ސައޫދީ ފަންޑުގެ އެންމެ އިސްވެރިޔާ ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދު މިދިޔަ އަހަރުގެ މޭ މަހު ރާއްޖެ އަށް ކުރެއްވި ދަތުރުގައި ރައީސް މުއިއްޒާ ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
13 އެޕްރީލް 2025 - 22:41
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް ނިންމުމުގެ މަސައްކަތަށް ސައޫދީ ފަންޑުން ދޫކުރާ ލޯނުގެ އެއްބަސްވުމާއި ހެޔޮ އަގުގައި ދޫކުރުމަށް އެ ފަންޑުގެ ލޯނުގައި ހުޅުމާލޭގައި އިމާރާތްކުރާ 400 ހައުސިން ޔުނިޓުގެ ބިން ހަވާލުކުރުމާ ބެހޭ އެއްބަސްވުމުގައި މާދަމާ ސޮއިކުރަން ސަރުކާރުން ނިންމައިފި އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރައްވާނީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސައޫދީ ފަންޑުގެ އެންމެ އިސްވެރިޔާ އަދި ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދެވެ.
ވީއައިއޭގެ އާ ޓާމިނަލް ބޮޑުކުރުމުގެ މަޝްރޫއަށް މިއީ ސައޫދީ ފަންޑުން ދޭ ދެ ލޯނެވެ.
މިދިޔަ އަހަރުގެ މޭ މަހު އެ ފަންޑުގެ އިސްވެރިޔާ މަރުޝަދު ރާއްޖެ އަށް ކުރެއްވި ދަތުރުގައި ވަނީ އާ ޓާމިނަލް ނިންމަން އޭރު އިތުރަށް ބޭނުންވި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ލޯނެއްގައި ސޮއިކުރައްވައިފަ އެވެ.
ވީއައިއޭ ތަރައްގީ ކުރުމަށް މީގެ ކުރިން 2016 ވަނަ އަހަރު ވެސް ސައުދީ ފަންޑުން ވަނީ 100 މިލިއަން ޑޮލަރުގެ ލޯނެއް ދީފަ އެވެ.
ސައޫދީ ފަންޑުގެ ލޯނުގެ އެހީގައި އިމާރާތްކުރާ އެފޯޑަބަލް 400 ހައުސިން ޔުނިޓު އިމާރާތް ކުރަން ނިންމާފައި ވަނީ ހުޅުމާލޭގަ އެވެ. އެނގިފައިވާ ގޮތުގައި އެޗްޑީސީގެ ފަރާތުން ބިން ހަވާލުކުރުން މާދަމާ އޮންނާނެ އެވެ.
ސައޫދީ ފަންޑުގެ އިސްވެރިޔާ ރާއްޖެ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ސޮއިކުރައްވާ ލޯނު އެއްބަސްވުމުގައި ހިމެނޭ އަދަދުތަކާ ގުޅޭ ތަފުސީލެއް އަދި ސަރުކާރުން ހާމައެއް ނުކުރެ އެވެ.
ވީއައިއޭގެ އާ ޓާމިނަލް މި އަހަރު ނިންމުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް ވާއިރު، އެ ތަން ނިންމުމާ އެކު އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ސައޫދީ ފަންޑުގެ އެންމެ އިސްވެރިޔާ ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދު މިދިޔަ އަހަރުގެ މޭ މަހު ރާއްޖެ އަށް ކުރެއްވި ދަތުރުގައި، އާ ޓާމިނަލް ނިންމަން އެ ވަގުތަށް ބޭނުންވި ލޯނުގެ އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި އޭރުގެ ފިނޭންސް މިނިސްޓަރު ޝަފީގާ އެކު.---ފޮޓޯ: ރައީސް އޮފީސް
ސައުދީ ފަންޑުގެ ސީއީއޯ މަރުޝަދު މިދިޔަ އަހަރު ރާއްޖެ އަށް ކުރެއްވި ދަތުރުގައި ވިދާޅުވީ، ވީއައިއޭ އާއި ސިއްހީ ދާއިރާ އާއި ހައުސިން އަދި އުމްރާނީ އެހެން މަޝްރޫއުތަކުގައި ވެސް ސައުދީން އެހީވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އޭނާ ވިދާޅުވެފައި ވަނީ، މީގެ ކުރިން ވެސް ވީއައިއޭގެ ތަރައްގީގެ މަޝްރޫއުތަކަށް އެ ފަންޑުން އެހީތެރިކަން ދީފައިވާ ކަމަށެވެ. އެގޮތުން 1978، 1981، 1992، 1999 އަދި 2016 ވަނަ އަހަރު އެއާޕޯޓު ތަރައްގީ ކުރުމަށް އެހީ ތެރިކަން ފޯރުކޮށްދީފައިވާކަން އޭނާ މިދިޔަ އަހަރުގެ ދަތުރުގައި ފާހަގަކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްރަހާމް
14 April 2025
މީގެ ދަށުން އިސްރާއިލްއާއި އެކު ގުޅުން ޤާއިމް ކުރަން ޖެހޭތޯ؟
ދދދދދދ
14 April 2025
ބޯހިޔާވަހިކަމަށް ހައްލެއް ނުލިބޭނެ. ހުސް ވވ އުޅޭތީ. ނިކަމެތި އާއިލާތައް ނިކަމެތިކަން މަތީ، އެހެން މުއްސަދިންނަށް ތިތަން ލިބޭނީ. ވިނަރެސް ވެސް ސަރުކާރުން މާލޭ ސަރަހައްދުގަ ގެ ތިބި މީހުންނަށް ދިފި. އިނގެތީ މި ބުނަނީ. އެމީހުން އެތަން ކުއްޔަށްދީފަ. އަހަރެމެން އަދިވެސް ކުއްޔަށް.
މުހައްމަދު އަނޫފް
14 April 2025
ފެނިގެން މިދަނީ ކަންކަން ކުރަން އިނގޭ ބަޔަކު ވެރިކަމަށް އައިސް ކަންކަން ކުރާތަން. ނަތީޖާ ފެންނަން ފަށަނީ މި. ހައުސިން ފަށައި ބޯހިޔާވެހިކަމަށް ދާއިމީ ހައްލު ގެނައުން މި ފެށުނީ
އިފާދުﷲ
14 April 2025
މިދަނީ ކަންކަން ފެށިގެން. 400 ހައުސިން މި ފަށަނީ. ދެން ދާނީ ބާރަށް ކަންކަން ކުރިޔަށް.
ހިހިހ
14 April 2025
ސޮއެ ކޮއްލާ ގަލަންތަކުން ދެލި ހުސްވާވަރަށް. ކަމެއް ދަސްވެފަ ތިތިބީ
ބެރުބެ
14 April 2025
މިހާރު ދިވެހިރާޢްޖެއަކީ ހުޅުމާލެ އެކަނި. ކީއްކުރާނީ؟
ޝަހުމާ އަބްދުﷲ
13 April 2025
ހާދަ އުފާވެރި ހަބަރެކޭ. ބޯހިޔާވެހިކަމަށް އިތުރު 400 ޔުނިޓް. މާނައަކީ 400 އާއިލާގެ ބޯހިޔާވެހިކަމޭ.
މހއމ
14 April 2025
ލިބޭނީ މާލޭގައި އެޕާޓްމަންޓްތައް ހުރި މީހުނަށް. ދެން ކޮން އުފާވެރިއެއް އަހަރުމެން ކަހަލަ ނިކަމެއްޗަކަށް.
މަހްމޫދު ޝަފީގް
13 April 2025
ކޮބާ ފެނޭތަ؟ އެމްޑީޕީއިން މިގައުމު ވައްޓާލި އަދަވަޅުން ގައުމު ނަގާ ހަމަޔަކަށް އަޅުވާ ބޮޑެތި ޕްރޮޖެކްޓް ސަރުކާރުން މިދަނީ ހިންގަމުން.
މހއމ
14 April 2025
ހަމަ ދަރަންޏަށް ލޯނު ނަގައިގެން. އެމް.ޑީ.ޕީ ލޯނު ނެގީމަ އަނދަަވަޅު. މުއިޒް ސަރުކާރުން ލޯނު ނެގީމަ ޕްރޮޖެކްޓް.
ސިއްބަތް އަޒީޒް
13 April 2025
މިހެންވެ ބުނަނީ ދަތި އިދަގޫ ހާލަތުން އަރައިގަނެ މިގައުމު ރައީސް ޑރ.މުޢިއްޒް ސަލާމަތުގެ އައްސޭރިޔަކަށް ގެންދާނެޔޭ. އެކަން މަޑުމަޑުން ފެނިގެން މިދަނީ.
ސިއްދީގް މުހައްމަދު
13 April 2025
މިދިޔަ ވެރިކަމުގައި މިހާއަވަހަށް ހަމަ ގައިމުވެސް ފްލެޓް އަޅަން ނުފަށާ. ހަމަ ގައިމުވެސް 400 ޔުނިޓް މިހާ އަވަހަށް ފެށިއްޖެއްޔާ އެޅިގެން ދާނެ ދައުރު ނިމުުމުގެ ކުރިން.