ކްރިކް ރިޒާ ޝަރީއަތުގެ މަޖިލީހުގައި: އޭނާއަށް ކުރާ ދައުވާ ދައުލަތުން ވަނީ ފައިލްކޮށްފައި --
28 އެޕްރީލް 2025 - 10:55
ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތު ދިނުމުގެ ދައުވާކުރި އަހްމަދު ކްރިކް ރިޒާގެ މައްސަލަ ދިގުލައިގެން ގޮސް، އިންސާފަށް ހުރަސްއެޅޭ ކަމަށް ގަބޫލު ކުރެވޭތީ އެ ދައުވާ ފައިލްކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ނިންމައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވި ކަމުގެ ތުހުމަތުގައި ދައުވާ ކުރާ ކްރިކް ރިޒާގެ މައްސަލަ 2023 ވަނަ އަހަރު ތެރޭ ޕީޖީ އޮފީހުން ވަނީ އަލުން ކޯޓަށް ހުށަހަޅާ ގޮތަށް އަނބުރާ ގެންގޮސްފަ އެވެ.
މައްސަލަ އަނބުރާ ގެންދަން އޭރު ޕީޖީން ނިންމީ ރިޒާގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިތަކެއްގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި ތަހުލީލުތައް ހެދުމަށް ކަމަށް ބުނެ އެވެ. އެއީ، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒްގެ އޯޑިއޯއެއް ކަމަށް ބުނެ ރިޒާ ހުށަހެޅި ހެއްކެކެވެ.
ފުއްގިރި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ޕީޖީގެ ވަކީލް އަހުމަދު ޝަފީއު ވިދާޅުވީ އޯޑިއޯއާ ގުޅޭ ތަހުލީލު ދައުލަތުން އިރުޝާދު ދިން ގޮތަށް ފުލުހުންނަށް ކުރެވިފައިނުވާ ކަމަށެވެ. އަދި އެ ތަހުލީލު އެގޮތަށް ނުކުރެވި ދިގުލައިގެން ގޮސްފައިވަނިކޮށް ދައުވާ ރިވިއުކޮށްދޭން އެދި ރިޒާގެ ފަރާތުން އެ އޮފީހަށް ހުށަހެޅި ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޖީކަމުގެ މަގާމާ އައްބާސް ޝަރީފް ހަވާލުވެ ވަޑައިގަތުމަށް ފަހު، ކުރިން ކޮށްފައިވާ ދައުވާތައް ރިވިއު ކުރަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލި އެވެ.
އެ ފުރުސަތުގައި ރިޒާގެ ފަރާތުން ހުށަހެޅި މައްސަލާގައި ޕީޖީން ނިންމީ މައްސަލަ ކުރިއަށް ނުގެންގޮސް ފައިލް ކުރަން ކަމަށް ވަކީލް ވިދާޅުވި އެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ތަހުލީލު ނުނިމި، މައްސަލަ ދިގުލައިގެން ދިޔަ ދިޔުން ދައުލަތަށް ކޯޓުގައި ޖަސްޓިފައިކޮށް ނުދެވޭނެތީ ކަމަށެވެ. އެހެންވެ، އެ މައްސަލަ ކޯޓުގައި ބޭއްވުމަކީ އެންމެ އިންސާފުވެރި ގޮތެއް ނޫން ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.
ފުއްގިރި މައްސަލާގެ ޝަރީއަތް ޝަރީއަތް ކުރިއަށް ނުގެންދެވި ދިގުލައިގެން ގޮސްފައި އޮތީ ވެސް ރިޒާގެ ސަބަބުންނެވެ. ފުލުފުލުގައި އަޑުއެހުންތައް ތާވަލުކޮށްފައި އޮތަސް، އެއްވެސް އަޑުއެހުމެއް ނުބޭއްވި ދިޔައީ ކްރިކްގެ ބަލި ހާލަތު ހުރި ގޮތުން ކޯޓަށް ހާޒިރު ވެވެން ނެތް ކަމަށް ބުނެ މެޑިކަލް ހުށަހަޅާފައި ވާތީ އެވެ. ނަމަވެސް، އެ މެޑިކަލް ރިޕޯޓާ ގުޅޭ ގޮތުން ސުވާލު އުފެދިފައިވެ އެވެ.
ޔާމީންގެ ފަރާތުން ދިފާއީ ހެއްކެއްގެ ގޮތުގައި ވެސް ރިޒާގެ ނަން ހުށަހަޅާފައިވާއިރު، މިއަދު ވެސް ބަލި ހާލަތު ހުރި ގޮތުން ކޯޓަށް ހާޒިރުވެވެން ނެތް ކަމަށް އޭނާ އަންގާފައިވެ އެވެ.
ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް، ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާ ވެސް ކުރެ އެވެ. އެ ދެ ކުންފުނިން ވަނީ ޔާމީންގެ ޝަރީއަތާ ދެ ކުންފުންޏަށް ކުރާ ދައުވާ ވަކިން ކުރިއަށް ގެންދަން އެދިފަ އެވެ. ޕީޖީން ވަނީ ކޯޓުގެ ހުއްދައާ އެކު އެ ދައުވާތައް ވަކިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބުދުލް ޤާދިރު
29 April 2025
އެއީ މޫނަކަށް ކަނދުރާއަކަށް ނުބަލާތީ ވާގޮތް.
ސާލިމާ ހުސެން
29 April 2025
ބޮޑު ހިރިއެއް ތީ. ލާހިކެއްނޫން ކުރިޔަށް ކަނޑާކަށް އެއް ޖަރީމާއެއްގެ ތަހުގީގެއްވެސް. ދެކޮޅަށް ދެފައި އިނީ ލައިގެން. ދޯ ފައްޔާޒޫ
ލޮއްލަ
28 April 2025
އެތަށް އަހަރެއް ވަންދެން “ވާނުވާ” ބަންދު ޖަލުގައި އުޅޭ އެތަށް ދިވެހިންނެތް އެބަތިބި. ހުކުމެއް ނީއްވޭ. ދެކޮޅަށް ދައްކާނެ އެދެވޭ ހެއްކެތް ނޯވޭ. ޝަރީއަތުގެ އަޑުއެހުމެއް ތާވަލު ނުކުރެވޭ. މިކޭސްތަށް ފައިލު ނުކުރެވޭންވީ ކީއްވެ. ވަކިބަޔަކަށް މޮޅުގޮތް. އާދައިގެ މީހާއަށް ދެރަގޮތް.
ފަޅުމަސް
28 April 2025
ކްރިކް ރިޒާއަކީ ޔާމީނުގެ މައްސަލައިގައި ޔާމީނު ހުށަހެޅި ހެއްކެއް.. ޔާމީނުގެ މައްސަލައިގެ ޔާމީނުގެ ދިފާއުގައި ހެކިބަސް ދޭކަށް އޭނާ މިއަދު ނުދޭ.. އޭނާ ޔާމީނުގެ ދިފާޢުގައި ހެކިބަސް ނުދޭނީ، އޭނާގެ މައްސަލަ ފައިލުކުރުމުން ކަމަށްވާތީ މައްސަލަ ފައިލުކުރީ..
ތިނޯހު
28 April 2025
އެހެން މައްސަލަތައް ދައުވާލިބޭމީހާގެ އިހުމާލުން ލަސްވާނަމަ ތިޔަ އޮފީހަކުން އެމައްސަލައެއް ފައިލެއް ނުކޮށްދޭ. ވަކި ބައެއްގެ މައްސަލަ ދޯ އެހެންވެސް ފައިލް ކުރަނީ. ތިހިރީ ޕީޖީއެއް ވަރުގަދަ
މަބުނީ
28 April 2025
ކުދީންނޭވެ.. ގައުމެއްވާ ނެތް..
އިބުރާ
28 April 2025
މި ޕީޖީއަކު އައިމަ އެންމެންވެސް ކިޔާ އަޑުއިވޭ ވަރަށް ރަގަޅުވާނެއޭ. ނާ ތެދެއް ވަގުންނަށް ވަރަށް ރަގަޅު ވެއްޖެ
ސުހާނާ
28 April 2025
ތިޔައީ ހާދަ ރަނގަޅު ގޮތެކޭ. މީހެއްގެ މައްސަލައިގައި އެމީހާ ކުށްވެރިވިޔަ ނުދިނުމަށްޓަކައި މައްސަލަ ކުރިޔަށް ނުގެންގޮސް ބާއްވައިގެން ގިނަ ދުވަސްވީމާ، މައްސަލަ ފައިލްކޮށްފައި އެމީހާ ސަލާމަތްކުރަންވީ. ތިޔަވަރުގެ އިންސާފެއް ނޯންނާނެ.
ކެކު
28 April 2025
މި އޮތީ ވާ ގައުމެއް!