ޚަބަރު / އެއާޕޯޓް އާ ޓާމިނަލް

ރައީސް ވިދާޅުވީ އާ ޓާމިނަލުގެ ކްރެެޑިޓް ތިން ސަރުކާރަށް ވެސް ލިބޭ ކަމަށް!

"އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ނުރަނގަޅު އާދައެއް މިއީ [ވަކި ބަޔަކު ކްރެޑިޓް ނަގަން އުޅުން]، އެބަޖެހޭ މި އާދަ ދޫކޮށްލަން."

ރައީސް ޑރ. މުހައްމަދު މުއިއްޒު ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ބައްލަވާލެއްވުން: ރައީސް ވިދާޅުވީ އާ ޓާމިނަލުގެ ކްރެެޑިޓް ތިން ސަރުކާރަށް ވެސް ލިބޭ ކަމަށް.-- ފޮޓޯ: ރައީސް އޮފީސް

މި މަހު 26 ގައި ހުޅުވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލުގެ ކްރެޑިޓް މި ސަރުކާރާއި ކުރީގެ ދެ ސަރުކާރަށް ވެސް ލިބޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ގެނެސްދިން ރައީސްގެ ޕޮޑްކާސްޓު "ރައްޔިތުންނާއެކު"ގެ 8 ވަނަ އެޕިސޯޑުގައި ރައީސް ވިދާޅުވީ ވީއައިއޭގެ ތަރައްގީގެ މަސައްކަތްތައް ކުރީ ކޮން ވެރިންނެއްކަން ތާރީހުން ވަރަށް ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ. ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި އެ އެއާޕޯޓު ހުޅުވައި، މިހާ ހިސާބަށް އާދެވުނީ އެތަނުގެ ތަރައްގީއަށް އެކިއެކި ސަރުކާރުތަކުގައި ކޮށްފައި ހުރި ބުރަ މަސައްކަތްތަކުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ނުރަނގަޅު އާދައެއް މިއީ [ވަކި ބަޔަކު ކްރެޑިޓް ނަގަން އުޅުން]، އެބަޖެހޭ މި އާދަ ދޫކޮށްލަން. ހަގީގަތް އެއީ ވަރަށް ސާފުކޮށް ފެންނަން އޮތް އެއްޗެއް، ޑިއު ކްރެޑިޓް ދޭން ޖެހޭނެ ކޮންމެ މީހަކަށް ވެސް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އާ ޓާމިނަލުގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށާއި އޭގެ ފަހުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ވެރިކަމުގައި އެ ޓާމިނަލުގެ އިތުރު މަސައްކަތްތައް ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި އާ ޓާމިނަލުގެ ނުނިމި، ބާކީ ހުރި މަސައްކަތް ދެން ކުރީ އެމަނިކުފާނުގެ ސަރުކާރުން މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެ ފެކްޓްސްތައް ބަލާ ކޮންމެ މީހަކަށް ވެސް ފެންނާނެތާ ކޮން މަސައްކަތެއް، ކޮން ވެރިކަމެއްގައި، ކިހާ ވަރަކަށް ކަން ކުރެވުނީ. ދެން މިކަމުގައި ނުޖެހޭނެއެއްނުންތޯ ކޮންމެ މީހަކު ތިމަންނައޭ ހުރިހާ ކަމެއް ކުރީ، ތިމަންނައޭ ގިނަ މަސައްކަތްކުރީ. އެއީ ދެން ކުޑަކުދިން އުޅޭގޮތް ކަންނޭނގެ. އެހެން އުޅޭކަށް ނުވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމުގެ ހުވާ ވެސް ކުރެއްވުމުގެ ކުރިން، އިންތިގާލީ މަރުހަލާގެ ތެރޭގައި އެންމެ ފުރަތަމަ ވަޑައިގަތީ ވީއައިއޭގެ އާ ޓާމިނަލުގެ މަސައްކަތް ގޮސްފައި އޮތް ހިސާބެއް ބައްލަވާލެއްވުމަށް ކަމަށެވެ. އަދި މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދީގެން، އެންމެ އަވަހަށް ނިންމަން އަޒުމު ކަނޑައެޅި އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއަކީ ވެސް އާ ޓާމިނަލުގެ މަސައްކަތް ކަމަށް ރައީސް ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ފަހުގެ ތައްޔާރީތައް: ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް މި މަހު 26 ގައި މި ޓާމިނަލް ހުޅުވާނެ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެންމެ ފުރަތަމަ މަސައްކަތްކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރަށް އާ ޓާމިނަލް ހުޅުވަން ކަމުގައި ވިޔަސް، އެކި ސަބަބުތަކާ ހުރެ ތާރިހު ފަސްކުރަން ޖެހުނީ ކަމަށް ރައީސް ވިދާޅުވި އެވެ.

މި ސަރުކާރު އައިފަހުން އާ ޓާމިނަލުގެ މަސައްކަތް ދިގުލައިގެން ދާން ޖެހުނު ބައެއް ސަބަބުތައް ވެސް ރައީސް ވިދާޅުވި އެވެ.

އެ ފެކްޓްސްތައް ބަލާ ކޮންމެ މީހަކަށް ވެސް ފެންނާނެތާ ކޮން މަސައްކަތެއް، ކޮން ވެރިކަމެއްގައި، ކިހާ ވަރަކަށް ކަން ކުރެވުނީ. ދެން މިކަމުގައި ނުޖެހޭނެއެއްނުންތޯ ކޮންމެ މީހަކު ތިމަންނައޭ ހުރިހާ ކަމެއް ކުރީ، ތިމަންނައޭ ގިނަ މަސައްކަތްކުރީ. އެއީ ދެން ކުޑަކުދިން އުޅޭގޮތް ކަންނޭނގެ. އެހެން އުޅޭކަށް ނުވާނެ: ރައީސް

ރައީސް ވިދާޅުވީ މި ސަރުކާރު އައި އިރު އާ ޓާމިނަލުގެ ބޭރުން ސްޓްރަކްޗަރަލް ގިނަ މަސައްކަތްތައް ހުރީ ނިމިފައި ނަމަވެސް، އިމާރާތުގެ އެތެރޭގައި ކުރަން ޖެހޭ ގިނަ މަސައްކަތްތައް ހުރީ ނުފެށި ކަމަށެވެ. އަދި ޓާމިނަލުގެ އިމާރާތުގެ މަސައްކަތް އެކަނި ނިމިގެން އެތަން ބޭނުންކުރަން ނުފެށޭނެ ކަމަށާއި ޓާމިނަލް އޮޕަރޭޝަނަލް ކުރަން ޖެހޭ އެތައް މަސައްކަތެއް ބަޔަކާ ހަވާލު ނުކޮށް ހުރި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ލަޖެގު ބެލްޓުތައް: ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް މި މަހު 26 ގައި މި ޓާމިނަލް ހުޅުވާނެ.-- ފޮޓޯ: އެމްއޭސީއެލް

ރައީސް ވިދާޅުވި ގޮތުގައި، އާ ޓާމިނަލްގެ އޮޕަރޭޝަންތައް ކިރިޔާ ވެސް ފަށަން ބޭނުންވާ "ހެޑް އޮފް ސްޓޭންޑް" ނުވަތަ މަތިންދާބޯޓުތައް ޓާމިނަލާ ކައިރިކުރަން ބޭނުންވާ މަގު ހަދަން އޮތީ ބަޔަކާ ހަވާލުނުކޮށެވެ. އެ މަސައްކަތް ބަޔަކާ ހަވާލުކުރީ މި ސަރުކާރުންނެވެ. ޓާމިނަލް ނިމުނަސް، "ހެޑް އޮފް ސްޓޭންޑް" ނުނިމި އެތަން ބޭނުމެއް ނުކުރެވޭނެ އެވެ. އަދި އެހާ ފެންވަރު ރަނގަޅު ޓާމިނަލެއް ހަދާއިރު، އެތަނުގައި ހުންނަން ޖެހޭ ޑިއުޓީ ފްރީ ސަރަހައްދު ހަދަން ވެސް ބަޔަކާ ހަވާލުކޮށްފައި ނުވާތީ، އެކަން ވެސް ކުރީ މި ވެރިކަމުގަ އެވެ.

މިދިޔަ ސަރުކާރުގައި އާ ޓާމިނަލުގެ 54 ޕަސެންޓް މަސައްކަތް ނިންމި ކަމަށް ބުންޏަސް، އެ 54 ޕަސެންޓުގެ ސްކޯޕްގެ ތެރޭގައި އެ މަސައްކަތްތައް ނުވެސް ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް، މި މަހު 26 ގައި އާ ޓާމިނަލް ހުޅުވާއިރު މިވަގުތަށް ބޭނުންކުރެވޭ ވަރަށް ޑިއުޓީ ފްރީގެ ހިދުމަތް ލިބޭނެ ކަމަށެވެ. އަދި އަންނަ ސެޕްޓެމްބަރު މަހުގެ ފަހުން އެ ހިދުމަތް ފުރިހަމައަށް ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު އެއްގޮތަކަށް ވެސް ކުރިން އެއްވެސް ވެރިއަކު، ވެރިކަމެއްގައި ކުރެއްވި ކަމެއް ނުކުރައްވާ ކަމެއްގެ ގޮތުގައި ނުދަންނަވާނަން. ރައީސް ޔާމީންގެ ވެރިކަމުގައި ފެއްޓެވީ ހަމަ، ވަރަށް ބައިވަރު މަސައްކަތްތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް ކުރައްވާފައި އެ ހުރީ. އަޅުގަނޑާ ހަވާލުވިއިރު ހުރި ގޮތް މި ދެންނެވީ،" ރައީސް ވިދާޅުވި އެވެ.

ރައީސް އެގޮތަށް ވިދާޅުވި އިރު، އާ ޓާމިނަލުގެ ހަގީގީ ކްރެޑިޓް ލިބެނީ ވަކި ވެރިއަކަށް ކަމަށް ބުނެ ސިޔާސީ ވެރިންނާއި އާންމުންގެ މެދުގައި ގިނަ ބަހުސްތަކެއް ހިނގި އެވެ.

އިބޫގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި، އެ ޕްރޮޖެކްޓުގެ ބޮޑު ބައި ނިންމީ އެމަނިކުފާނުގެ ވެރިކަމުގަ އެވެ. ޔަމީންގެ ވެރިކަން ބަދަލުވުމާ އެކު "ހުއްޓިފައި އޮތް" އެ ޕްރޮޖެކްޓް ޖެހުނީ "އަލުން ބަލުން ފަށަން" ކަމަށް އަމީރު ވިދާޅުވެފައިވެ އެވެ.

ދައުލަތް ވަރަށް ބޮޑަށް ދަރަނިވެރިވެގެން ހުޅުވާ އާ ޓާމިނަލްގެ ކްރެޑިޓް ނަގަން އުޅުމަކީ އަޖައިބެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވާހަކަދައްކަވާފައިވެ އެވެ.

ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު ފެށި އެ ޕްރޮޖެކްޓުގެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާއިރު، ރައީސް މުއިއްޒުގެ ސަރުކާރުގެ އިސްބޭފުޅުން ވިދާޅުވާ ގޮތުގައި، އެ މަޝްރޫއުގެ މަސައްކަތް އަވަސްކޮށް، އާ ޓާމިނަލް މި މަހު ހުޅުވަނީ މި ސަރުކާރުން ކުރި ބުރަ މަސައްކަތުންނެވެ. އަދި ރައީސް މުއިއްޒު އެ ޕްރޮޖެކްޓް އަވަސްކުރަން ދެއްވި ހާއްސަ އަހައްމިއްޔަތުކަމުގެ ސަބަބުންނެވެ.

ރާއްޖޭގެ މައި އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ނިންމަން، މި ސަރުކާރު އައި ފަހުން ސައުދީ ފަންޑުން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އާއި އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ވަނީ ހަމަޖައްސައި ދީފަ އެވެ. އެއާއެކު އެ ޕްރޮޖެކްޓަށް ޖުމްލަ، ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ހޭދަވި އެވެ.

42 ކޮމެންޓް, 40 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 0%
icon angry icon angry 15%
icon wow icon wow 5%
icon inlove icon inlove 73%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މައިނަސް

18 July 2025

އިބޫއަށް ކްރެޑިޓްދީފިއްޔާ އަނދިރި އަނދިރިންނައްވެސް ތި ޓާމިނަލްގެ ކޮރެޑިޓް ދޭންޖެހޭނެ

The name is already taken The name is available. Register?

ހިސަ

17 July 2025

ރައިސް ޔާމީންގެ ދުރުވިސްނުން ތިޔަ އެއަރޕޯޓުން ފެންނަނީ! ޔާމީންގެ ސަރުކާރުގައި މިހާރުގެ ރައިސް މުޢިއްޒުވެސް އިންނަވައިގެން އޭރު ރައިސް ޔާމީންގެ ޓީމުން ކުރި މަސައްކަތާއި ކުރަހާލި މަގު ޗާޓު އަދި ޕްލޭންކޮށް ކަރުދާހަށް ތިރިކޮށް މަސައްކަތް އެވޯޑްކޮށް އޭރު ފެށި ކަންކަމުގެ އަސްލު އެފެންނަނީ އެއަރޕޯޓުން! އެންމެ ބޮޑު ކްރެޑިޓެއް އަޅުގަނޑު ދޭނީ ރައިސް ޔާމީނަށާއި އޭރުގެ އެމަނިކުފާނުގެ ކެބިނެޓަށް! ކެބިނެޓްގައި މިހާރުގެ ރައިސްވެސް ހިމެނިވަޑައިގަންނަވާ!

The name is already taken The name is available. Register?

ޒިޔާން އަހުމަދު

16 July 2025

ރައީސް ތިޔަ ދެއްކެވީ ފުރިހަމަ ނަމޫނާއެއ

The name is already taken The name is available. Register?

ޖަގޭ

16 July 2025

ނޫން ރައީސް!ރ.މަޢުމޫން ރ.ނަޝީދުވެސް ހިމެނޭ!!!!

The name is already taken The name is available. Register?

Mohamed

15 July 2025

ވަރަށް ރަނގަޅު ތިޔަހެން ވާންޖޭނެ

The name is already taken The name is available. Register?

ޖަގޭ

15 July 2025

ތަހުޒީބު ވެރިކަމެއްގައި ނަމަ ތިޔަ ޓާމިނަލް ހުޅުވާނީ މޮދީ އާއި މުޢިއްޒެއްނޫން، އެކަން ކުރާނީ ރ.ޔާމީނާއި ރ.ސޯލިހާއި އަދި ރ.މުޢިއްޒު ...

The name is already taken The name is available. Register?

ވސޗަނަވ

15 July 2025

ހީވޭތަ ދައުވަތު ނުދޭނޭ. ؟؟ އެހެންކަމަށްވާނަ އެއީ ކުށްހީއެއް. ހިތްސަފުކޮށްލާ

The name is already taken The name is available. Register?

ޖަގޭ

15 July 2025

ރ.މަޢުމޫނުގެ ވެރިކަމުން ފެށިގެން އާޓާމިނަލެއްގެ ވާހަކަ ދައްކަމުން އައީ ރ.ނަޝީދުގެ ވެރިކަމުގައި އާޓާމިނަލެއް އަޅަން ފައުންޑޭޝަންއަޅައި ތަބުވެސްޖެހި ރ.ޔާމީންގެ ވެރިކަން ނިމުނުއިރު ބިން ސާފުކޮށް އެތަނުގެ އަޑިޔަށް ޖަހާ ޕޯލްތައް ޖަހަންފަށައިފާހުރީ ރ.ސޯލިހު ވެރިކަމާ ހަވާލުވެ ޓާމިލަންގެ އިންޓީރިޔާ އަދި އެކްސްޓީރިޔާއަށް ބޮޑު ބަދަލެއްގެނައި އޭގެ ސަބަބުން މަސައްކަތް ލަސްވެގެން ދިޔަ މިހާރު ޓާމިލަންގެ ބޭރުން އެފެންނަ ހިރިގަލުގެ ޑިޒައިންގެ ފަސާޑާއި އަދި ...

The name is already taken The name is available. Register?

އައިމިނާ

15 July 2025

ދެން ކޮންމެ ވެރިކަމެއްގަ ކުރިކަމުގައިވީނަމަވެސް ރައްޔިތުންގެ ފައިސާއިން ކުރަނީ. ހުއްޓާލާފަ މަސައްކަތް ބެހެއްޓިޔަސް ގެއްލުންވާނީ ރައްޔިތުންނަށް.ވެރިޔަކަށް އަންނަމީހާ ދައުރު ހަމަކޮށްފަ ވަތްދޮރުން ނިކުމެގެން ދާނީ

The name is already taken The name is available. Register?

raajje

15 July 2025

މިކަމުގައި ޑރ.މުއީޒުގެބަސް ވަރަށްރަނގަޅު ސާފު، ސިޔާސީބައެއްމީހުންއުޅެނީ ހަމަކޮންމެވެސްއެއްޗެކޭ ކިޔައިގެން އަބަދުވެސް ކޮންމެވެސް މީހަކާނުވަތަ ބަޔަކާ ޖެހިގަނެވޭތޯ، ހެޔޮކަމެއްކޮށްފައޮތިއްޔާ އޭގެފައިދާ އަދި ގޯސްކޮށްކަމެއްކޮށްފަވާނަމަ އެކަމުގެ ޒިންމާވެސް އެމީހަކާ އަރާހަމަކުރާނެ، މަށޭކުރީ މަށޭކުރީ ކިޔާފަ ޕޯޑިއަމްތަކުގައި ނުގޮވިޔަސް

The name is already taken The name is available. Register?

އައިމިނާ

15 July 2025

މި ރާއްޖޭގަ އޮންނަނީ އެއްމެ ސަރުކާރެއް. ދެން ކޮން 3 ސަރުކާރެއްގެ ވާހަކައެއް. ނުވިސްނުނު. ދެން އަންނަނީ އޭނަގެ ވެރިކަން މީނަގެ ވެރިކަން މި ވެރިކަން. އެ ރައީސް މި ރައީސް ކުރީގެ ރައީސް. އެއްގައުމެއްގަ މާކަގިނަ ބައިވަރު ސަރުކާރުތަކެއް ނުއޮންނާނެ ނޫންތޯ.

The name is already taken The name is available. Register?

ހަންޑީ

15 July 2025

ދައުލަތް އެއީ އޮންނަ އެންމެ އެއްޗަކީ. ސަރުކާރު ކިޔަނީ އެއިރަކު ދައުލަތް ހިންގަން ހަވާލުވާ ބަޔަކަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454