ސީއައިޑީގައި އޭސީޕީ ޕްރަދިއުމަންގެ ރޯލު ކުޅޭ ޝިވާޖީ ސަތަމް.
14 އެޕްރީލް 2025 - 06:17
ހިންދީ ޑްރާމާ ސިލްސިލާ "ސީއައިޑީ"ގައި މަރުވި އޭސީޕީ ޕްރަދިއުމަންގެ ކެރެކްޓާ އަނބުރާ ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ސީއައިޑީގެ ފަހުގެ އެޕިސޯޑެއްގައި ދެއްކި ބޮންގޮވުމުގެ ހާދިސާއެއްގައި އޭސީޕީ ޕްރަދިއުމަން ވަނީ މަރުވެފަ އެވެ. އެ އެޕިސޯޑު ދެއްކުމުގެ ކުރިން އެ ކެރެކްޓާ މަރުވާކަން ސީއައިޑީ ގެނެސްދޭ ސޮނީ އެންޓަޓެއިންމަންޓް ނެޓްވޯކުން ވަނީ އިއުލާންކޮށްފަ އެވެ.
ނަމަވެސް ރިޕޯޓްތައް ބުނި ގޮތުގައި، އޭސީޕީ ޕްރަދިއުމަންގެ ކެރެކްޓާ އަނބުރާ ގެންނަން ފޭނުންގެ ޑިމާންޑް ކުރާތީ ސޮނީން މިހާރު ވަނީ އެ ކެރެކްޓާ އަނބުރާ ގެންނަން ނިންމައިފަ އެވެ. އަދި އެ ކެރެކްޓާ ކުޅެނީ ވެސް ކުރިން ވެސް އެ ކެރެކްޓާ ކުޅުނު ޝިވާޖީ ސަތަމް ކަމަށް ރިޕޯޓްތައް ބުންޏެވެ.
އޭސީޕީ ޕްރަދިއުމަން އަނބުރާ ގެނައުމަށް ވަރުގަދަ ޕްލޮޓް ޓުވިސްޓަކަށް މި ސިލްސިލާގެ އުފެއްދުންތެރިން ތައްޔާރުވަމުން އަންނަ ކަމަށާއި އަންނަ ހަފުތާގައި ޝިވާޖީއާ އެކު އަލުން ޝޫޓިން ވެސް ފަށާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.
ސީއައިޑީގައި އާ އޭސީޕީއެއްގެ ރޯލު ކުޅުމަށް ޓީވީ އެކްޓަރު ޕާތު ސަމްތާން ވެސް މިހާރު ވަނީ ހަމަޖައްސައިފަ އެވެ. ނަމަވެސް އޭނާ ކުޅެނީ އޭސީޕީ ޕްރަދިއުމަންގެ ރޯލެއް ނޫނެވެ. އޭނާގެ ކެރެކްޓާގެ ނަމަކީ އޭސީޕީ އަޔުޝްމަން އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަތާ
15 April 2025
ކުޗު ގަޑުބަޑުހޭ ދަޔާ
ހެހެ
14 April 2025
އަނބުރާ އަންނަތަނުން އަސްލަށްވެސް އޭނާ މަރުވެއްޖިއްޔާ ދެންކިހިނެއްބާ ހަދާނީ
ސޮނީ
14 April 2025
އޭސީޕީ ޕޯސްޓު މޯޓަނުން ދެއްކީ މަރު ނުވާ ކަމަށް! އެހެންވީމާ އެނބުރި އަންނަނީ
މުޑިޒް
14 April 2025
ކެންސަލްވީ. މިރަށު މީހުންކައިރިން ދަސްކުރީދޯ؟
ސަސި
14 April 2025
ދިވެހި ރާއްޖޭގެ ސިޔާސީ ކަންކަން ނޫނާސް ހިންދީ ޑްރާމާއެއްގަ ވީއްޔާ ކޮންމެ ކަމެއްވެސް ހިނގާފާނެ