މ. މުލީ އެއާޕޯޓަށް ޓެސްޓު ފްލައިޓް ޖައްސަނީ.-- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
26 އެޕްރީލް 2025 - 19:37
މ. މުލީ އެއާޕޯޓްގެ މަސައްކަތް ނިންމައި، ކާމިޔާބުކަމާއެކު ޓެސްޓު ފްލައިޓް އިއްޔެ ޖައްސައިފި އެވެ.
މުލީ އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ އަތޮޅަށް ކުރައްވާ ދަތުރުފުޅުގަ އެވެ.
އިއްޔެ ޓެސްޓު ފްލައިޓްގެ ގޮތުގައި މުލީ އެއާޕޯޓަށް ޖެއްސީ މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ބޯޓެކެވެ.
އެ އެއާޕޯޓް އަޅަން ކުރީގެ ސަރުކާރުން 2021 ވަނަ އަހަރު ހަވާލުކުރީ އެމްޓީސީސީއާ އެވެ. އެގޮތުން އެއް އަހަރުގެ ތެރޭގައި މަސައްކަތް ނިންމަން އެ ކުންފުންޏާ ހަވާލުކުރީ 212 މިލިއަން ރުފިޔާއަށެވެ. އެކަމަކު ބަޖެޓުގެ ދަތިކަމާ ހެދި އެ މަސައްކަތް ނުނިމި، ދިގުލައިގެން ދިޔަ އެވެ.
މުލި އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިމުމާއެކު، މިއަދު ވަނީ ކާމިޔާބުކަމާއެކު ޓެސްޓް ފްލައިޓް ޖައްސާފައި@MTCCPlc @AirportsMV pic.twitter.com/xTEuVVs25e
— Ministry of Construction, Housing & Infrastructure (@MoCImv) April 25, 2025
މުލީ އެއާޕޯޓް މަސައްކަތް މިދިޔަ އަހަރުގެ ޖުލައި މަހަށް ނިންމަން ވެސް ރީޖަނަލް އެއާޕޯޓުން ކުރިން މަސައްކަތްކުރި އެވެ. އެކަމަކު އޭރު އެ މުއްދަތަށް މަސައްކަތް ނިންމިފައެއް ނުވެ އެވެ.
މުލީ އެއާޕޯޓު ހިންގުމަށް ސަރުކާރުން ދާދިފަހުން ވަނީ ރީޖަނަލް އެއާޕޯޓް ކުންފުންޏާ ހަވާލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޑުވާ
27 April 2025
ސަރުކާރު ބޮޓުންކޮޅު ކިތަންމެ ވަރަކަށް ހަސަދަވެރިވެގެން މި ސަރުކާރަށް ކްރެޑިޓް ދޭން މަސައްކަތް ކުރިޔަސް ތިއީ ނިމިދިޔަ ސަރުކާރުން ހަދާ ނިންމި ތަނެއް. މިސަރުކާރަށް އެއަރޕޯޓް އެޅުމުގެ ނަމުގަ ވޯޓުކޮޅެއް ހޯދަން ނިލަންދޫގަ އަޅަން ބުނި އެއަރޕޯރޓަށް ބަލާލީމަ އެކަން ސާފުވާނެ. މި ސަރުކާރުން ނުހުއްޓުވިނަމަ މިހާރު މަގޫދޫގަވެސް ބޯޓު ޖައްސާނެ. މި ސަރުކާރުން އެއްވެސްކަމެއް ނުފަށާ ފޮނި ހެޑްލައިން ހެދިޔަސް ރައްޔިތުންނަށް މި ސަރުކާރުގެ ނާޤާބިލްކަން ވަރަށް ރަނގަޅަށް އެނގޭ.
މުހައްމަދު އަބްދުލް ކަރީމް
27 April 2025
މި އެއާޕޯޓް ނިންމީ ސީދާ މިސަރުކާރުން. މުލީ މީހެއްގަ ހައިސިއްޔަތުން މިކަމަށް ހެކިވަން. އިބޫ 2021 ސީސާ ކަޑަ ޖެހީ. ދެން އިންތިހާބަށް ބަޔަކު އެރިކަން. ނަމަވެސް އެއްވެސް މަސައްކަތެއް ނުކުރޭ.މިސަރުކާރު ހަވާލުވެ ހަމަ ބާރު ސްޕީޑުގައި ގޮސް ނިންމާލީ
އ. ސޯދިގު
27 April 2025
މި ސަރުކާރުން ދޮޅުއަހަރުތެރޭ ތިޔަތަނަށް ކުރި އިންވެސްޓެއް ދެނަހުރިންތޯ. އެއަރޕޯރޓްގެ ހުރިހާ ކަމެއް އޮތީ ކުރީސަރުކާރުން ނިންމާފަ. ވީ ލަހެއް ވީ މިސަރުކާރުގެ ސަބަބުން. ތި ސައިޓްގަ މަސައްކަތްކުރި މީހެއްގެ ހައިސިއްޔަތުން އެނގޭތީ މި ބުނީ.
މުހައްމަދު އިގްބާލް.
27 April 2025
މަރުހަބާ މުލީ ރައްޔިތުން. އަދި މުޅި ދާއިރާއަށް. މީގެ ސަބަބުން ހަމަ ގައިމުވެސް ނުލާހިކު ފަސޭހަ ވާނެ ދަތުރުތަކަށް. ޝުކުރިއްޔާ އަދުގެ ސަރުކާރު
އައުޒަމް
27 April 2025
އިބޫ ވެރިކަމުގައި ފެށިކަމަށް ވިޔަސް މުޅި އެއަޕޯޓް އޮތީ ހުއްޓިފައި. ހަގީގަތަކީ މިއީ. މިސަރުކާރު އައިސް މިކަން އަވަސްކޮށް ނިންމީ. 2023 ފެށިގެން
ހަމަދު ސަލީމް
27 April 2025
މިހެންވެ ބުނަނީ ރައީސް މުއިއްޒް އަކީ ހުސްވާހަކަ ނުދައްކާ ނަތީޖާ ނެރޭނެ މީހެއްކަން.
މުހައަމަދު ސަނީހް
27 April 2025
އަލްހަމްދުﷲ. ޝުކުރިއްޔާ ސަރުކާރު
ރަދީފްއޮފިޝަލް / ޕާކިސްތާން ޒިންދާބާދް
26 April 2025
މަރުހަބާ މީމުގެ ރައްޔަތުން.ނަމަވެސް ތިޔާއި އެއާޕޯޓެއް ނޫން ، އެއާ ސްޓްރިޕެއް ދޯ.
މުލީ ދޮންހަސަނު
26 April 2025
ވެރީ ގުޑް. ދެން ކައިރި ރަށްރަށު (ވޭވަށް، ނާލާފުށި، މުލައް) މީހުން މުއްޔަށް ބަދަލުވެ އަތޮޅުގެ މައި ހަބަކަށް މުލި ހަދަންވީ.
އިބޫބެ
26 April 2025
މޯލްޑިވްސް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއާ އެކު މ.މުލީގައި އެއާޕޯޓެއް ފަރުމާކޮށް އެޅުމަށް އެމްޓީސީސީން ސޮއިކޮށްފި އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމް އަދި އެމްއެންޕީއެޗްއައިގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާތިމަތު ޝާނާ ފާރޫގުއެވެ.