އެމްއެންޑީއެފްގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް މި އަހަރު ބޭއްވު ޕެރޭޑުގައި.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
30 އެޕްރީލް 2025 - 23:10
ރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމު (މޯލްޑިވްސް ނޭޝަނަލް ސާވިސް)ގައި ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް އެ ފުރުސަތު މިނިސްޓްރީ އޮފް ޑިފެންސް އިން މިރޭ ހުޅުވާލައިފި އެވެ.
މިނިސްޓްރީން ބުނީ އެ ހިދުމަތުގައި ބައިވެރިވުމަށް ކުރިމަތިލެވޭނީ، އުމުރުން 16 އަހަރާއި 28 އަހަރާއި ދެމެދުގެ ޒުވާނުންނަށް ކަމަށެވެ.
އޭގެތެރެއިން އުމުރުން 16 އަހަރާއި 18 އަހަރާއި ދެމެދުގެ ކޮންމެ ޒުވާނަކު ގައުމީ ހިދުމަތާއި ގުޅުމަށް ހުށަހަޅާއިރު ބެލެނިވެރިޔާގެ ރުހުން އޮތްކަމުގެ ލިޔުމެއް ހުށަހަޅަން ޖެހެ އެވެ.
ގައުމީ ހިދުމަތުގެ ޕުރޮގުރާމުގެ ފުރަތަމަ ބުރުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ޖޫން މަހުގެ ފުރަތަމަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް އޮންނާނެ އެވެ.
އެ ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އެމްއެންޑީއެފްގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް މި އަހަރު ބޭއްވު ޕެރޭޑު ބައްލަވާލެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގެން އެމްއެންޑީއެފް ބޭފުޅަކާ ސަލާމް ކުރައްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
މިދިޔަ އަހަރުގެ ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވެފައިވަނީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތަށް ސިފައިންގެ މަސައްކަތްތައް ކުރިއަރުވަން އަދިވެސް އިތުރު މީހުން ބޭނުންވާ ކަމަށެވެ.
ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ސިފައިންގެއަށް ކޮންމެ އަހަރަކު 1،000 މީހުން އަދި ފުލުހުންގެ ހިދުމަތް ފުޅާކުރަން މި ދައުރުގެ ތެރޭގައި އިތުރު 1،000 މީހުން ބޭނުންވާ ކަމަށް ވެސް އޭރު ރައީސް ވިދާޅުވި އެވެ.
ރަނގަޅު ނަތީޖާ ނުލިބޭތީ ވަޒީފާއެއް ނުލިބުނަސް، ކުރިން އޮތްގޮތުން ސިފައިންގެ ހިދުމަތަށް އެ ކުދިން ނުނެގޭ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަކު، އެކަށީގެންވާ ތައުލީމު ނެތުމާއި ޑްރަގްގެ ވަބާގައި ޖެހުމުންދާތީ މުޖުތަމައު އަދި ސަރުކާރުން އުފުލާ ބުރަ ބޮޑުވެ، އިގުތިސޯދަށް ނުރަނގަޅު އަސަރުކުރާ ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރަނގަޅު ތަރުބިއްޔަތު ދެވި، މިލިޓަރީ ތަމްރީނު ދެވިއްޖެނަމަ އެ މީހުންނާއި އެ އާއިލާއަށް ވެސް ކުރިއެރުން އަންނާނެ ކަމަށެވެ. އެހެންވެ، ސަރުކާރުން ވަނީ، ގާނޫނެއް ހަދައި ގައުމީ ހިދުމަތުގެ ނަމުގައި ވަކި ޕްރޮގްރާމެއް ފަށަން ނިންމައިފަ އެވެ. އޭރުން ރަނގަޅު ނަތީޖާ ނުލިބޭ ދަރިވަރުން، 16 އަހަރުވުމުން ސިފައިންގެ ނުވަތަ ފުލުހުންގެ ތަމްރީނު ހަދައި ވަޒީފާ ލިބޭނެކަން ފާހަގަ ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
01 May 2025
މިގައުމުގަ ލޮލަކާ ބޮލަކާ ހުރިއްޔާ ސިފައިންގެއައް ވަދެވުނަސް ކުރިއަރާފަ ހުރި ގައުމުތަކުގަ ތައުލީމީ ފެންވަރު ހުއްޓަސް ތިކަމައް ހާއްސަ ތޫނުފިލިކަން ދެނެގަންނަ ޓެސްޓަކުން ފާސްވެގެން ތިފަދަ މަގާމުތަކުގަ އުޅެވެނީ
އަލް އުސްތާޒު
01 May 2025
ސިފައިންގެ ވަޒީފާއަކީ ކޮންމެ ކޮންމެ މީހަކަށަ އަދާ ކުރެވޭނޭ ވަޒީފާއެއެއް ނޫން. ގައިގައި ހިތްވަރަކާ ތެދު ނިޔަތެއް ހުރެގެން ނޫން ގޮތަށް ސިފައިންގޭގައި ނޫޅެވޭނެ.
ތަފްސީލު
01 May 2025
ވަރަށް ރަނގަޅު ޕްރޮގްރާމެއް، މިއާއެއްކޮށް، ސަރުކާރު، އަދި ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏެއްގެ ވަޒީފާއަކަށް ނަގައިގެން ނުވާނެ، މި ޕްރޮގްރާމް ފުރިހަމަ ނުކުރާ ކުއްޖަކު، އަދި އޯލެވެލް ފެށިގެން މަތީ ސަނަދުތައް ގަބޫލުކުރާ ވަޒީފާތަކަށް މީހުން ނަގާއިރު، ދިވެހި ނުވަތަ އިސްލާމުން ފާސްވުން މަޖުބޫރު ކުރަންޖެހޭ، އޭރުން ހެޔޮބަދަލުތައް ފެންނާނެކަމަށް ބެލެވޭ
ބުއިއްޒު
01 May 2025
މީތި ފެއިލްވާތަން މަބަލާފަ ހޭނަން.
ރަދީފްއޮފިޝަލް
01 May 2025
ތިހެން އުއްމީދުކުރުން އެއީ ދެރަވަރުކަމެއް.
ބުއިއްޒު
01 May 2025
މައި ފްރެންޑް ރަދީފް. ފެއިލްވާނެ ވާހަކަ މިބުނީ އެކަމަށް އުންމީދުކުރާތީކީ ނޫން އެކަމަކު މިކަން ހިންގަން ތިބި މީހުންގެ ނާގާބިލުކަމުން. މުއިއްޒު އިހުސާނު ގައްސާނު މިވެރިން ދުވާލު ދެދަޅައަށް ފެއިލްވާއިރު މިކަން ފެއިލްނުވާނެ ކަމަށް ވިސްނާނީ ކިހިނެތް؟
raajje
01 May 2025
ބުއިއްޒު: ފޭލިޔަރުންނަށް އަބަދުވެސްހީވާނީ ކޮންމެކަމެއްވެސްފެއިލްވާނެކަމަށް އަދި ފޭލިޔަރުން އެންމެއުފާވާނީ އެހެންމީހުންކުރާކަމެއް ފެއިލްވީމާ، ބުއިއްޒު ގެނަމުގައިކޮށްފައިވާކޮމެންޓުން މިކޮމެންޓުކުރިފަރާތަކީ އެހެންމީހުން ފެއިލްވާތަންފެނުނީމާ ހެވިއުފާވާފަރާތެއްކަން ހާމަވާތީ މިކޮމެންޓުކުރީ ފޭލިޔަރެއްކަން އެއްވެސްއޮޅުމެއްނެތިހާމަވޭ!
ލަކުނު
01 May 2025
މަސްތުވާތަކެތީގެ ވަބާއިން އަހަރުމެންގެ މި ކުޑަ ވަތަން ސަލާމަތް ކުރުމަށް ރައީސް ތައާރަފްކުރި ވަރަށް މުހިންމު ކަމެއް މިއީ. އަހަރެންގެ އޭޖް ކަޓައިފި. ތިވަރުގެ ދަރިއެއް ހުރި ނަމަ ވެއްދީސް
ހައިފާ
01 May 2025
ބައެއް މީހުން ހީކުރަނީ މީހަކަށް ވަނީ ބޮޑު ގޮޑިއެއްގައި އިށީނުމޭ. ހަޤީޤީ މީހަކަށް ނުވަތަ މުޖްތަމަޢު ބަލައިގަންނަ މީހަކަށް ވެވޭނެ އެންމެ ރަނގަޅު ފުރުސަތަކީ ދިފާޢީ ބާރުގެ ތެރެއަށް ވަނުން. އެންމެ ބޮޑު ހެއްކަކީ ދިވެހިން މިއަދާ ހަމައަށް ވެސް ފަހުރުވެރިވަނީ ނޮވެމްބަރު 3 ގެ ޝަހީދުންނަށް.
އަހްމަދު ފާރޫޤް
01 May 2025
ވަޒީފާ ނެތޭ ވަޒީފާ ނެތޭ މިއީ އަބަދުވެސް އިވޭ ޝަކުވާ. މި ފުރުސަތުގެ ބޭނުން ހިފަމާތޯ. މައިންބަފައިން ދަރިންނަށް ވިސްނުވުއިދީ. ކޮންމެ ވަޒީފާއަކޯ "ބޮޑު މޭޒެއްގައި އިނުން" މިހެން ނުވިސްނާ. ހަރުދަނާ މީހަކަށް އަޅުގަނޑުމެންގެ ދަރިން ހަދަމާތޯ
ޒަހުވާން މުހައްމަދު
01 May 2025
ރާއްޖެއަކީ ޓޫރިޒަމަށް ބޮޑު އިސްކަމެއް ދީގެން އަންނަ ޤައުމަކަށް ވީ ހިނދު އަޅުގަނޑުމެންގެ މި ކުޑަ ގައުމުގައި ޑިސިޕްލިން ވަރަށް މުހިންމު. އަޅުގަނޑުމެންގެ ޤައުމަށް އަންނަ ފަތުރުވެރިން ކުރިމަތީގައި އަޅުގަނޑުމެން މިސާލު ދައްކަން ޖެހޭ. ހެދި ބޮޑުވަމުން އަންނަ ކުދިން މިފަދަ ޕްރޮގްރާމް ތަކުގައި ބައިވެރިވުން އެއީ ބޭނުންތެރި ކަމެއް
ރުކްޝާނާ
01 May 2025
މިއީ ކެރިއަރެއް ބިނާ ކުރުމަށް ޒުވާނުންނަށް އޮތް ރަނުގެ ފުރުސަތެއް. އަލަށް ބޮޑުވަމުން އަންނަ ކުދިން ތަރުބިއްޔަތައްޓަކައި މި ފުރުސަތުގެ ބޭނުން ހިފުން ވަރަށް މުހިންމު
ރުފތުރ
01 May 2025
ވަރަށް ރަނގަޅު. މަގުމަތީގައި ބިތްޖެހިގެން މަސްތުވާތަކެއްޗާއި ގޭންގުތަކުގެ ވަކިތަކުން ކުރިއަށް އޮތް ޖީލު ސަލާމަތްކޮށް ހަރުދަނާ ރައްޔިތުންނާއި މުޖުތަމަޢެއް ބިނާކުރުމަށް ގައުމެއްގެ ސަރުކާރަކުން އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅަކީ މިއީ. މިކަންތައް ގައުމުދެކެ ލޯބިވާ ކޮންމެ މީހަކު ބަލައިގަންނާނެ. މިކަމާއި ދެކޮޅުހަދާ، ސިޔާސީކުރާނީ އަމިއްލަ އެދުން ބޮޑު، ފިތުނަވެރި، އެހެން އެޖެންޑާއެއް އޮތް ބަޔަކު ކަން ޔަގީން.