ދަރިވަރުންތަކެއް ވޭޕް ހިފައިގެން.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
05 މެއި 2025 - 15:36
ވޭޕާ ގުޅުން ހުރި އެކި މައްސަލަތަކުގައި މިދިޔަ މަހު 39 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށާއި އެ ޖޫރިމަނާތަކުގެ އަދަދު 192،500ރ. އަށް އަރާކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނުގެ ދަށުން ރާއްޖެ އަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުން މިދިޔަ އަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެން ވަނީ މަނާކޮށްފަ އެވެ. އެހެންވެ އޭގެ ފަހުން ފުލުހުން އަންނަނީ ވޭޕް ގެންގުޅުމާއި ބޭނުން ކުރާ މީހުން ޖޫރިމަނާ ކުރަމުންނެވެ.
ފުލުހުން މިއަދު ބުނީ މިދިޔަ މިދިޔަ މަހުގެ 1 އިން 30 ގެ ނިޔަލަށް ވޭޕާ ގުޅޭ އެކި މައްސަލަތަކުގައި 39 މީހަކު ޖޫރިމަނަ ކޮށްފައިވާ ކަމަށެވެ. އެ ޖޫރިމަނާތަކުގެ އަދަދު 192،500ރ. އަށް އަރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ވޭޕް ގެންގުޅެ ބޭނުން ކޮށް އެ ގާނޫނާ ހިލާފުވިއަސް ވޭޕް އަތުލުމުގެ ބާރެއް ކުރިން ފުލުހުންނަށް ނޯވެ އެވެ. ނަމަވެސް އޭގެ ފަހުން، ހެލްތު މިނިސްޓްރީން މިދިޔަ ފެބްރުއަރީ މަހު އާއްމުކުރި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ އާއްމު ގަވައިދުން ވަނީ ވޭޕްގެ އާލަތްތައް އަތުލުމުގެ ބާރު ފުލުހުންނަށް ދީފަ އެވެ.
ގަވާއިދާ ހިލާފަށް ވޭޕްގެ އާލާތެއް ގެންގުޅޭ ނަމަ 2،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވާއިދުގައިވެ އެވެ. އަދި އެ އެއްޗެހި ފުލުހުންނަށް ދޭން ދެކޮޅު ހަދައިފި ނަމަ 50،000ރ. އިން ޖޫރިމަނާ ކުރުމުގެ ބާރު ވެސް ވަނީ ދީފަ އެވެ.
ގާނޫނުގައިވާ ގޮތުން ވޭޕްކޮށްފި ނަމަ 5،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. ހިލޭ ވޭޕެއް ދީފި ނަމަ 10،000ރ އަދި ވޭޕް ވިއްކައިފި ނަމަ 20،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އުމުރުން 21 އަހަރު ނުވާ މީހަކަށް ވޭޕް ވިއްކައިފި ނަމަ އަދަބަކީ 50،000ރ. އިން ޖޫރިމަނާ ކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
06 May 2025
ސިނިގރޭޓް އާ ވޭޕް ހުއްޓުވަން ތިބެންވާނީ އެ ބޭނުން ނުކުރާ ބައެކެވެ. ބައެއް ފުލުހުންނަކީ އާއްމު ތަންތާ ޔުނީފޯމް ގަ ސިނގިރޭޓް ބޯ ބައެކެވެ. ގަލޮޅު ޕޮލިހާ ޖެހިގެން ހުންނަ ގޯޅި ގަންޑުގަ ކޮންމެ ދުވަހަކު ޔުނީފޯމް ގަ އާއްމުން ތެރޭގަ ގަ ސިނގިރޭޓް ބޮނީ އެވެ.
ތަފްސީލު
06 May 2025
ޖޫރިމަނާ ކުރިޔަސް އަދި ހައްލެއް ނުވާނެ، އެ ފައިސާ ދައުލަތަށް ވަންނާނެ ގޮތް ހަދަންޖެހޭ، ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާ އެއް ނުދަށްކާނަމަ ބައެއްކަހަލަ ޚިދުމަތްތައް ކަނޑާލަންޖެހޭ، މިސާލަކަށް، ވައިގެމަގުން ޓިކެޓް ނުނެގޭ ގޮތް، ސަރުކާރުން ފޯރުކޮށްދޭ ބައެއްކަހަލަ ޚިދުމަތްތައް ވަގުތީގޮތުން ހުއްޓާލުން
އަހުސަން
05 May 2025
ފުލުހެއްގެއަތުން ވޭޕެއް އަތުލެވުނުތޯ
މައްކޫ
05 May 2025
ސިގިރެޓާ ވޭޕް ގެ ވަބާ އިން ޤައުު ސަލާމަތުގެ އައްސޭރިއަށް ގެންދިއުމަށް ރައީސް އެޅުއްވި ހަރުދަނާ ފިޔަވަޅަށް ވަރަށް ތާއީދު، އެހެންޏާ އެހެރަ ވެސްޓަން ޤައުމުތަކުގަވެސް އެ ގެންދަނީ އެޤަައުމުތަކުގެ ރައްޔިތުން ސަލާމަތް ކުރުމަށް ގިނަ ފިޔަވަޅު ތަކެއް އަޅަމުން، އެމްޑީޕީ ގަ ހުންނަނީ ގެއްލުން ބޕޑު ސިޔާސަތުތައް
ވޭޕް ބޯއީ
05 May 2025
ކިތައް އާލާތް އަތުލެވުނު؟ ޖޫރިމަނާގެ ފައިސާގެ ތެރެއިން ކިހާ ފައިސާއެއް ލިބިއްޖެތޯ؟