އުތުރު ތިލަފަޅުގައި އަލަށް ހިއްކި ސަރަހައްދުގެ ފަސްއެއްވަރުކުރުކުރުމުގެ މަސައްކަތްކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
21 އެޕްރީލް 2025 - 12:06
ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން އިސްލާހު ކުރުމަށް ހަދާ "ހޯޕް އައިލެންޑް" ތަރައްގީ ކުރާނެ ބަޔަކު ހޯދަން ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
ހޯޕް އައިލެންޑް ތަރައްގީކުރަނީ ކުށުގެ ވެށީގައި އުޅޭ ކުދިން އިސްލާހު ކުރުމަށް ފަހު އަނބުރާ މުޖްތަމައަށް ގެނައުމަށްޓަކައި ވަކި ތަނެއްގައި ބައިތިއްބައި ސިފައިންނާއި ފުލުހުންނާއި ކަމާ ބެހޭ މިނިސްޓްރީތަކާ ގުޅިގެން އެ ކުދިންނަށް ޕްރޮގްރާމެއް ހިންގާ ގޮތަށެވެ.
އެތަން ތަރައްގީ ކުރަން ފުރަތަމަ ނިންމީ ދ. ވާނީގަ އެވެ. ނަމަވެސް މިހާރު ވަނީ އެ ތަން އުތުރު ތިލަފަޅުގައި ހަދަން ނިންމައިފަ އެވެ.
އެ މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާ ފަރާތްތަކަށް މިނިސްޓްރީން އިއްޔެ ފުރުސަތު ހުޅުވާލި އިއުލާނުގައި ބުނީ އެ މަރުކަޒު ތަރައްގީކުރަނީ 700 ކުދިންނަށް ދިރިއުޅެވޭ ގޮތަށް ކަމަށެވެ.
ކުޑަކުދިން ބަންދުކޮށްގެން ގެންގުޅެވޭނެ ތަންތަނާއި ދިރިއުޅޭނެ ތަންތަނާއި ޕާކުތަކާއި މިސްކިތަކާއި ސިނަމާއަކާއި ފުޓުބޯޅަ ކުޅޭ ތަނަކާއި ސްކޫލެއް އެތަނުގައި އަޅަން ވަނީ ނިންމައިފަ އެވެ.
ސެންޓްރަލް ޕްރިޒަމް ކޮމްޕްލެކްސްއާ އެކު އަޅާ އެ ތަނުގައި ދީނީ ތައުލީމާއި ރަސްމީ ތައުލީމާއި ކުޅިވަރު އަދި ސައިކޯސޯޝަލް އިންޓަވެންޝަން ޕްރޮގްރާމްތައް ވެސް ހިންގާނެ އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވެފައި ވަނީ އެ ރަށުގައި އެ ކުދިން އުމުރުން 18 އަހަރު ވަންދެން ގެންގުޅުމަށް ފަހު، ފުލުހުންނާއި ސިފައިންގެ ވަޒީފާއަށް ރަސްމީކޮށް ނަގާނެ ކަމަށެވެ. އެ އަށް ފަހު، ވަކި މުއްދަތަކަށް އެ ހިދުމަތުގައި އުޅެ، އިވެލުއޭޝަނެއް ހަދައި އެ ކުދިން ދާން ބޭނުންވާ ދާއިރާއަކުން ކުރިޔަށް ދިއުމަށް ފުރުސަތު ދޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
ކުޑަކުދިންގެ އަދުލުގެ ނިޒާމް ފުރިހަމަކުރުމަށް ޖިނާއީ ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު 15 އަހަރުގައި އޮތް އޮތުން މިހާރު ވަނީ 12 އަހަރަށް ދަށްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙައިރާ
21 April 2025
ތި ނަމަކީ ތިތަނަކަށް ލާ ކުދިންނަށް ކުރާ މަލާމާތެއްހެން ހީވަނީ...ކުށްކުރާ ކުދިން މުޖުތަމައިން އެކަހެރިކޮށް ޖަލެއްގައި ގެންގުޅެ ބްރޭންޑްކޮށްގެން 18 އަހަރު ވީމާ އަމިއްލައަށް އުޅެން ދޫކޮށްލުމުން ރަނގަޅު ނަތީޖާއެއް ފެންނާނެކަމަކަށް ނުދެކެން. ޕްރޮބޭޝަންގައި ތިބޭ ކުށްވެރިން ގޮތަށް ޝަރުތުތަކާއެކު ކޮމިއުނިޓީގައި ދިރިއުޅެމުން ރިހެބިލިޓޭޓް ކުރުން ރަނގަޅުވާނެކަންނޭގެ.
ހުސެން އަލީ
22 April 2025
ސާބަސް ކާކުތަ ބުނީ 18 އަހަރު ވީމަ ދޫކޮއްލަނީއޭ އެއޮތީނުލިއެފަ 18 ވީމަ ފުލުހުން ނުވަތަ ސިފައިންގެއައް ވަޒީފާއައް ވައްދާ ވާހަކަ. ބޭނުންނަމަ ދާއިމީކޮއް އެތާ އުޅެން.ރަނގަޅައް ކިއާބަލަ އަދި އެއް އައިނު އަޅައިގެން. ހައިރާ.ހައިރާން ނުވެ
ޜުތމހ
21 April 2025
މުއީޒު ކޮބާހޭ މާލޭގެ ދަފްތަރު މީހުންނަށް ދޭންބުނި ބިންތައް ހަމައެކަނި މާލެއަށް އުފަން މީހުންނަށް ގައުމުގެ އެންމެ އަގު ހުރި ބިންތައް ބަހާލާފަ ދަފްތަރު މީހުންނަށް މާލެ ކިރިޔާ ފެންނަ ހިސާބުން ރޭސިސްޓް އިބްރާހިމްދޭން ބުނިއެތިވެސް ހަނދާން ނައްތާލީ ދޯ؟ ދަފްތަރު މީހުންގެ ވޯޓްވެސް އެއީ ގުނާއެއްޗެއް ނޫނީތާ؟
ފަރުދުން
21 April 2025
"ހޯޕް އައިލެންޑް" ގެ ނަމާ މެދު ގަޢުމީޢްޔަތު މިނިސްޓަރު ބުނަނީ ކީކޭ.
ނުރަބޯ
21 April 2025
ތިޔަތަން ވެސް އެއްމެފަހުން ގޮސް ނިމޭނީ “ބުޅާ ފެސިލިޓީ” އަށް.
ޔޫ.ޓީ،އެފް
21 April 2025
އަސްލު މިތާ ކުރަނީ ކޮން ކަމެއްތޯ ނޫސްވެރިން ހޯދަދެއްވާ. އަސްކަރީ މަރުކަޒެއްތޯ، ދަނޑުވެރިކަންތޯ، މިހާރު އަނެއްކާ ހޯޕް އައިލެންޑް އަކަށް މިވަނީ. މިފަޅުގައި ކުދި ކުދި ރަށްތަކެއް ހިއްކައިގެން ވަކި ވަކިން މިކަންކަން ކުރަނީތޯ ވެސް ބައްލަވާދެއްވާ.