ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
14 އެޕްރީލް 2025 - 14:50
ޕައިލެޓްކަން ކިޔަވައިގެން އައިސް ވަޒީފާ ނުލިބި 200 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ، އެއްފަހަރާ އެހާ ބައިވަރު މީހުންނަށް ޕައިލެޓްކަން ކިޔެވުމަށް ޖާގަ ނުދިނުމާ ގުޅޭ ގޮތުން އަޑު އުފުލައި އެކަމުގައި އޭނާ މަސައްކަތް ކުރެއްވި ކަމަށެވެ.
އަމީން ވިދާޅުވި ގޮތުގައި ކެޑޭޓް ޕައިލެޓުންނަށް ދުނިޔޭގެ އެއްވެސް ތަނެއްގައި ތަމްރީނު ހަދައިގެން އައިސް އެހެން ގައުމަކުން ވަޒީފާ ލިބިފައިވާ މަންޒަރު އޭނާގެ އޭވިއޭޝަން ހަޔާތުގައި ފެނިވަޑައިގެންފައި ނުވާ ކަމަށެވެ.
ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ، އެހެން ގައުމުތަކުގައި ވެސް ޕައިލެޓުކަން ކިޔަވައިގެން ތިބޭ ކުދިންގެ ބޮޑު ބެކްލޮގެއް އޮންނާތީ، އެ ގައުމުތަކުގައި ގާނޫނު ހަދާފައި ވަނީ، އެހެން ގައުމެއްގެ އެއްވެސް ބަޔަކަށް ފުރުސަތު ނުދޭން ކަމަށެވެ.
"ކޮންމެ ގައުމެއްގައި އެބަ އޮވޭ ޕައިލެޓުކަން ކިޔަވައިގެން އައިސް ތިބޭ ބޮޑު ބެކްލޮގެއް. އެހެންވީމަ ބައެއް ގައުމުތަކުގައި ގާނޫނު ހަދާފައި ހުންނަނީ އެ ގައުމެއްގެ އެއްވެސް އޮޕަރޭޓްކުރާ އެއާލައިނަކަށް އިންޑަކްޓެއް ނުކުރެވޭނެއޭ އެ ގައުމެއްގެ ރައްޔިތަކަށް ނޫނިއްޔާ."
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ޕައިލެޓުންގެ ޑިމާންޑް ބޮޑުވަނީ އެ މީހުންގެ ވަޒީފާގެ ތަޖުރިބާ އިން ކަމަށް އަމީން ވިދާޅުވި އެވެ. އެކަމަކު ޕައިލެޓު ލައިސަންސް ނަގައިގެން އައުމުން އެއީ ކެޑޭޓް ޕައިލެޓުން ކަމަށާއި އެއްވެސް އެއާލައިނެއް، އެ ޕައިލެޓުންނާ އެކު ނުހިންގޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ޕައިލެޓެއްގެ ލައިސަންސް ފްލައިން ސްކޫލަކުން ހަދައިގެން އައީމާ ހަމަ އެއީ ކެޑޭޓް ޕައިލެޓުން. އެ ޕައިލެޓުން ލައިގެން އެއްވެސް އެއާލައިނެއް ނުހިންގޭނެ އިނގޭތޯ."
ރާއްޖޭގެ ތަފާސްހިސާބުތަކަށް އިޝާރާތް ކުރައްވައި އަމީން ވިދާޅުވީ، މިވަގުތު ވެސް 200 އަށް ވުރެ ގިނަ ޕައިލެޓުން ވަޒީފާ ނުލިބިފައި އެބަތިބި ކަމަށެވެ.
މިދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ 500 އެއްހާ މީހުންނަށް ޕައިލެޓުކަން ކިޔަވަން ފުރުސަތު ދީފައި ކަމަށާއި އެއީ ސިޔާސީ މަންފާއަކަށް ކުރި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"500 ކުދިންނަށް ޕައިލެޓުކަން ކިޔަވަން ޖާގަ ދިނީ. އޭރު ވެސް 200 އަށް ވުރެ ގިނަ ކުދިން ކިޔަވަން ތިބީ،" އަމީން ވިދާޅުވި އެވެ.
ރާއްޖޭގައި ކެޑޭޓް ޕައިލެޓުން ނަގަނީ ދެ ކުންފުންޏަކުންނެވެ. އެއީ ޓީއެމްއޭ އާއި މޯލްޑިވިއަން އެވެ.
އަމީން ވިދާޅުވި ގޮތުގައި އެ ދެ ކުންފުނި އެއްކޮށްލައިގެން ވެސް އަހަރަކު އުފެއްދެނީ 25 ވަޒީފާގެ ފުރުސަތެވެ.
އެހެންވެ، ސަރުކާރުގެ ޒިންމާއަކީ އެ އޮންނަ ފުރުސަތަކާ އެއްވަރަށް ސްކޮލާޝިޕް ދިނުން ކަމަށް ވިދާޅުވި އެވެ.
"ވަރަށް ދެރަވޭ. އަޅުގަނޑު ވެސް ވަރަށް ހިތާމަކުރަން. އެހެންވީމަ އަޅުގަނޑުމެން މި ޖެހެނީ މޯލްޑިވިއަން އާއި ޓީއެމްއޭ އެކްސްޕެންޑް ކޮށްގެން އެ ކުދިން އިންޓޭކް ކުރެވޭނެ މިންވަރު އިތުރުކުރުން. އެކަމަކު އަޅުގަނޑުމެންނަށް ކިހާ ވަރަކަށްތޯ ސޮލިއުޝަން ދެވޭނީ،" މިނިސްޓަރު ސުވާލު އުފެއްދެވި އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
އެހެންވެ، ލޯނު ހަމަޖައްސައި ކިޔަވަން ނުގޮސް އަދި ތިބި މީހުންގެ ބެލެނިވެރިންނާ ވާހަކަ ދައްކައިގެން ކޯސް ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އަމީން ވިދާޅުވި އެވެ. މިދިޔަ އަހަރު ބައެއް ކުދިން ވަނީ ކޯސް ވެސް ބަދަލުކޮށްފަ އެވެ.
ޕައިލެޓުކަން ކިޔަވައިގެން އައިސް ބައެއް ޒުވާނުން ދަނީ ރިސޯޓުތަކާއި އަދިވެސް އެހެން ދާއިރާތަކުގައި މަސައްކަތް ކުރަމުންނެވެެ.
މީގެ ކުރިން އެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވައި އަމީން، "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ މައްސަލައަށް ދެން އޮތް ހައްލަކީ ގައުމުގެ ނިސްބަތުން އޭވިއޭޝަން ސެކްޓަރު ފުޅާކުރުމެވެ. އެކަމަކު އެއީ ވެސް ވަރަށް "ސްލޯ ޕްރޮސެސް" އެއް ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙައްތާވެސް
16 April 2025
ތިޔައީ ޓެކްސީ ޑްރައިވަރެވެ. މަތިން ވިޔަސް . ޕައިލެޓް ކިޔާގެން ކަންޑާނެ ފޮނިހުއްޓާލާ 8 މަސް ޑްރައިން ލައިސަންސް ކިޔާ. ޕައިލެޓުން ކިޔަންވާނީ ހައްގުވެރިންނަށް
އަބުދުބެއްޔާ
15 April 2025
ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ، އެހެން ގައުމުތަކުގައި ވެސް ޕައިލެޓުކަން ކިޔަވައިގެން ތިބޭ ކުދިންގެ ބޮޑު ބެކްލޮގެއް އޮންނާތީ، އެ ގައުމުތަކުގައި ގާނޫނު ހަދާފައި ވަނީ، އެހެން ގައުމެއްގެ އެއްވެސް ބަޔަކަށް ފުރުސަތު ނުދޭން ކަމަށެވެ. މި ގައުމުގަ އެފަދަ ގާނޫނެއް ނުހެދިގެން އުޅެނީ ކަލޭމެންނަށް ލިބޭ އެއްޗެއް މަދުވެދާނެ ތީ ތޯ، ނޫނީ މަޖުލިސް މެޖޯރިޓީ ނެތިގެން ތޯ؟
އާދައިގެކެޑޭޓޭ
15 April 2025
ތިބޭފުޅާގެ ކަމެއް ނޫންތޯ މިކަންކަމަށް ހައްލެއް ހޯދުމަކީ، ހުސް ވާހަކަ ދައްކަންތޯ ކެބިނެޓުގެ ބޮޑު ގޮނޑިއެއްގާ ތިޔަ އިންނަނީ؟؟؟؟ ކިހާ ދެރަ ކަމެއް މީ ދެން
ވަންއޮފްއަސް
15 April 2025
އެހެންވެތަ 60 އަހަރު މީހުންނަށް 50ސީސީ މަތީ އެއްޛެހި ނުދުއްވޭގޮތް ހެދީ؟ ދެން 60 ގެ ކޮންމެމީހަކު ވަޒީފާދީފަ ޕައިލެޓެއްދޯ ބަހައްޓަންޖެހޭނީ...؟
ވެސްތު
15 April 2025
ސިފައިން ގެއަށް 100 ޖެޓު ގެނެސް ތިހުރިހާ މީހުން އެތަނަށް ވައްދާ އޭރުން ތިކަން ހައްލުވީ!
200 ސިޔާސީ މަޤާމު އުނިކުރައްވާ!
14 April 2025
ބޭކާރު ގޮތުގައި ވަޒީފާ ދީފައިވާ 200 ސިޔާސީ މަޤާމު އުނިކޮށް 200 ޕައިލެޓުންނަށް ވަޒީފާ ދެއްވުމަށް ރައީސް މުޢިއްޒަށް ދަންނަވާށެވެ!
މީ މިގައުމުގެ ވިސްނުން
15 April 2025
ދެން މިގައުމު ދޯ އޭރުން އުދުހޭނީ؟
މޮޔަނުގޮވާ
17 April 2025
ވަޒީފާ ދެވިދާނެ. ދުއްވާނެ ބޯޓެއް ނުދެވޭނެ
ފަޓްލޫނު ނާޒިމް
14 April 2025
އިހަށް ވަޒީފާ ލިބެންދެން ތި 200 ޕައިލެޓްންނަށް ސިޔާސީ މަގާމްތަށް ދޭންފެނޭ މިހާރު ތިބި ބުރާންތިން ބޭރުކޮށްފަ؟
ރެޓޭ
14 April 2025
މީގެ ހައްލަކީ ރާއްޖޭގައިވެސް އަމީން ތިޔަ ވިދާލުވި ކަހަލަ ޤާނޫނެއް ފާސްކުރުން! ރައްޖޭގެ ފުލައިޓް އޮޕަރޭޓް ކުރާ ކުންފުނި ތަކުގެ %97 ޕައިލެޓުންނަކީ ޤައުމުގެ ރައްޔިތުން ކަމުގަ ކަނޑައެޅުން! މިގޮތަށް ގާނޫނު ފާސްކޮށް 3 އަހަރު ފަހުން ޤާނޫނަށް އަމަލުކުރުމުން ވަރަށްބޮޑު ހައްލެއް ލިބޭނެ!
މޯޑޭ.،
14 April 2025
މީނަގެ ވާހަކަ ހުރި ގޮތުން ޕައިލެޓު ކަން ކިޔަވާއިގެން އައިސް ތިބީ އާދައިގެ ކެޑޭޓުން! އަގު ވެއްޓޭ ގޮތަށް ބުރޯ ވާހަކަ ނުދައްކަބަލަ! މީނަ ކިޔެވި ޕައިލެޓުކަން ދެން ތިބި މީހުން ވެސް ކިޔެވީ! ވަޒީފާ ލިބޭނެ! ރިޒުގެއް ބަންދެއް ނުވާނެ ގެރެންޓީ...،
މޮޅު މޯޑު
15 April 2025
ބުރޯ، 'ކެޑެޓް ޕައިލެޓް' އަކީ ޓެކްނިކަލް ނަމެއް. ކޮންމެ މީހަކުވެސް ޕައިލެޓްކަން ކިޔަވައި ނިމޭއިރު އެއީ ކެޑެޓް ޕައިލެޓެއް. ގިނަ އެއާލައިން ތަކުން ބޭނުމެއް ނުވާނެ އެއްވެސް ތަޖުރިބާއެއް ނެތް ޕައިލެޓަކު. އެވާހަކަ އެބުނީ. ދެން އާނ ރިޒުގެއް ބަންދެއް ނުވާނެ، އެކަމު އެ އެންމެނަށް ޕައިލެޓް ވަޒީފާއެއްވެސް ނުލިބޭނެ.
ގުދުގުދާބެއްޔާ
14 April 2025
ކުރުސޯޓް ޕައިލެޓުންނަށް ވީމަ ނިމުނީ! މިގައުމަކީ ކަނޑު އޮތް ގައުމެއް! ސީޕުލޭން އިރުކޮއްލާ! އޭރުން ކުރުސޯޓް ޕައިލެޓުން ގިނަވާނެ!