ޑީސީޕީ ފަރުހާދު
26 އެޕްރީލް 2025 - 20:00
ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިރޭ އިސްތިއުފާ ދެއްވުމާ ގުޅިގެން ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގުން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާ ހޯމް މިނިސްޓަރު ދެންމެ ހަވާލު ކުރައްވައިފި އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ސީޕީ ޝުޖާއު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ފުލުހުންގެ ގާނޫނުގެ ދަށުން އެ މަގާމުގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އަދާކުރައްވާނީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ކަމަށެވެ.
ޑިސެމްބަރު 25، 2023 ގައި ސީޕީގެ މަގާމަށް އައްޔަން ކުރެއްވި އަލީ ޝުޖާއު މިރޭ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވީ އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގާ މެދު ގިނަ ސުވާލުތަކެއް ފެންމަތިކޮށް، އޭނާގެ އިސްތިއުފާ އަށް ގޮވަމުންދާ ދަނޑިވަޅެއްގަ އެވެ.
އުމުރުން މިހާރު 52 އަހަރުގެ ޝުޖާއު މަޖީދިއްޔާ ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލަށް ހުންނެވުމަށް ފަހު، ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ 2006 ވަނަ އަހަރު އެވެ. ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރުމާ ހަމައަށް އޭނާ ހުންނެވީ މާލެ އޭރިއާގެ ކޮމާންޑަރުގެ ގޮތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރަދުއިބްރާހީމް
28 April 2025
ދިވެހި ފުލުހުންގެ ޔުނީފޯމްގައި 4 ފުލުހަކު ދިދަބުޑަށް އެއްވުމުގެ ނަތީޖާއަކީ އޭރުއޮތްވެރިކަން ވެއްޓުމެވެ. ދިދަބުޑު އިންޤިލާބު ޤައުމަށް ތައާރަފްކުރި ހިސާބުން ދިވެހި ފުލުހުންނަށް އަރައިގަނެވޭނެ ގޮތެއްހަމަ ނުވިއެވެ.ގޯސް ވާނީ ގޯހަށެވެ.އެއީ އަހަރެން ކުރިއަސް ރައީސް ކުރިއަސް ގޯސްވާނީ ގޯހަށެވެ.ދިވެހި ފުލުހުންނަށް ޤާނޫނެއްނެތިގެން އަޑުއުފުލި ޒަމާންވެސް ދިޔައީއެވެ. ޤާނޫނުން ވީމޮޅުކަމެއް ރައްޔިތުންނަކަށް އަދި ނުފެނެއެވެ. ދިވެހި ފުލުހުން ސިޔާސީ ނުކުރުން އޮތީ
އާންމުމައުލޫމާތެއް
26 April 2025
ބޮޑުން ބަދަލު ކުރަން ޖެހޭނީ. މިމީހުން ބަދަލު ވިޔަސް އެއްތާކު ޖެހޭނީ. މަތިން އަންނަ ކޮމާންޑް އައް ކަންތައްކުރާނީ.
ބޯހަލާކު
26 April 2025
މިއައްތުރެ ބެކްގުރަންޑު ސާފު މީހަކު ހަމަ ނެތީ؟ ޕެޕާ ސްޕުރޭ އަށް ވެސް ނިކަން ވަރު ހުންނަ ސޮރެއް ތީ
ކާކު
26 April 2025
ސަހަލަ އެކަކުވެސް ނެތް, ހުސްދޮގުވެރިން, މުޒާހަރާ ކުރާ ޒުވާނުންނައް ގޮވާލަން މީނަގެވެސް އިސްތިއުފާއައް ގޮވާލަން, ކުދިންނޭ ދޫނުކުރާތި އަދު ދެދުވަސް ތިގޮތުގައި ހިފާއްޓާލާ, އޭރުން ފިލާތިބި މީހުން ފާޅުވާނެ,
ގަޯ ޕާލު.
26 April 2025
އަނެއްކާ އަނެކަކު ކަލޯ ނުވާނެ ރަނގަޅެއް! ޖެހުނު މީހަކު ހަމަ ލަމުން ދަނީ؟ ..މ
ދަލޭކަ ދައިތަ
26 April 2025
މީ ކަމުދާ މީހެއްނޫން. ހަނދާ ތަރިތަށް އެރި ގޮތަކަށް އަރައިފި.
ހިތުގެ އުދާސް
26 April 2025
ސިޔާސީ ނުވެއެއް ތިމުއައްސަސާއެއް ނުހިންގޭނެ.. މީ މިއަދު މިޤައުމްގައި ކަންތައް ހިގައިގޮތް.. ޕްރޮފެޝަނަލްކޮަށް މިނިވަންކަމާއިއެކު ހިންގަން އުޅެފިއްުޔާ އެމީހަކު ހުންނަންޖެހޭނީ މަޤާމްދޫކޮށްލާފައި ގޭގައި.. ކޮންމެ ބަޔަކު ވެރިކަމަށް އަޔަސް ފުރަތަމަވެސް ރާޒްވާ ކުޅިބަޔެއްހެން ސިފައިންނާއި ފުލުހުންގެ މަޤާމްތައް އަތުރާލާނެ..
ކަނބުލޮ
26 April 2025
ކަލޭނޭ މިގައުމު މިޙާލަތަށް ގެނައި މީހަކު އެބަހުރިތަ؟މުޢިއްޒު ވެރިކަމަށް އެރިއިރު މިގައުމު އޮތީ ކިހިނެތްތަ؟ނިމިދިޔަ ވެރިކަނތަކުގަ މިގައުމު އޮތް ޙާލަތާ މިހާރާ އަޅާ ކިޔާއިރު ވ Gina ކަންކަން މިސަރުކާރުގަ ރަނގަޅު އެބަކުރޭ
ޖަމީލު
26 April 2025
ކޮންކަމެއް ރަގަޅުވީއެންމެ ކަމެއްވެސްނެތްރަގަޅުވި ވީ ކުރިއަށްވުރެ ގޯސް
އިރުބެ
26 April 2025
ފަރުހާދަކީ ޝުޖާއު އަށް ވުރެ ދިހަގުނަ ސިޔާސީ މީހެއް! ރަގަޅެއް ނުވާނެ! ދެން ޕެޕަރ ސްޕްރޭ ފެންނާނެ! މިއީ ކުރީގެ މުޒާހަރާތަކުގައިވެސް ޕެޕަރ ސްޕްރޭ ޖަހަން އަމުރު ނެރޭ މީހެއް
ލެއްގިކޮމިޝަނަރ
26 April 2025
ޕެޕަރ ސްޕުރޭ ޖެހީމަ ކޮބާތަ މައްސަލައަކީ.؟ ތިހުރިހާކަމަކަށް ބިރުފަހަނައަޅާ ނިކުންނަންޏާ ޕެޕަރ ސްޕުރޭގެ ހުރިވަރުވެސް ބަލާލަން ޖެހޭނެނޫންތަ؟ ދުނިޔޭގެ އެހެން ގައުމުތަކުގަ ޕެޕަރ ސްޕުރޭއާ ކަރުނަގޭހާ ޕުރެސާފެނާ ރަބަރުވަޒަނާ އަދި ބައެއްފަހަރު ލައިވްވަޒަންވެސަ ބޭނުންކުރޭ. ތިހާފިނޑީއާ މުޒާހަރާއަށް ނުގޮސް ގޭގައޮވެބަލަ؟ ޕެޕަރ ސްޕުރޭޗެސް އަދި އެހެން އެއްޗެހިވެސް ފުލުހުން ބޭނުންކުރަން ޖެހުނީމަ ބޭނުންކުރާނެ. އިރުބެ ތިއުޅެނީ 60ގެ އަހަރުތަކުގަހެން ހާދަހީވެޔޭ!
ޑިވެހި ދަރިން
26 April 2025
ޢިހުސާން އިސްތިައުފާ ދޭކަށް ވުނޭބާ؟