އެންޓި ކޮރަޕްޝަން ކޮމިޝަން. އެ ކޮމިޝަނުން ވަނީ ނަޒާހަތްތެރިކަމުގެ ގައުމީ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި.
20 އެޕްރީލް 2025 - 14:40
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގަކަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީއަށް އޭސީސީން މިއަދު ވަދެއްޖެ އެވެ.
އޭސީސީން ވަނީ އެ ކޮމިޝަނާއި ފުލުހުން ގުޅިގެން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަކަށް އެ ކޮމިޝަނުން މިއަދު އެ މިނިސްޓްރީއަށް ވަދެ، ފާސްކުރަން ފަށާފައިވާ ކަށަވަރުކޮށްދީފަ އެވެ.
ނަމަވެސް، އެ މިނިސްޓްރީއާ ގުޅޭގޮތުން ބަލަމުންދަނީ ކޮން މައްސަލައެއް ކަމެއް އޭސީސީން ނުބުނެ އެވެ.
އޭސީސީން އެ މިނިސްޓްރީއަށް ވަދެފައިވަނީ ފުލުހުންނާ ވެސް އެކުގަ އެވެ.
ކުރީގެ ސަރުކާރުގައި ފިޝަރީޒް އާއި އެގްރިކަލްޗާ އެއްކޮށް ހިންގަމުން ދިޔަ މިނިސްޓްރީ، މި ސަރުކާރުން ވަކި ދެ މިނިސްޓްރީއަކަށް ބަދަލުކޮށްފަ އެވެ. މިހާރު އެގްރިކަލްޗާ މިނިސްޓްރީ ހިންގަނީ އެނިމަލް ވެލްފެއާގެ ދާއިރާ ވެސް ހިމަނައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަނޑުވެރި ކޮރަޕްޝަން
20 April 2025
މިނިސްޓުރީ މީހުން ތިމާގެ މަސްލަހަތާ ބާރު އޮންނަ ކުންފުނިތައް ހަދާން މިނިސްޓުރީ އެތެރޭން ނުފޫޒު ފޯރުވާން ކުންފުނިއަށް ފައިދާވާ ގޮތައް ހުރިހާކަމެއް ކުރަނީ.
އުދުހޭ
20 April 2025
ކޮރަޕްޝަންނާ ދެކޮޅަށް ކަންކަން ކުރާކަން ރައްޔިތުންނަށް ދައްކަން ޖެއްސި ސްޓަންޓަކާ ހާދަ ވައްތަރޭ. ތިޔަ ކޮމިޝަނުގަ ތިބި މެންބަރުންނާދޭތެރޭ އަޅުގަނޑުގެ ވިސްނުމަކީ ކޮރަޕްޝަނުން ތަތްތެޅިފައިވުން.
މާރިޔާ އޯކޭތޯ
20 April 2025
ވަޒީރު މާރިޔާ އޯކޭތޯ
އޮނަރަބްލް އަފީފު ދީދީ
20 April 2025
ތިއީ ދައުލަތުގެ ޤާނޫނުއަސާސީގައި ކަޑައަޅާފައިވާ 3 ބާރުގެތެރެއިން އެންމެޙާއްސަ ބާރު އަދި މަލްޓިޕާޓީ ޑެމޮކްރަޓިކް ދައުލަތްތަކުގައި އެއީ އަނެއް ދެބާރުގެމައްޗަށްވެސް ގޮތްނިންމާ ޤާނޫނީ ޙާއްސަ ބާރުގެގޮތުގައި ބަލަމުންއަންނަ "ސުޕްރީމްކޯޓް ބެންޗްގައިތިއްބެވި 7 ފަނޑިޔާރުންގެތެރެއިން 3 ފަނޑިޔާރެއްގެމައްޗަށް އަސާސެއްނެތް ތުހުމަތުތަކެއްކޮށް" ޤާނޫނީހަމަތަކާއި އުސޫލުތަކުގެ ބޭރުން 3 ފަނޑިޔާރުން ސަސްޕެންޑްކުރަން ހޯދާދިންފުރުސަތު ހަދާންނެތޭނެކަމަށް ކުރާ ކަމެއްތޯ؟!