ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ނިންމަން ސައޫދީ ފަންޑުން އިތުރަށް ދޭ 17 މިލިއަން ޑޮލަރުގެ ލޯނުގެ އެއްބަސްވުން ރާއްޖޭގެ ފިނޭންސް މިނިސްޓަރު ޒަމީރާއި ސައޫދީ ޑިވެލޮޕްމަންޓު ފަންޑުގެ ސީއީއޯ މަރްޝަދު މިއަދު ބަދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
14 އެޕްރީލް 2025 - 10:05
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް ނިންމަން ސައޫދީ ފަންޑުން ރާއްޖެ އަށް ދޭ ދެވަނަ ލޯނުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
އާ ޓާމިނަލް ނިންމަން ދިވެހި ސަރުކާރަށް ސައޫދީ ފަންޑުން މި ފަހަރު ދިނީ 17 މިލިއަން ޑޮލަރު (262 މިލިއަން ރުފިޔާ) އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. ސައުދީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ސުލްތާން އަބްދުއްރަހްމާން އަލްމަރްޝަދެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ، ސައުދީ ފަންޑަކީ ރާއްޖޭގެ ތަރައްގީގައި މުހިއްމު ހިއްސާދާރެއް ކަމަށާއި ސިއްހީ ދާއިރާ އާއި ހައުސިން އަދި ޑިޒާސްޓާ މެނޭޖްމެންޓްގެ ދާއިރާގައި ވެސް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
"އެންމެ ބޮޑު އެހީއެއް ވެދީފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައް ގީއަށް. ދެހާސް ސޯޅަ ވަނަ އަހަރުން ފެށިގެން އެ ޕްރޮޖެކްޓަށް ދެއްވާ އެހީތެރިކަން ފާހަގަކުރަން. މިއީ އެ ފަންޑުން އެ ޕްރޮޖެކްޓަށް ދޭ ތިން ވަނަ ލޯނު އެހީ،" އޭނާ ވިދާޅުވި އެވެ.
ސައުދީ ފަންޑު ފޯ ޑިވެލޮޕްމެންޓް (އެސްއެފްޑީ) ގެ އިސްވެރިޔާ އަދި ސީއީއޯ މަރުޝަދު ވިދާޅުވީ، އާ ލޯނު އެހީއާ އެކު އެއާޕޯޓުގެ ކެޕޭސިޓީ ހަތް މިލިއަން ފަސިންޖަރުންނަށް އިތުރު ކުރަން އެހީވާނެ ކަމަށެވެ. އަދި އެއާ ކާގޯ އޮޕަރޭޝަނަށް ބޭނުންވާ ޖާގަ އިތުރު ކުރުމަށް ވެސް އެހީ ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ނިންމަން ސައޫދީ ފަންޑުން އިތުރަށް ދޭ 17 މިލިއަން ޑޮލަރުގެ ލޯނުގެ އެއްބަސްވުން ރާއްޖޭގެ ފިނޭންސް މިނިސްޓަރު ޒަމީރާއި ސައޫދީ ޑިވެލޮޕްމަންޓު ފަންޑުގެ ސީއީއޯ މަރްޝަދު މިއަދު ސޮއިކުރެއްވުމަށް ފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން.---ފޮޓޯ: ރައީސް އޮފީސް
"މިއާ އެކު ރާއްޖޭގެ އިގްތިސާދަށް އިތުރު ކުރިއެރުން ލިބި، އިތުރު ވަޒީފާގެ ފުރުސަތުތައް އިތުރުވާނެ. އެއާޕޯޓު ތަރައްގީ ކުރުމަށް 1978 ވަނަ އަހަރުން ފެށިގެން ވަމުން އައި އެހީގެ ތެރެއިން މިހާތަނަށް 242 ޑޮލަރުގެ ލޯނު އެހީ ފޯރުކޮށްދީފައިވޭ،" މަރުޝަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސައޫދީ ފަންޑު މެދުވެރިކޮށް މިދިޔަ އަހަރުތަކުގައި 17 ލޯނަކަށް 488 މިލިއަން ޑޮލަރު (7.5 ބިލިއަން ރުފިޔާ) ރާއްޖެ އަށް ފޯރުކޮށްދީފައިވާ ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް ޕްރޮޖެކްޓަކީ ރާއްޖޭގެ ތަރައްގީއަށް އެންމެ މުހިއްމު ޕްރޮޖެކްޓު ކަމަށާއި އެ ޕްރޮޖެކްޓް ކަނޑައެޅި ތާރީހަށް ނުނިންމި ލަސްވި ނަމަވެސް،އެ މަސައްކަތް އަވަސް ކުރުމަށް އާ ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއަށް ސައޫދީ ފަންޑުން ހަމަޖެއްސި އިތުރު ފައިނޭންސިންއަކީ އެ މަޝްރޫއު އަވަސް ސްޕީޑެއްގައި ނިންމުމަށް ލިބޭ ބާރެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ނިންމަން ސައޫދީ ފަންޑުން އިތުރަށް ދޭ 17 މިލިއަން ޑޮލަރުގެ ލޯނުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި ނައިބު ރައީސް ހުސައިން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
މިދިޔަ އަހަރުގެ މެއި މަހު ވެސް ވީއައިއޭގެ އާ ޓާމިނަލް މަސައްކަތަށް ބޭނުންވާ 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ސައުދީ ފަންޑުން ހަމަޖައްސައިދީފައި ވެ އެވެ. އެ އެއާޕޯޓު ތަރައްގީ ކުރުމަށް މީގެ ކުރިން 2016 ވަނަ އަހަރު ވެސް ސައުދީ ފަންޑުން ވަނީ 100 މިލިއަން ޑޮލަރުގެ ލޯނެއް ދީފަ އެވެ.
މިއަދު ހަމަޖައްސައިދިން 17 މިލިއަން ޑޮލަރާ އެކު ސައުދީ ފަންޑުން، 2016 ވަނަ ފެށި އެއާޕޯޓު ޕްރޮޖެކްޓަށް ދިން ފައިނޭންސްގެ އަދަދު 217 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) އަށް އަރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަން...
14 April 2025
މިއީ ބޮޑުވަރު. ނޫސްވެރިން ނުކުޅެދޭ ބަޔަކަށް ބަލާނަން އާރްޓީއައިއެކުން މިހާތަނަށް ނެގި ހުރި ހައި ލޯން އަދި ޚަރަދު ތަފްސީލް ހޯދައި އާމުންނަށް ތިލަ ނުކޮއްދެވެންޏާ. ނެގި ލޯން ކުރި ޚަރަދު ތައް މިހާރު އޮޑިޓް ކުރެވެން ޖެހޭ. މަތި މައްޗަށް ތި އެއާޕޯޓް ހަދަންނޭ ކިޔާފައި ލޯން ނަގައި ބަޔަކު ނަޗަރަންގީ ކުޅެ މުއްސަންދިވިޔަސް ކަމަކު ނުދޭ.
ޔަތީނުބެ
14 April 2025
ޖީއެމްއާރު ގެ އެއްބަސް ވުމާ އެއްކޮއް އެއާޕޯޓު ހިންގިނަމަ ދަރަނިނުވެ އެއާޕޯޓު ތަރައްގީވެނިމި ނިމި ދިވެހިންނައް ފައޮދާވާ ގޮތައް ހިންގަން ތިބޭނީ. ބަޔަކު ގައުމު ވިއްކާލީ އޭ ކިޔައިގެން ރައްޔިތުން މޮޔަހެއްދީ ހަމަ. އެހެން ގައުމުތަކުން ޖޯކުޖަހާ ރާއްޖެ އެއާޕޯޓު ހަދަން ނަގާ ދަރަނިތައްފެނިފަ.
ބޮޓުން
14 April 2025
ދެން ނެތްތަ މިހާ ކޮމެންޓެއް ކޮށްލާނެ ބޮޓެއް؟
ކެރެދި ބެއްޔާ
14 April 2025
ޗީފް އެގްޒެކެޓިވް އޮފިސަރު ސުލްތާން އަބްދުއްރަހްމާން އަށް ދަންނަވައިގެން މިރާއްޖޭގައި ޕެނަޑޯލް އަދި ޖުއްލާބު ގުޅަ ހޯދަން އެއްބޭސް ފިހާރަ އިން އަނެއް ބޭސް ފިހާރަ އަށް ސަލާމް ނުޖަހާ ވާނެ ގޮތެއް ހޯދަން އާސަންދާ ރިފޯމްކުރަން ކުޑަ ލޯނެއް ލިބޭނެ ގޮތެއް ހަމަޖެހޭތޯ ދަންނަވާލަ ދެއްވާ..
ނައްޓު
14 April 2025
ލޯނުނަގާނަގާނަގާ ނިމުމެއްނެތް ތި އެއާޕޯރޓް ހަދަން ށޭ ކިޔާފައި.ދާވަރެއް ހިގާވަެއް ނޭގޭ. ފުރާމޙުން އަތުން ހޯދާފައިސާއިން ތިތަން ނިމެންޖެހޭ. ޖީއެމްއާރު ތި އެއަރޕޯޓްގައި ތިބިނަމަ ތި ލޯނު ނަގަން ނުޖެހި ތަން މިލްކްވީސް.
ޖޯކް އޮން އަސް
14 April 2025
ސައުދީ އިން ރާއްޖެއަށް ލޯނު ދިނީމާ އެއީ ބޮޑު ޖޯކެއް. ސައުދީއިން ރާއްޖެއަށް ދޭންޖެހޭނީ ހިލޭ އެހީ. ދުނިޔޭގެ ނެތްފެންވަރަށް އަރަބި ދަންނަ އިސްލާމިކް މިނިސްޓަރަށް އަރަބިން އަތުއަޅުވާ ނުލެވުނު
ހުސް މައްސަލަ
14 April 2025
ޓާމިނަލް ގަނޑެއް އަޅަން 9 އަހަރު ނެގީމާ އެއީ ތަންފުކެއް ބޮޑުވަރު. ޕްރޮޖެކްޓުތައް ދިގުލައިގެން ދިޔުމަކީ ތަރައްގީގެ ދުވެލި ލަސްވާ ކަމެއް. ދެން އަނެއްކާ އަނެއް ކަމަކީ ތިޔޮއްފަދަ ސައުދީ ފަންޑުން މިއޮއް ކުޑަ ރާއްޖެއަށްވެސް ތި ދެނީ ލޯނު. ދަރަނި. އެމީހުން ޖެހޭނީ އަހަރެމެންނަށް ހިލޭ އެހީ ދޭން.
ޖަޢުފަރު
14 April 2025
މި ސަރުކާރުން ކަންކަން ކުރާނެ އަމަލީ ގޮތުންވެސް މިހާރު ކަންކަން ވާކަން ފެންނާނެ
އަސީލު
14 April 2025
އެއާޕޯޓް ތަރައްގީ ކުރިވަރަކަށް ފަތުރުވެރިންނަށް ރަނަގަޅު ހިދުމަތެއްވެސް ދެވޭނީ
ހަސަން މުފީދު
14 April 2025
ރާއްޖެއާއި ސައުދީ އިތުރަށް ގުޅުން ބަދަހި ކުރަންވީ. އޭރުން ގިނަ އިންވެސްޓްމަންޓްތަށް މި ގައުމަށް އަންނާނެ