ކުރީގެ ރައީސް ޔާމީން: އެ މަނިކުފާނަށް ރައްދު ދެއްވައި ޝުޖާއު ވިދާޅުވީ، ވާނުވާ ބަންދު މީހުން ޔާމީންގެ ވެރިކަމުގައި ވީ އިތުރު ކަމަށް.
06 ޑިސެމްބަރ 2025 - 07:43
މަޝްހޫރު "ވާނުވާ" ބަންދުގެ މައްސަލަ "ފަސް މިނިޓް" ގެ ތެރޭގައި ހައްލު ކުރެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވާއިރު، އެ ކަން ހައްލު ކުރެވޭނެ ގޮތެއް ނުހޯއްދަވައި އެ ވެރިކަމުގެ ފަސް އަހަރު ޔާމީން އިންނެވީ "ފަސް މިނިޓް ތާސްކުޅުމުގައި" ކަމަށް ވިދާޅުވެ، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ރައްދު ދެއްވައިފި އެވެ.
ޝަރީއަތް ނިމެންދެން ބަންދުކުުރުމަށް ފަހު، ޝަރީއަތް ނުނިމި ދިގުލައިގެން ގޮސް ވާނުވާ ނޭނގި ބަންދުގައި އެތައް އަހަރެއް ވެފައިވާ މީހުން [ވާނުވާ ބަންދު މީހުން] ގެ މައްސަލަތައް އަނެއްކާ ވެސް ސަމާލުކަމަށް އައީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރައްވަން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގަ އެވެ.
އެ ބައްދަލުވުމުގައި އާންމުންގެ ކަންބޮޑުވުންތައް ރައީސަށް ހުށަހަޅަން ފުރުސަތު ހުޅުވައިލުމުން ވާހަކަ ދެއްކި މީހަކު ބުނީ، ޔާމީން ވިދާޅުވާ ގޮތަށް ވާނުވާ ބަންދުގެ މައްސަލަ ފަސް މިނިޓްގެ ތެރޭގައި ހައްލު ކުރުމަކީ އެއްވެސް ކަމެއް ނޫން ކަމަށެވެ. ރައީސް މުއިއްޒު ހޯމް މިނިސްޓަރު އިހުސާނަށް އެންގެވުމުން ފުލުހުންނާއި ޕީޖީ އޮފީސް މެދުވެރިކޮށް އެ ކަން ހައްލުވާނެ ކަމަށް އެ މީހާ ބުންޏެވެ.
އެ ވާހަކަ އަށް ރައީސް މުއިއްޒު ވެސް އެ ޖަލްސާގައި ޖަވާބު ދެއްވާފައިވާއިރު، މެމްބަރު ޝުޖާއު ވަނީ ޔާމީން ހިމެނިވަޑައިގަންނަވާ ގޮތަށް އެންމެ ފަހުގެ ކުރީގެ ތިން ސަރުކާރަށް ވެސް ރައްދު ދެއްވައިފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި "ފަސް މިނެޓުން މިކަން ހައްލު ކޮށްދެއްވަން ވިދާޅުވި ރައީސް [ޔާމީން] ގެ ވެރިކަމުގައި ކްރިމިނަލް ކޯޓްގެ ސީލިން ވެއްޓުނީ ފަނޑިޔާރުންގެ ބޮލަށެވެ".
"ފަސް މިނެޓް އިންނެވީ ތާސް ކުޅުމުގަ އެވެ. ކޯޓްތަކުގެ ފަނޑިޔާރުން ވިދާޅުުވަމުން ގެންދެވީ މަސައްކަތް ކުރާނެ ފަހި މާހައުލެއް ނެތި މިއީ ހައްލު ހޯއްދަވަން ދަތިފުޅު މައްސަލައެއް ކަމުގަ އެވެ،" މި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ އިސް މެމްބަރު އަދި ޔާމީންގެ ބަހުގެ ހަމަލާތައް އެންމެ ގިނައިން އަމާޒުވާ ޝުޖާއު ވިދާޅުވި އެވެ.
ޔާމީނާ ގުޅުވައިގެން ތާސްކުޅޭ ވާހަކަ ސިޔާސީ މީހުން ދައްކާ މައިގަނޑު ސަބަބަކީ އެ މަނިކުފާނު ތާސްކުޅުއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވާތީ އެވެ.
ޝުޖާއު ވިދާޅުވީ، "ވާނުވާ" ބަންދު ތައާރަފުކޮށް، އެ ބަންދުގައި މީހުން ބައިތިއްބަން ފެށީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އޭރުގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.
ކުރީގެ ރައީސް ނަޝީދާއި މެމްބަރު ޝުޖާއު ސަލާން ކުރައްވަނީ.---ފައިލް ފޮޓޯ: ނިޝާން އަލީ| މިހާރު
"ފަސް މިނިޓުން މިކަން ހައްލު ކުރެވެން އޮތް ކަމަށް ވިދާޅުވާ ޕީއެންއެފްގެ ރައީސް، ރައީސް ޔާމީންގެ ވެރިކަމުގައި މިކަން ވީ އިތުރު،" ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އޭގެ ފަހުން ވެރިކަން ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވާނުވާ ބަންދަށް ހައްލެއް ހޯދުމުގެ ވިސްނުން ވެސް ނުގެންގުޅުއްވައި، ވާނުވާ ބަންދަށް މީހުން ހައްޔަރު ކުރަމުންދިޔަ ކަމަށެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި، ވާނުވާ ބަންދުގެ ހައްލަކީ ފުނިޖެހިފައިވާ މައްސަލަތައް އަވަހަށް ނިންމޭނެ އިންތިޒާމު ޝަރުއީ ދާއިރާ އަށް ފަހިކޮށްދިނުމެވެ.
ނަމަވެސް ފަސް މިނިޓުން މިކަން ކުރެވޭނެ ކަމަށް ވިދާޅުވާ ރައީސް ޔާމިނަށާއި އެމްޑީޕީގެ ދެ ވެރިކަމުގެ ދެ ރައީސުންނަށް މިވަރު ވެސް ކޮށްނުލެވުން ނޫންތޯ އެވެ. މާތް ﷲގެ ހެޔޮރަހްމަތާ އެކު މިކަން ހެޔޮނިޔަތުގައި ހައްލު ކުރައްވާނީ ރައީސް ޑރ. މުއިއްޒު،"--- ޝުޖާއު
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ވާނުވާ ބަންދުގެ މައްސަލަ ހައްލު ކޮށްދެއްވާނެ ކަމުގެ ވައުދާ އެކު ކަމަށް ވާތީ، ފަނޑިޔާރުންނަށް މަސައްކަތް ކުރެއްވޭނެ ފަހި މާހައުލަކާއި މާލީ މިނިވަންކަން ހޯއްދަވައި ދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ރައީސްގެ ވައުދާ އެއްގޮތަށް އެ ކަންކަން ޝަރުއީ ދާއިރާ އަށް މިހާރު ފަހިކޮށްދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ،
ޝުޖާއު ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ވެސް ވާނުވާ ބަންދުގައި ތިބި ބައެއް މީހުންގެ ޓެގް އަޅުވައި ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން "ވީއްލާފައި" ތިބޭނެ ކަމަށެވެ.
"ނަމަވެސް ފަސް މިނިޓުން މިކަން ކުރެވޭނެ ކަމަށް ވިދާޅުވާ ރައީސް ޔާމިނަށާއި އެމްޑީޕީގެ ދެ ވެރިކަމުގެ ދެ ރައީސުންނަށް މިވަރު ވެސް ކޮށްނުލެވުން ނޫންތޯ އެވެ. މާތް ﷲގެ ހެޔޮރަހްމަތާ އެކު މިކަން ހެޔޮނިޔަތުގައި ހައްލު ކުރައްވާނީ ރައީސް ޑރ. މުއިއްޒު،" ޝުޖާއު ވިދާޅުވި އެވެ.
މާފަންނުގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ވާނުވާ ބަންދުގެ މީހުން ފަސް މިނިޓުގެ ތެރޭގައި ވެސް ބޭނުންފުޅު ނަމަ ދޫކުރެވިދާނެ ކަމަށް ބަޔަކު ބުންޏަސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހުންނާއި ޓެރަރިޒަމްގެ އަމަލެއް ހިންގާފައިވާ މީހުންނާއި މީހުން މެރުމާއި ޑްރަގް ޓްރެފިކިންގެ މީހުން ބަންދުން ދޫކުރުމަކީ އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ ހައްގެއް ނޫން ކަމަށެވެ.
"އަޅުގަނޑު ކޮށްގެން ވާނެ ކަމެއް ވެސް ނޫން އެއީ. އެހެންވީމާ އެކަން ނުވަނީ،" ވާނުވާ ބަންދު މީހުން އެ މަނިކުފާނަށް ފަސް މިނިޓް ތެރޭގައި ވެސް ދޫނުކުރެވޭ ސަބަބު ހާމަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، ވާނުވާ ބަންދުގެ މައްސަލައިގެ ހައްލަކީ ކޯޓުތަކަށް ވަސީލަތްތައް ފަހިކޮށްދިނުން ކަމަށް ވާއިރު މިހާރު ވެސް ވަނީ އެކަން ކޮށްދީފަ އެވެ.
ކްރިމިނަލް ކޯޓަށް ކޯޓު ރޫމްގެ ޖާގަ އިތުރު ކޮށްދިނުމަކީ ރައީސް ވިދާޅުވި ގޮތުގައި އެކަމުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތެއްގެ ތެރެއިން ބައެކެވެ. ނަމަވެސް ޖުޑީޝަރީން ވަކި ގޮތަކަށް ކަމެއް ކުރަން ބުނުމަކީ ކުރައްވާނެ ކަމެއް ނޫން ކަމަށް ތަކުރާރުކޮށް ރައީސް ރޭ ވެސް ވިދާޅުވި އެވެ.
"މިހާރު ވަރަށް ގިނަ މައްސަލަތައް އަވަސް ކުރެވި، ނޫނިއްޔާ ވާނުވާ [ގައި] ފުނިޖެހިފައި ހުރި މައްސަލަތައް ބެލެމުން އެ ދަނީ. ކުރީގައި ކެޕޭސިޓީ ނެތީމާ، ޖާގަ ނެތީމާ ވަސީލަތް ނެތީމާ ނުބެލި ހުރި މައްސަލަތައް،" ރައީސް ވިދާޅުވި އެވެ.
ވާނުވާ ބަންދުގެ މީހުން ފަސް މިނިޓްގެ ތެރޭގައި ވެސް ދޫކޮށްލުމަކީ އެއްވެސް ކަމެއް ނޫން ކަމަށް ބުނެ ދައްކާ ވާހަކައާ ގުޅުވައިގެން ރައީސް މުއިއްޒު އާންމުންނަށް ދޫކޮށްލެއްވީ ތަފާސްހިސާބުތަކެކެވެ. އޭގައި ވާ ގޮތުން ވާނުވާ ބަންދުގައި 314 މީހުން އެބަތިއްބެވެ. އެއީ:
- މަރުގެ މައްސަލަތަކުގެ ތުހުމަތުގައި 29 މީހުން.
- ޓެރަރިޒަމްގެ ތުހުމަތުގައި 20 މީހުން.
- ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމުގެ ތުހުމަތުގައި 117 މީހުން.
- މާރާމާރީގެ ތުހުމަތު ކުރެވޭ 70 މީހުން.
- ޑްރަގް ޓްރެފިކިންގެ ތުހުމަތު ކުރެވޭ 116 މީހުން.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި "އެހެނިހެން" ގެ ތެރޭގައި ވެސް ތިބީ ވައްކަން ކުރުމާއި ހަތިޔާރު ބޭނުންކޮށްގެން ވައްކަން ކުރުމާއި މީހުން ކިޑްނެޕް ކުރުން، ހިއުމަން ޓްރެފިކިން، އެއްޖިއްސުން ގުޅުން ހިންގުން، ތަންތަނުގައި ހުޅުޖެހުމާއި ސްމަގްލް ކުރުން ފަދަ ކުށްތަކުގެ ތުުހުމަތުވާ މީހުން ހިމެނެ އެވެ.
ރައީސް މުއިއްޒު ސިފަކުރެއްވި ގޮތުގައި "ވާނުވާ" ކަމަށް ބަލާ އުސޫލަށް، މިހާރު ހުރި މައްސަލަތައް ނުވެސް ފެތެ އެވެ. މިހާރު ތިބި މީހުންގެ ތެރެއިން ގިނަ މީހުންނަށް އެ މީހުންގެ ޝަރީއަތް ތާވަލުކުރާ ދުވަސްތަކުގެ މައުލޫމާތު އެނގޭ ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާވެރިބެ
06 December 2025
ވާނުވާގަ ތިބި އެކަކު ވެސް ދޫކޮށްގެން ނުވާނެ! މުޖުތަމައުގެ ސަލާމަތާ ރައްކަލަށްޓަކައި ނުރައްކާތެރި ކުށްވެރިންނާ ވަގުން ތިބެން ޖެހޭނީ ޝަރިއަތް ނިމެންދެން ބަންދުގަ. ކޮންމެ ސަބަބަކާ ހެދި ނަމަވެސް ޝަރިއަތް ކުރުން ލަސްވުމަކީ މިފަދަ ނުރައްކާތެރި ކުށްވެރިން ރަށުތެރެއަށް ދޫކޮށްލަންޖެހޭ ސަބަބެއް ނޫން. ތިގޮތަށް ޖަލުގަ ތިބި އެންމެން ވެސް 5 މިނިޓު ތެރޭ ދޫކުރެވިދާނެ. އެއީ ހައްލެއްނޫން، ރާއްޖޭގެ ހާލަތަށް ބަލާ ކުށްވެރިންނާ ދޭތެރޭ އަދިވެސް ޖެހެނީ ހަރުކަށިވާން
ރާވެރިބެ
06 December 2025
ވާނުވާގަ ތިބި އެކަކު ވެސް ދޫކޮށްގެން ނުވާނެ! މުޖުތަމައުގެ ސަލާމަތާ ރައްކަލަށްޓަކައި ނުރައްކާތެރި ކުށްވެރިންނާ ވަގުން ތިބެން ޖެހޭނީ ޝަރިއަތް ނިމެންދެން ބަންދުގަ. ކޮންމެ ސަބަބަކާ ހެދި ނަމަވެސް ޝަރިއަތް ކުރުން ލަސްވުމަކީ މިފަދަ ނުރައްކާތެރި ކުށްވެރިން ރަށުތެރެއަށް ދޫކޮށްލަންޖެހޭ ސަބަބެއް ނޫން. ތިގޮތަށް ޖަލުގަ ތިބި އެންމެން ވެސް 5 މިނިޓު ތެރޭ ދޫކުރެވިދާނެ. އެއީ ހައްލެއްނޫން، ރާއްޖޭގެ ހާލަތަށް ބަލާ ކުށްވެރިންނާ ދޭތެރޭ އަދިވެސް ޖެހެނީ ހަރުކަށިވާން.
ކަރުތާނު
06 December 2025
ޔާމީނަކީ މިހާރު ދިވެހިންގެ ޗޮއިސްއެއް ނޫނެވެ. ސަބަބަކީ ދިވެހިން ބޭނުންވާފަދަ ނަޒާހަތްތެރި ބޭފުޅަކަށް ޔާމީނެއް ނުވެއެވެ. ދިވެހިންނަށް ފާގަތި ދުވަސްތަކެއް ގެނެސްދެވޭނީ ކޮންމެ ވެރިޔަކު ކަމުގައި ވިޔަސް ރާއްޖެއިން ކޮރޮޕްޝަނާ ފަސާދަ އަދި ޑްރަގާ ޤައުމީ ވަންތަކަން ގެނެސް ދެވިގެންނެވެ. އެކަން ޤައުމު ބޭނުންވާފަދަ ފެންވަރެއްގައި (މުޅި މިޤައުމުގެ ތާރީޚުގައި) އަދި ކުރެވެމުންދަނީ ޑރ މުއިއްޒުގެ ވެރިކަމުގައެވެ. އަޅުގަނޑުގެ ޗޮއިސްއަކީ މުއިއްޒެވެ.
ާގަދަ ފަސް އަހަރު
06 December 2025
ތާސް ކުލުމަށްފަހު 5 އަހަރުތެރޭ، ފޭސް 2، 7000 ފްލެޓް، ބްރިޖް، ހައިވޭ، ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް މިވަރު މަދު. ޚޮއްކޮމެންނަށް އެބައޮތްތަ ހުޅުމާލޭ ޓްރެފިކް ބުރުތަކުގެ އިތުރުން ކަމެއް ކުރެވިފަ؟
މެޑަމްފާތޫން
06 December 2025
ޔާމީން އަކީ މިހާރު ރައީސް ނަޝީދު ހެން ޓޮކްސިކް، ފިތުނަވެރި، ބަސްމަގުވެސް ހަޑިވަމުންދާ އުންމީދެއް ނެތް ސިޔާސީ ދަމާކަނޑާ އަމިއްލަ މަންފާއަށް ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ މީހެއް.
އަލިބެ…
06 December 2025
މޮޔަނުވޭ. ޢެމީހުން ދޫކޮށްލާނަމޭ ކިޔައި ޔާމީނު ދޮގެއް ނަހައްދަވ-!
ސުހާނާ
06 December 2025
މުޢިއްޒު ބުނިތަ އެމީހުން ދޫކޮށްލާނަމޭ؟ މުޢިއްޒު ބުނީ އެކަން ޙައްލުކޮށްދޭނަމޭ. އެކަން ޙައްލުކުރުމަކީ އެމީހުން ދޫކޮށްލުމެއް ނޫން. އެއީ މައްސަލަތައް އަވަހަށް ނިމޭނެގޮތް ހަދައިދިނުން.
ދަލޭކަ ދައިތަ
06 December 2025
ދެން ތާސް ނުކުޅޭ މީހުންނަށް ވަކި މޮޅުކަމެއް އެބަކުރެވޭތަ؟ ލަދެއްވެސް ގަންނަ ... ކޮންމެ ގޮތަކަށް ފައިސާ ހޯދިޔަސް އެ ލިބުނީމަ އެވީ ތިމާ ހުދުކާފޫރަށް.
ކަނބުލޯގޮއްޔެ
06 December 2025
ބަލަ ދަލޭކާ.. ކަލޭގެ ދެލޯހުރި ގާވެފަތަ؟ ނުފެނޭތަ ތާސް ނުކުޅޭ މީހުން ޤައުމަށްޓަކައި ކުރާ ކަންތަައްތައް؟؟ ޑްރަގްގެ އައްޑާތައް މިހާރު މައިތިރިވެއްޖެ. ވަޅިހަރާ މަރާ ގްރޫޕްތައް މާލެއާ ރާއްޖޭގެ ރަށްތަކުން ނުފެނޭ. ޔުނިފޯމުއެޅި ބޭރު ގްރޫޕްތައް ފައިބައިގެން ހިނގައްޖެ. ބޭރަށް ދާން ޑޮލަރ ހޯދާކަށް ތެޅޭކަން ނުޖެހޭ. ސަރުކާރުގެ 99 ޕަސެންޓް މުވައްޒަފުންގެ މުސާރަތައް އިންތިހާއަށް ބޮޑުކޮށްފި. އަގުބޮޑުވި އާފަލުގެ އަގު ތިރިއަރުވައިފި. ތިޔަޕެޑްވެސް އަދި ތިރިވާނެ.
ސިޓިން ރޫމުން
06 December 2025
ނިގޫ ފިތުނީމާ ދެން ނީންނާނެ ޗޮއިސް އެއް. ގޮވަން ޖެހޭނީ ހުރިހާ ފަތިވަރެއް.
ސިލޭހ
06 December 2025
ދަރިޔާ ވަކިކޮޅަކަށް ނުޖެހި އެކީތަކެއްޗާއި ކަންވީގޮތާއިމެދު ވިސްނާލަބަ. ކާޅުގޮވާހެން ގޮވުން ދޫކޮށްލަބަ
ދޫލަ
06 December 2025
ނޫނެކެވެ. އޭގެ މާނައަކީ، އޭނަ ތާސްކުޅުމަށް ލޯބިކުރުމެއް ނޫނެވެ. އެކަމަކު އޭރުވެސް ވެރިކަމުގެ ޒިންމާ އަދީބު ފަދަ މީހުންނާ ހަވާލުކުރުމަށް ފަހު، ވެރިމީހާ އަބަދުހެން ތާސްކުޅެން އިންކަން އިނުމެވެ. އެކަން އެންމެ ކައިރިން ދުށް މީހުންނަކީ، ފަލާހުއާއި އަދުރޭއާއި ޝުޖާއުއާއި ޖަމީލުމެންނެވެ.
އަފްރާސިޔާބު
06 December 2025
ތާސްކުޅެނީ ކަންކަމުގެ މަތިނުވާންވެގެން. އަދީބާއި ވެރިކަން ޙަވާލުކޮށް ފައި ކޮންމެ ރަށަކުން މަގޭ އެކައުންޓަށް ވަކި ވަރެއް ޖަމާކުރާށޭ ބުނެ ތާސްކުޅުމަކީ އެބޭފުޅާގެ ހެޔޮފުޅުކަން. ދެން ނަގާފައިސާއިން އެކިއެކި ޕާޓީ މީހުންނަށް ލާރިކޮޅުކޮޅު ދީ އެމީހުންގެ މިކަމުގެ ތެރޭގައި ގެންގުޅެންވާނެޔޭ ބުނުމަކީ ތާސްނުކުޅޭ ކަން ދެއްކުމަށް އޮތް ހުއްޖަތެއްނޫން. މުއިއްޒު ހިނގަނީވެސް ޔާމީނު ކޮށްޓަވައިދެއްވި މަގުން.
ފަހުދު.
06 December 2025
ރައީސް ޔާމިންގެ ވެރިކަމުަގައި ތިހެން ނުބުނީ ކީއްވެ؟