ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ސަލާމަތީ މަޖިލީހުގައި ތަގްރީރު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
24 އެޕްރީލް 2025 - 06:06
ރަހީނުން މިނިވަން ނުކުރާ ނަމަ ޣައްޒާއަށް ހަމަލާދޭން އިޒްރޭލުން އުޒުރެއްގެ ގޮތުގައި އެކަން ދައްކާނެ ކަމަށާއި އެހެންވެ ހުރިހާ ރަހީނުން މިނިވަންކުރުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް، ހަމާސް ޖަމާއަތަށް އިއްޔެ ގޮވާލައްވައިފި އެވެ.
އައްބާސް މިހެން ގޮވާލެއްވި އިރު ވެސް ފާއިތުވި 24 ގަޑިއިރު ތެރޭ އިޒްރޭލުން ފަލަސްތީނުގެ 25 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. އައްބާސްގެ މި ގޮވާލެއްވުން އައިސްފައި ވާއިރު ފްރާންސާއި ޖަރުމަނާއި އިނގިރޭސި ވިލާތުން ވަނީ ޣައްޒާއަށް އެހީގެ ސާމާނު ވެއްދުން އިޒްރޭލުން ހުއްޓުވާފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް ވެސް ގޮވާލައިފަ އެވެ.
"ހަމާސް އިން އަމަލުކުރާ ގޮތުން އިސްތިއުމާރީންގެ ޖަރީމާތައް ކުރިއަށް ގެންދަން ދައްކާނެ އުޒުރަކަށް އެކަން ވޭ. އޭގެ ތެރެއިން އެންމެ ބޮޑު ކަމަކީ ރަހީނުން މިނިވަންނުކޮށް ތިބުން،" ހުޅަނގު އައްސޭރީގައި ހިންގާ ފަލަސްތީން އޮތޯރިޓީ (ޕީއޭ) ގެ ރައީސް އައްބާސް ވިދާޅުވި އެވެ.
"މިކަމުގެ އަގު އަދާކުރަންޖެހޭ މީހަކީ އަޅުގަނޑު. އަޅުގަނޑުމެންގެ ރައްޔިތުން އެ ދަނީ އަގު އަދާކުރަމުން. އިޒްރޭލަކުން ނޫން. އަޚުންނޭ، އެ މީހުން [ރަހީނުން] ހަވާލުކުރެވޭ."
އައްބާސް ވިދާޅުވީ ކޮންމެ ދުވަހަކު އެތައް ބަޔަކު ޝަހީދުވަމުންދާ ކަމަށާއި "އެކަމުގެ ސަބަބަކީ ހަމާސް އިން އެމެރިކާގެ ރަހީނު މިނިވަން ނުކުރުން" ކަމަށެވެ. އޭނާ އިޝާރާތްކުރެއްވީ ހަމާސްގެ އަތްދަށުގައިވާ އެމެރިކާ މީހަކަށެވެ.
"ކުއްތާގެ ދަރިން" ގެ ގޮތުގައި ސިފަކުރުމަށް އަރަބި ބަހުން ބޭނުންކުރާ އިބާރާތަކާ އެކު އައްބާސް ވަނީ ހަމާސް އަށް "ހުތުރު" ކޮށް އިޝާރާތްކުރައްވައިފަ އެވެ. އެ އިބާރާތާ އެކު އައްބާސް ވިދާޅުވީ "ކަލޭމެންގެ އަތްދަށުގައި ތިބި ބަޔަކު ދޫކޮށްލާފައި އަހަރެމެން މިކަމުން ސަލާމަތްކޮށްދޭށޭ" ވިދާޅުވެފަ އެވެ.
ހަމާސްގެ އިސް އޮފިޝަލެއް ކަމަށްވާ ބާސިމް ނާއިމް ވިދާޅުވީ އައްބާސްގެ ރައްދު ހުތުރު ކަމަށާއި އެއީ ކުޑައިމީސްކުރުން ކަމަށެވެ. އޭނާ ވިދާޅުވީ އިޒްރޭލުން ހިންގާ ޖަރީމާތަކުގެ ސަބަބަކީ ހަމާސް ކަމަށް ދައްކަން މަސައްކަތްކުރެއްވުމަކީ އައްބާސް ތަކުރާރުކޮށް ކުރައްވާ ކަމެއް ކަމަށެވެ.
އިސްރާއީލުން ޣައްޒާގައި އަސްކަރީ ހަމަލާތައް އަލުން ފެށީ މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު އެވެ. އެއީ 15 މަސް ދުވަސް ވަންދެން ޣައްޒާއަށް ހަމަލާ ދިނުމަށް ފަހު ހަމާސްއާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ޖެނުއަރީ މަހު ތެރޭ ހަމަލާތައް މެދުކަނޑާލައިގެން ތިބުމަށް ފަހު އެވެ. ހަމަލާތައް މެދުކަނޑާލައިގެން ތިބި އިރު ހަމާސް އިން އިޒްރޭލުގެ 33 ރަހީނުން ދޫކޮށްލާފައި ވާއިރު އިޒްރޭލުގެ ޖަލުތަކުން ފަލަސްތީނުގެ ގާތްގަނޑަކަށް 1800 ގައިދީން މިނިވަންކުރި އެވެ.
ހަމަލާތައް ހުއްޓާލުމާ ބެހޭ އާ މަޝްވަރާތަކުން މިހާތަނަށް އެއްވެސް ކާމިޔާބީއެއް ހޯދިފައި ނުވާއިރު، ހަމާސްގެ ވަފުދެއް މިވަގުތު ވެސް މިސްރުގައި މަޝްވަރާއަށް ގޮސް އެބަ ތިއްބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަު59
27 April 2025
ޔަހޫދިންގެ ބައިތު ހިފައިގެންތުބި މުނާފިގުންމިއީ ހަމަ..
އަފްރާސިޔާބު
26 April 2025
މަހްމޫދު އައްބާސްއަށް ރަނގަޅުވާނީ އިސްތިއުފާ ދީފައި އިސްރާއީލުގެ ބޮޑުވަޒީރު ކަމަށް ވާދަ ކުރިއްޔާ. އެއިރުން ވަރަށް ފަސޭހަވާނެ ފަލަސްޠީނު އެއްކޮށް ނައްތާލަން ޔަހޫދީންނާ ގުޅިގެން.
ލޫލާ
24 April 2025
މީ ކީކޭ ކިޔާ މީހެއްތަ؟
އިހްސާސް
24 April 2025
އައްބާހާ މީގެ ކުރިން ކާކު ރަހީނުކޮށްފަހުރީމަ އިޒުރޭލުން ހަމަލަދެނީ؟
ޓީޖެޓީ
24 April 2025
ތިޔައީ ހިހޫތަނުން ކައިގެން ތިބޭ ފިނޑިންނެވެ. ފުރާންސްގެ ކާޓޫނު ކުރަހާ ބަޔަކަށް ހަމަލާދިނުމުން މަގުމައްޗަށް ނިކުމެ ކާފަރުންނާއި އަތާއަތް ގުޅާލައިގެން ކަލޭ ހިނގަން ނިކުތުމުން ދީނަށް ލިބުނީ ކޮން ނަސްރެއްހެއްޔެވެ. މިއަދު ކުށެއްނެތް އެތައް ބަޔަކު މަރަމުންދާއިރު ކަލޭގެ ދޫ ކޮބައިހެއްޔެވެ. ދެއަތާއި ދެފައި ކޮބައިހެއްޔެވެ؟ މި ދީން މިހާބޮޑަށް މިއަދު ނިކަމެތިވެފައި މިވަނީ ތިކަހަލަ ------- ނާއި ހެދިއެވެ.
ބޯހަލާކު ވެެދާނެ
24 April 2025
އައްބާސް ތިހުންނަނީ އިޒުރޭލުގެ ރަހީނަކަށް ވެގެން..ހިތަށް އަރަނީ ކޮން ދުވަހަކުން ބާ އަމިއްލަ ނަފްސު މިނިވަންވާން މަސައްކަތް ކުރާނީ؟؟
އަރަބިގުލާ
24 April 2025
އެމެރިކާ އާއި ޒަޔަނިސްޓުންގެ އަތުން ކަަޓު ނަގައިގެން އުޅޭ ހައިސިއްޔަތެއްނެތް ބޮޑު ޔަހޫއްޖެއްމީ. އިންތިހާބަކާ ނުލައި ވެރިކަމުގައިހުރެ މުޅި ވެސްޓްބޭންކު ޒަޔަނިސްޓުން ބަނޑުދަށުލާއިރު އެމީހުންނަށް ވާގިވެރިވާ ޒަޔަނިސްޓުންގެ އެޖެންޓެއް. ލަދުހަޔާތުގެ ކަންފުޅެއްނެތް ވަލުޖަނަވާރެއް.
ރަދީފްއޮފިޝަލް / ނަތަންޔާހޫއަށް 5 ފހތިނ 5
24 April 2025
ކޮމެންޓް ނިންމާލަން ބޭނުންކުރި ބަސް ވަރަށް ބެސްޓް. ހެހެހެހެހެ
ކިއްލި
24 April 2025
ކޮބާ އެބުނީނު އެމީހުން ދޫކޮށްލާށޭ. އޯކޭވާނެ އެގޮތް. އޭރުން ހަމަގައިމުވެސް ދެން ދެއްކޭނޭ އިތުރު ބަހަނާއެއް ނޯންނާނެ،.
ރަދީފްއޮފިޝަލް / ނަތަންޔާހޫއަށް 5 ގުނަ 5
24 April 2025
ލަދު ކޮބާ ބްރޯ.
އިސްލާހު
24 April 2025
މީނާ ގެ ޢަމަލުތަށް މިހުންނަ ގޮތުން އަހަރެން ހިތާމަ ކުރަމެވެ. އިޒްރޭލުން ނޫނީ އެމެރިކާއިން ބުނާހާ ގޮތެއް ހަދައިގެން ފަލަސްތީނަށް ލިބުނު ހަމަޖެހުމެއް ނިކަން ދައްކާ ބަލާށެވެ. މިނިވަން ކަމަށްޓަކާ ޖިހާދު ކުރުން ނޫން ގޮތެއް ނޯންނާނެއެވެ.