އީރާންގެ ނިއުކްލިއާ ފެސިލިޓީއެއް: އައިއޭއީއޭގެ ވެރިޔާ ވިދާޅުވަނީ އީރާން އޮތީ ނިއުކްލިއާ ބޮމެއް އުފެއްދުމާ އެހާ ދުރުގައި ނޫން ކަމަށް.
17 އެޕްރީލް 2025 - 06:04
އީރާންގެ ނިއުކްލިއާ މަޝްރޫއު އޮތީ ނިއުކްލިއާ ބޮމެއް އުފެއްދުމުގެ ގާބިލްކަން ލިބުމާ "އެހާ ދުރަކު ނޫން" ކަމަށް އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) ގެ ވެރިޔާ ރަފެއަލް ގްރޯސީ ވިދާޅުވެއްޖެ އެވެ.
ނިއުކްލިއާ ހަކަތައިގެ ކަންކަން ބަލަހައްޓާ އދ.ގެ އިދާރާގެ ވެރިޔާ ލެ މޮންޑޭ އަށް ދެއްވި އިންޓަވިއުއެއްގައި ބުދަ ދުވަހު މިހެން ވިދާޅުވީ އީރާނަށް ވަޑައިގަތުމުގެ ކުޑަ އިރުކޮޅެއް ކުރިންނެވެ.
އޭނާ ވިދާޅުވީ ނިއުކްލިއާ ބޮމެއް އުފެއްދުމަށް އީރާނުން އަދިވެސް ކުރަންޖެހޭ މަސައްކަތް އެބަހުރި ކަމަށާއި އެކަމަކު "އެ ގައުމު އޮތީ [ނިއުކްލިއާ ބޮމެއް އުފެއްދުމާ] މާ ދުރުގައި ނޫންކަން ގަބޫލުކުރަންޖެހޭ" ކަމަށެވެ.
ނިއުކްލިއާ ހަތިޔާ އުފެއްދުމަކީ "ޖިގްސޯ ޕަޒުލްއެއް" ގޮތަށް ސިފަކުރައްވަމުން ގްރޯސީ ވިދާޅުވީ އީރާންގައި "ބައިތައް އެބަހުރި" ކަމަށާއި އެންމެ ފަހުން އޮންނާނީ އެ ހުރިހާ ބައިތަކެއް އެއްކޮށްލުން ކަމަށެވެ.
އެމެރިކާއިން އީރާންގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުމަކަށް ގެންނަން މަސައްކަތްކުރާ މި ދަނޑިވަޅު ގްރޯސީ އީރާނަށް ވަޑައިގަންނަވަނީ އެ ގައުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށެވެ.
އެކި ގައުމުތައް ބައިވެރިކުރުވައިގެން އެމެރިކާއިން އީރާނާ އެކު ހެދި ނިއުކްލިއާ އެއްބަސްވުމުން އެމެރިކާގެ ރައީސްކަމުގެ ފުރަތަމަ ދައުރުގައި ޑޮނަލްޑް ޓްރަމްޕް 2015 ވަނަ އަހަރު އެމެރިކާ ވަކިކުރި ނަމަވެސް އައިއޭއީއޭ އަށް އަދިވެސް އޮތީ އެ އެއްބަސްވުމަށް އީރާނުން އަމަލުކުރޭތޯ ބެލުމުގެ ޒިންމާ ހަވާލުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދީނުގެ ހައްގުގައި
18 April 2025
އީރާން އަސްކަރީގޮތުން އިންތިހާއަށް ގަދަވިޔަސް ވާ ފައިދާއެއް ހަރާން އައްޒާގެ ނިކަމެތި މައުސޫމުން ޝަހީދުކުރަމުންދާއިރު އީރާން އޮންނަނީ ބަލަން. ސުންނީ ހަމާސް ބޮލައް ވާރޭހެން ބޮންއެޅިއިރުވެސް އޮތީ ގަދަނިދީގައި މަގޭ ހީކުރީ ޝީއީ ހިޒްބުﷲ ބޮލައް ބޮންއަޅަން ފެއްޓުމުން ނުކުންނާނެކަމަށް އެކަމަކު އެއީ ކުންހީއެއް ..ތިއީކީ ދީނުގެ ހައްގުގައި އުޅޭބައެއްނޫން
އަންދާ
18 April 2025
އެމެރިކާގެ ނަގޫ އެބަ ފެނޭ ތި އެޖެންސީ ތެރެއިން. ބަލަ ކަލޭމެން އަތުގަ ހުރެފަ އެހެންމީހުންގެ ބޮލަށް އަޅާފަ ހުރި ހަތިޔާރެއް އެހެން ބަޔަކު އަތުގަ ހުރެގެން އެ ބޭނުން ނުކުރާއިރު ކޮން މައްސަލައެއް ޖައްސާކަށް. ކޮން މުއާހަދާއެކޭ ކިޔާކަށް..ކަލޭމެން ބޭނުން ގައުމަކު ބޮލަށް ބޭނުން އިރަކް ބޮން އަޅާފަ އިންސާނުން އަންދައި ހުލިކުރެވޭ. މުއާހަދާތަކާ އަލިފުދާލު ގަރާރު ނެރޭއިރު ކަލޭމެން އެ ވީޓޯ ކުރުމުގަ.
ދަ އެނަލިސްޓް
17 April 2025
ނިއުކްލިއަރ ހަތިޔާރު އުފެއްދުމާ ކަނޑާ އެއްގަމާ ޖައްވުގެ ތެރޭގަ ނިއުކްލިއަރ ޓެސްޓް ކުރުމާ ނިއުކްލިއަރ ހަތިޔާރު މަދުކުރުމާ ބެހޭ އދ ގެ މުއާހަދާތަކުގަ އީރާނުން ސޮއިކޮަށްފަ އޮތްތޯ ނުވަތަ ނޫންތޯ މިހަބަރުން އެނގެން ނެތީމަ އެއްޗެއް ބުނަން ނޭނގޭ. ކޮންމެގޮތެއްވިޔަސް އައިއޭއީއޭ އިން އީރާނަށް ޕްރެޝަރ ކުރަންޖެހޭނީ މިބުނި އދ ގެ މުއާހަދާތަކުގަ އީރޢނުން ސޮއިކޮށްފަ އޮތިއްޔާ. އެހެންނޫނީ ތިއީކީ އައިއޭއީއޭ އާ ބެހޭކަމެއްނޫން.
ގުނބޯ ހިރި
17 April 2025
އިރާނުގެ ގައުމީސަލާމަތަށްޓަކައި އެބަޖެހޭ ތިއެއްޗެހި ހުންނަން.. މާލަސްވެސްވެއްޖެ ދޯ.. ރަޝިޔާ ތަޅާނުލާ ސަލާމަތް ވީވެސް ތިއެއްޗެއް ހުރެގެން.. ތިއެއްޗެހި ގޮއްވިމީހިން ގެންގުޅުން ފުރަތަމަ މަނާކުރަންވީނު.
ކޮރަލް
17 April 2025
އައިއޭއީއޭ އިންވާހަކަ ދައްކާ އެމެރިކާ އިން ބުނާ ގޮތަކަށެވެ. ތިޔަ އެޖެންސީ ތަކަށް ހަރަދު ކުރަނީ އެމީހުންނެވެ. އިރާން ނިއުކުލިއަރ ހަތިޔާރު ހަދައިފި ނަމަ މައްސަލަ އެކެވެ. އިޒްރޭލްގަ އެބަ ހުއްޓެވެ. ޔޫރަޕް އޭސިޔާ އެމެރިކާ ގަ އެބަހުއްޓެވެ. އިންޑިޔާ ޕާކިސްތާން ނޯތް ކޮރެއާ ގަ އެބަ ހުއްޓެވެ. އެމެރިކާގެ މިސްރާބު މިހާރު ހުރީ އިރާން އާއި ރަޝިޔާ އަދި ޗައިނާ އާ ދެކޮޅަށެވެ. 24 ގަޑި އިރު މީޑިޔާއިން އެމީހުންގެ ނުބައި ވާހަކަ އެވެ.
އަފްރާސިޔާބު
17 April 2025
އައިއޭއީއޭގެ ވެރިޔަކަށް ލާފައިހުރީ އެމެރިކާގެ ސިއްރު އެޖެންޓެއް. އޭނާއާ ސީއައިއޭ އާއެކު އެތައް ބައްދަލުވުމެއް ޔޫރަޕާއި އެމެރިކާގައި ބާއްވައިފި. ދެން އަމަލުކުރާނެ ގޮތުގެ ޕްލޭން އެމެރިކާއާ އިސްރާއީލާ ސައޫދީއާ ތުރުކީއާ ޔޫއޭއީ އިން ރާވައިފި. މައްސަލައަކަށް ދިމާވަނީ އީރާނުގައި ހުރިހަތިޔާރު ބޭނުންކޮށްގެން ސައުދީ ތުރުކީ އަދި ޔޫއޭއީ އަށް ހަމަލާއެއް އަތުވެދާނެތީ. އެހެންވިޔަސް އިސްރާއީލުން ބާރު އަޅަނީ ހަމަލާއެއްދޭން.
މުލޭ
17 April 2025
ގައުމުތަކަކުން ހަދާ އެއްބަސްވުމަކަށް ޢަމަލުކުރޭތޯ އދ ގެ ގުނަވަނަކުން ބަލަންޖެހޭތަ. އދ އިން ބަލަން ޖެހޭނީ އދ އާ އެކު ވެވޭ އެއްބަސްވުންތައް. އެމެރިކާ އާއި ބޮޑެތި އެހެން ގައުމުތަކަކީ އދ އެއް ނޫން. އެމީހުންނަކީ އދ އަށް ގޮންޖަހާފައި އެމީހުން ބޭނުންވާ ކަންކަން އެމީހުން ބޭނުންވާ ގޮތަށް ކުރާ ބައެއް.
ަސދފދސފ
17 April 2025
އިޒުރޭލާއި އެމެރިކާ ފިޔަވައި އެހެން ބަޔަކު އަތުގައި ތިއެއްޗެހި ހުރެދާނެތީ ބޮޑުކަންތައްގަނޑަކަށް އެކަން އެހަދަނީ. އިޒުރޭލުގައި ހުރެގެން ފައްކާކުރާއިރު އެވާހަކަ ނުވެސްދައްކާ. އެޓޮމިކު އެޖެންސީވެސް ދާނީ އެމެރިކާ ފޮނުވިދިމާޔަކަށް