ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
28 އެޕްރީލް 2025 - 11:58
މާލެ ރަސްފަންނު މޫދަށް މިހާރު ކަޅުތެޔޮ އެޅިފައި ވާތީ އެ ސަރަހައްދަށް މޫދަށް ނޭރެން ފުލުހުން މިއަދު އެދިއްޖެ އެވެ.
ފުލުހުން ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅިފައިވާ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. ކަމާބެހޭ އެހެން ފަރާތްތަކާ ގުޅިގެން އެ ސަރަހައްދު ބަލަހައްޓައި، މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅުނު ގޮތެއް އަދި ނޭނގެ އެވެ. ބޮޑަށް ބެލެވެނީ ކަނޑަށް ކަޅުތެޔޮ އެޅިގެން އޮޔާ ގޮނޑުދޮށަށް އައީ ކަމަށެވެ.
ފުލުހުން ވަނީ އެ ސަރަހައްދަށް މޫދަށް ނޭރުމަށް އާންމުންނަށް އިލްތިމާސްކޮށްފަ އެވެ.
ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މީގެ ކުރިން 2023 ވަނަ އަހަރު ވެސް މާލޭގެ އުތުރުފަރާތު ބަނދަރުގެ ފަޅުތެރެއަށް ވަރަށް ގިނައިން ކަޅުތެޔޮ އެޅުނު ހާދިސާއެއް ހިނގި އެވެ. ސިފައިން ދެ ދުވަހު ކުރިން މަސައްކަތުން ގާތްގަނޑަކަށް 15 ފީފާއަށް އެޅޭނެހާ ތެޔޮ އެ ފަހަރު މާލެ ފަޅުތެރެއިން ނަގާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަސްސް
28 April 2025
އެމްޑީޕީ ނޫން ބަޔަކު ވެރިކަމުގައި އޮންނަ ކޮންމެ ފަހަރަކު
ގަނޑިއަ
28 April 2025
މީކޮންކަހަލަބައެއް. އަދިވެސް ތިބެނީތަ ދެއަށް އުރާލައިގެން، ވީއެންމެ އަވަހަކަށް އެ އޮއިލް ސްޕިލް ފުޅާވެ ނުދީ ކޮންޓެއިން ކުރުމަށް އަވަސް ވެގަންނަންޖެހޭނެ، ކޮބާ އެކަން ކުރާ މީހުން. ވީހާވެސް އަވަހަށް އެތެޔޮގަޑު ސާފުކުރަން ޖެހޭނެ. ކޮބާ މިކަން ކުރާމީހުން
މަހުވެއި
28 April 2025
ގަނޑިޔަ! ދެންމެ މަމިއައީ އޭތާކާރި މޫދުގައި އުޅުފަ، އެހެންވީމާ ދޯ މިއަދު މާކަޅީ!!
މަބުނީ
28 April 2025
100 ޕަސަންތާއި އެކު މި ބުނަނީ ތިޔަކަން ކުރީ 2 ބަންގާޅިން. މަ މިޔަދު 1115 ކަންހާއިރު ރަސް ފަންނު ކައިރިން ދިޔައިރު ތިޔަކަންކުރަން އެ ދެމީހުން ތިބި ޕެވީލިޔަން ގެ އުތުރު ފަޅީގައި. އެއިރު ރަސްފަންނު މޫދުގައި ވެސް ބަޔަކު ތިބި. މައިނީ 4 ފުޅޮރުލީ ވެހިލަކް އެއްގައި ކަމުން ، މަށަށް އެވަގުތު މަޑު ނުކުރެވުނީ. ދިޔައީ ނޯތު ހާބަރަށް އެއްޗެއްލާން ވެގެން. އެހިސާބު ސީސީ ޓީވީ ބަލާ މިހާރުވެސް. ފުލުހެއް ފެނޭތޯވެސް މަބެލިން އެގަޑީގައި ، ދިމައެއްނުވި.
އަލީި
28 April 2025
އެމް.ޑީ،ޕީ އޭގެ އަސްލު ސިފައިގައި ފާޅުވުމުގެ ކޮޅުމަތި .
މަބުނީ
28 April 2025
މިފަހަރު ތިއީ އެމްޑީޕީ އެއްނޫން. 2 ބަންގާޅިން ކުރި ކަމެއް ތިޔައީ. 100 % އާއި އެކު މިބުނަނީ.