ފޮޓޯގެލަރީ / ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ދައްކާލުން

ފަޔާޒް މޫސާ

22 ޖުލައި 2025

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް - ޖުލައި 21، 2025: ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް އަންނަ ހޮނިހިރު ދުވަހުގެ ހުޅުވުމަށް ތައްޔާރުކޮށްފައި. މި ޓާމިނަލުގެ ބޭރު ފަރުމާކޮށްފައި ވަނީ ރާއްޖޭގެ ތާރީހާއި ސަގާފަތާއި ދީނީ ތަރިކަ ރަމްޒުކޮށްދޭ ހިރިގަލުގެ ފަންނުވެރި ކެނޑުންތަކުން. ޓާމިނަލުގެ އެތެރެ ފަރުމާކޮށްފައި ވަނީ ރާއްޖޭގެ ރަށްރަށާއި މޫދާއި ކަނޑުން ފެންނަ ކުލަތަކުން. އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ޓާމިނަލަކީ ރާއްޖޭގައި ހިންގި އުމްރާނީ ތަރައްގީގެ އެންމެ އަގުބޮޑު އެއް މަޝްރޫއު.--- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ދާ މީހުން އާ ޓާމިނަލަށް ވަންނާނީ މި ސަރަހައްދުން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ ތިން ވަނަ ފްލޯއިން ބޭރު ފެންނަ ސަރަހައްދު.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް ފައިބާ މީހުންނަށް މާލޭގެ މަލަަމަތި ފެންނަ ގޮތް.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ކުރިން ބާއްވަމުން ގެންދާ ޓްރަޔަލް ސެޝަންގައި ބައިވެރިވި ބައެއް މީހުން ފުރަން ތައްޔާރު ވެގެން ވެއިޓިން ސަރަހައްދުގައި.--- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ކުރިން ކުރިއަށް ގެންދާ ފުލް ޓްރަޔަލްގައި ބެގޭޖުގެ ބައިވެރިން ކްލެއިމް ބެލްޓުން ލަގެޖުތައް ނަގަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގައި ގާއިމްކުރި ބެގޭޖް ކްލެއިމް ބެލްޓުތައް: ޖުމުލަ ފަސް ބެގޭޖް ކްލެއިމް ބެލްޓުގެ ހިދުމަތް ލިބިގެން ދާނެ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖެ އެތެރެވާ މީހުންނާ ޓްރާންސިޓް މީހުން ދާންވީ ދިމާ ދައްކުވައި ދޭ ބޯޑު: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުން އެންމެ ފުރަތަމަ ހިދުމަތް ދެނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓްތަކަށް.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ ބޭރު ޑިޒައިން ކޮށްފައިވާ ރާއްޖޭގެ ތާރީހާއި ސަގާފަތާއި ދީނީ ތަރިކަ ރަމްޒު ކޮށްދޭ ހިރިގަލުގެ ފަންނުވެރި ކެނޑުންތަކުގެ ބޭރުން މާލޭގެ މަލަމަތި ފެންނަ ގޮތް.--- ފޮޓޯ؛ ފަޔާޒު މޫސާ | މިހާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ކުރިން ނޫސްވެރިންނަށް ދައްކާލުން: މިއީ 9.2 ބިލިއަން ރުފިޔާ އިންވެސްޓް ކޮށްގެން ދައުލަތުން ހެދި ޓާމިނަލެއް.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ކުރިން ކުރިއަށް ގެންދާ ފުލް ޓްރަޔަލްގައި ފުރަން ގޮސް ތިބި ދެ މީހަކު ޓާމިނަލް ބޭރުގައި އޮތް ފްލައިޓެއްގެ ފޮޓޯއެއް ނަގަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ކުރިން ކުރިއަށް ގެންދާ ފުލް ޓްރަޔަލްގައި ފުރަން ގޮސް ތިބި ބަޔަކު ފުރާމީހުން ތިބެން ހާއްސަ ސަރަހައްދުގައި މަޑުކޮށްލައިގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ ގޭޓުތައް ހުންނަ ސަރަހައްދުގައި ބޭންކް އޮފް މޯލްޑިވްސްގެ ކައުންޓަރެއް ބަހައްޓާފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ ވޯކަލޭޓާއެއް: އެ ޓާމިނަލުގެ އެކި ސަރަހައްދުގައި ވޯކަލޭޓާ ކޮށްފައިވޭ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ ގޭޓުތައް ހުންނަ ސަރަހައްދު.--- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ކުރިން ކުރިއަށް ގެންދާ ފުލް ޓްރަޔަލްގެ ދަށުން، ފުރަން ގޮސް ތިބި ބަޔަކަށް ބޯޑިން ފާސް ދޫކުރަނީ: މި ޓާމިނަލް ގައި 47 ޗެކިން ކައުންޓަރާއި ހަ ސެލްފް ސާވިސް ކައުންޓަރު ހުރޭ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޗެކިން ކައުންޓަރުތަކުގައި އެމްއޭސީއެލްގެ މުވައްޒަފުން ހަރަކާތްތެރިވަނީ: މި ޓާމިނަލްގައި ޖުމްލަ 47 ޗެކިން ކައުންޓަރު ހުންނާނެ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޗެކިން ކައުންޓަރުތަކުން ފަސިންޖަރުން ހިދުމަތް ހޯދަނީ: ޓާމިނަލް ރަސްމީކޮށް ބޭނުން ކުރަން ފަށަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގައި ގާއިމްކޮށްފައި ވާ ސެލްފް ޗެކިން ސްޓޭޝަންތައް.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ކުރިން ކުރިއަށް ގެންދާ ފުލް ޓްރަޔަލްގެ ބައިވެރިޔަކު، ފުރާ މީހުންގެ ގޭޓުން ވަަނުމުގެ ކުރިން އޭވިއޭޝަން ސެކިއުރިޓީން ޕާސްޕޯޓް ޗެކް ކުރަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ ޗެކިން ކައުންޓަރުތައް: އެ ޓާމިނަލުގައި 47 ޗެކިން ކައުންޓަރާއި ހަ ސެލްފް ޗެކިން ކައުންޓަރު ހުރޭ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގެ އާ ޓާމިނަލް ކުރިމަތީ މަގު ހެދުމުގެ އެންމެ ފަހުގެ މަސައްކަތް ކުރަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގެ ވެއިޓިން އޭރިއާ: އެ ޓާމިނަލުގައި 12 އޭރޯ ބްރިޖް ހުންނާނެ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖޭގެ މައި އެއާޕޯޓުގެ އާ ޓާމިނަލް ބޭނުންކުރާ ފަސިންޖަރުން ބޭނުމަށް ގާއިމްކޮށްފައިވާ އެސްކަލޭޓާސްތައް: ޖުމުލަ 14 އެސްކަލޭޓަރުތައް މި ޓާމިނަލްގައި ހުންނާނެ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ ޗެކިން ކައުންޓަރުތަށް ހުންނަ ސަރަަހައްދު.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2025 Mihaaru · Terms and Conditions · Privacy Policy