ހުޅުމާލެ ސިޓީ ހޮޓެލް: އެތަން ހިންގުން އެކަމަށް ހާއްސަކޮށް އުފެއްދި އަމިއްލަ ކުންފުންޏަކާ ވަނީ ހަވާލުކޮށްފައި.-- ފޮޓޯ: އެޗްޑީސީ
02 މެއި 2025 - 18:13
އެސްޓީއޯ އިން ހުޅުމާލޭގައި ހެދި ސިޓީ ހޮޓެލް ހިންގުން އެކަމަށް ހާއްސަކޮށް އުފެއްދި އަމިއްލަ ކުންފުންޏަކާ އެޗްޑީސީން މިއަދު ހަވާލުކޮށްފި އެވެ.
އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ހުޅުމާލޭގައި އިމާރާތްކުރަން ފަށާފައިވާ ސިޓީ ހޮޓާ އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމައި، އެތަނުގެ ހިންގުން "ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް"އާ ހަވާލުކުރުމަށް މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޮފީސް ބައެއް ހިމެނޭ ގޮތަށް ހަދާ އެ ހޮޓަލުގެ މަސައްކަތް ހަވާލުކުރި ކުންފުންޏަކީ އެތަން ހިންގުމަށް ހާއްސަކޮށް އުފައްދާފައިވާ ކުންފުންޏެއް ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އެޗްޑީސީން ބުނީ "ވޯލްޑް އޮފް ބިޒްނަސް"އާ ހަވާލުކޮށް މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ، އެ މަސައްކަތާ ކުރިން ހަވާލުވި އެސްޓީއޯއާއެކު ސެޓްލްމަންޓް އެގްރީމަންޓަކަށް ދިއުމަށް ފަހުގައި ކަމަށެވެ.
ހުޅުމާލެ ސިޓީ ހޮޓެލް: އެތަން ހިންގުން އެކަމަށް ހާއްސަކޮށް އުފެއްދި އަމިއްލަ ކުންފުންޏަކާ ވަނީ ހަވާލުކޮށްފައި.-- ފޮޓޯ: އެޗްޑީސީ
އެ ސިޓީ ހޮޓަލުގައި ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޭރިއާ (3.5 ފްލޯ ސްޕޭސް)ގައި ސަރުކާރުގެ މުހިންމު ވައުދުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖާއި ޔޫތް ސެންޓަރު (އީ-ސްޕޯޓްސް) އާއި ހެރިޓޭޖް ކޮލެޖް އަދި މެޑިކަލް ކޮލެޖް ހަދާނެ ކަމަށާއި އެ ތަންތަން ނިންމައި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތް ފަށާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނި ގޮތުގައި، އެ ހޮޓަލުގެ ބާކީ ޖާގައިގައި ފަސް ތަރީގެ ފެންވަރުގެ 158 ކޮޓަރި ހަދައި، 9 މަސް ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ.
"މިއީ، ރާއްޖެ ޒިޔާރާތްކުރާ ޓޫރިސްޓުންށް ޓްރާންސިޓް ކުރެވޭނެ ރަނގަޅު ހޮޓަލެއް ހުޅުމާލޭގައި ތަރައްގީކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެލައްވާފައިވާ ވައުދުފުޅާ އެއްގޮތަށް، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ހިދުމަތް ދެވޭ ގޮތަށް ތަރައްގީކުރާ އިމާރާތެކެވެ،" އެޗްޑީސީގެ ބަޔާނުގައި ބުންޏެވެ.
އެޗްޑީސީން ބުނީ އެ ހޮޓެލް ހުޅުވަނީ "މެންހަޓަން ގްރޭންޑް ހޮޓެލް"ގެ ނަމުގައި ކަމަށެވެ.
"ވޯލްޑް އޮފް ބިޒްނަސް" އިން އެ ހޮޓެލް ހިންގުމަށް ހަމަޖެހިފައިވަނީ 50 ޕަސެންޓް ފޮރިން އިންވެސްޓްމަންޓާ އެކުގައި ކަމަށާއި އެ މަޝްރޫއަށް އިންވެސްޓުކުރަނީ ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ "ޑީޕް ސީފުޑް ކޮމްޕެނީ" އިން ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
ރާއްޖޭގެ ކުންފުނިތަކުގެ ރަޖިސްޓްރީގައިވާ ގޮތުން "ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް" އަކީ މިދިޔަ ފެބްރުއަރީ މަހު އުފެއްދި ކުންފުންޏެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކްސްް
03 May 2025
އެމްއޯޔޫއެއްގައި ސޮއިކުރިއަސް ތިތަން އޮޕަރޭޝަނަށް ގެނެވޭނީ ކިހާ ދުވަހަކުން ކިހާ ޚަރަދެއްކޮށްގެންބާ؟
ލަކީ
03 May 2025
ހެހެ ހަމަ މި 9 މަސް މީދެން ހަމަ ވަރަށް އާންމު އަދަދެއް މިސާލަކަށް ފުށިދިއްގަރު ވެސް ހިއްކާނިމޭނެ ކަމަޢް ބުނީ 9 މަސް ދުވަސް މިހާރު މި ހޮޓާވެސް ނިންމަން 9 މަސް ހެހެހެ ދެން ކީކޭ ބުނާނީ ހަމަ ތިބެގެން އަހަރމެން މޮޔަ ހައްދަނީ 158 ކޮޓަރި 270 ދުވަހުން ކިހިނެއް ނިންމާނީ މި ރާއްޖޭގަ ހެހެހެ 1.7 ދުވަސް ރޫމަކަށް ކިހިނެއް ވާކަމެއް ބަންކަރިން މިނިސްޓަރ ޖަހާ ހިސާބު އެހެން މީހުންނަށް ނޭގޭ ކަހަލުގެ ގޮތަކަށް ޖަހާނަމަ ރަންގަޅު
ރޮއި ހޭރި ޓޭޖު
03 May 2025
"ހެރިޓޭޖް ކޮލެޖް"؟ ކޮން ކަމެއްތަ މިއީ ދެން؟!
ގުދުގުދާބެއްޔާ
03 May 2025
މިއީ ހަމަ ނޫސްތަކުގެ ފަލަސުރުހީ ފުރަން ކުރާކަމެއް! މިމީހުންނަށް އެއްވެސް ކަމެއް ނުވާނެ! އަދި ނުވިތާކައް އިބޫމެން ފަށާފައިވާ ކަންކަން ވެސް ނުނިންމިގެން އުޅޭނީ! 9 މަސްވެސް ފާއިތުވެގެން ދާނެ! ބަލަން ތިބޭ މިބުނިގޮތް ނޫން ގޮތެއް ނުވާނެ!
އޮނަރަބްލް އަފީފު ދީދީ
02 May 2025
އައްޑޫ މީހުންގެ ވޯޓްހޯދަން އަޅާނެކަމަށްބުނި ހުޅުމީދޫ ކޯއްޓޭ ބްރިޖް ނޭޅޭނެކަން ޔަޤީން ވެފައިވާއިރު ދެން ބާކީއޮތް 3 އަހަރުން އައްޑޫގައި ނިންމާލެވޭނެ ހަމަ އެކަނި ޕްރޮޖެކްޓަކީ އެއަރޕޯޓް ޓްރާންސިޓް ހޮޓަލެއް ތަރައްޤީކުރުން. މިއަހަރު އެއްބަސްވުމުގައި ސޮއިކޮށް ޗައިނާގެ ކުންފުންޏަކާއި މަސައްކަތް ޙަވާލުކޮށްފި ނަމަ 2028ގެ ކެމްޕޭނުގެ ކުރިން މަސައްކަތް ނިންމާ ހޮޓާ ޙަވާލުކުރާނެ. އުއްމީދަކީ އައްޑޫ އެއަރޕޯޓްގައި މިދަންނަވާފަދަ ހޮޓަލެއް ތަރައްޤީކުރަން ހުޅުވާލުން.
އޮނަރަބްލް އަފީފު ދީދީ
02 May 2025
އައްޑޫ އެއަރޕޯޓްގައިވެސް GAN Equatorial Transit Hotel ގެ ނަމުގައި ޓްރާންސިޓް ހޮޓަލެއް ތަރައްޤީކޮށް ހޮޓަލުގެއަގު އެއްފަހަރާ ދޭ ފަރާތަކަށް 99 އަހަރަށް ހޮޓާ ދޫކޮށްލުމުން ސަރުކާރަށް އެއްވެސް ބުރަކަމެއްނެތި ދެކުނުގައި 2000 މީހުންގެ ވަޒީފާ އުފެއްދިދާނެ. އަދި މިކަމުގެ ސަބަބުން ދެކުނުގައި ބާރުމިނުގައި ޓްއަރިޒަމް ތަރައްޤީކުރަން މަގު ހުޅުވިގެންދާނެ. މީގެ އެންމެ ޙާއްސަ ކަމަކަށް ވެގެންދާނީ މޯލްޑިވިއަންގެ ސީޕްލޭން ފްލީޓަށް މުޅިދެކުނުގެ ކަނެކްޓިވިޓީ ލިބުން.
ޕޮޕިލީ
03 May 2025
ޢައްޑޫގަ އެކަނިތަ ވަޒީފާ އުފައްދަން ޖެހެނީ.. އަޖައިބެއް
ޖިހާދު.
03 May 2025
އަފީފު އެދައްކަނީ ގޯސް ވާހަކަ ތަކެއްނޫން. އައްޑޫގައި 2000 ވަޒީފާ އުފައްދައިފިނަމަ އައްޑޫ ސަރަހައްދުން މާލެއަށް އަންނަ މީހުންގެ ތެރެއިމް 2000 މީހުން މަދުވެއްޖެނަމަ މާލެ ސަރަހައްދުގައި އިތުރު 2000 މީހުންގެ ވަޒިފާ އޮންނާނެ. އެހެންވީމާ އެއީ މާލެ ސަރަހައްދުގައި ވަޒިފާ ނެތި ތިބި މީހުންނަށް ވަޒީފާ އިތުރުވީ.
އޮނަރަބްލް އަފީފު ދީދީ
02 May 2025
އިންފްލައިޓް ކެޓަރިންގ ސާވިސް އާއި ޑިޕާޗަރ ބިޒިނެސް ލައުންޖްގެ ހިދުމަތާއިއެކު، ބީޗް ކޮޓަރިވެސް ހިމެނޭގޮތަށް ގޭން އެއަރޕޯޓްގައި ހަތަރު ⭐️ ގެ 1000 ކޮޓަރީގެ އެއަރޕޯޓް ޓްރާންސިޓް ހޮޓަލެއް ތަރައްޤީކުރަން ޗައިނާގެ އެގްޒިމްބޭންކް ލޯނާއި، ޗައިނާސަރުކާރުގެ އެހީހޯދުމަކީ ވަރަށް ފަސޭހަކަމެއް. އައްޑޫސިޓީގައި އިންވެސްޓްކުރަންބޭނުންކަން ޗައިނާސަރުކާރުގެ ފަރާތުން އެތައް ފަހަރެއްގެމަތިން އިޝާރާތްކޮށްފައިވާތީ، މިއީ ވަރަށް ފަސޭހަކަމާއިއެކުގައި ކުރެވެން އޮތްކަމެއް.
އޮނަރަބްލް އަފީފު ދީދީ
02 May 2025
ދައުލަތާއި ރައްޔިތުނަށް ޓްއަރިޒަމް ސިނާއަތުގެ ފައިދާ "ހުރަހެއްނެތި ހޯދާ ދިނުމަށްޓަކާ" ސަރުކާރުގެފަރާތުން ކުރާންޖެހޭ އެންމެ މުހިންމުކަމަކީ ހަނިމާދޫ އާއި GAN International Airport ގައި ⭐️ ⭐️ ⭐️ ⭐️ ގެ އެއަރޕޯޓް ޓްރާންސިޓް ހޮޓާތައް ތަރައްޤީކޮށް އެއަރޕޯޓް ޓްރާންސިޓް ހޮޓާތަކުގެ މިލްކުވެރިފަރާތަކީ ދައުލަތާއިރައްޔަތް ޙިއްސާވާކުންފުނި MTDC ކަމަށް ކަޑައަޅާ ހޮޓާއަޅަން ކުރި ޙަރަދު އަބުރާ ލިބެންދެން ސަރުކާރުން އެހެންފަރާތަކަށް ހޮޓާ ކުއްޔަށްދީގެން ހިންގުން.
ރަންނަ
02 May 2025
ތިބުނާ 4 މަހަކާ 9 މަހެއް ބަލަން މިތިބީ. މުޅިންވެސް ޖީބުފުރާ ޑީލު
ވަލީދުބެ
02 May 2025
މީޑިޔާ ސެންޓަރުތަކާ ހެރިޓޭޖް އޮފީހަކީ އާންމުން އެހާވަންނަނަންޖެހޭ ތަންތަނެއްނޫން. ތިހާފަސޭހައިން އެކްސެސްވެވޭ އިމާރާތަކަށް ރަނގަޅުވާނީ އައިޑީކާޑު ، އިމިގްރޭޝަން ، ޓްރާންްސްޕޯޓް ނުވަތަ ސިޓީކައުންސިލް ފަދަ އާންުމުން ގިނައިން ދާންޖެހޭ އޮފީސްތައް ބަދަލުކުރުން. އޭރުން ދަތުރުފަތުރުގެ ފަސޭހަކަން ރައްޔިތުންނަށްލިބޭނީ.