05 މެއި 2025 - 14:38
ހުޅުމާލެ 1 ގެ ވިލާ ޕެޓްރޯލް ޝެޑް ކައިރީގައި ހުންނަ އޮރެންޖު ހިޔާގައި ތެލަސީމިއާ ސެންޓަރުގެ ހިދުމަތް ބުރާސްފަތި ދުވަހުން ފެށިގެން ދޭން ނިންމާފައިވާތީ، އެތަނަށް ދެވޭނެ ހާއްސަ ބަސް ރޫޓެއް އެމްޓީސީސީއިން ހަދައިފި އެވެ.
އެމްޓީސީސީ އިން ބުނީ، މިހާރު ހުޅުމާލޭގެ އެތެރޭގެ ހުރިހާ ދަތުރެއްގައި ވެސް އޮރެންޖު ހިޔާއަށް މަޑުކުރާނެ ކަމަށާއި މާލެއިން އޮރެންޖު ހިޔާއަށް ދާނީ އާރް15 ރޫޓުން ކަމަށެވެ. މިއަދު މެންދުރު 1:30 އިން ފެށިގެން އެ ދަތުރުތައް ވަނީ ފަށައިފަ އެވެ.
އެމްޓީސީސީއިން ބުނީ، އޮރެންޖު ހިޔާއަށް ހާއްސަ ބަސް ރޫޓެއް ހެދީ، ތެލެސީމިއާ ކުދިންނަށް މިހާރަށް ވުރެ ފަސޭހައިން އެތަނަށް ދެވޭނެ ގޮތް ހެދުމަށް ކަމަށެވެ.
ކަސްޓަމަރުންގެ ސަމާލުކަމަށް! pic.twitter.com/LlO8XeMLAP
— MTCC Plc (@MTCCPlc) May 5, 2025
އޮރެންޖު ހިޔާއަށް ތެލެސީމިއާ ސެންޓަރުގެ ބަދަލު ކުރަން ނިންމައި، އެކަމުގެ މަސައްކަތްތައް ސަރުކާރުން ވަނީ ފަށައިފި އެވެ. ސިފައިންނާ ހަވާލުކޮށްގެން އެ މަސައްކަތް ފެށީ މާޗް 28 ވަނަ ދުވަހު އެވެ. އެތަނުގެ މަސައްކަތްްތައް ސިފައިންނާ ހަވާލުކުރީ، މިހާރު ދަމަނަވެށީގައި ހިންގަމުންދާ އެތަނާ މެދު ތެލެސީމިއާ ކުދިންނާއި އާއިލާތަކުން ކަންބޮޑުވުން ފާޅުކޮށް، މުޒާހަރާ ކުރުމުންނެވެ.
އެހެންވެ، އޮރެންޖް ހިޔާއަށް ތެލެސީމިއާ ސެންޓަރު، ބަދަލުކޮށް ހިދުމަތް ދޭން ފަށަން ނިންމާފައިވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.
އެމްޓީސީސީއިން މާލެ އާއި ހުޅުމާލޭގައި 15 ރޫޓަކުން ބަސް ދަތުރުތައް ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޑުގަދަކުރޭ
05 May 2025
ހާދަ ހެއްވައޭ ދޯ. ދެން ހުޅުމާލޭއާ މާލޭގަ އުޅޭ ދާއިމީ އެހެން ބަލިތަކުގެ މީހުނޯ؟ ހަމަ ބަހުގަ ދާން ނޫނީ ޓެކްސީގަ ދާން ހިނގާފަ އެންމެންވެސް އަރާ ތަންތަނަން ދަނީ. މިދެން ވަކި ބަޔަކަށް ވަކިގޮތެއް ވަރަށް ހަދައިދޭން އުޅޭ ހިތްވާ ސަރުކާރެއް އަމިއްލަ މިސްޓޭކުތަކުގަ މަތިޖަހަން!
ޙެޔޮއެދޭ ފަރާތެއް
05 May 2025
ވަކި ބަޔަކަށް ވަކިގޮތެއް ހަދާދެނީ ކަމަށް ޤަބޫލެއް ނުކުރެވޭ. ތެލަސީމިއާ ކޮމިއުނިޓީ އަކީ 700 އެއް ޕޭޝަންޓުން. މިމީހުންނަކީ ހަފްތާއަކު 1 ފަހަރު ނޫނީ 2 ފަހަރު ސެންޓަރަށް ހިދުމަތް ހޯދަން ދާ ފަރާތްތައް. އޮރެންޖް ހިޔާ އަކީ ހުޅުމާލޭގައި އެކަހެރިކޮށް އިންޑަސްޓްރިއަލް އޭރިޔާގައި ހުންނަ ތަނެއްވީމަ މިހާ ގިނަ އަދަދެއްގެ ބަޔަކަށް ހިދުމަތް ހޯދަން އުނދަގުލަކަށް ވާނެތީވެ ހެޔޮ އެދިގެން ރައީސް ކޮށްދެއްވި ކަމެއް މީ. މީ ވަރަށް ރަގަޅު ކަމެއް ކަމުގައި ބަލައިގަންނަން.
ދެންތިހެންކިޔާ
05 May 2025
ހުޅހުމާލޭގައި ދިރިއުޅޭ ޑަޔަލިސިސް ހަދާ މީހުންވެސް ދެދުވަހުން އެއް ދުވަހު ޖެހޭ ހަސަފަތާލަށް ދާން. މާލެއިން ވިޔަސް ޑަޔަލިސިސް ހަދާމީހަކު ހޮސްޕިޓަލަށް ދާން ޖެހުމްކީ ދަތިކަމެއް. ވަކި ޖަމުއިއްޔާއެއް ހަދައިގެން ނޫޅުނަސް އެވެސް ބަލިމީހުން. ކެންސަރ ޕޭޝަންޓުންނަކީވެސް ބަލި މީހުން. ސީދާ އަދަދު ނޭނގުނަސް މިވެސް މަދު ބައެެއް ނޫން. ތީ ހަމަ ވަކި ބަޔަކަށް ވަކިގޮތެއް ހަދައިދިނުން. ކާރަކުން 100ރުފިޔާ ދީފަ އެހެން މީހުންވެސް ދަނީ. އެހެން މީހުން މުޒާހަރާއެއް ނުކުރޭ.
މަވެސް ހެޔޮއެދެން.
06 May 2025
އިންޑަސްޓްރިއަލް އޭރިއާ އެއްގައި މެޑިކަލް ސެންޓަރެއް ހެދީ ކީއްވެ ؟ އެތަނުގައި ސެންޓަރު ހުއްޓާ ވަށައިގެން ގަރާޖު ތައް ހެދީތަ ؟ ސަރުކާރުން ކުރާ ގޯސް ކަންތަައް ތަކުން މިފަދަ ނަތީޖާ ނިކުންނަނީ.
ސާރާ18
05 May 2025
އެެއް ގަނޑުން ބަސް ރޫޓު ހެދީ. ކާނިވަލް ބަސް ނުވެސް ދޭ ވެސްޓު ޕާކު އެކަނި ދަނީ
މިސް
05 May 2025
ކޮންމެ ޓްވީޓެއްވެސް ފައްޓަން ޖެހެނީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިސްނެންގެވުމުންތޯ