ރަށެއްގެ ބަނދަރު މަތީގައި ބަޔަކު މަސްތަކެއް ގެންދަން ތައްޔާރުވަނީ: ވޭތުވެދިޔަ ފަސް މަސް ދުވަހުގެ ތެރޭގައި 1.6 ބިލިއަން ރުފިޔާ ރުފިޔާ މަސްވެރިންނަށް ސަރުކާރުން ދީފައިވާ ކަމަށް ސަރުކާރުން ބުނޭ --- ފޮޓޯ/މިހާރު
23 އެޕްރީލް 2025 - 16:09
ވޭތުވެދިޔަ ފަސް މަސް ދުވަހުގެ ތެރޭގައި މަސްވެރިންނަށް ސަރުކާރުން 1.6 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ރޭ ޕީއެންސީގެ ޖަހަގައިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކުރީގެ ސަރުކާރުން މަސް ކިލޯއެއް ގަންނަ އަގު 25ރ. އަށް ބަދަލު ކުރީ ސިޔާސީ ގޮތުން ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތްއިރު، 250 މިލިއަނަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދައްކަން އޮތް ކަމަށާއި އެ ފައިސާ މަސްވެރިންނަށް ދައްކާ ނިންމީ މި ސަރުކާރުން ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 1.6 ބިލިއަން ރުފިޔާ މަސްވެރިންނަށް ސަރުކާރުން ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭގެ ފަހުން އަންނަމުންދިޔަ ފައިސާގެ އަދަދުތައް ވެސް އެމަނިކުފާނު [ރައީސް މުއިއްޒު] ގެންދެވީ ބައްލަވަމުން. އެންމެ ފަހުން އެއްކަލަ 48 ގަޑިއިރު ތެރޭގައި ވެސް މަސްވެރިންނަށް ފައިސާ ދެއްވަން ފައްޓަވައިފި މިދިޔަ މަސްވެރިންގެ ދުވަހުން ފެށިގެން،" މިނިސްޓަރު ވިދާޅުވި އެވެ.
"މިހާރު ވާހަކަ ދައްކަމުންމިދާ ވަގުތު ވެސް މިހާތަނަށް ބައި ބިލިއަން، 500 މިލިއަން ދައްކައި ނިންމައިފިން."
މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެހެންވެ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އަންނަނީ މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިރުސައި
24 April 2025
ފައިސާ ދޫކުރީއޭ ތިކިޔަނީ ކީކޭ ކިޔަންވެގެން. ބަލަ އެއީ މަސްވެރިންނަށް ދޭ ހަދިޔާއެއްތަ؟ އެއީ އެމީހުން ބޭނި މަސްގަތީމަ އެއަށްވާ އަގެއް ނޫންތަ؟
އިބޫ ސަރުކާރު
24 April 2025
އަޅެ ފަހެ އިބޫ ސަރުކާރުގައި މަސްވެރިކަމަކީ ވުޖޫދުގައިވެސް ނެތް ސިނާއަތެއްތަ ގައިމު އޭރުވެސް މަސްވެރިން މަހަށް ދިޔަ މަސްބާނަން ވެސް ބޭނި އެކަމަކު ހަމަ އަގުކީކުރަން ބައި ރުފިޔާ ވެސް ނުދީ 600 މިލިއަނެއްހާ ރުފިޔާ މިފްކޯއިން ބަނޑުއަޅާލި ގައިމު އޭރު ރުފިޔާ ދިންތަ އިބޫ ގެ ސަރުކާރުން ލޮލް
ރަނގަޅުވީސް
24 April 2025
މަސްވެރިންނަށް ބަރާބަރަށް ފައިސާދޭ އުސޫލުން، އެހެނިހެން ވިޔފާރިތަކާއި، ކްލިނިކްތަކާއި، ފާމަސީތަކަށް ދޭންޖެހޭ ފައިސާ ބަރާބަރަށް ދޭނަމަ، މި ގައުމުގައި އުފާވެރިކަން އިތުރުވެ، އެތަށް މުވައްޒަފުންނާއި ޢާއިލާތަކަށް ލިބިފައިވާ ހިތްދަތިކަން ފިލާދާނެކަން ކަށަވަރު. ސަރުކާރުގެ ވިސްނުމަކަށް ވާންވާނީ ހުރިހާ ވިޔަފާރިތަކަށްވެސް ދިރުންލިބި ކުރިއަރާފަދަ ގައުމީ ވިސްނުމެއް...
ލިހާޒް މުހުސިން
24 April 2025
މަސްވެރިންގެ ރައީސްއަކީ މިއަދު ރައީސް މުއިއްޒް.
ފޫހި
24 April 2025
މީގެ 75 ޕަސެންޓް ބޮންދުންނަށް. މަސައްކަތްތެރިން ނެތީމާވާނީ އެހެން
ކަނބިލި
23 April 2025
އަމިއްލަ ކުލިނިކުތަކާއި ބޭސްފިހާރަތައް ބަނގުރޫޓުވުމުގެ ތުންފަތްމަތީގައި، އާސަންދައިން ދޭންޖެހޭ ފައިސާ ނުދީގެން. ދުވަހަކުވެސް މިވެރިންނަށް ކުރިމަތިނުވާ ތާށިކަންވަނީ ކުރިމަތިވެފައި. ގެންގުޅޭ މުވައްޒަފުންނަށް މުސާރަނުދޭތާ އެތަށް މަހެއްވެއްޖެ. ބަޖެޓް ޚަރަދުކުޑަކުރަނީ މިގޮތަށްތޯ
ކީކޜ
23 April 2025
ބަލަ މީ މައްސެރިން އަތުން ގަންނަ މަހަށް ދޭފައިސާއޭ. ސަރުކާރުން ކުރާހޭދައެއް ކަމަށް ތިދައްކަނީ
ހަމަ ހޭދަ
23 April 2025
މިފްކޯ އަކީ ސަރުކާރު ހިއްސާވާ ކުންފުންޏެއް ސަރުކާރުން ރުފިޔާ ނުދޭނަމަ މަސްވެރިން ތިބޭނީ އިބޫގެ ވެރިކަމުގަ ޖެހުނު ހާލުގަ އެމްޑީޕީ މީހުން ގައުމަށް ހެޔޮއެދެއޭ ބުނަން ލަދުގަނޭ ހަރުގެ ތަކުގަ ހިންދީ އާއި އިނގެރޭސި ލަވަ ޖަހާ ކޮރިޔާ ސީރިސް ބެލުމާއި ރާޒުވާ ކުޅުން ނޫން ކަމެއް ނެތް މި އަޅެ ގައުމު ދެކެ ލޯބިވާ މީހުން އުޅޭ ގޮތްތަ ލ އެމްޑީޕީ
ހަޖަމް އެމްޑީޕީ
23 April 2025
މަސްވެރިން ބިކަ ހާލުގައި ޖެއްސިއްޔޭ ކިޔާފަ ކުރިހާ މުޒާހަރާތައް ޗޮކުން އެދިޔައީ ދެން ބުނޭ އެއީ ހަމައެކަނި ޕީއެންސީ މަސްވެރިން މަހަށް ދާތީ ބަހާ ރުފިޔަލޭ ލޮލް ދެން ހަމަ ކިތައް މެ ގިނަ މީހުން މީތި ކަމުނުދާކަމަށް ރިއެކްޓު ކުރިޔަސް ވަކި ވާނެ ދެރައެއް ނެތް ހަމަ 48 ގަޑިއިރު ތެރޭ މަސްކިރާފަ ދޭން ބުނި ރުފިޔާ އެދަނީ ދެމުން މިފަހަރު ހަޖަމް ކޮއްލާ
އިހްސާސް
23 April 2025
މަސްވެރިންނަށް އެކަނި ތިޔަހެން ދައުލަތުން ފައިސާ ދިނީމަ ނިމުނީތޯ؟ކޮބާ އެހެން ފިޔަވާރި ތަކަށް ދައުލަތުން ދައްކަންޖެހޭ ފައިސާ؟އާދޭސް ކުރެވިއްޖެ.
ަިއިންސާފުޖާޑި
23 April 2025
މި ގައުމުގައި ހަމައެކަނި ސަރުކާރުން ބަރާބަރަށް ފައިސާދޭންޖެހެނީ މަސްވެރިންނަށް އެކަނިތޯ...އެހެނިހެން ކުންފުނިތަކާއި ވިޔފާރިތަކަށް ދޭންޖެހޭފައިސާނުދީ ސަރުކާރުން ހިފެހެއްޓުމަކީ ސަރުކާރުގެ ތާއީދު ގެއްލޭނެ ކަމެއް.
ގަމާރ
23 April 2025
މީ ދސަރުކާރުގެ ހެޔޮފުޅުކަމުން ދިން ފައިސާބާ؟ ހަމައަހާލީ
ޓާކޫރޭ
23 April 2025
ހަމަގައިމުވެސް ސަރުކާރުން ނުބުނޭ މިލިއަން ރުފިޔާގެ ބޮޑެތި ދޯނިފަހަރު ބަނދެ ކަލޭމެން މަހަށް ގޮސް ބޭނުންވަރަކަަށް މަސް ބާނައިގެން އައީމަ ބޭނުން ވަރަކަށް ފައިސާ ދޭނަމެކޭ. ސަރުކާރަށް ގެއްލުންވިޔަސް މަސްވެރިންނަަށް ޖެހިފައޮތް ތަކުލީފު ފިލުވަން މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ފައިސާ ދެނީ. މަސްވެރިން އަތުން މަސްގަނެގެން ސަރުކާރަށް މިވީހާ ތަނަކަށް ވީ އެއްވެސް ފައިދާއެއް ނެތް... ހަގީގަތް ގަބޫލުކުރޭ..