ފިލިޕީންސްގެ ނައިބް ރައީސް ރޮބްރެޑޯ ވާހަކަ ދައްކަވަނީ.
16 މާޗް 2017 - 17:15
މެނީލާ (މާޗް 16) - ބަޑީގެ ވަޒަން ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރި ނުހުއްޓުވޭނެ ކަމަށް ވިދާޅުވެ ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ އަށް އެ ގައުމުގެ ނައިބް ރައީސް ލެނީ ރޮބްރެޑޯ ފާޑު ވިދާޅުވެއްޖެ އެވެ.
މިއީ ޑުޓާޓެގެ ކެމްޕޭނަށް ނައިބް ރައީސް އެންމެ ފާޅުކަން ބޮޑު ގޮތުގައި ފާޑު ވިދާޅުވި ފަހަރެވެ. އެކަމަނާ ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ ހަރުކަށި ޖަރީމާތަކުގެ ހަގީގަތް ނޭނގޭ ކަމަށެވެ. އެކަން ކުރަނީ އަޑި ނޭނގޭ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.
ޑުޓާޓެ ވެރިކަމަށް ވަޑައިގެން މަސްތުވާތަކެއްޗާ ދެކޮޅު ކެމްޕޭން މިދިޔަ ޖުލައި މަހު ފެއްޓެވި ފަހުން މިހާތަނަށް 7،000 މީހުން މަރާފައިވާ ކަމަށް ވީޑިއޯ މެދުވެރި ކުރައްވާ ރޮބްރެޑޯ ދެއްވި މެސެޖުގައި ވިދާޅުވި އެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ގިނަ ބައެއްގެ ފަރާތުން އެކަމަނާ އަށް ޝަކުވާ ލިބިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ރޮބްރެޑޯ ވިދާޅުވީ އާއްމުންގެ އިތުރުބާރު ލިބޭ ގޮތަށް ގާނޫނުގެ ތެރޭން ކަންކަން ކުރުމަށް ޑުޓާޓެ އަށް އޭނާ ދަންނަވާފައިވާ ކަމަށެވެ.
ޑުޓާޓެގެ ކެމްޕޭނަށް ފިލިޕީންސްގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ކޮމިޝަނުގެ އިތުރުން ބައިނަލްއަގުވާމީ ފަރާތްތަކުން ވެސް ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުުމޭ
30 July 2017
ނުހުއްޓުވޭނެޔޭ އަޖައިބެއްތީ
ބުރަދަ އެންޑް އަޑީބް
16 March 2017
މިހާރު ޑުރަގުކަންތައް ގޮއްސާ އޮތް ހިސާބުން އެކަން ހުއްޓުވެން އަންނަނީ ކަނޑިޔާ ބަޑި ބޭނުންކޮށްގެން.