ޚަބަރު / ކްރިމިނަލް ކޯޓް

ފުއްގިރީގެ މައްސަލައިގެ އަޑުއެހުމެއް ގިނަ ދުވަސްތަކަކަށްފަހު ތާވަލުކޮށްފި

ކުރީގެ ރައީސް ޔާމީން އަދި ސަން ކުންފުނީގެ ވެރިޔާ ސިޔާމް: ފުއްގިރި މައްސަލައިގެ އަޑުއެހުމެއް ވަނީ ތާވަލުކޮށްފައި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ގަބޫލު ކުރައްވައި، މަނީ ލޯންޑާކުރި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުވާ މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައިވަނީ މި މަހުގެ 28 ވަނަ ދުވަހަށެވެ. އެ އަޑުއެހުން ތާވަލުކޮށްފައި މިވަނީ ގިނަ ދުވަސްތަކަކަށް ފަހު އެވެ. އެންމެ ފަހުން ފުއްގިރީގެ މައްސަލައިގެ އަޑުއެހުމެއް އޮތީ އޮގަސްޓް، 2023 ގަ އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހަށް ވެސް އެ މައްސަލާގެ އަޑުއެހުމެއް ތާވަލުކުރި ނަމަވެސް އެ އަޑުއެހުން ފަހުން ކެންސަލްކުރި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ފުއްގިރި ކުއްޔަށް ދޫކުރި މައްސަލާގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ދައުވާ ކުރާއިރު، ޔާމީންގެ އިތުރުން އެ މައްސަލާގައި ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް ވެސް މަނީ ލޯންޑްރިންގެ ދައުވާކުރެ އެވެ.

މީގެ އިތުރުން ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ވެސް ޔާމީންގެ މައްޗަށް ދައުވާކުރެ އެވެ. އެ މައްސަލާގައި ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރިން އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން ކުރިން އޮތީ އަންގައިފަ އެވެ.

ހައި ކޯޓުގެ އެ ހުކުމުގައި، އާ ހެކިތަކެއް ބަލައިނުގަނެވޭނެ ކަމަށް ނިންމާފައިވާތީ އެ ބައި ދައުލަތުން އޮތީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓުން ނިމެންދެން ކްރިމިނަލް ކޯޓުން އޮތީ އެ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލައިފަ އެވެ.

7 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 56%
icon wow icon wow 11%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުސްގޮނޑި

18 April 2025

ސުޕްރީމް ކޯޓުން ހައިކޯޓުން ޖާގަ ހުސްވާއިރު މިކަހަލަ މައްސަލަ ހިންގަންފަށާ ގާޒީން ގިނަވާނެ. މިކަހަލަ ދަނޑިވަޅަކަށް މައްސަލަ ފޮރުވާފަ ބާއްވާނީވެސް

The name is already taken The name is available. Register?

ލައްޑޫކީ ކަހާނީ

18 April 2025

ރިޝަވަތު ދިންމީހެއްނެތި ރިޝްވަތު ދިނުމަށް މެދުވެރިވި މީހެއްނެތި ރިޝްވަތު ހިފިކަމަށް ބުނެ ރޔާމީނަށް ދައިވާކުރަނީ އަރަތެއްމީ..ތިމައްސަލައިގެ ދެންތިބި އެއްމެންގެ ދައުވާތައް އަބުރާ ގެންގޮއްސި މޑޕ ވެރިކަމުގަ..މިވެރިކަމުގަ ފުއް ގިރަންމިއުޅެނީ ރޔާމީނުދެކެ ލޯބިންތައް..ހަރާންކުމޭކިޔާ ރޭދުވާ މަގުމަތީ ހަޅޭލެވިމީހުން ވެރިކަމަށް އާއްސަ ހަލާލުވީ ރޔާމީނަށް ނުހައްގު ދައުވާކުރަން .މައުމޫނުގެ ތުއްޕުޅުބޭފުޅާއަށް ސާބަސް ލޭ އޮލަކަމުން ނާރުތަކުންނުހިގަނީދޯ.

The name is already taken The name is available. Register?

ޑރ. ރާމީ ޙަސަން ޕީ.އެން.އެފް

18 April 2025

ޔާމީން އަށް ނޫން ދެވަނަ މީހަކަށް މި ޤައުމު ސިންގަޕޫރާއި އެއް ފެންވަރަށް ނުގެން ދެވޭނެ!

The name is already taken The name is available. Register?

ބަބުރު

18 April 2025

ރަނގަޅު ޔާމީން އަށް ހުރޮ ދައުވާތައް އަވަސް ކުރަންވީ މާ ބޮޑަށް ގައުމު ހަލަބޮލިކޮށް ބ ކައްކަކަނީއޭ ތާސް ކުޅެން ގޭގައިންނަ ނަމަ ރަނގަލމޅު ފުށްނުގިރާން

The name is already taken The name is available. Register?

ޕޫރުބެ

18 April 2025

ތީ ބިރުދައްކަން ހިންގާ ޖަރީމާއެއް!

The name is already taken The name is available. Register?

ޕަކަޅޯ

18 April 2025

ތިޔަތަނުން ގިރާ ފުށްތަ ފޮޓޯގަ ޒާތަކަށަ އިން ފަރާތުން ޖަހަނީ

The name is already taken The name is available. Register?

ސަސި

18 April 2025

އަހަރުމެން ސަރިއްޔަތަކާ ނުބެހޭނެ، ހިތްޕުޅާ ނުވާ ކަމެއް ދިމާވެއްޖެއްޔާ މުވައްސަސާތަކުުން އެކަން ކުރިއަށް ގެންދާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454