ހުކުރު މިސްކިތުގެ އަސްލަށް ލިބިފައިވާ ކަމަށް ބުނާ ގެއްލުންތައް މިނިސްޓަރު މަޖިލީހުގައި ދައްކާލަނީ -- ފޮޓޯ: މަޖިލިސް
16 އެޕްރީލް 2025 - 11:26
މާލޭގެ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމަށް ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫއުގެ ސަބަބުން މިސްކިތުގެ އަސްލު ގެއްލި، މިސްކިތާ މެދު ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ގައުމިއްޔަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ހުކުރު މިސްކިތް އާބާތުރަ ފިލުވުމުގެ މަސައްކަތް ހުއްޓިފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާޙިމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، މަޖިލީހުގައި އާދަމް ނަސީރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރިން ވެސް އެ މަސައްކަތް ހުއްޓިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ނޮވެންބަރު، 2023 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ހަ މަސް ދުވަސް ކުރިން، މެއި 2023 ގައި އެ މަސައްކަތް ހުއްޓިފައިވާ ކަމަށް ފެންނަން އެބައޮތް ކަމަށެވެ.
ހުކުރު މިސްކިތުގައި މި ސަރުކާރުން ތަނބުތަކެއް ޖަހާފައިވާ ކަމަށް މެންބަރު ކުރެއްވި ތުހުމަތަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރު އައި ފަހުން މިސްކިތުގައި އެއްވެސް ތަނބެއް ޖަހާފައި ނުވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީޙުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް -- ފޮޓޯ: މަޖިލިސް
އެއީ ކުރީގެ ސަރުކާރުން ޖަހާފައިވާ ތަނބުތަކެއް ކަން ފާހަގަ ކުރައްވައި، މިނިސްޓަރު ވިދާޅުވީ އޭރު މަސައްކަތް ކޮށްފައި އޮތީ މިސްކިތުގެ އަސްލު މުޅިން ގެއްލޭ ގޮތަށް ކަމަށެވެ.
މީގެ އިތުރުން އާބާތުރަ ފިލުވުމުގައި އޭރު ބޭނުން ކޮށްފައި ހުރި ބައެއް ތަކެތީގެ ސަބަބުން ވެސް މިސްކިތުގެ އަސްލަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ބައެއް މަތިވަޑާންގަނޑުގެ ލިޔުންތައް މުޅިންހެން ކެމިކަލްގެ ސަބަބުން ފޮހެވި، ހަލާކުވެފައިވާތަން. އެހެންވީމަ، މިސްކިތުގެ އަސްލަށް ވަނީ ގެއްލުން ލިބިފައި. އެ ގެއްލުންވެފައި ވަނީ މަސައްކަތް ކުރެވިފައިވާ ގޮތުން އިހުމާލުވެފައި ވާތީ،" މިސްކިތަށް ލިބިފައިވާ ބައެއް ގެއްލުންތަކުގެ ފޮޓޯ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.
އާދަމް ނަސީރު ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ޕްލޭން އޮތީ އާސާރީ މުހިންމު ތަންތަން ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުނެއިން
17 April 2025
މިދިޔަ ވެރިކަމުގައި މުންނާރަށްވެސް ހެދީ ހެދި އެއްޗެއް. އަޅާނުލާ ސާފްނުކޮށް އެތައް ދުވަހަކު ހުރި
އައުޒަމް
17 April 2025
އަސްލުވެސް. މިވާހަކަ އޭރުވެސް މަދެއްކިން ހެރިޓޭޖް ގަ އުޅުނު ލޫކަސް އާ، ބުނީ ސަރުކާރުން އެއްބާރުލުން ނުދެޔޯ
އަޝްފާގް މުހައްމަދު
17 April 2025
އާސަރި އެއްވެސް ކަމަކަށް ކުރީގެ ސަރުކާރުން އަޅާނުލާ. އެކަން ތިނަދޫ މިސްކިތަށް ބެލީމަވެސް ހާމަވާނެ
އަފާﷲް ސައީދު
16 April 2025
މީ ވަރަށް ބޮޑު ތެދެއް.
ގޮއްތައް ގޮވަނީ ސަހަރޯއޭ
16 April 2025
ކުރީ ސަރުކާރުން މާގިނައިން ބިސްފަރާޓާ ކައިފަ އޮތީ!
ހުސެން ރަހާ
16 April 2025
އާދަމް ނަސީރޫ، ކުރީ ސަރުކާރު، ކުރީ ސަރުކާރު. ކިތައް އަހަރު ވަންދެން ތިހެން ކިޔަން ތި ގަސްދުކުރަނީ. ހުކުރު މިސްކިތް އާބާތުރަ ފިލުވުމުގެ މަސައްކަތް ހުއްޓިފައި އޮތިއްޔާ އަލުން ފެށޭނީ ކިތައް އަހަރުންތަ؟ މިހާރު ވެރިކަމުގައި ދެ އަހަރު ވަނީ. އަދިވެސް ފިނދަނަޔާއި ބޮނޑަނަ ކިޔާ ޒާތުގެ ބަންޖެއް ކިޔުން ނޫން ކަމެއް ނުކުރެވޭ. ތިޔަ މިނިސްޓްރީގެ މެންޑޭޓަކީ ކޮބާ؟ ތިމާގެ ޒިންމާ އެނގޭތޯ؟
ހާސަރު
16 April 2025
މިއީ އަޅެ ކީއްކުރާ މިނިސްޓްރީ އެއްތަ!؟ ބޭކާރު ޚަރަދުތަކެއް މިކުރަނީ!؟
ބަތްކައްކާ ކުޅެންލިބިފަ އޮތީމަ !!!!
16 April 2025
މިނިސްޓްރީ އޮފް ޅެންހެދުން؟!!!
މަސްމީރު ސިއްތި
16 April 2025
ލޮލުގަ ރިއްސާތީ ފަރުވާއަކަށް ކިޔާލާނެ ޅެމެއް އެނގޭކުޖަކު ހުރިއްޔާ ޑީއެމް ޕުލީޒް.
އދމ ނަސރ
16 April 2025
ފާއިތުވި 2 އަހަރު އާދަމް ނަސީރު މިނިސްޓްރީން ކުރި ކަމެއް އަޅެ ބުނެބަލަ. ހުކުރު މިސްކިތުގެ އެކަނި ނޫން. އެހެންވެސް ކަމއް ބުނެބަލަ
މި ޔަގީން
16 April 2025
ދިދަ ޖެހި ކާރ ފޮހުން.
ހައްޕު
16 April 2025
ތިޔަވިދާޅުވީ މިހާރު ވައަތްތެރިއެކޭ ދެއްތޯ. ސަތަރި ނެގޭނީ ވައަތްތެރިއަކަށޭ!!!