ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ އަރިހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، މުއިއްޒަކީ އޭރުގެ ހައުސިން މިނިސްޓަރު --
03 މެއި 2025 - 14:43
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް އިހުތިރާމް ކުރައްވަން ކަމަށާއި އެމަނިކުފާނުގެ ޝަރީއަތަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ގިނަ ދުވަސްތަކަކަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އިންތިހާބުވި ފުރަތަމަ ދުވަހު އިއުލާނުކުރެއްވި ގޮތަށް ޖުޑީޝަރީއަށް އެއްވެސް ނުފޫޒެއް ފޯރުވާފައިނުވާ ކަމަށާއި އެއީ އެމަނިކުފާނުގެ ޟަމީރު ގަބޫލުކުރައްވާ ކަމެއް ވެސް ނޫން ކަމަށެވެ.
ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާއާ ގުޅިގެން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ފުއްގިރި މައްސަލާގައި އަޑުއެހުންތައް އަލުން ފެށި ވާހަކަ ވެސް ފެނުނީ ނޫހުން ކަމަށާއި ޕީޖީ އޮފީހަކީ މިނިވަންކޮށް ހިނގާ ތަނެއް ކަމަށެވެ.
"އަޅުގަނޑު ނުފޫޒެއް ނުފޯރުވަން ރައީސް ޔާމީންގެ ކޭސް އަކަށް. އަދި އެހެން އެއްވެސް މީހެއްގެ ކޭސް އަކަށް ވެސް. އަޅުގަނޑު ކުރާނެ ކަމެއް ނޫން އެއީކީ. އަޅުގަނޑު ވަރަށް ރެސްޕެކްޓް ކުރާ ބޭފުޅެއް ރައީސް ޔާމީނަކީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޔާމީންގެ ވެރިކަމުގައި މިނިސްޓަރަކަށް ހުންނެވިއިރު ވެސް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި ހަޔާތުގައި ވެސް އެންމެ ގިނަ މަސައްކަތް ކުރެވިފައިވަނީ ޔާމީންގެ ވެރިކަން ދިފާއުކޮށްދިނުމަށް ކަމަށެވެ.
ރައީސް ވަނީ ޔާމީންގެ ޝަރީއަތަށް ވެސް އަދި ގުޅުން ހުރި ހެއްކަކަށް ވެސް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި، މިއަދު އެމަނިކުފާނު ގޭގައި ހުންނެވީ ރައީސް ކަމަށް ވަޑައިގެންނެވި ދުވަހުން ފެށިގެން ކުރެވުނު މަސައްކަތުން ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެމަނިކުފާނު މިނިވަން ވެފައި އެހެރީ އަޅުގަނޑު ސިޔާސީ ނުފޫޒު ނުފޯރުވާތީ. އެއީ ސިޔާސީ ދައުވާއެއް ކޮށްގެން ޖަލަށް ލާފައި ހުރީމާ، ސިޔާސީ ނުފޫޒު ނުފޯރުވާތީ ހުކުމަކުން މިނިވަން ވެފައި އެހުރީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ޔާމީނަށް އިހުލާސްތެރިއެއްގެ ގޮތުގައި ހުންނެވި ކަމަށް ޔާމީން ގަބޫލުކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ޔާމީނާ ކައިރީގައި ތިއްބެވި ބޭފުޅުން މިކަމާ ގުޅުވައި ދޮގު ވާހަކަ ފަތުރާތީ ވަރަށް ދެރަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް މިހެން ވިދާޅުވީ ޔާމީނަށް ކުރާ ދައުވާގައި ހިމެނޭ ފައިސާއަކީ ޑޮލަރު މާރުކުރުމަށް ހޯދި ފައިސާއެއް ކަން ސާބިތުކޮށްދޭން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ، ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު އަދި މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހެކިބަސް ނުދޭން ނިންމާފައިވާތީ ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ.
ނަރީޝް ހެކި ބަސް ނުދޭން ނިންމެވި އިރު، އޭނާ އާއި ޔާމީނާ ދެމެދު އޮތް ސިޔާސީ އެކުވެރިކަން މިހާރު ވަނީ ގެއްލިފަ އެވެ. ޕީއެންސީގެ މެންބަރެއްގެ ގޮތުގައި ނަރީޝް ހުރިއިރު، ޔާމީން ގެންދަވަނީ މި ސަރުކާރަށް ތާއިދު ނުކުރާކަން ހާމަކުރައްވައި ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަހުމް އާދަމް
04 May 2025
މުއިއްޒް އަސްލު ވަރަށް ރަނގަޅު. ޔާމީންއަށް ހަރާމް ހުކުމެއް ކުރަން ކޯޓް ތަކަށް އަތް ނުބާނާކަން އަހަންނަށްވެސް ފާހަގަވީ.
ޝަހުޒާން
04 May 2025
އަސްލުވެސް. އެހެން ނޫންނަމަ އޮންނާނީ ކުޑަ ގޮޅީގައި
މުހައްމަދު ހަނީފް
04 May 2025
ޔާމީން މިނިވަން ވީ ހަގީގަތުގައި ރައީސް މުއިއްޒް ވެރިކަމަށް އައީމަ އެހެން ނޫންނަމަ އޮންނާނީ ކުޑަ ގޮޅީގައި
ސުހާނާ
04 May 2025
މީގައި ކޮމެންޓް ކޮށްފައި މިހިރީ ހާދަހާ ކަންތައްތައް އެނގޭ ބަޔެކޭ ދޯ؟ މިއީ، ޣައިބުވެސް އެނގޭ ބަޔެއްބާ؟
އަންދާ ގާނޫނު
04 May 2025
އެއްވެސް ވެރިއަކު އަމިއްލަ އަކަށް ސީދާ ގާޒީންނަށް ނުގުޅާނެ. އެކަމަށް ތިބެނީ ޕުރޮކްސީން(މަންދޫބުން) ލާފަ. ވައްސަލާމް
ދޮލަގު
04 May 2025
ނުފޫޒެއް ނުފޯރުވާ. ޖޭއެސްސީ ރައީސަށް ގުޅާފަ ސުޕުރީމް ކޯޓު ޖަޖުން ކަންތައް ހިންގާލަން ބުނަނީ. އަމިއްލަ އަގައިންނޭ މިރޭ އެހެން ވެސް ބުނީ ބޭފުޅަަ!!!
ޑރ ވާންޗޯ
03 May 2025
މި ގަރުނުގެ ބޮޑުޖޯކު!!
ޕޫރުބެ
03 May 2025
މިގައުމުގަ އުޅޭ ގައުމީ ދޫނި ކާޅުވެސް ތިވާހަކަ ގަބޫލުނުކުރާނެއޭ! ކުއްލިއަކަށް ސްޕްރީމް ކޯޓް ލޮކް އަޅުވައި 3 ފަނޑިޔާރުން ބްލެކްމެއިލްކުރީ މަހޭ؟؟؟
ދިއްދޫމީހާ
03 May 2025
ޔާމީން އެއިރު އަރުއަޑުން ބުނަމުން ދިޔައީ ޝަރުއީ ކޯޓަކުން ކުރާ ހުކަމަކަށް ހައްލު ހޯދޭނީ ޝަރުއީ ކޯޓުންނޭ ޔަމީންވެސް ހަމަ މިހާރު ޖެހޭނީ ކޯޓުން ހައްލު ހޯދަން ދެން އޮތީ ނުފޫޒްގެ ވާހަކަ ޔާމީން ވެރިކަމުގައި ޔާމީން ނުފޫޒް ފޯރުވާފަ އޮތިޔާ މިދިޔަ ސަރުކާރުން އަދި މިސަރުކާރުންވެސް ހަމަ ނުފޫޒް ފޯރުވާނެ އެކަމް އެކެއް ފެބްރުއަރީ ހުކުމް ތަންފީޒް ނުކުރުން އެއީ ޔާމީން ވަރަށް މޮޅަށް ކުރިކަމެއް..
ފާތުންމެޑަމް
03 May 2025
ތިހެން ކުރީގެ ރައީސް އިބޫ ވެސް ބުނި. ޢޭރު އިބޫ އެހެން ބުނީމަ މަނުކުފާނު ބުނަމުން ދިޔައީ ސިޔާސީ ދައުވާ ތަކޭ ކުރަނީ. ސިޔާސީ ނުފޫޒުންނޭ ޖަލަށް ލީ. ދެން އެއީ ސިޔާސީ ދައުވާ ވެއްޖެއްޔާ އެދައުވާތައް އަނބުރާ ގެނެސް ޔާމީން މިނިވަން ނުކުރެވިގެން އުޅެނީ ކީއްވެ ބާ؟
ޑެބީ
03 May 2025
ބިރުން