ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް މި އަހަރުގެ ޖުލައި 26 ގައި ހުޅުއްވައި ދެއްވުމަށް ފަހު ރައީސް މުއިއްޒާއި އެމްއޭސީއެލްގެ އެމްޑީ ޝަރީފު ބައެއް މައުލޫމާތުތައް ހިއްސާ ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
19 ނޮވެމްބަރ 2025 - 19:31
މި އަހަރުގެ ޖުލައި 26 ގައި ބޭނުންކުރަން ފެށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލްގެ ކިއު މަދުކުރުމަށްޓަކައި އީގޭޓް ހަރުކުރުމުގެ މަސައްކަތް ފަށަައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި މީގެ އިރުކޮޅެއް ކުރިން ވިދާޅުވީ، އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފީޗާތައް ހިމެނޭ އީގޭޓުތައް ހަރުކުރަނީ އެ އެއާޕޯޓު ބޭނުންކުރާ ދިވެހިންނާއި ޓޫރިސްޓުން ބޯޑާ ކޮންޓްރޯލް ކައުންޓަރުތަކުގައި ގިނައިރު ކިއުގައި މަޑުކުރަންޖެހޭ ޖެހުން ނިމުމަކަށް ގެނައުމަށް ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ވީއައިއޭގެ އާ ޓާމިނަލްގައި 20 އީގޭޓު ހަރުކުރާނެ އެވެ. އެ ގޮތުން އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އެރައިވަލް އާއި ޑިޕާޗާ ހިމެނޭހެން ކޮންމެ ޓާމިނަލެއްގައި 10 އީގޭޓު ހަރުކޮށް، ބޭނުންކުރަން ފަށާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މި ގޭޓުތަކުން އެއްފަހަރު ޕާސްޕޯޓު ސްކޭން ކުރުމަށް ފަހު، ދެން ބޯޑާ ހުރަސް ކުރާއިރު އޮތޮރައިޒް ކުރެވޭނީ ފޭޝަލް ރެކޮގްނިޝަންގެ ޒަރިއްޔާއިން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ވީއައިއޭގެ އިތުރުން ރާއްޖޭގެ އެހެނިހެން އިންޓަނޭޝަނަލް އެއާޕޯޓުތަކުގައި ވެސް އަންނަ އަހަރު އީގޭޓްތައް ހަރުކޮށް، ބޭނުންކުރަން ފަށާނެ ކަމަށެވެ.
ވީއައިއޭގެ އާ ޓާމިނަލް ރަސްމީކޮށް ހުޅުވި ފަހުން މިހާރު އެ ޓާމިނަލުން 25 އެއާލައިނަކަށް އަންނަނީ ހިދުމަތް ދެމުންނެވެ. އެންމެ ފަހުން މި މަހުގެ 17 ގައި އާ ޓާމިނަލުން ހިދުމަތް ދޭން ފެށީ އެއާ އޭޝިއާ މެލޭޝިއާ އާއި ތައި އެއާ އޭޝިއާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަކްމެޑް
20 November 2025
އަދިވެސް ސެޕްޓެމްބަރ ނާދޭތަ?
ރަދީފާތަ
19 November 2025
ކިއު މަދުކުރަންޔާ ޖެހޭނީ ކައުންޓަރާއި އީގޭޓް މަދު ކުރަން. ކިއު ކުޑަކުރުން އަދި އެއީ އެހެން ކަމެއް
ހުޅުލޭ ބޮޑުމީހާ
19 November 2025
ތިޔަ ގޭޓުތައް ރަސްމީކޮށް ހުޅުވުން އޮތީ ކޮންއިރަކުތޯ. އާސްކިން ފޯ އަ ފުރެންޑު
ޗިރުކުން
19 November 2025
ތިޔާގެ ދެތިން އެތި ބެހެއްޓޭނީ ދޯ. ސަތޭކައިން ހޯދި މީހުންގަނޑު ލާނެ ތަނެއް ބަހައްޓަންޖެހޭނެއްނު.
ސިތާރާ
19 November 2025
މުއިއްޒާ އެއާޕޯޓު ބޮޑުމީހާޔާ ދެމެދު އެފެންނަނީ ކޮން ބޮލެއް؟
މިޔާރެ
19 November 2025
އަންނިގެ ބޯ
މަބުނީ
19 November 2025
މަވަރަށް އުޅެގެން ކިރިޔާ އެފޮޓޯއަށް އަރާވަރުވީ.
ހުސޭން ކުރުސި
19 November 2025
ވީއޭ ފޭޝަލް ރިކޮގްނިޝަން ކެމެރާ ޗައިނާއާ ގުޅިގެން މާލޭގެ މަގުތަކުގާ ހަރުކޮށްބަލަ. ޗައިނާއަކީ މަގުތަކުގެ ސަވަޔަލެންސް އެންމެ ރަނގަޅަށް މެއިންޓެއިންކުރާ ގައުމު. ދެން ހަމަ އެއާއެކު އެ ބަލަހައްޓާ މޮނީޓަކުރާނެ ވަފާތެރި ހީވާގި މުޅިން މުސްތަގީއްލުކޮށް މަސައްކަތްކުރާނެ ޖާގަދެވިފާވާ ފަންސަވީހަކަށް ފުލުހުން.
ފުލުސް
20 November 2025
ތިކަހަލަ ފުލުހުން މިހާރު ތިބޭތަ؟
ޖުބޖި
20 November 2025
ތިކަހަލަ ފުލުހުން އުޅޭނެ ފޭސްބުކްގަ..