ހާފިޒުން ދަސްވެނިވުމަށް ހާއްސަކޮށް، މިދިޔަ މާޗު މަހު ރާއްޖޭގައި ބޭއްވި ފުރަތަމަ ރަސްމިއްޔާތުގައި ކުދިންތަކެއް ބައިވެރިވަނީ.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
30 ޖޫން 2025 - 15:11
ރާއްޖޭގެ އެކި ހިސާބުތަކުގައި 1،400 އަށްވުރެ ގިނަ ދަރިވަރުން ގުރުއާން ހިތުދަސްކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ވިދާޅުވީ ގުރުއާން ހިތުދަސްކޮށްދޭ 20 ސެންޓަރެއްގައި 1،434 ދަރިވަރުން ކިޔަވަމުން އަންނަ ކަމަށެވެ. އެއީ 783 އަންހެން އަދި 651 ފިރިހެން ދަރިވަރުންނެވެ.
މާލެ ސަރަހައްދުގައި އެންމެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަނީ ގުރުއާނާ ބެހޭ މަރުކަޒުގެ މާލެ އަދި ހުޅުމާލެ ގޮފީގަ އެވެ. ތިން ވަނައަށް، 127 ދަރިވަރުންނާއެކު އެންމެ ގިނައީ އިލްމު އިންސްޓިޓިއުޓުގަ އެވެ.
ރަށްރަށުގައި އެންމެ ގިނަ ދަރިވަރުން ބައިވެރިވެފައިވަނީ ރ. ކިނޮޅަހުގައި ހިންގާ ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފީގަ އެވެ. އެއީ 80 ދަރިވަރުންނެވެ.
ގުރުއާނާ ބެހޭ މަރުކަޒުން މިދިޔަ އޭޕްރީލް މަހު "މިހާރު" އާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު ރާއްޖޭގައި 266 ހާފިޒުން އެބަތިއްބެވެ.
އާބާދީގެ ނިސްބަތުން ހާފިޒުން އެންމެ ގިނައިން ތިބީ އައްޑޫގަ އެވެ. އެ ސިޓީގައި 65 ހާފިޒުން އެބަތިއްބެވެ.
ދެ ވަނައަށް ހާފިޒުން އެންމެ ގިނަ ފުވައްމުލަކުގައި 61 ހާފިޒުން އެބަތިއްބެވެ.
ލިސްޓުގެ ތިން ވަނައިގައި ހިމެނެނީ ޅ. ނައިފަރެވެ. އެ ރަށުގައި މި ވަގުތު ތިބީ 10 ހާފިޒުންނެވެ. އޭގެ ތެރޭގައި ގިނައީ ސްކޫލު ކުދިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޔޒ ރސދ
30 June 2025
ފައިސާ އަށް
ސޯޅަ
30 June 2025
އެހެންވީމަ -/4000ރ ކޮންމެ މަހަކު ކޮންމެ ހާފިޒަކަށް ދިނުމުން މަހަކު 5.6 މިލިޔަން ބަޖެޓުން ދާނެ…
މިވަރެއްނެތް
30 June 2025
މިހާރު ގުރުއާން ދަސްކުރާ 1434 ކުދިންނާއި އަދި ކުރިން ތިބި 266 ކުދިން އެއްކުރުމުން އެއީ ޖުމްލަ 1700 ކުދިން. ހަމައެކަނި އެ ކުދިންނަށް 4000 ރުފިޔާގެ ރޭޓުން އަހަރަކު އެޖެހެނީ 81 މިލިޔަން ރުފިޔާ ހަލައްކަ ރުފިޔާ އަދި ކުރިއައަށް ހިނގާ 5 އަހަރު 408 މިލިޔަން ރުފިޔާ. ވިސްނާ. އަދި އެ މުއްދަތު ތެރޭގައި އިތުރު ކިތައްކުދިން ހާފިޒުންނަށް ވާނެ! ރައްޔިތުންގެ ޓެކްސް ފައިސާ ތިހޭދަކުރަނީ ރަނގަޅަށްބާ؟ ކިހާދުވަހަކު ތިކަން ދެމެހެއްޓޭނެބާ؟
މފއއ
30 June 2025
ސިޔާސީ ޕާޓީތަކަށާއި އެކި ނަންނަމުގައި ބޭކާރު ސިޔާސީ މަޤާމުތަކާއި، ބޭކާރު ގޮތުގައި ފައިސާ އޮއްސާ ސަރުކާރުގެ ކުންފުނިތަކުގާ ކަމެއް ނުކޮށް މުސާރަނަގަން ތިބޭ މީހުންނަށް ރައްޔިތުންގެ ޓެކްސް ފައިސާއިން ބޭކާރު ގޮތުގައި އަލިފާނަށް އަޅަމުންދާ ފައިސާއަށްވުރެ މިކުދިންނަށް ޚަރަދުކުރުން ބޮޑުތަނުން ރަނގަޅު.
ފަހި
01 July 2025
ޕްލީޒް ހަޖަމް މުސްކުޅިން ބަލަން ޖެހެނީ ސަރުކާރަށްތަ؟ ދަރިން ނަކަށް ނޫންތަ؟ ޙާފިޒުންނަށް ކުރާ ހޭދަ މާތް ﷲ ގެއްލެނި ނުކުރައްވާނެ އޮންޝާﷲ…