ވީއައިއޭގެ އާ ޓާމިނަލް ހުޅުވަން މިރޭ ދައްކައިލި ޑްރޯން ޝޯގައި އެއާ ޓެކްސީގެ ބޯޓެއް.---ފޮޓޯ: ނިޝާން އަލީ| މިހާރު
26 ޖުލައި 2025 - 22:39
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލްގެ މަސައްކަތުގައި ކުރީގެ ސަރުކާރުތަކުން އަދާކުރި ދައުރު ފާހަގަކުރައްވައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ހާއްސަ ޝުކުރެއް އަދާކުރައްވައިފި އެވެ.
ހަތަރުސަތޭކަ ފަންސާސް ހަތް މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ގެ އާ ޓާމިނަލް ރަސްމީކޮށް ހުޅުވަން އެއާޕޯޓުގައި ބޭއްވި ކުލަގަދަ ހަފުލާގައި ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި އެ ޓާމިނަލްގެ މަސައްކަތް ފެށީ ޔާމީންގެ ސަރުކާރުގަ އެވެ. އަދި އިބޫގެ ވެރިކަމުގައި ވެސް އެ މަސައްކަތް އިތުރަށް ކުރިއަށް ގެންދިޔަ ކަމަށް ވިދާޅުވި އެވެ.
ވީއައިއޭގެ އާ ޓާމިނަލް ހުޅުވަން މިރޭ ދައްކައިލި ޑްރޯން ޝޯގައި ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި މީގެ 60 އަހަރު ކުރިން ސޮއިކުރި ރަސްމިއްޔާތުގެ މަންޒަރު.---ފޮޓޯ: ނިޝާން އަލީ| މިހާރު
"...މި މަސައްކަތް ފެށިގެން އައީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމުގައި ވާތީ އެ މަނިކުފާނަށާއި އެ އަށް ފަހު ދެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވާތީ މި ދެ ރައީސުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އާދެ މިއީ ދެންމެގައި ރިޕޯޓުންނާއި އަދި އެމްޑީގެ ވާހަކަފުޅުން ވެސް ފާހަގަވި ގޮތުގައި ގާތްގަނޑަކަށް 10 ވަރަކަށް އަހަރުވި މަސައްކަތެއް. ވަރަށް ވެސް ގިނަ ފަރާތްތަކުގެ މިންނެތް ބުރަ މަސައްކަތެއް މީގައި ހިމެނޭ ކަމެއް. ދެ ސަރުކާރެއްގެ ބުރަ މަސައްކަތެއް މީގައި ހިމެނޭ."
ވީއައިއޭގެ އާ ޓާމިނަލް ހުޅުވަން އެއާޕޯޓުގައި މިރޭ ބޭއްވި ރަސްމިއްޔާތަށް ރައީސް މުއިއްޒުގެ ދެކަނބަލުން ވަޑައިގަތުމުން އެމްއޭސީއެލްގެ ޗެއާޕާސަން ނޫރްއައިން މަރުހަބާ ދަންނަވަނީ.---ފޮޓޯ: އެމްއޭސީއެލް
މި ސަރުކާރު ހަވާލުވިއިރު، އާ ޓާމިނަލްގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ދުވެއްޔާއި އެހެން ކަންކަމަށް ބަލާއިރު، މަސައްކަތް ނިމިފައިވާ މިންވަރުގެ ތަފްސީލަށް ވަޑައިގަންނަވަން ބޭނުންފުޅުނުވާ ކަމަށް ރައީސް މިރޭ ވިދާޅުވި އެވެ.
ނަމަވެސް، ރައީސް މުއިއްޒުގެ ވާހަކަފުޅުގެ ކުރިން އެ ރަސްމިއްޔާތުގައި ވާހަކަ ދެއްކެވި، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވި ގޮތުގައި، މި ސަރުކާރު ހަވާލުވި އިރު، އާ ޓާމިނަލްގައި ނިމިފައިވަނީ އެންމެ 30 ޕަސެންޓު މަސައްކަތެވެ.
ވީއައިއޭގެ އާ ޓާމިނަލް ހުޅުވަން އެއާޕޯޓުގައި މިރޭ ބޭއްވި ރަސްމިއްޔާތަށް ރައީސް މުއިއްޒުގެ ދެކަނބަލުން ވަޑައިގަތުމުން އެމްއޭސީއެލްގެ އެމްޑީ ޝަރީފު މަރުހަބާ ދަންނަވަނީ.---ފޮޓޯ: އެމްއޭސީއެލް
އަދި މި ސަރުކާރުން އެންމެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި 70 ޕަސެންޓު މަސައްކަތް ނިންމައި، އާ ޓާމިނަލް މިރޭ ހުޅުވީ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ރައީސް ވަނީ ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ނިންމުމަށް، ސައުދީ ފަންޑާއި ކުވައިތު ފަންޑާއި އަބޫދާބީ ފަންޑުގެ އިތުރުން އޯޕެކް ފަންޑުން ފޯރުކޮށްދިން މާލީ އެހީތެރިކަމަށް ވެސް ޝުކުރު އަދާކުރައްވައިފަ އެވެ.
ވީއައިއޭގެ އާ ޓާމިނަލް ހުޅުވަން އެއާޕޯޓުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަވާ ސައޫދީގެ ސަފީރު (މ) އާއި ސައޫދީ ފަންޑުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: އެމްއޭސީއެލް
ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބިޔަ އެއް ޕްރޮޖެކްޓުގެ ނިމުން ފާހަގަކުރުމާ އެކު، އެތަން ހުޅުއްވައިދެއްވީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ޑްރޯން ޝޯ އާއި ހަވާ އެރުވުމާ އެކު، ރައީސް މުއިއްޒެވެ.
ޓާމިނަލް ހުޅުވުުގެ ކުރިން ޑްރޯން ޝޯއަކުން ރާއްޖެ އާއި މިނިވަންކަމާ ގުޅޭ އެކި މަންޒަރުތައް ދައްކާލި އެވެ. އަދި މާލެ ވަށައިގެން 19 ދިމާލަކުން ހަވާ އަރުވައި މުޅި އުދަރެސް ކުލަތަކުން ދިއްލައިލި އެވެ.
އެ ޓާމިނަލްގެ މަސައްކަތް ފެށީ 2016 ވަނަ އަހަރު އެވެ.
އާ ޓާމިނަލްގެ ބޭރުން ފެންނަނީ ރާއްޖޭގެ ތާރީހާއި ސަގާފަތާއި ދީނީ ތަރިކަ ރަމްޒު ކޮށްދޭ ހިރިގަލުގެ ފަންނުވެރި ކެނޑުންތަކުންތަކެވެ. ގާތްގަނޑަކަށް 12 ވަރަކަށް ފޫޓުގެ އެ ޓާމިނަލުން ރާއްޖޭގެ ހިތްގައިމު ކަނޑުގެ މަންޒަރުތަކާއި ގުދުރަތީ ރީތި ރަށްތަކުގެ ނަލަ ކަމާއި ކުލަތައް ފެނެ އެވެ. އެ ޓާމިނަލުގެ ކޮންމެ ސަރަހައްދަކުން ވެސް ފެންނާނީ ވިލު ނޫކުލަ އާއި ރާއްޖޭގެ މޫދާއި ރަށްތަކުގެ މަލަމަތިން ފެންނަ ކުލަތަކެވެ.
އާ ޓާމިނަލާ އެކު އެމްއޭސީއެލްގެ އާމްދަނީ ފުރަތަމަ އަހަރު ވެސް 8-7 ޕަސެންޓަށް އިތުރުވެ، ޖެހިގެން އަންނަ އަހަރު 15 ޕަސެންޓަށް އިތުރުވާނެ ކަމަށް އެކުންފުނިން ލަފާކުރެ އެވެ. އެކަން ހާސިލުކުރަނީ، ޕީކް ވަގުތުގައި އިތުރު އެއާލައިންތަކަށް ފުރުސަތު ދެވި، ޑިއުޓީ ފްރީ ފުޅާކޮށްގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޭކަޕް
27 July 2025
ޔާމިން ކުރި ކަމަކީ ހަތަރެސްކަން ގުދަނެއް ހަދަން ބަޔަކާ ހަވާލުކޮއްފަ ދިޔުން އެވެސް އެހާމެ ބޮޑު އަގުގަ. އިބޫ ކުރި ކަމަކީ އެތަން ހަޑި ވެގެން ބޭރުގަ މޭކަޕް ޖައްސާ ފޭކު ސީލިނގް އެއް ލާން އެތައް ސަތެކަ މިލިއަން ޑޮލަރު ހަރަދު ކުރުން. ތި ކުރިމަތީ ޖަހާފަ ހުރި އެއްޗެހި ކުރި ހަރަދާ ބަލާފަ ވަރަށް ވައި، އަދި ތި ސީލިން ތީ ރިޕް އޮފް އެއް ބަލާލި މީހަކަށް އިނގޭނެ އެކަތި ރިޕީޓް ކަން ވަނީ އެކަކަށްވެސް ކްރެޑިޓެއް ދޭކަށް ނުޖެހޭ، އެންމެންވެސް ފައިސާ އިސްރާފު ކުރީ
މާހިރު
27 July 2025
ތިއީ ނަމެއްގައި ކުރި ކަމެކެވެ. އެއަރޕޯޓް ތަރައްޤީީ ކުރުމުގެ އެންމެބޮޑު ޝުކުރެއް ހައްގުވަނީ ޔާމީނަށެވެ. ދެން ޓާމިނަލްގެ ޑިޒައިން ރީތިކުރުމުގެ ހުރިހާ ޝުކުރެއް ހައްގުވަނީ އިބޫ އަށެވެ. ނިމިދިޔަ ސަރުކާރުންވެސް އެއަރޕޯޓް އަވަހަށް ނިންމަން ވަރަށް މަސައްކަތްކޮށް މިއަހަރުގެ މެދުތެރޭގައި ޓާމިނަލް ނިމޭނެކަމަށް އޮތީ ބުނެފައެވެ. މާ ބާރު ސްޕީޑުގައި މުޢިއްޒު މަސައްކަތް ކުރެއްވިކަމަށް ވިދާޅުވިނަމަވެސް އެކަމެއް ފެންނާކަށް ނެތެވެ.
މާފުށީކުޑަގޮޅިން
27 July 2025
ޔާމީނު ރޭގަ ވަރަށް ގަދަޔަށް ގުގުރި ދަމަމުން ނިދި ކަމަށް ވޭ އެކަމާހުރެ. އޭނާ ވެސް ބޭނުމީ މީހުން ތަސްބީހަ ކިޔާހެން ޔާމީނު ޔާމީނު ޔާމީނު ކިޔަން. ދެން ކޮންމެއަކަށް ޔާމީނު ވަރުގެ ތަރައްގީ ގެނައި ރައީސަކު އަސްލު ނާދޭ މިފަހުން. 2028 ގަ ޔާމީނު އެބަ ގެންނަން.
ފާތުމާ މެޑަމް
27 July 2025
ތީ ރައީސް ޔާމީން ކުރަހާފައި ފަންޑު ހޯދާފައި ބަޔަކާ މަސައްކަތް ހަވާލުކޮށްފައިވާ ޕްރޮޖެކްޓެއް. ތީގެ ޝުކުރު އެހެން މީހަކަށް ހައްގެެއް ނޫން.
ބަކުރުު
27 July 2025
މަބުނީމެއްނު ބޮޑާބެ ތިތަނަކަށް ނުދާނޭ،
އައްލާ ބެއްޔާ
27 July 2025
އަޅުގަނޑުގެ ނަޒަރުގައި އާ ޓާމިނަލްގެ ޝުކުރު ހައްގީ ރައީސް ޔާމީން އާއި ސައުދީ އަރަބިޔާ އަދި ބިންލާދިން ގުރޫޕަށް. ޔާމީން ގެ އައިޑިއާ. ފަންޑް ހޯދީ ޔާމީން. ފަންޑް ދިނީ ސައުދީން މަސައްކަތް ކުރީ ބިންލާދިން ގުރޫޕް. އެހެން މީހަކު ކުރި މާމޮޅުކަމެއް ތިތާކުން ފެންނާކަށް ނެތް. އެމްޑީޕީ އަކީ ތި އެއަރޕޯޓް ވިއްކާލި މީހުން. މުއިއްޒު ވެރިކަމަށް އައި އިރު އެއަރޕޯޓް މަސައްކަތް އޮތީ ގާތްގަނޑަކަށް ނިމިފައި.
ވަވަކސވސ
26 July 2025
މީ ވަރަށް ހިތް ސާފުމީހަކަށްނޫނީ ނުބުނެވޭނޭކަހަލަ ބަހެއް.
ހާމިދާ
27 July 2025
އަސްލުވެސް މި ރައީސް ހަމަ ތަފާތު.
މިޔަރެން
27 July 2025
ދުވަހަކުވެސް މީގެކުރިން އެގޮތައް ކަންކަން ނިންމާފަ ނުބުނާނެ އިދިކޮޅު މީހާގެ ނަން. ވަރައް ތަފާތު ރައީސެއް ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް. ރާއްޖޭގެ ތާރީހުގަ އަލަށޭ ބުނެވޭނީ