ޚަބަރު / އަހުމަދު އުޝާމް (އެޓާނީ ޖެނެރަލް)

ދުނިޔޭގެ ކޯޓުގައި ރާއްޖޭން ފާހަގަކުރީ ޒިންމާތަކުން ރެކެން އިޒްރޭލުން ދައްކާ ބަހަނާތައް

ބަންޑާރަ ނައިބު އަހްމަދު އުޝާމް މިއަދު އައިސީޖޭގައި ރާއްޖޭގެ ފަރާތުން ބަޔާން ދެއްވަނީ. -- ފޮޓޯ: އޭޖީ އޮފީސް

ފަލަސްތީނަށް ދޭ އިންސާނީ އެހީތައް އިޒްރޭލުން ހުއްޓުވާ މައްސަލާގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިހާރު ބަލަމުންދާ މައްސަލާގައި ރާއްޖޭގެ ބަންޑާރަ ނައިބު އަހްމަދު އުޝާމް ބަޔާންދީފި އެވެ.

ބަންޑާރަ ނައިބްގެ އޮފީހުން ނެރުނު ނޫސް ބަޔާނުގައި ބުނީ އިޒްރޭލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އދ. އާއި އެހެން ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި އެހެން ގައުމުތަކުން ތިބުމާއި އެ ބިންތަކުގައި އެ ފަރާތްތަކުން ހިންގާ ހަރަކާތްތަކާ ގުޅިގެން އިޒްރޭލުގެ އިލްތިޒާމްތަކާ ގުޅޭ ގޮތުން އައިސީޖޭގެ އިޝްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލާގައި ރާއްޖެއިން ބައިވެރިވެ، ކޯޓުގައި ބޭއްވި އަޑުއެހުމުގައި މިއަދު މެންދުރު ފަހު ބަޔާންދީފައިވާ ކަމަށެވެ.

އެ މައްސަލައަކީ އެހެން ގައުމުތަކުން ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމަށް ހުރަސް އަޅައި، ފަލަސްތީނުގެ ރެފިއުޖީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އދ. ގެ މައި ޖަމިއްޔާ ކަމަށްވާ، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އޭޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް އިން ދަ ނިއާ އީސްޓް (އަންރުވާ) ގެ މަސައްކަތްތައް ހުއްޓުވާލުމަށް އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުން ނިންމައި ގައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވަމުންދާ ފަރާތްތަކަށް އަމާޒުކޮށް އިޒްރޭލުން ހަމަލާތައް ދެމުންގެންދާތީ އެ ގައުމުން އުފުލަންޖެހޭ ޒިންމާތަކާ ގުޅޭގޮތުން އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހެޅުމުން ކުރިއަށްދާ މައްސަލައެކެވެ.

އދ. ގެ އާންމު މަޖިލީހުގެ ގަރާރަކުން ޑިސެމްބަރު 19، 2024 ގައި އެކަން ފާސްކުރުމުން ހުށަހަޅާފައިވާ މި މައްސަލާގައި އާންމުކޮށް ހުޅުވާލައިގެން ބޭއްވޭ އަޑުއެހުންތަކުގައި ބައިވެރިވެ ބަޔާން ހުށަހެޅުމުގެ ފުރުސަތު ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކަށް ވަނީ ހުޅުވާލައިފަ އެވެ.

ރާއްޖެ ތަމްސީލު ކުރައްވާ، އުޝާމް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ރާއްޖެއިން ކެނޑަނޭޅި ވަކާލާތު ކުރައްވާނެ ކަމަށެވެ.

ފަލަސްތީނުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭކަން ކަށަވަރުކުރުމުގެ މުހިއްމު ކަމަށް އަލިއަޅުއްވާލައްވާ އުޝާމް ވިދާޅުވީ އަންރުވާ ރޫޅާލުމަށް އިޒްރޭލުން ގަސްދުގައި އަޅާފައިވާ ފިޔަވަޅުތަކާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުން، އެމީހުންގެ އިންސާނީ ހައްގުތައް ހޯދުމަށް ކުރަމުންދާ މަސައްކަތަށް ދިވެހި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

އެ އަޑުއެހުމުގައި ރާއްޖެ ތަމްސީލު ކުރެއްވި ބައިނަލްއަގްވާމީ ވަކީލުން ހުށަހެޅުއްވި ބަޔާންތަކުގައި ވެސް ވަނީ ބޭރުގެ މުއާހަދާތަކުން ރެކުމަށް އިޒްރޭލުން ގައުމީ ސަލާމަތާއި ހަނގުރާމަވެރި ބޭނުންތެރިކަން ސަބަބެއްގެ ގޮތުގައި ދައްކަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ކަމަށެެވެ.

އެ ބޭފުޅުން ވަނީ އިޒްރޭލާއި އަންރުވާއާ ދެމެދު ސޮއިކޮށްފައިވާ 1967 ގެ އެކްސްޗޭންޖް އޮފް ލެޓާސް އިން އިޒްރޭލު ނިކުތުމުގެ ގާނޫނީ ނަތީޖާތަކަށް ވެސް އަލިއަޅުއްވާލައްވައިފަ އެވެ.

ފަލަަސްތީނާއި އިޒްރޭލުގެ މައްސަލައަަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށެއްގެ ގޮތުގައި ކަނޑައެޅުމާއި މިނިވަން މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއް ގާއިމުކުރުން ކަމަށް ދިވެހި ސަރުކާރުން ދެކެ އެވެ. އެ ހައްލު ހޯދުމަށް ފަލަސްތީނުގެ ރައްޔިތުން ކުރާ މަސައްކަތުގައި އެއްބާރުލުންދިނުމުގައި ދިވެހި ދައުލަތުން ސާބިތުކަމާ އެކު ދެމި އޮންނާނެ ކަމަށް ވެސް ބުންޏެވެ.

7 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 0%
icon angry icon angry 18%
icon wow icon wow 0%
icon inlove icon inlove 65%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ށސ11

02 May 2025

އެމެރިކާގެ ނުބައިކަމުގެ ވާހަކަ ދެއްކިންތަ؟

The name is already taken The name is available. Register?

މިރުޒާ

03 May 2025

ނުކެރޭނެ ދައްކާކައް

The name is already taken The name is available. Register?

1206

02 May 2025

ގިރިޓީ ޑިޕްލޮމެސީގައި ތިޔަހެން ތިއްބާ ގަރުނެއް ފާއިތުވެދާން ކުޑަތަންްވެފައި މި އޮތީ. ކަން އޮތީ މި ފަދައިން ނަމަވެސް ގައުމެއްގެ މީހުން ހަފުސްވެ ހަސްފަސްވެ ނެތި ދިއުން މި އޮތީ ފެންނަން ލޯ މަތީ. ފަލަސްތީނުގެ ހައްގަށްޓަކައި ބުނަން. ފަލަސްތީނާ މެދު މުޅި އިސްލާމީ އުއްމަތް މި އޮތީ ބޮޑުތަނުން ކުށްވެރިވެފައި. ކަމަކަށްވާ ކަހަލަ އުރައްޕެއް ހުރި ކަމެއް، ޤާބިލުކަން އޮވެމެ ނުކުރީމާ.

The name is already taken The name is available. Register?

ބިރަކާ ނުލާ ދޮގުހެދުން

02 May 2025

ޒިންމާއިން ރެކެން ބައެއް މީހުން އަބަދުވެސް ކިޔަނީ ކުރީ ސަރުކާރޭ!

The name is already taken The name is available. Register?

ނޯ ޒަޔަނިޒަމް

01 May 2025

ބޮން އަޅާ ފަލަސްތީނު މީހުން މެރިޔަސް އިޒްރޭލަކަށް ނެތް އަމާންކަމެއް. އިޒްރޭލަށް އޮތްހާވެސް އެއްޗަކީ ފަލަސްތީނުގެ ދައުލަތަށް އިއުތިރާފްވުން.

The name is already taken The name is available. Register?

ގެދާނޯމޮސް

01 May 2025

ނިސްބަތުން ބާރުގަދަ މުސްލިމް ގައުމުތަކަށް ކުރެވޭނެ ކަމެއްނެތި ތިބޭއިރު ދުނިޔޭގެ ކޯޓަކަށް މައިތިރި ވާނޭ ބަޔެއްކަމަކަށް ނުބެލެވެއެވެ.

The name is already taken The name is available. Register?

‫އަހުސަން

01 May 2025

ޔ‫ޫއެން އަދި ޢިންސާނީއެހީދޭ މިޒަމާނުގެ ޖަމާއަތްތަކުގެ ވެރިންގެ ބޭނުމަކީވެސް ގަޒާހުސްކޮށް އިޒްރޭލުގެ ބިމުގެ ސަރަހައްދު ބޮޑުކުރަމުން ގެންދިއުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454