މެލޭޝިއާ އެއާލައިނުން މިއަދު ރާއްޖެ އައި ޓޫރިސްޓުންތަކެއް ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގައި.---ފޮޓޯ: އެމްއޭސީއެލް
11 އޮކްޓޯބަރ 2025 - 23:54
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް އިން ހިދުމަތް ދޭން ފެށި 10 ވަނަ އެއާލައިނަކަށް މެލޭޝިއާ އެއާލައިންސް މިއަދު ވެއްޖެ އެވެ.
ޓާމިނަލް 1 އިން އެ އެއާލައިންގެ ހިދުމަތް ދޭން ފެށުމަށް ވީއައިއޭގައި މިއަދު ހާއްސަ ރަސްމިއްޔާތެއް ބޭއްވި އެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ. މެލޭޝިއާ އެއާލައިންސްގެ މާލޭގެ ސްޓޭޝަން ހެޑް އަހުމަދު ހަނަމް ފާއިޒާއި އެމްއޭސީއެލް އާއި އެ އެއާލައިންގެ އިސްވެރިންނާއި އޮފިޝަލުން ވެސް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
މީއައިއޭގެ އާ ޓާމިނަލުން މެލޭޝިއާ އެއާލައިންސްގެ ހިދުމަތް ދޭން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން އައިލެންޑް އޭވިއޭޝަންގެ އެމްޑީ އިޔާސް (މ) އާއި އެމްއޭސީއެލް އަދި އެ އެއާލައިންގެ މާލޭ ސްޓޭޝަންގެ ބައެއް ވެރިން ފޮޓޯއަކަށް ތައްޔާރުވެގެން.---ފޮޓޯ: އެމްއޭސީއެލް
މެލޭޝިއާ އެއާލައިންސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 170 ފަސިންޖަރުންނަށް މިއަދު ވަނީ ހަދިޔާ ދީފަ އެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި މެލޭޝިއާ އެއާލައިންސްގެ ފުރަތަމަ މަތިންދާބޯޓު MH485 އަށް މަރުހަބާ ކިއުމުގެ ގޮތުން ހާއްސަ ވޯޓާ ސެލިއުޓެއް ދީ, އެ ފްލައިޓުން ރާއްޖެ އައި 172 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާ އެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
މެލޭޝިއާ އެއާލައިންސްގެ މަތިންދާބޯޓު ވީއައިއޭގެ ޓާމިނަލް 1 އަށް މިއަދު ކައިރި ކޮށްފައި.---ފޮޓޯ: އެމްއޭސީއެލް
- މޯލްޑިވިއަން އެއާލައިން
- އެއާ އަރަބިއާ
- ބިއޯންޑް
- ފިޓްސް އެއާ
- ބެއިޖިންގް ކެޕިޓަލް އެއާލައިންސް
- ބަޓިކް އެއާ
- ބެންކޮކް އެއާވޭސް
- އިންޑިގޯ
- ގަލްފް އެއާ
- މެލޭޝިއާ އެއާލައިންސް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ރަސްމީކޮށް ބޭނުންކުރަން ފެށީ މިދިޔަ ޖުލައި 26 ގަ އެވެ. އެ ތަނަށް ވަނީ 457 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ހޭދަކޮށްފަ އެވެ.
އާ ޓާމިނަލާ އެކު އެމްއޭސީއެލްގެ އާމްދަނީ ފުރަތަމަ އަހަރު ވެސް 8-7 ޕަސެންޓަށް އިތުރުވެ، ޖެހިގެން އަންނަ އަހަރު 15 ޕަސެންޓަށް އިތުރުވާނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފަ އެވެ. އެކަން ހާސިލުކުރަނީ، ޕީކް ވަގުތުގައި އިތުރު އެއާލައިންތަކަށް ފުރުސަތު ދީ، ޑިއުޓީ ފްރީ ފުޅާކޮށްގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތިއޮތީ ކަމެއް ކުރެވިފަ؟
12 October 2025
2050 އަށް ދަންމާލާތި.
ހިލާލު
12 October 2025
އަގުބޮޑުކޮށް ހެދި ޓާމިނަލްގަ ކެޕޭސީޓީ ވަކި ކުރިއެއްވުރެ ބޮޑެއްނޫން
ރާވެރިބެ
12 October 2025
ދެން ހަމަ ކޮންމެ އެއަރލައިނެއް އާ ޓަރމިނަލް ބޭނުން ކުރަންފާށާ އިރަށް ރަސްމިއްޔާތު ބާއްވާ ފިނިފެންމާ ބަހާ ބޮޑު ބެރުޖަހާ ނަށާ މިހުރިހާ ކެމެއް ބާއްވަން ޖެހޭދޯ! ބަލާ މީހުންނަށް ހީވާނެ ވަރަށް ފުދިގެން ތިބި ބައެކޭ ދިވެހިންނަކީ. ދެއްކުންތެރި ކަމުގެ 1ވަނަ!
އިބުނު މަހުދީ
12 October 2025
އެއްވެސް މޭޖަރ އެއަރ ލައިނެއް އަދި ނުފަށާ ދޯ؟
އަކްމެޑް
12 October 2025
އަދިވެސް ސެޕްޓެމްބަރ ނާންނަނީ؟