އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދުކުރަނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
06 މެއި 2025 - 10:23
މިދިޔަ އަހަރުގެ ހުކުރު ހުތުބާތަކުގެ އިނގިރޭސި ތަރުޖަމާ ހިމެނޭ ފޮތެއް އިސްލާމިކް މިނިސްޓްރީން ނެރެފި އެވެ.
މިނިސްޓްރީގެ އިސްލާމިކް ވަގުފު ލައިބްރަރީގައި އާންމުކޮށްފައިވާ މި ފޮތުގައި 35 މައުޟޫއަކާ ގުޅޭ ގޮތުން ކިޔާފައިވާ ހުތުބާ ހިމެނެ އެވެ.
އޭގެ ތެރޭގައި ސިހުރާއި ޝިރުކުގެ ނުބައިކަމުން ރައްކާތެރިވުމާއި ފަލަސްތީނުގެ ރައްޔިތުންނާ މެދު އިސްލާމީ އުއްމަތުގެ ޒިންމާތަކާއި ގެވެށި އަނިޔާ އާއި ޖުވާގެ ނުބައިކަމާއި އާއިލީ ގުޅުން ދެމެހެއްޓުމުގެ އިތުރުން އަނބިދަރިންނަށް ހަރަދު ދިނުން ފަދަ ކަންކަމާ ގުޅޭ ހުތުބާތައް ހިމެނެ އެވެ.
އެ ފޮތް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ އެވެ.
މީގެ ކުރިން ވެސް ކޮންމެ ހުކުރު ހުތުބާއެއް ކިޔުމުގެ ކުރިން މިނިސްޓްރީން ދިޔައީ އެ މިނިސްޓްރީގެ ވެބްސައިޓުގައި އެ އާންމުކުރަމުންނެވެ. އެކަމަކު މިއީ ހުތުބާގެ އިނގިރޭސި ތަރުޖަމާއެއް މިނިސްޓްރީން އާންމުކުރި ފުރަތަމަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާވެރިބެ
07 May 2025
ހުކުރު ޙުތުބާގެ އިގިރޭސި ތަރުޖަމާ ފޮތަށްވުރެ ބޮޑަށް މުހިއްމީ ބަންގްލަދޭޝް ބަހަށް ތަރުޖަމާ ފޮތެއް. މިހެން މިބުނީ ދިވެހިން ނަގާފަ ދެން އެންމެ ގިނައިން މިސްކިތަށް ނަމާދަށާ ހުކުރަށްދަނީ ބަންގްލަދޭޝް ބޭފުޅުން ކަމށް ފާހަގަ ކުރެވޭތީ.
އާސިޔާ ރަޝީދު
06 May 2025
ޝަހީމް އުޅުއްވަނީ ކުރައްވާނެ ނުކުރައްވާނެ ކަމެއް ނޭނގިގެން. ރައްޔިތުން ފަޤީރުންނަށާއި ދަރަނިވެރީންނަށް ދޭ ޒަކާތު ފައިސާ އިސްރާފުކުރަނީ މިކަހަލަ ބޭކާރު ކަންކަމަށް. މިކަންކަމުން އޭނާ ފާފަވެރިވާނެ. ދިވެހި ބަހުން ލިޔެފައި ހުންނަ ޚުޠުބާތަކަކީ ފެންވަރު ދަށް ޚުޠުބާތަކެއް. އެތައް ބަޔަކަށް ފައިދާ ހުރި ނަސޭހަތްތަކެއް ދޭން ލިބޭ ފުރުޞަތު ނަގާލަނީ.
އަލިބެ…
06 May 2025
ދިވެހިބަހާއި ޤާއުމިއްޔަތު ކުރިއަރުވަން ކުރި ކަމެއްތަ؟
ގައުމުގެދޫ
06 May 2025
ގައުމިއްޔަތު އުތުރި އަރަނީ!
ރަދީފްއޮފިޝަލް / ހުކުރު ދުވަސް
06 May 2025
ހައިބަތު ބޮޑުކުރަން ބޮޑު ޖަލްސާއެއް ބޭއްވިތަ ހުތުބާ ފޮތް ނެރެން؟؟ މަވެސް ބޭނުން ފޮތެއް.