ކުރީގެ ރައީސް މުހައްމަދު ނަޝީދު: އެއް ބުރުން ވޯޓުލައި ސަރުކާރެއް އުފެއްދުމަށް ތާއިދުކުރައްވާ ކަމަށް ވިދާޅުވި - ފޮޓޯ: މިހާރު
20 އެޕްރީލް 2025 - 13:48
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި ޕްރިފެރެންޝަލް ވޯޓިން އަށް ދިޔުމަށް ތާއިދު ކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި އެ މަނިކުފާނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕްރިފެރެންޝަލް ވޯޓާއާ އެކު ނަމަ އެއް ބުރުން ވޯޓުލާ ނިންމައި ސަރުކާރެއް އުފައްދާ އުސޫލަކީ ރަނގަޅު އުސޫލެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ޕްރިފެރެންޝަލް ވޯޓިން ބަހުސް އަނެއްކާވެސް މި ފެށުނީ އެގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތާއީދަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވާތީ އެވެ.
އެގޮތަށް އެދިވަޑައިގެންނެވީ މިދިޔަ ހަފުތާގައި މުލީއާގޭގައި ޕީއެންސީގެ މެންބަރުންނާ އެކު ރައީސް ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
ރިޔާސީ އިންތިހާބު ބާއްވާ ގޮތް ބަދަލުކުރުމާ ގުޅޭ ގޮތުން ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި، އެ މަނިކުފާނުގެ އަމިއްލަފުޅު ވިސްނުމަކީ ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަށް ނުގޮސް ފުރަތަމަ ބުރާ ހިސާބުން ބޭފުޅަކު ކަނޑައެޅުމެވެ. އެހެންވެ، ޕްރިފަރެންޝަލް ނިޒާމަކަށް އަމަލުކުރަން މިހާރު ވެސް އެޓާނީ ޖެނެރަލް އޮފީހުން އަންނަނީ ދިރާސާތައް ކުރަމުން ކަމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސް ވިދާޅުވި އެވެ.
"މާނައަކީ އެއްބުރުން [ރިޔާސީ އިންތިހާބު] ނިމޭނެ. އެއްބުރުން އެއްވަނަ، ދެވަނަ ސާފުވާ ގޮތަށް، އަޅުގަނޑު ހިތުން ބައެއް ގައުމުތަކުގައި، އަވައްޓެރި ބައެއް ގައުމުތަކުގައި ވެސް އޮވޭ އެހެން. އެކަމަކު، ދިރާސާ ކޮށްފައި އަޅުގަނޑު ގަސްދުކުރަން އެއީ އަޅުގަނޑުމެންގެ ގައުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ވަންޏާ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، އެކަން އެދޭ ކަމަށް ވަންޏާ ދެން އަންނަ ރިޔާސީ އިންތިހާބުން ފެށިގެން ދެ ބުރު ނޯންނަ ގޮތަށް، އެއްބުރުން މީހަކު ހޮވައި ނިންމޭ ގޮތަށް ކަންކަން ބަދަލުކުރަން،" ރައީސް އޭރު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި އޭރުން ހަރަދު ވެސް ކުޑަކުރެވޭނެ އެވެ. ރައީސް މުއިއްޒު ވިދާޅުވީ، އެފަދަ ބައެއް މުހިންމު ކަންކަން ތައާރަފު ކުރުމަށްޓަކައި ރައްޔިތުންގެ ގާތު އަހައިގެން ނިންމުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެއްބުރުން
21 April 2025
އެއްބުރުން އެއްވެސް ކެންޑިޓޭޓަކު ހޮވޭނެ ހަމައެކަނި ގޮތަކީ އަނެއްކާވެސް ކުޑަކާފު ބޮޑުކާފައްދިއުން. ދެވަނަ ބުރަކައް ދާންޖެހޭނަމަ އޭގެ މާނައަކީ އެއްވެސް ކެންޑިޓޭޓަކައް ރައްޔިތުންގެ 50% ފުރިހަމަ ތާއީދެއްނެތޭ.
ޙައްގުބަސް
21 April 2025
2ވަނަ ބުރުގަ ބޮޑެތި ޑީލްތަ ހަދާ. ގައުމަ ގެއްލުން
އޮނަރަބްލް އަފީފު ދީދީ
21 April 2025
މަތީގައިދެންނެވި ގޮތަށް ޤާނޫނުއަސާސީގެ 71 އަދި 72 ވަނަ މާއްދާގެ ނުގުތާތަކާއިޙިލާފަށް މަޖިލިސް އިންޓިޙާބު ބާއްވާތީ، މަޖިލީހުގައި ޤާނޫނީ 21 ދައިރާގެ ރައްޔިތުން ތަމްސީލުކުރާން ފުރުސަތުނުލިބި މިދެންނެވި ޤާނޫނީ ދާއިރާގެތެރެއިން ކަޑައަޅާ "އިންތިޙާބީ ދާއިރާތަކުގައި ކ.މާލޭގެރަށްވެހިން ވާދަކޮށް" މަޖިލީހުގައި ކ.މާލޭގެ 25 ހަކަށް ގޮނޑި މިހާރުވެސް އެބަހުރި. ނަތީޖާއަކީ މާލެއާއި އެރަށުމީހުންގެ ވާހަކަދައްކާ އަޑުއުފުލާނެ ފަންސަވީހަކަށްމެންބަރުން އެތަނުގައިތިބުން.
އޮނަރަބްލް އަފީފު ދީދީ
21 April 2025
އެހެންކަމުން ތިޔަބަދަލުތައް ގެންނާންވާނީ، ރައްޔިތުންގެފަރާތުން މަޖިލީހުގައި "އެމީހުންގެ ވާހަކަދެއްކުމަށް، އެމީހުންގެތެރެއިން" މެންބަރުން އިންތިޙާބުކުރަން ރައްޔިތުނަށް ފުރުސަތުލިބޭގޮތަށް ޤާނޫނުއަސާސީގެ 71 އަދި 72 ވަނަ މާއްދާ ތަފްސީލުކޮށްދީ މިހާރުއޮތް ލާމަރުކަޒީ ބާބުވެސް މުޅިން އިސްލާޙްކޮށް ތިރީގައިމިދަންނަވާގޮތަށް ރާއްޖެ އިދާރީ ޤާނޫނީ 3 ރީޖަން ނުވަތަ ޕްރޮވިންސްގެމައްޗަށް ހިންގާގޮތަށް ޤއ އިސްލާޙުކުރުމަށް ފަހުގައި ކަމަށް ރައްޔިތުން އަޑުއުފުލާންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
21 April 2025
މިބަދަލުތައް ގެނައުމަށްޓަކާ ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާން ރީޖަންކަމުގައި ކަޑައަޅާ، ރާއްޖެހިންގާނީ 3 ރީޖަންގެ މަޗަށްކަމަށް ޤއ ގައި ބަޔާންކޮށް މަޖިލީހަށް މެންބަރުންއިންތިޙާބު ކުރާނީވެސް މިރީޖަންތަކުގެ "ރަށްވެހިންގެތެރެއިން ކޮންމެރީޖަނަކުން އިންތިޙާބުކުރާ 30 މެންބަރުންގެމައްޗަށް އެކުލެވޭ ޖުމްލަ 90 މެންބަރުން ހިމެނޭގޮތަށްކަމަށް" ނިންމުމަށްފަހުގައިކަމަށް ޤަބޫލުކުރަން.
އޮނަރަބްލް އަފީފު ދީދީ
21 April 2025
އިދާރީޤާނޫނީ ދާއިރާތަކަކީ ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން (މާލެހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާންރީޖަން ކަމުގައި ކަޑައަޅާ ކޮންމެރީޖަނަކުން މަޖިލީހަށް އިންތިޙާބުކުރާނީ 30 މެންބަރުންކަމަށް ޤއ ގައި ލިއުމުން މެންބަރުންގެއަދަދު ދާއިމަށްކަޑައެޅި ޙަރަދު ކުޑަކުރެވުނީ. ހަމައެގޮތަށް މިހާރުގެ ކައުންސިލްގެބަދަލުގައި ކޮންމެރީޖަނެއްގައި ހުންނާނީ އިންތިޙާބީ ޤަވަރުނަރެއްކަމަށް ނިންމުމުން ކައުންސިލް ޙަރަދުވެސް ހަމަޖެހުނީ.
އިހްސާސް
20 April 2025
ކޮންމެ ދައުރަކު ވެރިކަންކުރާނީ ކޮންމެވެސް އެއް އަތޮޅަކުންކަމުގަ ހަދަންވީނު.
ޔަގީންޓާރ
20 April 2025
ހަރަދު ކުޑަކުރުމުގެ ނަމުގައި ތިކަންކުރާކަށް ތާއީދެއް ނުކުރެވޭ!
ހަޖާމްބެ
20 April 2025
ނަޝީދު ބުންޏަސް ތީ ރަގަޅުގޮތެއްނޫން، މިސާލަކަށް، 5 ފެންޑޭޑޭޓުން ވާދަކޮއްގެން އެންމެ ގިނަ ވޯޓް ލިބޭ މީހަކީ އެންމެ ރަގަޅު މީހާޔަށް ނުވެދާނެ. ސަބަބަކީ 5 ބަޔަށް ވޯޓްތައް ބެހިގެންދާއިރު އޭގެތެރެއިން ހަތަރުބައި މީހުންގެ ވޯޓް (ރައީސަކު އިޚްތިޔާރުކުރުމުގެ ޙައްގު) ނުލިބޭތީ. މާނަޔަކީ 100 މީހުން ވޯޓްލައިގެން 30 މީހުންގެ ވޯޓުންވެސް ރައީސަކު އަތުވެދާނެ.
ވާކައްނުޖެހޭ
21 April 2025
ޕްރިފަރެންޝަލް ވޯޓެއްގަވެސް ކޮންމެހެން ތިހެން ވާކައް ނުޖެހޭ. ވޯޓުގުނޭނެ އެހެން ގޮތްތައްހުރޭ. ވޯޓުލާއިރު ދެވަނައައް ތާއީދުކުރާމީހާވެސް އެގޭނެގޮތައް ވޯޓުލާގޮތައް އޮންނަ ގައުމުތައް ހުރޭ. އޭރުން އެއްވެސް ކެންޑިޑޭޓަކައް 50% ނުލިބިއްޖެނަމަ ދެން ގުނާނީ މިބައި. އޭރުން ދެވަނަ ބުރުގެ ޑީލުތަކައް ނިމުމެއް އަންނާނެ. ބައިވަރު ކެންޑިޑޭޓުން ތިބޭއިރު އެކަކައްވެސް ރައްޔިތުންގެ 50% ހޯދުމަކީ ނުވުންކައިރިކަމެއް.
އަންބާ
21 April 2025
ދެން ކޮބާ އޭގަ މައްސަލަ އަކީ ހަމަ ދެބުރައް ދިޔަސް ގާތްގަންޑަކަށް %49 މީހުން ބޭނުންވާ މީހާ އެއްނޫން ހޮވޭނީ އެހެން ކަމައަވަންޏާ އެމީހުންގެ ހައްޤުވެސް އެބަގެއްލެ އެއްނު؟
އަސްލު......
20 April 2025
ރާއްޖޭގެ އާބާދީގެ ކިތަށް % ތާއިދު އޮތް ބޭފުޅެއްމީ؟....
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
20 April 2025
0.0001%