މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަތީބު ޑރ. ސަލާހުލް ބުދައިރު އިސްލާމީ މަރުކަޒުގައި މިއަދުގެ ހުކުރު ހުތުބާ ވިދާޅުވަނީ.---ފޮޓޯ: އިސްލާމިކް މިނިސްޓްރީ
25 އެޕްރީލް 2025 - 13:50
އެންމެ ނުބައި މީހާއަކީ އެ މީހެއްގެ ގައުމު ހަރާބުކޮށް، އަމާންކަމާއި ސަލާމަތްކަން ނަގާލައި އަމިއްލަ މީހުންނާ ދެކޮޅަށް ހަނގުރާމަކުރާ މީހާ ކަމަށް މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަތީބު ޑރ. ސަލާހުލް ބުދައިރު އިސްލާމީ މަރުކަޒުގައި މިއަދު ދެއްވި ހުތުބާގައި ވިދާޅުވެއްޖެ އެވެ.
ކީރިތި ރަސޫލާ ﷺ ގެ މިސްކިތް، މަސްޖިދުއް ނަބަވީގެ އިމާމްކަން މެދުކެނޑުމެއް ނެތި ކުރައްވާތާ 28 އަހަރު ވެފައިވާ ޑރ. ސަލާހުލް ބުދައިރުގެ ހުތުބާގައި ވިދާޅުވީ މާތްﷲ އަޅުތަކުންނަށް އަމުރު ކުރައްވާފައި ވަނީ އެއްބައިވަންތަކަމާ އެކު ގުޅިގެން އުޅުމަށް ކަމަށެވެ.
ބައިބައިވުމާއި ދެބަސްވުންތައް ވަނީ ނަހީކުރައްވާފައި ކަމަށާއި މާތްﷲ ހުއްދަ ކުރެއްވީ އެކަކު އަނެކަކު ދެކެ ލޯބިވާ ބައެއްގެ ގޮތުގައި ދިރިއުޅުމަށް ކަމަށް އިމާމު ވިދާޅުވި އެވެ. އަދި ދެބަސްވެ، އަރާރުންވާ ނަމަ ފިނޑިވެ، އެ މީހުންގެ ބާރު ނެތި ހިނގައިދާނެ ކަމަށް ﷲ ވަހީ ކުރައްވާފައިވާ ކަމަށެވެ.
އެހެންވެ ބައިބައިވުމަށް ބިރުވެތިވުމަށާއި ޝައިތާނާ ގާތްކަން ކަށަވަރީ އެކަހެރިވި މީހާއަށް ކަމަށް ވިދާޅުވި އެވެ. އަދި ސުވަރުގެ އިން އެންމެ މަތީ މަގާމު އެދޭ މީހާ، ޖަމާއަތާ ވަކިނުވުމަށް ނަސޭހަތް ދެއްވި އެވެ.
"އެންމެ ނުބައި މީހަކީ، އެ މީހެއްގެ ގައުމު ޚަރާބުކޮށް، އަމާންކަމާއި ސަލާމަތްކަން ނަގައިލައި، އަމިއްލަ މީހުންނާ ދެކޮޅަށް ހަނގުރާމަކުރާ މީހާއެވެ،" ހުތުބާގައި ނަބަވީ މިސްކިތުގެ އިމާމު ވިދާޅުވި އެވެ.
ޑރ. ބުދައިރު ވިދާޅުވީ ދެބަސްވުމާއި ދެކޮޅުވެރިކަމުގެ އަލިފާން ރޯކުރާ ޖާހިލަކަށް ގައުމެއްގެ ރައްޔިތުން އެއްގަލަކަށް ނޭރުވޭނެ ކަމަށެވެ. ހަރުކަށިކަމާއި ނަފުރަތުން މީސްތަކުން ދީނާ ދުރުކުރާ މީހުންނާއި މީސްތަކުންނާ ހުތުރު ބަހުން މުހާތަބުކޮށް، އަނިޔާވެރިވާ މީހުންނާއި މީސްތަކުންގެ ހިތްތަކުގައި ނަފުރަތުގެ އޮށްތައް އިންދައި، ބަދަހި ސަފުތައް ކޮށާލާ މީހުންނަށް ގައުމު އެއްގަލަކަށް ނޭރުވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އެހެން މީހަކަށް ހެޔޮކަމެއް ލިބޭން ނޭދޭ މީހާ ހެޔޮކަމުން މަހްރޫމު ކުރައްވަތެވެ. މީހަކަށް ދަތިކޮށްފި މީހާ އަށް ދަތިކުރައްވާހުއްޓެވެ. އެހެން މީހަކަށް މަކަރު ހަދައި ކެހި ދީފި މީހަކަށް އެކަމާ އެއްފަދަ ސަޒާ ދެއްވާ ހުއްޓެވެ. އަޅާ މީހަކާ މުއާމަލާތު ކުރާ ގޮތަކަށް، ދުނިޔެ އާއި އާޚިރަތުގައި ވެސް މާތް ﷲ އޭނާއާ މުއާމަލާތް ކުރައްވާ ހުއްޓެވެ،" ހުތުބާގައި ނަބަވީ މިސްކިތުގެ އިމާމު ވިދާޅުވި.
އެހެންވެ، ހުތުބާގައި ނަސޭހަތް ދެއްވީ ހިކުމަތްތެރިކަމާއި މެދުމިނުގައި ހިފެހެއްޓުމަށާއި އެކަކު އަނެކަކަށް ރަހުމުކޮށް އޯގާތެރިވެ އުޅުމަށެވެ. އަދި އަމިއްލަ ނަފުސާއި އެހެން މީހުންގެ މައްޗަށް އޯގާތެރިވުމަށާއި ތިބާގެ އިލްމު ނުދަންނަ މީހުންނަށް އުނގަންނައިދީ، އެ މީހުންގެ މައްޗަށް އޯގާތެރިވުމަށް ނަސޭހަތް ދެއްވި އެވެ. އަދި މުދަލުން ފަގީރުންނަށް ހޭދަކުރުމާއި ބޮޑެތި މީހުންނަށް އިހުތިރާމު ކުރުމާއި ކުޑަކުދިންނަށް އޯގާތެރިވުމަށާއި ކުށުގެ ވެށީގައި އުޅޭ މީހުންނަށް މަގު ދެއްކުމާއި ޖަނަވާރުންނަށް ދާންދެން އޯގާތެރިވުމަށް ވެސް ޑރ. ބުދައިރު ނަސޭހަތް ދެއްވި އެވެ.
އެފަދަ މީހުންނަށް މާތްﷲ ރަހުމަތް ލައްވައި ގިޔާމަތް ދުވަހުގެ ބިރުވެރިކަމުން އަމާންކަން ދެއްވައި، އެ ކަލާނގެ ހިޔާވަހިކަން ދެއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ރަސޫލާ ހަދީސް ކުރެއްވި ބަސްފުޅަކާ ހަވާލާދެއްވާ ޑރ. ބުދައިރު ވިދާޅުވީ މީސްތަކުންގެ ތެރެއިން މާތްﷲ ގެ ހަޒުރަތުގައި ލޮބުވެތިކަން އެންމެ ބޮޑު މީހާއަކީ މީސްތަކުންނަށް އެންމެ ފައިދާ ހުރި މީހާ ކަމަށެވެ. އެއީ މާތްﷲ އެންމެ ރުހިވޮޑިގެންވާ އަމަލަކީ މުސްލިމެއްގެ ހިތަށް އުފާވެރިކަމެއް ގެނެސްދިނުން ނުވަތަ އޭނާ އަށް ޖެހިފައިވާ ބޮޑުކަމެއް ލުއިކޮށްދިނުން ނުވަތަ އެ މީހާގެ ދަރަންޏެއް އަދާކޮށްދިނުމާއި އޭނާގެ ބަނޑުހައިހޫނުކަން ފިލުވައިދިނުން ކަމަށެވެ.
އެހެންވެ، ބޭނުމެއް ޖެހިފައިވާ މީހަކަށް ކުޑަ ނަމަވެސް އަތެއް ދިއްކޮށްލުމަށް ހުތުބާގައި ނަބަވީ މިސްކިތުގެ އިމާމު އެދިވަޑައިގަތެވެ.
މީހުން ފަލީހަތް ކުރުމުގެ މައްޗަށް އަލިއަޅުވައިލައްވަމުން ޑރ. ބުދައިރު ވިދާޅުވީ، އެހެން މީހުންގެ އަބުރަށް އަރައިގަނެ ފަލީތް ކުރުމަށް ތެދުވެއްޖެ ނަމަ މާތް ﷲ އެ މީހަކު ފަލީހަތް ކުރައްވާނެ ކަމަށެވެ.
"އެހެން މީހަކަށް ހެޔޮކަމެއް ލިބޭން ނޭދޭ މީހާ ހެޔޮކަމުން މަހްރޫމު ކުރައްވަތެވެ. މީހަކަށް ދަތިކޮށްފި މީހާ އަށް ދަތިކުރައްވާހުއްޓެވެ. އެހެން މީހަކަށް މަކަރު ހަދައި ކެހި ދީފި މީހަކަށް އެކަމާ އެއްފަދަ ސަޒާ ދެއްވާ ހުއްޓެވެ. އަޅާ މީހަކާ މުއާމަލާތު ކުރާ ގޮތަކަށް، ދުނިޔެ އާއި އާހިރަތުގައި ވެސް މާތް ﷲ އޭނާއާ މުއާމަލާތް ކުރައްވާ ހުއްޓެވެ،" ހުތުބާގައި ނަބަވީ މިސްކިތުގެ އިމާމު ވިދާޅުވި އެވެ.
މަސްޖިދުއް ނަަބަވީގެ އިމާމަކު ރާއްޖޭގައި ދެއްވި ފުރަތަމަ ހުތުބާގައި ދެން ފާހަގަކުރެއްވި އެންމެ މުހިންމު އެއް ނުކުތާއަކީ އެހެން މީހުންނަށް ފައިދާ ހުރި ކަންކަން ކުރުމެވެ. ވިދާޅުވީ، ﷲގެ އަޅުތަކުންނަށް ފައިދާއެއް ކޮށްދިނުމަކީ އެންމެ މަތިވެރި ހުލްގު ކަމަށެވެ. މީސްތަކުންނަށް ހެޔޮކޮށް ކަންތައް ކުރާ މީހުން ދިރިއުޅޭނީ އިއްޒަތާއި ޝަރަފާއި ގަދަރުވެރިކަމުގައި ކަމަށެވެ.
ކީރިތި ރަސޫލާގެ ހަދީސަކާ ހަވާލާ ދެއްވަމުން ޑރ. ބުދައިރު ވިދާޅުވީ، މީސްތަކުން ކުރެ ﷲގެ ހަޟްރަތުގައި ލޮބުވެތިކަން އެންމެ ބޮޑު މީހަކީ، މީސްތަކުންނަށް އެންމެ ފައިދާ ހުރި މީހާ ކަމަށެވެ އަދި ﷲ ތައާލާ އެންމެ ރުހިވޮޑިގެންވާ އަމަލަކީ މުސްލިމެއްގެ ހިތަށް އުފާވެރިކަމެއް ގެނެސްދިނުން ނުވަތަ އެ މީހަކަށް ޖެހިފައިވާ ބޮޑުކަމެއް ލުއިކޮށްދިނުން ކަަމަށް އެ ހަދީސާ ހަވާލާ ދެއްވަމުން ވިދާޅުވު އެވެ.
"ނުވަތަ އޭނާގެ ދަރަންޏެއް އަދާކޮށްދިނުމެވެ. ނުވަތަ އޭނާގެ ބަނޑުހައިހޫނުކަން ފިލުވައިދިނުމެވެ. އަހަރެންގެ އަޚާއަށް ޖެހިފައިވާ ކަމެއް ކޮށްދޭން މަސައްކަތް ކުރުން މަސްޖިދުއްނަބަވީގައި އިއުތިކާފަށް އިނުމަށް ވުރެ މާހެޔޮކަން ބޮޑެވެ." އެ ހަދީސްގައި ވެ އެވެ.
އެހެންވެ، ނަބަވީ މިސްކިތުގެ އިމާމު އެދިވަޑައިގަތީ އެހީތެރިކަމާއި ދީލަތިކަމާއި ހޭދަކުރުން ދޫކޮށްނުލުމަށެވެ މުށްބާރު ނުކުރުމަށެވެ.
"ބޭނުމެއް ޖެހިގެން އަތްދިއްކޮށްލާ މީހާއަށް ކުޑަނަމަވެސް ހެޔޮކަމުގެ އަތެއް ދިއްކޮށްލާށެވެ! ނުވަތަ ހިތްހެޔޮކަމާއެކު ރީތިކޮށް އޭނާ އަށް ޖަވާބުދޭށެވެ! އޭނާގެ ނިކަމެތިކަމާ ހެދި ސަލާން ޖެހުމުން ހުސްއަތާ ދާން ޖެހުމާއި ތިބާގެ ހަރުކަށިކަމާއި ނުރުހުން އެކުވިޔަ ނުދޭށެވެ،" ވަރަށް ގިނަ ބަޔަކާ އެކު އިސްލާމީ މަރުކަޒުގައި މިއަދުގެ ހުކުރު ނަމާދުގައި ޑރ. ބުދައިރު އިއްވެވި ހުތުބާގައި ވިދާޅުވި އެވެ.
"މާތްމީހާގެ ވައުދު އަވަހަށް ފުއްދާނެ އެވެ. ބަޚީލުމީހާ ބުނާނީ މާދަން އަންނާށޭއެވެ. އެއްޗެއް ދޭނެ ކަމަށް ބުނެ ދަންމަދަންމައި ހުރުމަށް ވުރެ ސަރީހަ ޖަވާބު ދިނުން ހެޔޮކަން ބޮޑެވެ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައުންސެލަރު....
26 April 2025
8 ފެބުރުވަރީގެ ބޮޑުހުޅު ؟!
ވެރިޔެއް ކުރިމަތީ ހައްގަށް ބަހެއް ބުނަން ނުކެރޭ!
26 April 2025
އާލިމުންގެ ޓެގް އަޅުވައިގެން ހުޅަނގުގެ ޕްރޮޕެގެންޑާ ފަތުރާމީހުން ވަކި ތީގެން ސަލާމަތްވާނެތަ؟
ގދސ
25 April 2025
މިވާހަކަ ދައްކުވަންތަ ބޮޑުޚަރަދު ކޮއްފައި މީނާ ގެނައީ.
އ
25 April 2025
އެންމެ ނުބައިސައުދީން.. ގަތުލު އާއްމެއް ހިންގާ ނަސްލެއް ނެތިކޮއްލާއިރު ތިތިބެނީ ވާގިވެރިވެގެން.. ނުބައި މީހުން ދުނިޔޭގައި ތިބި ބަޔަކައް ނޭގިގެން ނޫޅޭ...
ހޮޅިން
25 April 2025
ދޮގު ހަދައިގެން ވެރިކަމަށް އައިމީހާގެ މާތްކަންވެސް ބުނެދީބަލަ
ވެލްތު1
25 April 2025
ސަވާބު ހޯދަން ސައުދީއަށް ފައިސާ ޚަރަދުކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ވަރަށް މުހިންމު ކަންތައްތަކެއްގެ ވާހަކަ ޝެއިޚް އެ ފާހަގަކުރެއްވީ.
ތަރުޖަމާ11
25 April 2025
ޑރ ބުދައިރު "ދަރުސް" ފެއްޓެވި ގޮތަށް، ތަރުޖަމާކުރަންވެސް ހުއްޓާނުލައްވާ ދިހަވަރަކަށް މިނިޓް ގެންދެވި. އެންމެ ފަހުން ޝަހީމްއަށްވެސް އެވިދާޅުވި އެއްޗެހިތައް ހަނދުމަފުޅު ނެތިގެން އެންމެފަހުން ވިދާޅުވީ، ޝެއިޚްގެ "ވަޞިއްޔަތް"ގެ ވަރަށް ކުރު ޚުލާޞާއެއް މިކޮށްލަނީއޭ. ޗިޕުޖަހާދޭން އެހާވަރަށް އެދިލެއްވީމާ އެހެންވެސް ވެދާނެ. ކޮންމެއަކަސް ޝެއިޚްގެ ފުލް ސްޓޯރީ ތަރުޖަމާއެއް ނުކުރެވުނު.
ދެފީ
25 April 2025
އެއީ މިގައުމުގެ ވެރިކަމުގައި ހުރި މީހަ
ސޮރުން
25 April 2025
ތިޔައީ ޝަހީމް ދައްކަން ބޭނުންވި ވާހަކަ އަކާ ވައްތަރީ.
ހައިރާނެއް ނުވާނެ
25 April 2025
މަކަރާއި ހީލަތް، ނާޖާއިޒް ފައިދާ ހޯދުން، ރާބުއިން، ޒިނޭކުރުން، ޑްރަގް ނެގުން، ރޭޕްކުރުން، ކިޑްނެޕްކުރުން، މީހުން މެރުން، ހައްގަށް އަރައިގަތުން، އިންސާފު ނެތުން، ކަރަޕްޝަން ހިންގުން. މިއީ މިޤައުމުގައި މިހާރު އާންމު ކަންކަން. ޢެކަމަކުވެސް އެންމެ ނުބައީ ހަމަޖެހުން ނަގާލުމޭ؟ ސައުދީގެ ޝާހީ ޢާއިލާ މީހުން ޗުއްޓީއަށް އައިސް އުޅޭ ވައްތަރާއި، އެމެރިކާ އަދި ޔަހޫދީންނާ ބާއްވާ ސިއްރު ގުޅުމަށް ބަލާއިރު ޝެއިހް ތިޔަހެން ހުތުބާގައި ކިޔުމަކުން ހައިރާނެއް ނުވާނެ.
އެނގޭތަ؟
25 April 2025
ތިޔަ ފާނގަހަ ކުރި އެންމެހާ ކަންކަމަކީ މުޖުތަމައުގެ ހަމަޖެހުން ނަގާލާ ކަންކަން..އިމާމުގެ ވާހަކަ ވ.ބަރާބަރު. ދެން ނުރުހުމުގެ ލޮލަށް ފެންނާނީ ހުސް އައިބު..ރުހިގެން ހުންނަ އިރު އައިބެއް ނުފެންނާނެ.