ފްލައިންސްކޫލްގައި ބޭނުންކުރާ ބޯޓެއް: ބުރަފަތީގައި ޖެހި ދަރިވަރަކަށް ވަނީ އަނިޔާވެފައި
12 އެޕްރީލް 2025 - 19:24
ފިލިޕީންސްގައި ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރަކު މަތިންދާބޯޓެއްގެ ބުރަފަތީގައި ޖެހި މިއަދު ޒަހަމްވެއްޖެ އެވެ.
އެ ހާދިސާގައި އެ ދަރިވަރަށް އަނިޔާވީ ނިއްވާލަމުންދިޔަ މަތިންދާބޯޓެއްގެ އިންޖީނެއްގެ ބުރަފަތީގައި ޖެހިގެންނެވެ. އޭނާ އަށް އެކިވަރުގެ އަނިޔާތައް ވެފައި ވާއިރު، މިހާރު ސާޖަރީތަކެއް ހަދަމުން އަންނަ ކަމަށް އެ ގައުމުގައި ކިޔަވަން ހުރި އެހެން ދަރިވަރަކު ބުންޏެވެ.
އެ ދަރިވަރު ކިޔައިދިން ގޮތުގައި އަނިޔާވި ދަރިވަރު ސްޓޭބަލް ނަމަވެސް، ހާލަތާ ގުޅޭ މާބޮޑު ތަފްސީލެއް އަދި ނޭނގެ އެވެ. އަނިޔާވި ދަރިވަރުގެ އާއިލާގެ މެންބަރުން ފިލިޕިންސް އަށް ދަތުރުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.
އެ ހާދިސާއާ ގުޅިގެން ރާއްޖޭގެ އިދާރާތަކުން އާއިލާ އަށް އެހީތެރިކަން ފޯރުކޮށްދެމުންދާ އަންނަ ވެސް އޭނާ ބުންޏެވެ. އެކަން ހިނގި ގޮތުގެ ތަހުގީގެއް ކުރަން ވެސް ނިންމާފައިވާ ކަމަށް ވެސް ދަރިވަރު ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނާ2
13 April 2025
ނިއްވިއަސް ބުރަފަތި ހުއްޓެން އިރުކޮޅެއް ނަގާނެކަން އެ ވަރު ދަރިވަރަކަށް ނޭނގި ނުހުންނާނެކަމަށް ބޭބެ އަށް ވިސްނެނީ. އެހެންޏާފަހެ އެންމެން އެބަ ކޮމެންޓް ކުރޭ ނިއްވިއަސް އިރުކޮޅެއް ވާނެޔޭ ބުރަފަތި ހުއްޓެން. މިވަރުގެ އޮޅުމެއް ދަރިވަރަށް އެރިގޮތެއް ނޭނގި ހަމަ އަޖައިބުން އަޖައިބުވެފަ ބޭބެ މިހިރީ. އަވަސް ޝިފާއެއް ދަރިވަރަށް މިންވަރުކުރައްވާށި.
ނަހީމް
14 April 2025
ވާގޮތަކީ މިހާރު މިއުޅޭ ކުދިންނަށް މާ މުހިއްމު އިންސްޓާ ސްޓޯރީ އަޕްޑޭޓް ކުރުން.
ހުސެން ސައިދު
13 April 2025
ސިޓުއޭސަނަލް އެވެއާނެސް : 0
އަދާލަތު
12 April 2025
އެ ދަރިވަރަށް މާތްﷲ އަވަސްޝިފާދެއްވައި ފުރިހަމަޞިއްޙަތާއި ޢާފިޔަތުދެއްވާށި. އާމީން
ޫ87657
13 April 2025
އާމީން. ޔާރައްބަލްއާލަމީން
ޑެބީ
12 April 2025
އިންސްޓަކްޓަރެއްގެ ހައިސިއްޔަތުން ޑެބީ ބުނަލާނަން ބޯޓު ނިއްވާލީމަވެސް އިރުކޮޅެއްވާނެ ޕްރޮޕް ހުއްޓެން. ޕްރޮޕް ނުހުއްޓެނީސް ޕްރޮޕާ މާކައިރިވީހެން ޑެބީއަށް ހީވަނީ. އިންސްޓަކްޓަރގެ ފޯލްޓްވެސް ތީގަ އެބައިން.
ބްރަދާ
13 April 2025
ސަލާމް ބްރަދާ. މިކަމަށް ޕްރޮސީޖާއެއް ހަދާނަން.
މިންވަރު
12 April 2025
ހާދަ ބާރަކަށް ދަރިވަރު ހަަރަކާތް ކުރީމައޭދޯ ނިއްވާލާފައިވާ ބޯޓެއްގެ ބުރަފަތީގަ ޖެހިގެން ތިޔަވަރުގެ އަނިޔާއެއްވާނީ
ބަބްސް
12 April 2025
ނިއްވާލާފައޮތް ބޯޓެއްވީމަ ބޯޓުގެ އެއްވެސް ކުށެއް ނެތްތާ!
އަލާއުއްދީން
12 April 2025
މިއީ އަޖާއިބެއް ކަހަލަ ޚަބަރެއް. ދަރިވަރަށް އަވަސް ޝިފާއަކަށް އެދެން...
އެއަރް ވޯކްސް އޭވިއޭޝަން އެކަޑަމީ
12 April 2025
ނިއްވާލާފައި އޮތް މަތިންދާ ބޯޓަކުން ވީވަރު؟
ބޯޓް1
12 April 2025
ފުރަތަމަ ފުންމާލާގޮތަށް ކޮމެންޓް ކުރިޔަކަސް އަދި ކަމަކުނުދާނެ. ނިއްވާލަމުންދިޔަ ބޯޓެކޭ ލިޔެފަ އޮތީ. ކަލޭ ތިހުރީ ނެގަޓިވް އެއްޗެއް ބުނެލަން ވަރަށް ކެތްމަދުވެފަ. ހައްހައްހާ
ތެފައާސާ.
13 April 2025
ކޮލިފައިޑް އެއާރބަސް ޕައިލޮޓެއްގެ ހައިސިއްޔަތުން ތެފައާސާ ބުނެލަންއޮތީ ބޯޓު ނިއްވާލިއަސް ބުރަފަތި އެނބުރުން އެއްކޮށް ހުއްޓެން ވަގުތުކޮޅެއް ނަގާނެޔޭ. އެވަގުތުކޮޅުގެ ތެރޭގައި ބުރަފަތި ހުންނާނީ އެނބުރި އެނބުރިއޭ.