25 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމުގެ މަޝްރޫއު ފެށުން
މާލެ - ޖެނުއަރީ 4، 2024: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން މިހާރު ކުރިއަށް ގެންދާ މަޝްރޫއު އެތައް ގުނައެއް ފުޅާކޮށް، އެ މަޝްރޫއުގެ ދެ ވަނަ ފިޔަވަހި އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު: އެ މަޝްރޫއުގެ ސަބަބުން ވެލާނާ އެއާޕޯޓުން 25 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދީ، އެމްއޭސީއެލްގައި 1،000 އަށް ވުރެ ވަޒީފާގެ ފުރުސަތު ވެސް އިތުރު ވާނެ. ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ދަށުން ފޮނަދޫ އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރަކަށް ބަދަލުކޮށް، އެ ރަށާއި މާލެ ބްރިޖަކުން ގުޅާލާނެ ކަމަށް މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ އިއުލާންކުރައްވާފައި. ކުރިއަށް އޮތް 20 އަހަރަށް މި ސަރުކާރުން އެކުލަވާލާފައިވާ ތަރައްގީގެ މާސްޓާ ޕްލޭނަށް ގާނޫނީ ބާރުވެރިކަން ދޭނެ ކަމަށް މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވި.--- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ތިން ގުނަ ބޮޑުކޮށް، އެ މަޝްރޫއު ރައީސް ޑރ. މުހައްމަދު މުއިއްޒު އިފުތިތާހު ކޮށްދެއްވަނީ.--- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ވެލާނާ އެއާޕޯޓު ތަރައްގީގެ މަޝްރޫއު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ މުއިއްޒު އެމްއޭސީއެލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކުއާ ވާހަކަފުޅު ދައްކަވާލަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ ދެ ވަނަ ފިޔަވަހި ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ: މިހާރު އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއާ އެކީގައި އާ ތަސައްވަރުގެ މަސައްކަތް ވެސް ފެށޭނެ ކަމަށް ރައީސް ވިދާޅުވި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ ދެ ވަނަ ފިޔަވަހި އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަ ދައްކަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ ދެ ވަނަ ފިޔަވަހި ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ބައެއް ވަޒީރުން [ކ-ވ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އަދި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް] ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ ދެ ވަނަ ފިޔަވަހި އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދު ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ދެ ވަނަ ފިޔަވަހި ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ސިފައިންނާއި ފުލުހުން އަދި ކަސްޓަމްސްގެ ބައެއް އިސްވެރިން ބައިވެރިވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ ދެ ވަނަ ފިޔަވަހި އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ ދެ ވަނަ ފިޔަވަހި އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީ ކުރުމުގެ ދެ ވަނަ ފިޔަވަހި އިފުތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައެއް ކުންފުނިތަކުގެ ބައެއް ވެރިން ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީ ކުރުމުގެ ދެ ވަނަ ފިޔަވަހި އިފުތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ބައެއް ސަފީރުން ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ވެލާނާ އެއާޕޯޓު ތަރައްގީ ކުރުމުގެ ދެ ވަނަ ފިޔަވަހި އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖެ އިން ބޭރުގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީގެ ދެ ވަނަ ފިޔަވަހި އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ: ތަރައްގީގެ މާސްޓާ ޕްލޭނަށް ގާނޫނީ ބާރުވެރިކަން ދޭން ރައީސް ޑރ. މުއިއްޒު ވަނީ ނިންމަވާފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ ދެ ވަނަ ފިޔަވަހި އިފުތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު