ކަސްޓަމުން މީގެ ކުރިން އަތުލައިގަތް ސިނގިރޭޓް--
26 އެޕްރީލް 2025 - 19:26
ގަވާއިދާ ހިލާފަށް އެތެރެކުރި 1.3 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ކަސްޓަމްސުން ނައްތާލައިފި އެވެ.
ކަސްޓަމްސްއިން ބުނީ މިދިޔަ ބުރާސްފަތި ދުވަހު ދޫނިދޫ ނައްތާލާފައިވާ 1.3 މިލިއަން ސިނގިރެޓަކީ ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވާ ތަކެތި ކަމަށެވެ.
ރާއްޖެއަށް ވޭޕް އެތެރެ ކުރުމާއި ބޭނުންކުރުން މަނާ ކުރުމުގެ އިތުރުން ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރަން މިދިޔަ އަހަރު ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ. އޭގެފަހުން ގިނަ އަދަދެއްގެ ސިނގިރެޓް ރާއްޖެއަށް ވަގަށް އެތެރެކުރަނިކޮށް އަތުލައިގެންފައިވެ އެވެ.
މިދިޔަ އާދިއްތަ ދުވަހު ވެސް ކަސްޓަމުން ވަނީ ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު އެއް ލައްކައަށް ވުރެ ގިނަ ސިނގިރޭޓް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކްސްް
27 April 2025
ދައުލަތަށް ގެއްލޭ ބޮޑު އާމްދަނީއެއް.
ކިއްލި
27 April 2025
އަހަރެން ނަމަކަ ތިޔަ ސިގިރޭޓްތައް ނައްތައެއް ނުލާނަން. ތިޔައީ އެބޯބަޔަކަށް ވިއްކާލެވޭނެ އެއްޗެއް. އަދި އޭގެ މަންފާ އެއިރެއްގެ ސަރުކާރުގެ ޕްރޮޖެކްޓްތަކަށް ބޭނުންކުރެވިދާނެ. މިނޫނަސް ދައުލަތަށް ނެގޭނޭގޮތައް ބައެއްތަކެތި ނަގާ. އެހެންވީމާ ސިނގިރޭޓާ ރަލާ މިފަދަ އެއްޗިއްސަކީ ދައުލަތަށް ނަގާ އޭގެބޭނުން ކުރަންޖެހޭނޭ އެއްޗެތި. އަންދާލުމާ ނައްތާލުމަކީ ކުރަންވާވަރުގެ ކަންކަމެއްނޫން. ޑްރަގުގެ ވައްތަރުތައް ނައްތާލިޔަސް ސިނގަރޭޓް ނައްތާނުލާ.
ފޯޅަވަހި ސަރުދާރު
26 April 2025
ސިގިރޭޓް ރާއްޖެ އެތެރެ ކުރުން މަނާވީ ކޮނއިރަކުން؟
ހެހެހެހެހެ
26 April 2025
ކެން ޔޫ ބިލީވް އިޓް..
ވޭޕް ބޯއީ
26 April 2025
ތި ތަކެތި ނައްތާލިކަން ދެނެހުރި އެހެން ފަރާތެއް ވޭބާ؟