ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން. --
16 އެޕްރީލް 2025 - 20:51
ހުޅުމާލެ ޖަލާއި އިންވެގެން އޮތް ބިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބޭނުމަށް ވަގުތީ ގޮތުން ދީފި އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސެންޓްރަލް ޖަލު އަޅާ ނިމި، ހުރިހާ ޖަލެއް އެތަނަށް ބަދަލުކުރެވެންދެން ހުޅުމާލޭ ޖަލާ އިންވެގެން އޮތް ބިން ކަރެކްޝަނަލް ސާވިސްގެ ބޭނުމަށް ބޭނުންކުރަމުން ދިއުމަށް މާލޭ ސިޓީ ކައުންސިލާއި އެޗްޑީސީ އަދި ކަރެކްޝަންސްއާ އެކު މަޝްވަރާކޮށް، މިހާރު އެއްބަސްވެފައިވާ ކަމަށެވެ.
އެއީ ހުޅުމާލެ ޖަލާއި ހުޅުމާލެ ސަހަރާއާ ދެމެދުގައި އޮތް ބިމެވެ.
އިހުސާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ޖަލުތަކަށް ކުރާ ހަރަދު ކުޑަކުރުމާ އެކު، ދެވޭ ހިދުމަތުގެ ފެންވަރު މަތިކޮށް މައްސަލައަށް ދާއިމީ ހައްލެއް ގެނައުން ކަމަށެވެ.
ކުށްވެރިން ބަންދުކުރަން އުތުރު ތިލަފަޅުގައި ސެންޓްރަލް ޖަލެއް އިމާރާތްކޮށް، އެހެން ހުރިހާ ޖަލުތަކެއް ބަންދުކުރަން ނިންމާފައިވާ ކަމަށް އިހުސާން ވިދާޅުވީ މިދިޔަ އަހަރުގެ ޖުލައި މަހު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
އިހުސާން އޭރު ވިދާޅުވި ގޮތުގައި، އުތުރު ތިލަފަޅުގައި ހަދާ ސެންޓްރަލް ޖަލުގެ ޖާގައަކީ 3،000 މީހުންނެވެ. ޖަލުގައި އެހާ ބައިވަރު މީހުން ބަންދުކޮށްގެން ގެންގުޅުމަކީ އުއްމީދުކުރާ ކަމަކަށް ނުވިޔަސް، ރަނގަޅު ކަރެކްޝަނަލް ފެސިލިޓީއަކާ އެކު މީހުން އަނބުރާ މުޖުތަމައުއަށް ނެރުމަށް މަސައްކަތްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޮސުޕަރމޭން
19 April 2025
ތީ ކަރެކްޝަންސްއަށް މީގެ ކުރީސަރުކާރުތަކުންވެސް ދީފަ އޮތް ބިމެއް. އެތާގެ ބޭނުން ނުހިފި އެހެން ބާއްވާފަ އޮތީ، ބަޖެޓް ނުދޭ އިމާރާތެއް އަޅާކަށް، އަނެއްކާވެސް ހެޑލައިން އެއް އަޅާލީ . ދެންވެސް ހަމަބިންދިންކަން އޮންނާނީ. ބޭނުން ހިފޭނީ ކަމެއްކުރަން ބަޖެޓްދީގެން
ފަހުދު.
17 April 2025
ކަރާފެޅުން ނޫންކަމެއް ނެތް
ޒިމާމް މުހައްމަދު
17 April 2025
މިކަން އެހެން ވެރިކަމަކުން ނުކުރުމަކީ ގައުމަށް ވެވުނު ހިޔާނާތެއް. މީގެ ސަބަބުން ހާދަ ފައިސާއެކޭ ސަލާމަތް ކުރެވޭނީ. އެއްމެ ހަރަދު ކުރާތަނަކަށް ޖަލު އޮންނަނީ ވެފަ ދައުލަތުން ކުރާ.
ާސާބަސް
17 April 2025
ތީ އެމް.ޑީ.ޕީ ސަރުކާރުގެ ދީފަ އޮތްތަނެއް އިހުސާނު ކުރި މޮޅުކަމެއް ނޫންތީކީ
ހަމަދު ސަލީމް
17 April 2025
އެއްމެ ފަހުން މިކަމަށް މިބުނީ ސެންޓްރަލް ޖަލެއް ހަދައި އެއްތަނަކަށް ހަދައި ޖަލުތަކަަށް ކުރާ ހޭދަ ކުޑަކުރަން ވިސްނާ ވެރިކަމެއް މިލިބުނީ.
ތަހްމީދު ސަލީމް
17 April 2025
މިއަދު މިކަން ކުރަން ލަސްވެސްވެއްޖެ. މީގެ ސަބަބުން ހަމަ ގައިމުވެސް މިގައުމުން ޖަލުތަކަށް ކުރާ ހޭދަ ކުޑަވެގެން ދާނެ.
މުހްތާޒް މުބީން
17 April 2025
ކުއްވެރިންނަށް ރަނގަޅު މާހައުލެއް ލިބޭ ގޮތަށް ތިތަން ތަރައްގީ ކުރުން ނިންމުން ވަރަށް ބަލައިގަނެވޭ.
ހެވެޔޭ އެނގޭ
17 April 2025
އުފެއްދުންތެރިކަމެއް އޮންނާނެ ކަމެއްވިއްޔާ ދިމަދިމާލުން ބިން ނުލިބިގެން ތެޅިފޮޅެނީ، މިލިޓަރީ ސްޓޭޓްއެއްގަ ތިކަންވެސް ތިހާ ފަސޭހައިންވާނެތާ ދޯ
ނުނން
17 April 2025
ވަގުތީ ދާއިމީ........