އައްޑޫ ހަންކެޑެ ބްރިޖު.-- ފޮޓޯ: އިންފްރާސްޓްރަކްޗާ މިނިސްޓްރީ
22 އެޕްރީލް 2025 - 12:45
ސަރުކާރުގެ ހަރަދުގައި 57 ރަށެއްގައި ހައުސިން ޔުނިޓް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާން ކޮށްފި އެވެ.
އެ މިނިސްޓްރީން ހޯދަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން އެކަން ކޮށްދޭނެ ބައެކެވެ.
ފިނޭންސް މިނިސްޓްރީން ކުރި ވަކިވަކި އިއުލާންތަކުގައި ބުނީ، އެ މަސައްކަތަށް ޝަރުތު ހަމަވާ ބަޔަކު ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގް (އައިސީބީ) އުސޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
އޭގެ ތެރޭގައި އެވްރެޖުކޮށް ހުރީ 500 ހައުސިން ޔުނިޓާއި 100 ހައުސިން ޔުނިޓް އަޅާ ރަށްތަކެވެ. އެންމެ ގިނަ ހައުސިން ޔުނިޓް އަޅަނީ ހދ.ކުޅުދުއްފުށީގަ އެވެ. އެރަށުގައި 2،000 ހައުސިން ޔުނިޓް އަޅަން އިއުލާނުކޮށްފައިވެ އެވެ. އަދި ކ. ތުލުސްދޫ، ސ. ހިތަދޫ، ޏ. ފުވައްމުލަކު، ގދ. ތިނަދޫ، ލ. ފޮނަދޫ، ލ. ގަން، ދ. ކުޑަހުވަދޫ، ރ. އުނގޫފާރު އަދި ހދ. ހަނިމާދޫގައި 500 ހައުސިން ޔުނިޓް އަޅަން ވަނީ އިއުލާނުކޮށްފަ އެވެ.
މިއަދު އިއުލާނު ކުރި 56 ރަށުގައި 10،600 ހައުސިން ޔުނިޓް އަޅާނެ އެވެ.
އެ ޔުނިޓުތައް އިމާރާތް ކޮށްދޭން ހުށަހަޅާއިރު، ޕްރީކޮލިފިކޭޝަނުގައި ބައިވެރިވުމަށް 1,500ރ. ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ
ފައިސާ ބަލައިގަންނާނީ މާދަމާ އިން ފެށިފެން އަންނަ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުނު 2:00 އަށް ބަނޑޭރި ޕޭ މެދުވެރި ކޮށެވެ.
ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް އެ އިއުލާނެއްގައި ކަނޑައަޅާފައިވާ މުއްދަތުގެ ކުރިން ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. ބީލަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ބިޑު ފިޔަވައި އެހެން އެއްވެސް ބިޑެއް ބަލައެއް ނުގަންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައްޙާފް
23 April 2025
ރާއްޖެތެރޭ މީހުން އުޅޭ. ވަޒީފާއާ ކިޔެވުމަާ ސިއްހީ ސަބަބުތަކަށް މާލޭގައި އުޅޭ މީހުން ސާލިހު މާލޭ މީހުންނަށް ދިން 900 ބިމުގެތައް ކުއްޔަށް ހިފަންރެޑީވޭ. ރަނގަޅު އާމްދަނީ ލިބޭނަމަ، މާލޭ ބޭފުޅުން ރަސްމާލެއިން ކުއްޔަށް ދޭނެ ލަގްޒަރީ ފްލެޓް. ނިންމާލަމުން ބުނެލަން. މި 10600 ފެލެޓުން އެންމެ ފެލެޓެއްގައި ވެސް 2028 ނޮވެމްބަރ 11 ޖެހޭއިރު އުޅޭނެ ދިވެއްސެއް ނުހުންނާނެ. މީގެތެރެއިން 3000 ވަރަކަށް ފެލެޓް 2028 އަށް ނިމޭނެނެ ކަމަށްބަލާ. ބާކީ 7600 އިންވެލިޑް.
އޮނަރަބްލް އަފީފު ދީދީ
22 April 2025
ޑރ މުއިއްޒު 2 ވަނަ ދައުރެއް ބޭނުންނަމަ "އައްޑޫމީހުންގެ ވޯޓް ކަށަވަރުކުރަން" ބާކީއޮތް 3 އަހަރުން ނިންމޭނެ މިނޫން ޕްރޮޖެކްޓެއް ދެނެއްނެތް. މިއަހަރު އެއްބަސްވުމުގައި ސޮއިކޮށް ޗައިނާގެ ކުންފުންޏަކާއި މަސައްކަތް ޙަވާލުކޮށްފިނަމަ 2028ގެ ކެމްޕޭން ފެއްޓުމުގެކުރިން GAN Equatorial Transit Hotel ގެ މަސައްކަތްނިންމާ ހޮޓާ ޙަވާލުކުރާނެ. އަދި މުޅި އިންވެސްޓްމަންޓްގެ އަގު އެއްފަހަރާ ދައްކާ ފަރާތަކަށް 99 އަހަރަށް ހޮޓާ ވިއްކާލުމުން ގޭން އެއަރޕޯޓް ހިގައިގަންނާނެ.
އޮނަރަބްލް އަފީފު ދީދީ
22 April 2025
އައްޑޫރައްޔިތުނަށް ޓްއަރިޒަމް ސިނާއަތުގެ ފައިދާ "ހުރަހެއްނެތި ހޯދާ ދިނުމަށްޓަކާ ވެސް" ސަރުކާރުގެފަރާތުން ކުރާންޖެހޭ އެންމެ މުހިންމުކަމަކީ އައްޑޫ GAN International Airport ގައި ⭐️ ⭐️ ⭐️ ⭐️ ގެ އެއަރޕޯޓް ޓްރާންސިޓް ހޮޓަލެއް ތަރައްޤީކޮށް އެއަރޕޯޓް ޓްރާންސިޓް ހޮޓާތަކުގެ މިލްކުވެރިފަރާތަކީ ދައުލަތާއިރައްޔަތް ޙިއްސާވާކުންފުނި MTDC ކަމަށް ކަޑައަޅާ ހޮޓާއަޅަން ކުރި ޙަރަދު އަބުރާ ލިބެންދެން ސަރުކާރުން އެހެންފަރާތަކަށް ހޮޓާ ކުއްޔަށްދީގެން ހިންގުން.
އޮނަރަބްލް އަފީފު ދީދީ
22 April 2025
އިންފްލައިޓް ކެޓަރިންގ ސާވިސް އާއި ޑިޕާޗަރ ބިޒިނެސް ލައުންޖްގެ ހިދުމަތާއިއެކު، ބީޗް ކޮޓަރިވެސް ހިމެނޭގޮތަށް ގޭން އެއަރޕޯޓްގައި ހަތަރު ⭐️ ގެ 1000 ކޮޓަރީގެ އެއަރޕޯޓް ޓްރާންސިޓް ހޮޓަލެއް ތަރައްޤީކުރަން ޗައިނާގެ އެގްޒިމްބޭންކް ލޯނާއި، ޗައިނާސަރުކާރު އެހީހޯދުމަކީ ވަރަށް ފަސޭހަކަމެއް. އައްޑޫސިޓީގައި އިންވެސްޓްކުރަން ބޭނުންކަމަށް ޗައިނާސަރުކާރުގެ ފަރާތުން އެތައް ފަހަރެއްގެމަތިން އިޝާރާތްކޮށްފައިވާތީ، މިއީ ވަރަށްފަސޭހަކަމާއިއެކުގައި ކުރެވެން އޮތްކަމެއް.
އޮނަރަބްލް އަފީފު ދީދީ
22 April 2025
އައްޑޫ އެއަރޕޯޓްގައި GAN Equatorial Transit Hotel ގެ ނަމުގައި މަތީގައިދެންނެވިފަދަ ހޮޓަލެއް ތަރައްޤީކޮށް ހޮޓަލުގެއަގު އެއްފަހަރާ ދޭ ފަރާތަކަށް 99 އަހަރަށް ހޮޓާ ދޫކޮށްލުމުން ސަރުކާރަށް އެއްވެސް ބުރަކަމެއްނެތި ދެކުނުގައި 2000 މީހުންގެ ވަޒީފާ އުފެއްދޭނެ. އަދި ދެކުނުގައި ބާރުމިނުގައި ޓްއަރިޒަމް ތަރައްޤީކުރަން މަގު ހުޅުވިގެންދާނެ. މިކަމުގެ އެންމެޙާއްސަކަމަކަށް ވެގެންދާނީ މޯލްޑިވިއަންގެ ސީޕްލޭން ފްލީޓް ވަރުގަދަކޮށް މުޅިދެކުނުގެ ކަނެކްޓިވިޓީވެސް ލިބުން.
އޮނަރަބްލް އަފީފު ދީދީ
22 April 2025
މިގޮތުން އައްޑޫ ހުޅުމީދޫ ބުރިޖާއި، ތިޔަ 1100 ހައުސިންގ ޔުނިޓްތަކުގެ މަތިން އައްޑޫ ރައްޔިތުން ހަދާންނެތޭނެ ވަރުގެ މުހިންމު ޕްރޮޖެކްޓަކީ "އައްޑޫ މީހުން އެމީހުންގެ ހިތް ކަމަށް ޤަބޫލު ކުރާ" ގޭން އިންޓަރނޭޝަނަލް އެއަރޕޯޓް ގައި ފެންވަރު ރަނގަޅު ⭐️ ⭐️ ⭐️ ⭐️ ގެ އެއަރޕޯޓް ޓްރާންސިޓް ހޮޓަލެއް ތަރައްޤީކޮށް ހޮޓަ ހިންގޭނެ ފަދަ ޤާބިލްކަން ހުރި މާލީ ޙާލަތުވެސް ރަނގަޅު ކުންފުންޏަކާއި ޙަވާލުކޮށްގެން އެއަރޕޯޓް ޓްރާންސިޓް ހޮޓާ ހިންގޭނެގޮތް ހަދާ އެކަން ކުރުން.
އޮނަރަބްލް އަފީފު ދީދީ
22 April 2025
އިބްރާހިމްގެ އައްޑޫ މެނިފެސްޓޯ ނުވަތަ ފަސް މަންޒިލުން 5 ފްލައިޓް ގެނައުމާއި، އައްޑޫގައި 8000 އެނދު ތަރައްޤީ ކުރާވާހަކަލިޔެފައި އައްޑޫ ރައްޔިތުންގެ ވޯޓްހޯދަން އައްޑޫމީހުނަށް ވިއްކި 40 ވަޢުދުހިމެނޭ ވަޢުދުނާމާ ފަދަ ވަޢުދުތަކަކަށް ޑރ މުއިއްޒުގެ "އައްޑޫ ވައުދުތައް ހަދާން ބޭނުން ނުވާނަމަ" ތިކަންކުރުމުގެ ބަދަލުގައި އަދި އައްޑޫ ހުޅުމީދޫ ބުރިޖްވެސް މިވަގުތަށް ހެދެންނެތްކަމަށް ބުނެފައި 3 އަހަރުދުވަހުން ނިންމޭނެކަމަކަށް އެބުރިގަތުން ބުއްދިވެރިކަމަށް ދެކެން.
ގުއިއްޒު
22 April 2025
އަންނަނީ އަންނަނީ އަދިވެސް އަންނަނީ ދެންވެސް އަންނަނީ.
އަސް
22 April 2025
ވަރަށް ގަދަ ސަރުކާރެއް ހަހަހަ، މީނަ ހޮވަން އުޅުނު އެންމެން ނަށް ފައްފަށުން ޝުކުރިއްޔާ.
އޮނަރަބްލް އަފީފު ދީދީ
22 April 2025
ރާއްޖޭގެ އުމްރާނީ ތަރައްޤީއަށް އެންމެގިނަ ލޯނު ދޫކުރި ޗައިނާސަރުކާރުން ރާއްޖެއަށް ކަޑައަޅާފައިވާ އެމްބެސެޑަރ ދިވެހި ސަރުކާރަށް އެންމެ ފަހުން ދެއްވި ލަފައަކީވެސް "ލޯނު ނަގައިގެން އާމްދަނީ ލިބޭނެ ކަންކަމަށް" ލޯނު އިންވެސްޓް ކުރުމުގެ ނަސޭޙަތް. އެހެން ކަމުން ކ.މާލޭގައި އަޅާފައިހުރި "ފައިސާ ނުލިބޭ" ފުލެޓްތައް ފަދަ ހައުސިންގ ޕްރޮޖެކްޓްތަކެއް ހިންގުމުގެ ބަދަލުގައި ތިރީގައި ދެންނެވިފަދަ އެއަރޕޯޓް ޓްރާންސިޓް ހޮޓަލެއް ތަރައްޤީކުރެވޭތޯ ބެލުން މާރަނގަޅުވާނެ.