ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
04 މެއި 2025 - 01:02
ރާއްޖޭގެ ރައީސަކު މިހާތަނަށް ބޭއްވެވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުން އިއްޔެ ބާއްވަވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ރެކޯޑެއް ހައްދަވައިފި އެވެ.
އިއްޔެ ފާހަގަކުރި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައި އެ ބައްދަލުވުން ފެއްޓެވީ އިއްޔެގެ ހެނދުނު 10:00 ގަ އެވެ.
ބައްދަލުވުން ފައްޓަވަމުން ވެސް އެ މަނިކުފާނު ވިދާޅުވީ ބައްދަލުވުން ނިންމަވައިލައްވާނީ ނޫސްވެރިންގެ ކިތަންމެ ގިނަ ސުވާލެއް އޮތަސް އެ ހުރިހާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ފަހު ކަމަށެވެ.
އެ ބައްދަލުވުމުގެ ގާތްގަނޑަކަށް ދެ ގަޑިއިރު ރައީސް ހޭދަކުރެއްވީ، އެކި ދާއިރާތަކުން ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާއި ކުރިއަށް ރޭވިފައިވާ ހުރި ޕްލޭންތަކާއި ތަސައްވަރުތައް ހިއްސާ ކުރެއްވުމަށެވެ.
އިއްޔެގެ ނިއުސް ކޮންފަރެންސްގައި ރައީސް މުއިއްޒު ނޫސްވެރިއެއްގެ ސުވާލު އަޑުއައްސަވަނީ.
އޭގެ ފަހުން، ނޫސްވެރިންގެ ސުވާލުތަކަށް ރައީސް ޖަވާބު ދެއްވަން ފެއްޓެވީ ގާތްގަނޑަކަށް މެންދުރު 12:20 އެހާކަންހާއިރެވެ.
ސަރުކާރުގެ ސިޔާސަތުތަކާއި ގައުމުގައި ހުރި މައްސަލަތަކާއި ހިންގާ މަޝްރޫއުތަކާއި އަމާޒުވާ ފާޑުކިޔުންތަކާއި ސޯޝަލް މީޑިޔާގައި ވެސް ދައުރުވަމުންދާ އެކި ކަންކަމާ ގުޅުވައި އެކި ޒާތުގެ ފަހަރަކު ސުވާލެއް ނޫސްވެރިން އަމާޒުކުރަމުން ދިޔަ އެވެ.
ރައީސް ވަނީ ޕޯޑިއަމް ކައިރީގައި ކޮޅަށް ހުންނަވައިގެން ކޮންމެ ސުވާލަކަށް، ހަމަޖެހިވަޑައިގެން ހުންނަވައި، ސާފުކޮށް ޖަވާބު ދެއްވަމުން ގެންދަވާފަ އެވެ.
އެ ބައްދަލުވުން މެދުކަނޑާލާފައިވަނީ މެންދުނު ނަމާދާއި އަސުރު ނަމާދާއި މަޣުރިބު ނަމާދުގެ އިތުރުން އިޝާ ނަމާދަށް އެކަންޏެވެ. އޭގެ ފަހުން، ރޭގަނޑު 10:15 ގައި ވެސް 15 ވަރަކަށް މިނެޓަށް ބްރޭކެއް ނެންގެވި އެވެ.
ޕްރެސް ދިގުލައިގެން ދިޔުމުގެ ސަބަބުން، އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ބައެއް ނޫސްވެރިން، ބައްދަލުވުން ދޫކޮށް ނުކުމެވެފައިވާއިރު، ދެން ތިބި ނޫސްވެރިންގެ ސުވާލުތަކަށް ރައީސް ފުރުސަތު ދެއްވައި، ޖަވާބު ދެއްވި އެވެ.
ރައީސް އޮފީހުގައި އާންމުކޮށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތައް އެންމެ ގިނަވެގެން ބާއްވަނީ ދެ ގަޑިއިރަށެވެ. ނޫސްވެރިންނަށް ރައީސް ކުރަން ލިބޭނީ ވެސް އެންމެ ސުވާލެއް ނުވަތަ ދެ ސުވާލެވެ. ނަމަވެސް މިއީ ރާއްޖޭގެ ރައީސަކު ފުރަތަމަ ފަހަރަށް ހުރިހާ ނޫސްވެރިންގެ ހުރިހާ ސުވާލެއް ނަންގަވައި ޖަވާބު ދެއްވަމުން ގެންދަވާ ޕްރެސް ކޮންފަރެންސެވެ.
ރޭގެ ދަންވަރު 12:55 ހާއިރު މީޑިއާ ބްރީފިން ނިންމަވައިލައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އަބަދުވެސް މަސައްކަތް ކުރާނީ ޑިމޮކްރަސީގެ ހަތަރުވަނަ ބާރާ އެކު ކަމަަށެވެ. އަދި ބައްދަލުވުން ނިންމަވައިލެއްވީ އަވަސް އަވަހަށް ނޫސްވެރިންނާ ބައްދަލު ކުރައްވާނެ ކަމުގެ އުންމީދު ދެއްވަމުންނެވެ.
ރައީސް މުއިއްޒު އެންމެ ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ މީގެ 500 ވަރަކަށް ދުވަސް ކުރިންނެވެ.
ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިން ބާއްވަވާފައިވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ބަލާއިރު ވެސް، ރައީސް މުއިއްޒު އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމަކީ ފާހަގަކޮށްލެވޭ ތާރީހީ ބައްދަލުވުމެކެވެ.
މިގޮތުން، ޔޫކްރޭނުގެ ރައީސް ވޮލޮޑިމިޔާ ޒެލެންސްކީ 2019 ވަނަ އަހަރުގެ ތެރޭގައި ވަނީ 14 ގަޑިއިރު ނޫސްވެރިންނާ ބައްދަލުކުރައްވައި، ސުވާލުތަކަށް ޖަވާބު ދެއްވައިފަ އެވެ. އެ ބައްދަލުވުމުގައި ނޫސްވެރިން ބައިވެރިވެފައިވަނީ އެކި ދަންފަޅިތަކަށް ބަހާލައިގެންނެވެ. އޭރު ޔޫކްރޭނުގެ މީޑިޔާތަކުން ވަނީ އެއީ ދުނިޔޭގެ ރެކޯޑެއް ކަމަށް ބުނެފަ އެވެ. ނަމަވެސް، ބައިނަލްއަގުވާމީ އެއްވެސް ފަރާތަކުން އެކަން ޔަގީން ކޮށްދީފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރެކޯޑު މިވެސް..
04 May 2025
މި ސަރުކާރުން ވަނީ ވަރަށް ލަދުވެތި ރެކޯޑްތަކެއް ގާއިމް ކޮށްފައެވެ.އާއިލާގެ ގާތް މީހުންނަށް ދައުލަތުގެ ބޮޑެތި މަޤާމުތައް ބެހުމުގެ ރެކޯޑްއެވެ. 500 ދުވަހު ނޫސްވެރިންނަށް ފިލާއިން އުޅުމުގެ ރެކޯޑެވެ. ޕާޓީ އެކްޓިވިސްޓުންނަށް ދުވަހަކު ސަރުކާރަކުން ނުދޭހާ ގިނައިން ސިޔާސީ މަގާމު ދިނުމާ އޭގެ އަދަދު ފޮރުވުމުގެ ރެކޯޑެވެ. ޕާޓީކޮށް ޖުވާކުޅެ ކުލަބުތަކުން ދުވާ ޒުވާން ފިރިހެން ކުދިންނަށް ރައީސް އޮފީހުން ވަޒީފާ ދިނުމުގެ ރެކޯޑެވެ. ހުރިހާ ކަމެއް މަތި ޖަހާ ރެކޯޑެވެ.
ވަދީ
04 May 2025
ކިހާ ވަރެކޭ ސިޔާސީ މަގާމު ތަކުގެ އަދަދު؟ 14 ގަޑި އިތުން އެވަރު ނުބުނުވުނޭ.
ވެދުން ސަލާން
04 May 2025
ތިކަހަލަ ނާޗަރަންގީ ނުޖަހާ ގައުމު ހިންގަބަލަ. މަހަކު 1 ފަހަރު ނަމަވެސް ނޫސްވެރިންނާ ބައްދަލު ކޮއްލީމަ ވީ. ނޫސްވެރިންނާ ބައްދަލުކުރުމަކީ ތިކަހަލަ ބޮޑު އިވެންޓަކާ ހަދާކަށް ނުޖެހޭ. އެއީ ވެރިމީހާ ކުރަންޖެހޭ ކަމެއް. ކޮންމެ މިނިސްޓުރީ އެއް ފުރެންދެން 100 އިން މަތިން ސިޔާސީ މީހުން ލިޔަސް ތަރައްގީ އޮތީ ހުއްޓިފަ. ބޭހެއް ނުލިބޭ. ކަރަންޓު މައްސަލަ. ޑުރަގު ވަބާ. އެތައް މައްސަލައެއް އެބޮތް.
515..
04 May 2025
އޭނަ އަށް ހީވަނީ ނޫސްވެރިންނާ ބައްދަލު ކުރުން އޮންނަން ވާނީ ކޮންމެ 515 ދުވަހުންނޭ. ލޮލް.
ރައުޔު
04 May 2025
ނާ ޤާބިުކަން ހާމަވުން ނޫންކަމެއް ނުވާކަމަށް ވަރަށް ގިނަ މީހުން ބުނާ އަޑު އިވުނު
ހުތުރު ނާތަހުޒީބު ކަމެއް
04 May 2025
ދިވެހިރާއްޖޭގެ ވެރިން އެބަޖެހޭ އަމިއްލަ ނަފުސް ޕުރޮމޯޓު ކުރުމާ ސިޔާސީ މަގާމުތަކު މީހުން ކލައްވާ ވެރިމީހަގެ ސެލްފު ޕޮރޮމޯޓު ކުރުން ހުއްޓާލަން. ތިޔަ ކަމަކާ ހެދި ވެރިން އަސްލު ފޯކަސް ކުރަން ޖެހޭ އިމްރާނީ އަދި އިޖުތިމާއީ ޑިވޮލޮޕުމެންޓް ޖަހަނީ ފަހަތައް
ޢަދީލް
04 May 2025
ކީއްކުރާނީ. ސިޔާސަތު އޮތްތާ އޮތީ. ރައީސު މީހާގެ ފޮޓޯ ނުލެވެންޔާ ކަމަކު ނުދޭ
ނާތަހުޒީބު
04 May 2025
ކީއްތޯކުރާނީ؟ ދިވެހިން އަދިވެސް އުޅެނީ ވެރިމީހާގެ ފޮޓޯ ހިފައިން އެޕުރޮމޯޓުކުރަން. ކުރީގައި ގޭގޭގައި ތަތްކޮއްފަ މިހާރު ޓުވިޓާ ފޭސްބުކްގައި. 1920 ގައި އަދިވެސް.
މަރަދޫ
04 May 2025
އަހުންނަށް ހެވޭ މަނިއްޕުޅު 100 ގަޑި އިރު ހުއްޓަސް. މިރަށަކު ނެތޭ ކަރަންޓެއް ބޭހެއް
އިބްރާހިމް ސާލިހު
04 May 2025
އަޖާއިބެއް، އެއީވެސް ހަމަ އިންސާނެއް. ހުރިހާއެއްޗެއް ހިތަކުން ނޭނގޭނެ. ރައީސް ވީމަ ވަހީ އަންނަނީތަ. ކުރާ ސުވާލަކަށް ވަގުތުން ވަގުތަށް ޖަވާބު ދޭން. މި މީހުނަށް ހީވާކަހަލަ މީ ކުޅޭ ކުޅޭ ގޭމެކޭ. ގައުމެއް ހިންގުމަކީ ކިހާ ބުރަ އަދި އުނދަގޫ ކަމެއްކަން އިނގޭނީ އެކަމެއްގެ ޒިންމާ ކޮނޑުގަ އަޅައިގެން އުޅޭމީހަކަށް
ޔާންޓެ
04 May 2025
ދެން ނުވާ ވަރުން ކަންކަމަށް ބޯ ނިކޮއްޕާނީ އޯކޭ ބައި
މަސްއޫދު އަލީ
04 May 2025
މީ ހަމަ މޭން އެއް. ނުރުހުމުގެ ލޮލަކަށް އައިބު ނޫންކަމެއް ނުފެންނާނެ. ރައީސް ގެ ދުލުގަ ހިފާދެމިޔަސް ތެދުބަހުން ޖަވާބު ދިނީމަ ހަޖަމުނުވީ.
ވުމަން
04 May 2025
މޭން އަކަށް ވެގެން މިރަށުގައި އެއްވެސް ތަރައްގީގެ ޕުތޮޖެކުޓެއް ނުހިގާ
ފައިޖު..
04 May 2025
ދިވެހިން އެބަޖެހޭ ސިޔާސީ މަންފާއަށް ރައީސުންނަށް ކިންގަކަށް ކުރާހެން ހުޝަމަދު ކުރުމާ ކުރުނީސް ކުރުން ހުއްޓާލަން. ދީނީ ގޮތުން ވެސް ގޯސް ކަމެއް.
ވުމެންއަށް
04 May 2025
ކަލޯ ތަންކޮޅެއް ހިތްޔިރިވެބަލަ. ދަރަނި އޮތީމަ އެއީ.. ސުކުރު ކުރަން ދަސްކުރަންވީ ވުމެންމެން
މަނޭ
04 May 2025
ނޫސްވެރިންގެ އެބަޖެހޭ އަދަބު އަޚްލާގެއް ހުންނަން. އަމުދުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާ މުޚާތަބު ކުރާއިރު. އަދަދު ނޫހުގެ ޝަހުޒާންގެ ފަރާތުން ފެނިގެން ދިޔައީ އެއްވެސް ޕްރޮފެޝަނަލިޒަމްއެއް ނެތް ދަށު ދަރަޖައިގެ އަމަލުތަކެއް
ޖާހިލީ ވޯދާ ވިސްނުން އައުއ
04 May 2025
ދެން ވީ ކިޔަން ދޯ މާތް މަނިކުފާނު އަޅުގަނޑު އާދޭހާ އެކު އާދޭސް ކުރަމޭ؟ ކަމޯން. ތި ކުރީ ޒަމާނު ކަޓު ވިސްނުން ދޫކޮއްބަލަ. ރައީސް ކިޔަސް އޭނާ އަކީ ރައްޔިތުންގެ ހާދިމެކޭ
ހުޝާމަދު ފާޓާ
04 May 2025
އޭނާ އެއްޗެސް ހަޑި ހުތުރު އެއްޗެއް ނުކިޔާ. ދެން ނިޖެހޭ ހުޝާމަދު ކޮށް މީހާ ކުފުރު ވާ ވަރު ވާކަށް އިގޭ
ސާބަހޭ ޝަހުޒާން. މޭން އެކޭ!!!
04 May 2025
އެންމެ ެަގަޅު ސުވާލު ކުރީ އެބޭފުޅާ. ހަޖަމް ކޮއްލާ!
ބެކޭ
04 May 2025
ކަލޭ ނުދެކެންތަ ތަހުޒީބު ގައުމުތަކުގައި ނިއުސް ކޮންފަރެންސް ތަކެއް ވެރިންގެ؟ ހެހެހެ
ފާހަނގަވި
04 May 2025
ޢެންމެބޮޑަށް ފާހަނގަވި އެއްކަމަކީ 7 އަހަރު އިމާރާތްކުރުމުގެ ވަޒީރުކަމާއި 3 އަހަރު ވަންދެން މޭޔަރުކަން ކޮށްފައިހުރި މީހަކު، ސަރުކާރުގެ އިމާރާތްތަކުގެ ފެންވަރާއި ރައްޔިތުންގެ ގެދޮރުވެރިކަމާއި ރަށްރަށުގެ ފެނާއި ނަރުދަމާއާއި މަގުތަކާއި ބަނދަރުތަކުގެ ހާލަތާއިމެދު ޒިންމާވާން ނުޖެހުން. އެކަމުގެ ޒިންމާނަގަންޖެހުނީ ކުރީގެ ސަރުކާރުތަކުން. އެކަމަކު އެއިން ދެސަރުކާރެއްގައި ވަޒީރުކަން ކުރިއިރުވެސް ޒިންމާއެއް ނެތް!
މިސް
04 May 2025
ބަލަ ވަޒީރަކީ ރައީސުލްޖުމްހޫރިއްޔާ އަންގާ ކަންތައްތަކެއް ކުރުމަށް ހުންނަ މީހެއް، އެހެްނވީމާ ވަޒީރު ނުޖެހޭނެތާ ޒިންމާވާކަށް، މި ވެރިކަން ނިމުނީމާ ދެންއަންނަ ވެރިއަކު ކުރީ ސަރުކާރޭ ކިޔަންފެށީމާ މިހާރުގެ ރައީސްގެ ޒިންމާވެސް އޮންނާނެ .