މީގެކުރިން މާރާމާރީއެއް ހިނގި ސަރަހައްދު ފުލުހުން ބަންދުކޮށްފައި
21 އެޕްރީލް 2025 - 17:50
މާފަންނުގައި ހުންނަ ކެފޭއެއްގެ ތެރޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލަދީ މިއަދު ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ، މިއަދު ހަވީރު ހިނގި މާރާމާރީގައި އަނިޔާވީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ މި މާރާމާރީ ހިނގަން މެދުވެރި ސަބަބެއް ފުލުހުން އަދި ނުބުނެ އެވެ.
ނަމަވެސް، އެނގިފައިވާ ގޮތުގައި މާރާމާރީ ހިންގީ ދެ ގުރޫޕެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިންނެވެ.
އަނިޔާވި މީހާ އަށް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާދެމުންނެވެ. އޭނާގެ ހާލަތާ ގުޅޭ ތަފްސީލެއް އަދި ނުލިބެ އެވެ. މައްސަލަ ތަހުގީގު ކުރާ ކަމަށް ބުނުން ފިޔަވައި އެއްވެސް ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮގޭ
21 April 2025
ހުސް ކަނޑަނީ ފޮނި ވާކަމެއް ހަރާން
ސަދޫމު ސިޓީ
21 April 2025
ރޯމާދުވާލު މީހުންގަޔައް ވަޅިހަރަން ކެރެނީ މި ގައުމުގަ ހައްގު އަދަބު ނުލިބޭނެ ކަން އެނގޭތީ ވަކި ބަޔަކަށް ގޭންގުތަކަށް ނިސްބަތްވާ މީހުންނައް ގާނޫނު ނުހިނގާނެ ކަންއެނގޭތީ .
ޢާދަނުބެ
21 April 2025
ގޭންގުތަށް މައިތިރި ވެގެންނޫނީ ތި ކަމެތް ނުހުއްޓުވޭނެ
ޏަނާ
21 April 2025
ގޭންގްތައް މައިތިރިވާނީ ކިހިނެއްތޯ؟ ދައުލަތުގެ ހުރިހާ ކުންފުނިތަކާއި ޔޫތު މިނިސްޓްރީން ސްޕޮންސަރދީގެން ކޮންމެ އަހަރަކު ގޭންގްތަކަށް އަމާޒުކޮށްގެން ބައިބަލާގެ ނަމުގައި ކުޅިވަރު މުބާރާތެއް އެބަ ބާއްވާ! ތި ބުނާ ގޭންގްތަކުގެ ޝޯވއެއް އެއީ!