ޖާހު ކުންފުނިން ހުޅުމާލޭގައި ހަދަމުންދާ ފްލެޓްތައް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
20 އެޕްރީލް 2025 - 11:31
ހުޅުމާލޭ ފޭސް އެކެއްގައި "ދަ ގާޑަން" ފްލެޓްތައް އިމާރާތްކުރާ ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ބޭންކުތަކުގައި ހުޅުވާފައިވާ އެކައުންޓްތަކުގައި ފައިސާ ހުރި ނަމަ، ހިފަހައްޓަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
މިދިޔަ ބުރާސްފަތިދުވަހު ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޝަނުން ނެރުނު އަމުރުގައި ވަނީ ރާއްޖޭގައި ހުރި ބޭންކްތަކުގައި ހުޅުވާފައިވާ އެއްވެސް އެކައުންޓެއްގައި ފައިސާ ހުރި ނަމަ އެ ހުރިހާ ފައިސާއެއް ހިފެހެއްޓުމަށެވެ.
ކޯޓުން އަމުރުކޮށްފައިވާ ބޭންކްތައް:
- ބޭންކް އޮފް ސިލޯން
- ބޭންކް އޮފް މޯލްޑިވްސް
- ހަބީބް ބޭންކް ލިމިޓެޑް
- މޯލްޑިވްސް އިސްލާމިކް ބޭންކް
- ސްޓޭޓް ބޭންކް އޮފް އިންޑިއާ
- ދަ މޮރިޝަސް ކޮމާޝަލް ބޭންކް (މޯލްޑިވްސް)
- ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް
އެ ބޭންކްތަކުގައި ޖާހް އިންވެސްޓްމަންޓްގެ ނަމުގައި އެކައުންޓެއް ހުޅުވާފައިވާ ނަމަ، އެ އެކައުންޓެއްގެ ތަފްސީލާއި އެކައުންޓުގައި ހުރި ފައިސާގެ އަދަދާއި، ފައިސާ ހުރި ނަމަ އެ ފައިސާ ހިފެހެއްޓުމަށް ފަހު އެކަން މި މަހުގެ 22 ވަނަ ދުވަހުގެ 12:00 ގެ ކުރިން ކޯޓަށް އެންގުމަށް އެ އަމުރުގައިވެ އެވެ.
އެކަމަކު މި އަމުރު ނެރުނީ ކޮން މައްސަލައެއްގައި ކަމެއް ސާފެއް ނޫނެވެ.
"ދަ ގާޑަން" ގެ ނަމުގައި އެ ކުންފުނިން 2017 ވަނަ އަހަރުން ފެށިގެން ހަދަމުން އަންނަ އެޕާޓްމަންޓުތައް ނިންމަން އެކި ފަހަރު މަތިން މުއްދަތު އިތުރުކޮށްދެމުން އައިސް އެންމެ ފަހުގެ ފުރުސަތު ދިނީ މި އަހަރުގެ ޖެނުއަރީ 27 ވަނަ ދުވަހު އެވެ. އެކަމަކު އެ މުއްދަތަށް ވެސް ތަން ނިންމާފައި ނުވާތީ އެޗްޑީސީން ވަނީ އެއްބަސްވުން ބާތިލުކޮށްފަ އެވެ.
އެޗްޑީސީން އެއްބަސްވުން ބާތިލްކޮށްފައިވަނީ ގޯސްކޮށް ކަމަށް ބުނެ ޖާހު އިންވެސްޓްމަންޓުން މައްސަލަ ހުށަހަޅާފައިވަނީ ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނަށެވެ. ޖާހުގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހެޅީ އެޗްޑީސީން މިދިޔަ އަންގާރަ ދުވަހު ބިމާ ހަވާލުވާން ތައްޔާރުވެފައި ވަނިކޮށް، އޭގެ ދެ ދުވަސް ކުރިންނެވެ.
އެ ފްލެޓްތަކުގެ 95 ޕަސެންޓް ނިމިފައިވާ ކަމަށް ކުންފުނިން ބުނާތާ މިހާރު ހަތަރު އަހަރު ވެއްޖެ އެވެ. އެތަނުގައި 27 ސުއިޓާއި 54 ވިލާ ހިމެނޭ ގޮތަށް ޖުމްލަ 83 ލަގްޒަރީ ޔުނިޓް އަޅަމުން އަންނައިރު އެތަންތަން އެޑްވާންސްކޮށް ވިއްކައި މީހުންގެ އަތުން ވަނީ ފައިސާ ނަގައިފަ އެވެ.
ބައެއް މީހުން ބޮޑެތި ލޯނުތައް ނަގައިގެން ވެސް އެ ތަންތަނުން ފްލެޓް ގަތެވެ. ބޮޑު އިންޓަރެސްޓެއްގައި ލޯނު ދައްކަމުން، މިހާރު ކުއްޔަށް އުޅޭ ތަންތަނަށް ކުލި ދައްކަމުން، ބޮޑު ތަކުލީފެއް އުފުލަމުން ޖެހިފައިވާ ކަމަށް އެޕާޓްމަންޓް ގަތް މީހުން ބުނެފައިވެ އެވެ.
އެޕާޓްމަންޓްތައް ނިންމައި ހަވާލުކުރާނެ ކަމަށް ބުނެ އެކި ތާރީހުތައް އެ މީހުންނަށް ޖާހު ކުންފުނިން ދިނެވެ. އެ ފްލެޓްތައް ނުނިމި ދިގުލައިގެން ގޮސް، އެ މީހުން މުޒާހަރާ ވެސް ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާނީ
20 April 2025
މިތަނުން ޖާހް ބިލްޑިން އަކީ ކޮބާ؟
އިޕްސްވިޗް
20 April 2025
ބެންޑް ބަލާލަން ފެންނަ 2 ބިލްޑިންގ.
ސައީދާ / މ.ރީނާ
20 April 2025
އަސްލު މިތަނުން އެޕާޓްމަންޓް ގަތް މީހުންނަށް ލިބުނު ގެއްލުމުގެ ބަދަލު ޖައުފަރު / ޖާހުން ދޭންޖެހޭނެ.ލޯނު ނަގައިގެން ގިނަ މީހުން އެޕާޓްމެންޓް ގަތީ.
ބަބްސް
20 April 2025
ތިކަން ނިންމާނީ ކޯޓުން. ދެފަރާތުން ސޮއެކޮއްފައޮތް އެއްބަސްވުމެއް އޮންނާނެ. އެޕާޓްމަންޓް ގަތް މީހުން ބަދަލު ހޯދަން ކޯޓަށް ނުގޮސްއެތިބެނީ ކީއްވެބާއޭ ހިތަށް އަރާ. ކޯޓަށް ދިޔަކަމެއް ނޫހަކުން ނުދެކެން.
ބޮޑުވަރުތީ
20 April 2025
ކޯޓަށް ގޮސް ކޯޓުން ހުލުމްކޮށް ހުކުމާ އެެއްގޮތަށް ފައިސާ ނުދީގެން އެކައުންޓުތަށް ފުރީޒު ކުރަން އަމުރު އެ ކުރީ… ވާނުވާ ނޭނގި އުޑެއް ބުޑެއް ނޭނުނަސް ހޭރެން ވާނެ.. ގަމާރު ކަލޭގެ
ގޮއްރާޅު
20 April 2025
ނޫން.ނޫން. ދިވެހިންގެ ރާއްޖޭގަ ވައްކަން ކުރި މީހާ ތިކަމުގެ ޒިންމާ ނަގަން ނުޖެހޭނެ...ޖާހު ފައިސާ ހިފައިގެން އުފަލުގަ އުޅެންވީ.. ބަދަލުދޭނެ ސަރުކާރުން...ރައްޔިތުންގެ ފައިސާއިން ބަދަލުވެސް ދ3ނީ، އަދި ފްލެޓް ގަތް މީހުނަށް އިތުރު ފްލެޓްވެސް، އަދި އިތުރު ހައްޖު ދަތުރެއްވެސް ހަމަ ރައްޔިތުންގެ ފައިސާއިން ހަމަޖައްސަންވީ
ޖިލްވާޒް
20 April 2025
އެއްކަމެއް ވެސް ނުކުރެވޭނެ.
ރައްޔިތެއް.
20 April 2025
ކުރެވޭނެ.ގާނޫނު އެއީ އެންމެންގެ މައްޗަށް ހިނގާނެ އެއްޗެއް.
ފެޓް
20 April 2025
ވ ހުރިހާ މޮޅެއް..
ވަގުސާވަގުފަރު
20 April 2025
ޖައުފަރާ އޭނާގެ ދަރި ޖަހުދާނުގެ ޕާސްޕޯޓް ހިފަހަށްޓަން އަމުރު ނުކޮށް ބޭކާރު އަމުރުތަށް ނެރެނީ ކީއްކުރަންތަ؟ ޖަލަށް ހުލުމް ވެސް ކުރެވޭނެ.. ފައިސާނެތް ހުސް އެކައުމްޓުތަކެއް ފުރީޒުކުރިޔަކަސް އެމީހުންނަށް ގެއްލުމެއް ނުވާނެ..
ކިޔުންތެރިއެއް.
20 April 2025
ސަޅި ނަމެއް.
ޢިންސާ
20 April 2025
ޖައުފަރު ޢާ ޖާހްގެ ވެރިން ހައްޔަރު ނުކުރެވިގެން މިއުޅެނީ ޖައުފަރު ގެ ނުފޫޒު މިސަރުކާރުގައި މާގަދައީތޯ ރައީސް؟
އަހުމިއްޓޭ
20 April 2025
ސަރުކާރު އެކަންޏެއްނޫން. މިނޫހުގަ ޖަހާ ޖާހު ކުންފުނީގެ އެއްވެސް ޚަބަރެއްގަ ކުންފުނީގެ ވެރިންގެނަމެއް ނުލިޔޭ. ނިކަން ހުރިހާ ޚަބަރެއްވެސް ކިޔާލަބަލަ. އެކަމު އެހެންހުރިހާ މިކަހަލަ ޚަބަރެއްގަ ކުންފުނިތަކުގެ ވެރިންގެ ނަންތައް ހުންނާނީ ލިޔެފަ.
5 އަހަރު
20 April 2025
ޖާހް އެޕާޓްމަންޓުތަކުގެ 95 ޕަސެންޓް ނިމިފަކަމަށް ޖާހް އިން ބުނެފި 2019 ގައި ، އެޖެންވީމާ ބާކީ 5 ޕަސެންޓްގެ މަސައްކަތް ނުނިންމުނު 5 އަހަރުން. މިހާރު ބައެއް އެޕާޓްމަންޓްތަކުގައި ހަރުކޮށްފައިހުރި ހީޓާރ ފަދަވތަކެތި ވަނީ ދަބަރުޖަހާފަ، އޭސީ ޔުނިޓްތަކުގެ އައުޓްދޯތައްވެސް ދަބަރުޖަހާފަ ކަންނޭގެ. އެތެރޭގެ ބައެއް ފާރުތަކުގައި ފެނުގެ އަސަރުކޮށްގެން ފަންގަސް ޖަހާފަ.
މުރާސިލް
20 April 2025
ކޭ ޕާކް މަންޑޭ ބިޑި ޢެޅުވި ގޮތަށް މޭމަތީ ޖޭޖޭ ޖަހާއިގެން އުޅޭ ޖައުފަރު ބިޑި ނޭޅުވިގެން އުޅެނީ ކީއްވެ ،
ޓެނަންޓްސް
20 April 2025
ނުހުންނާނެ އެއްވެސް ބޭންކަކު އެންމެ ރުފިޔާއެއްވެސް. ތީ ދަޅަދައްކާލަން ވެގެން ކުރުވި ހުކުމެއް. އަސްލު މައްސަލަ އޮއްބާލަން. ތި ޖައުފަރު ހިފާ ހައްޔަރުކުރަން އަމުރުނެރެބަލަ. މިހާރުވެސް އެ ވިއްދަނީ މުޅި އިމާރާތުގަ. މީ ތިމަންނާގެ ތަނެކޭ ކިޔާފަ. މިސަރުކާރުގެ އިޚުލާސްތެރިކަން އެނގިގެންދާނެ ގެއްލުންލިބުނު މީހުންނަށް ހައްގު ތައް ހޯދާދިނީމަ.
ނިއު ވޭ
20 April 2025
ދަރިންނޭ. ފްލެޓަކަށް އެޑްވާންސްކޮށް ޑައުންޕޭމަންޓްގެ 200 ލައްކައިގެ އިތުރަށް އެންމެ ފައިސާފޮއްޗެއްވެސް ނުދޭން އެންމެން އެކައްޗެއްކިޔައި ޑިމާންޑުކުރަން ޖެހިއްޖެ. ބާކީބައި ދެއްކޭނީ ފްލެޓްތައް އެއްކޮށް ނިމުނީމާ.