނޑުން ބައެއް ވަނީ ކެފޭހަދަން ދީފައި.
ރަންވޭމޭން
13 April 2025
ދިވެހި ޕްރިމިއާ ލީގުގަ ނުކުޅެ ކަންމަތީ ކައުންސިލް ކަޕްތަކުގަ ކުޅެން އުޅެބަލަ. ހަމަތިގޮތަށް ދަޅުހިފައިގެން ފައިސާހޯދަން ސަލާންޖަހާފަ މުބާރާތްތަކުގަ ބައިވެރިވާ ޓީމުތައް އުޅޭނީ. ޕްރޮފެޝަނަލް މުބާރާތްތަކުގަ ބައިވެރިވާނެ ފެންފަރެއް ތައުލީމެއް ތަރުބިއްޔަތެއް ތިޔަ އެއްވެސް ކްލަބެއް ހިންގާ ފަރާތްތަކަކު ނެތް.
އައުޓްބައްސާމު
13 April 2025
ތީގައި ގިނައީ ބައްސާމުއާއެކު އެފްއޭއެމް ހަލާކުކުރި މީހުން
ބެލެނިވެރިން
13 April 2025
ބަލަ ތިޔަ ލާރި ޙަރަދު ކޮއްގެން ގައުމީޓީމް ރާއްޖެއިން ބޭރު ގައުމުތަކުގަ އެކުވެރިކަމުގެ މަޗްތަކެއް ކުޅެބަލަ . ނޫނީ ރާއްޖެ އައް ގެނެބަލަ
ފައިސާނުދި
13 April 2025
ހެޔޮނުވާނެ ތިކުލަބުތަކަށް ފައިސާދޭކަށް. ދައުލަތުގެ ފައިސާ ތިގޮތަށް ނުދެވޭނެ.
ސަމަރު
13 April 2025
އެފްއޭއެމްގައި ތިތިބީ ފުޓުބޯޅަ އެއްވެސް ވަރަކަށް ދަންނަ ބައެއްތަ؟ ދުނިޔޭގައި ފުޓުބޯޅަ ކުޅޭ ހަމަތަކާ އުސޫލުތައް އެނގޭ ބައެއްތަ؟ ކޮންމެވެސް ކައުންސިލަކުން ބާއްވާ މުބާރާތެއްގަ ކުލަބުތައް ބައިވެރި ކުރުވަން ވީނު؟
ތަޙްޤީޤްކުރޭ
13 April 2025
ފުޓްބޯޅަ ކުލަބުތަކަށް ފައިސާ ސަރުކާރުންދޭކަށް ނުޖެހޭ. ކުލަބު ނުހިންގެންޏާ ބައިވެރިނުވާނީ، ކުޅޭހިތްވާ ބަޔަކު ބައިވެރިވެގެން ކުޅޭނެ. މިހާރު ފުރަތަމަ ޑިވިޝަންގެ ގިނަ ކުލަބުތަކަކީ ލާރި ހޯދަން ކުލަބުހަދައިގެން އުޅޭ ގްރޫޕްތަކެއް. އެކުލަބުތަކަކީ ސްކޭމްއެއް. ތަހުޤީޤްހިންގާ ސަރުކާރުންދިން ފައިސާއަށްހެދިގޮތް ހޯދަން. ޓެކްސްޕޭޔަރުންގެ ފައިސާ ނަގާފައި ގޭ ކުލިދައްކާ ނުހެދޭނެ.
ކިކިކީ
13 April 2025
އާން ދޭކަށްނުޖެހޭ! ތިޔަކަމެއް ފެށުނީ ޓިކެޓު ވިއްކައިގެން ދަނޑަށްވަތް ޒަމާނު ވެލެންސިޔާ، ނިއު، ވިކްޓަރީ، ލެގޫންސް، ފަދަ ކުލަބުތަކަށް ދޭންޖެހޭ ގޭޓުފައިސާއިން ސިޑިބަރި ހަދާފަ ބަދަލުގައި ސިޑިދަށުން މަޖީދީ މަގާވާ ދިމާލުން ކުލަބުތަކަށް ފިހާރަ ދޭން. ޢެކަމަކު އެކެމެއްނުވި. ޚުލަބުތަކުން މައްސަލަ ޖެއްސީމަ 2 މިލިޔަން ރުފިޔާ ކޮންމެ އަހަރަކު ދޭން ހަމަޖެއްސީ. މާޒިޔާ އީގަލްސް ފަދަ ކުލަބުތަކަށް ފައިސާ ދޭކަށް ނުޖެހޭ!
ރަގަޅުބަސް
13 April 2025
ވަރަށް ރަގަޅުވާހަކައެއް. ކުލަބުތަކޭކިޔާފައި ސައިކަލު މަޑިދަށުންހިންގާ ކުލަބުތަކުގެ އެކައުންޓުތަކުން ޓްރާންސްފާ ހަދާފައި ހުރިގޮތް ބަލަންޖެހޭ. 1000،000 (އެއް މިލިއަން ރުފިޔާ) ނަގާފައި ހެދިގޮތް ބަލަންޖެހޭ. އެހެންނޫނީ މިނިސްޓަރ ރާފިއު ޒިންމާވާންޖެހޭނެ.
މަ ބުނީ
13 April 2025
ރުފިޔާ ދޭއިރު ސަރުތުކުރަންވީނު މުބާރަތް ކުޅެންޖެހޭ ގޮތަށް. ހަމަ ރުފިޔާ ބެހިޔަސް ކަމަކު ނުދާނެދޯ
އިއްޕަޓޭ
13 April 2025
ލިބޭ ފައިސާ ހަރަދުކުރަނީ މުޅިން އެހެން ކަންނަމަށް. މިހާރު ތިއިން އެއްވެސް ފައިސާއެއް ސީޒަންއަށް ހޭދަކޮށްލެވޭ ވަރަކަށް ނުހުންނާނެ. ދެންވެސް ތިޔަ ކުލަބުތައް ރެލިގޭޓްކޮށްލާފަ، ވޯޓުދިނުމުގެ ހައްގު އަތުލާފަ، ގޯލްޑް ކަޕްގައި ކުޅުނު ޓީމުތަކަށް ފުރުސަތުދޭން ފެނޭ. ގައިމު ފުޓުބޯޅަ ކުޅޭހިތުން ކުޅޭ ކުލަބުތައް އެއީ.