ޚަބަރު / އިސްލާމިކް މިނިސްޓްރީ

ހާފިޒުން އެންމެ ގިނައީ އައްޑޫގައި

ހާފިޒުންނަށް މި ފަހުން ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތެއްގައި ބައިވެރިވި ދަރިވަރުންތަކެއް.-- ފޮޓޯ: ރައީސް އޮފީސް

ހާފިޒުން އެންމެ ގިނައިން ތިބީ އައްޑޫގައި ކަމަށް ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން މިއަދު ބުނެފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ މަރުކަޒުން "މިހާރު" އާ ހިއްސާކުރި މައުލޫމާތުތައް ދައްކާގޮތުން ރާއްޖޭގައި މި ވަގުތު 266 ހާފިޒުން އެބަތިއްބެވެ. އެއީ 126 އަންހެނުންނާއި 140 ފިރިހެނުންނެވެ.

ގުރުއާނާ ބެހޭ މަރުކަޒުން ބުނީ އާބާދީގެ ނިސްބަތުން ހާފިޒުން އެންމެ ގިނައިން ތިބީ އައްޑޫގައި ކަމަށެވެ. އެ ސިޓީގައި 65 ހާފިޒުން އެބަތިއްބެވެ. އެ މީހުންގެ އެވްރެޖު އުމުރަކީ 53 އަހަރެވެ.

ދެ ވަނައަށް ހާފިޒުން އެންމެ ގިނަ ފުވައްމުލަކުގައި 61 ހާފިޒުން އެބަތިއްބެވެ. އެ މީހުންގެ އެވްރެޖު އުމުރަކީ 48 އަހަރެވެ.

ލިސްޓުގެ ތިން ވަނައިގައި ހިމެނެނީ ޅ. ނައިފަރެވެ. އެ ރަށުގައި މި ވަގުތު ތިބީ 10 ހާފިޒުންނެވެ. އޭގެ ތެރޭގައި ގިނައީ ސްކޫލު ކުދިންނެވެ.

މާލޭގައި ދާއިމީ ރަޖިސްޓްރީގައި ތިބި ހާފިޒުންގެ އަދަދު އުޅެނީ 47 ގަ އެވެ.

ގުރުއާނާ ބެހޭ މަރުކަޒުން ބުނީ، ރާއްޖޭގައި މި ވަގުތު ހުރި އެންމެ ޒުވާން ހާފިޒަކީ 10 އަހަރުގެ އަމަން އަހުމަދު އާތިފް، ބ. ހިތާދޫ، ޑޭޒީމާގެ ކަމަށެވެ.

އެންމެ ދުވަސްވީ ހާފިޒަކީ ސ. ފޭދޫ، އައިސްގެ، މުހައްމަދު ނައީމް، 91، އެވެ.

29 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 0%
icon angry icon angry 5%
icon wow icon wow 10%
icon inlove icon inlove 80%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޏާއްކޮ

01 May 2025

މި ހަބަރު ފެނުމުން ވަރަށް ވެސް އުފާވި، އަބަދުވެސް އަޑުއަހަން އައްޑު ފުވައްމުލައް މީހުން ކުރީގަ ވެސް ވަރަށް އިލްމުވެރި ވާނޭ. ﷲ ބަރަކާތް ލައްވާށި. އެކަމު ނުބަލަނީސް އިނގޭ ކޮމެންޓު ސެކްޝަން ރޭސިސްޓު ނުވެ ނުދާނެކަން. ދިވެހިންނަށް ހަމަ ސާބަސް

The name is already taken The name is available. Register?

ދިވެހިން

29 April 2025

އަޅެ އައްޑޫ މީހުން ދެކެ ދިވެހިން މިތިބެނީ ހިތާވެފަތަ؟ ގެޅިގަނެގެން ނެއްޓެން ނޭނގިގެން ތި އުޅެނީ ކީއްވެބާ. އައްޑޫ މީހުންނަށް މިމީހުންގެ ގައުމުން ވަކިވެވޭކަށްވެސް ނެތް އެކު އުޅެވޭކަށްވެސް އޮތީކީނޫން. ހަސަދަވެރި ވިޔަސް ތީ ބޮޑުވަރު.

The name is already taken The name is available. Register?

ޏާއްކޮ

01 May 2025

އައްޑޫ މީހުންނަކީ ދިވެހިންނެއް ނޫން؟ ކުންބަޅަ މީހުންތަ؟

The name is already taken The name is available. Register?

މުނާޒިލް

29 April 2025

އެހާ ޕާޓޭން ގިނަ، އެހާ ވަގުން ގިނަ، އެހާ ހާފިޒުން ގިނަ. ގިނާގޭގެއިން އެއްގެއަކުން ފުލް މިކްސް ލިބޭނެ. ސާބަހޭ އައްޑޫ ހިތްވަރުގަދަ ބައެއް ކަލޭމެންތީ. އިނގިރޭސީން ފައިބަގެންދިޔަސް އެމީހުންގަ ހުންނަކަހަލަ ހިތްވަރާ ރެޒިލިއެންސް ކަލޭމެންގައިގަ އެބަހުރި.

The name is already taken The name is available. Register?

މުރާސިލުން

30 April 2025

ހަސަދަވެރިވިޔަސް ބޮޑުވަރު. މާލޭގައި ނެތީ ކޮންކަމެއް، ކޮންއެއްޗެއް؟

The name is already taken The name is available. Register?

ގދދތ

29 April 2025

މިކަން ބަދަލުވެގެންދާނެ ދާދި އަވަހަށް.

The name is already taken The name is available. Register?

أستاذ ދީ ދީ

29 April 2025

ހާފިޒުން އައްޑޫގައި ޑޮކްޓަރުން ވެސް އައްޑޫގައި ހިތަދޫ ދިރާގު އޮފީސް ހުޅުވި ދުވަހު أستاذ ފަތުހުﷲ ޖަމީލު ވިދާޅުވީ އެމަނިކުފާނު އެންމެ އުފާވެނީ އެ އޮފީހުގެ މަގާމު ތަކަުގައި އައްޑޫ ބޭފުޅުން ތިއްބަވާތީ މާލެއިން ސްޓާފުން ފޮނުވަން ނުޖެހޭ ކަމަށްޓަކައި ކަމަށާޢި އަދި އައްޑޫގައި ވަރަށް މޮޅު ތައުލީމީ ބޭފުޅުން ތިއްބަވާ ކަމަށް ފާހަގަ ކުރެއްވި

The name is already taken The name is available. Register?

ޙުސެން664

29 April 2025

ފަތުހުﷲ ޖަމީލު އަކީ ވަރައް ވަރުގަދަ ބޭފުޅެއް..އެމަނިކްފާން އަކީ އަރަބި ދަންނަ މޮޅު ބޭފުޅެކެވެ. ފޮނިކަމެއް ނެއް.

The name is already taken The name is available. Register?

މުރާސިލް

29 April 2025

އާބާދީގެ ނިސަބަތުން ރާއްޖޭގައި އެންމެ ގިނަކުށް ކުރަނީވެސް އައްޑުގައި ނޫން ހެއްޔެވެ!؟

The name is already taken The name is available. Register?

ހަސަންދީދީ

29 April 2025

ދިވެހީންނަށް ކުރިއަށް ދިުމުގެ އެންމެ ބޮޑު ހުރަހަކީ، އެކަކު އަނެކަކަށް އޮންނަ ހަސަދަ.

The name is already taken The name is available. Register?

ތޮރާ

29 April 2025

ރާއްޖޭގައި މިހާތަނަށްކުރި ހުރިހާ ވައްކަމެއް އެއްކޮށްލީމާވެސް އެމްއެމްޕީއާރުސީ ވައްކަމާއި ނުބައްދަލު. ކުރީޒަމަނަށް ބަލަންޏާ އައްޑޫމީހުންތަ ރަންނަމާރިއޭ ކިޔައިގެން އަތިރިމަތީ ކޮއިލު ހަދައިގެން އުޅުނީ.

The name is already taken The name is available. Register?

ހަފީޒުު

29 April 2025

އެއްރަށަކަށް އަދިވެސް އެންމެ ގިނަ ހާފިޒުންތިބީ ފުވައްމުލަކުގައި

The name is already taken The name is available. Register?

އަތޮޅު

29 April 2025

މަރުހަބާ. އެކަމަކު ރަށެއް އަތޮޅެއް ކަނޑެއް ފަޅެއް ވަތްކެއްނުވޭ.

The name is already taken The name is available. Register?

ޅޮސްބެ.

29 April 2025

އެންމެ ފުރަތަމަ ރާއްޖޭގަ ތާރީހުގަ ހާފިޒު ކަމުގެ ސަނަދި ހޯދީ ހަފުސާ އަބުދުއްލާ. ޙ.އ ޙޯރަފުށި ގުލިސްތާނުގެ. ޢެވާހަކަވެސް ގެނައިނަމަ ފުރިހަމަވީސް.

The name is already taken The name is available. Register?

ވަހިސޔހިް

29 April 2025

ތާރީޚު ޖަހައިލިނަމަދޯ؟ ދުނިޔޭގެ އެކިތަންތަނުން ޤުރުއާން ހިފުޒު ކުރި ދިވެހިން އެބަތިބި. ވާދޫ ދަންނަކަލޭފާނު ފަދަ މީހުންނަކީ ޙާފިޒުން.

The name is already taken The name is available. Register?

ބައުސާ ނުކަނޑާ.

29 April 2025

ސިޔަރަތުގައި އައްޑޫ މީދޫ ޝޭޙް ހާފިޒެއްގެ ވާހަކަ އޮވޭ. އަދި ސިޔަރަތު ތަރުޖަމާކޮށް ލިއުއްވަން ފެއްޓެވީވެސް އެބޭފުޅާ ކަމަށް އޮވޭ.

The name is already taken The name is available. Register?

ޢަދަދުމަތިވެދާނެ

29 April 2025

ތިއަށްވުރެ އަދަދު މަތިވުމަކީ އެކަށީގެންވާކަމެއް. ސަބަބަކީ ވަރަށްގިނަ ޝެއިޚުންނަކީވެސް ހާފިޒުން. ހާފިޒުން ގުނާއިރު ޝެއިޚުންގެ ތެރޭގައި ތިބި ހާފިޒުން ނުހިމަނާނަމަ އަދަދު ފުރިހަމަ ނުވާނެ.

The name is already taken The name is available. Register?

އަލްހާފިޒު

29 April 2025

އެންމެ އާބާދީ ބޮޑު ރަށުގަ 47 ހާފިޒުން ތިބުމަކީ ވިސްނާލަންޖެހޭ ކަމެއް..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454