06 މެއި 2025 - 13:09
އިންޓަ މިލާން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދާން ކުރަން އެންމެ މުހިއްމު ކަމަކީ ބާސެލޯނާގެ ލަމީން ޔަމާލް ހުއްޓުވުން ކަމަށް، އިންޓަ ގެ ކޯޗު ސިމިއޯނީ އިންޒާގީ ބުނެފި އެވެ.
"އޭނާ [ޔަމާލް] އާ ބޯޅަ ވީހާވެސް ދުރުގަ ބާއްވަން މަސައްކަތް ކުރަން ޖެހޭނީ، އެކަމަކު އެއީ ވާނެ ކަމެއް ނޫން. އެކަކު ނޫނީ ދެ ކުޅުންތެރިން މާކު ކޮށްގެން ވިޔަސް އޭނާ އަށް ހާއްސަ ސަމާލުކަމެއް ދޭނަން. އުމުރުން 17 އަހަރުގައި އޭނާއަކީ އާދަޔާ ހިލާފު ހުނަރުވެރިއެއް،" އިންޒާގީ ބުންޏެވެ.
"އެއީ ނުރައްކާ ކުޅުންތެރިއެއް. އެންމެން ވެސް އޭނާ އަށް ޕާސް ދޭ. އަހަރެން އެންމެ އާޝޯހުވާ ކަމަކީ އޭނާގެ ވިސްނުން. ބޯޅަ ލިބުމުގެ ކުރިން ވެސް އޭނާ އަށް އެނގޭ ހަރަކާތް ކުރަންވީ ގޮތް."
ބާސެލޯނާ ފަހަތުން އަރައި އިންޓަ އާ 3-3 އިން އެއްވަރު ކުރި ފުރަތަމަ ލެގުގައި ޔަމާލް ވަނީ ބާސާ އަށް މުހިއްމު ދައުރެއް އަދާ ކޮށްދީފަ އެވެ. ދެވަނަ ލެގު އިޓަލީގެ ސެން ސީރޯ ސްޓޭޑިއަމްގައި މިރޭ ކުޅޭނެ އެވެ.
ފުރަތަމަ ލެގުގައި ބަސްޓޯނީ، ޔަމާލް ހުއްޓުވަން މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ
ޔަމާލް ހުއްޓުވުމުގެ ޒިންމާ ހަވާލު ކުރާނެ ކަމަށް ބެލެވެނީ އިންޓަ ގެ ޑިފެންޑަރު އަލެސަންދްރޯ ބަސްޓޯނީ އަށެވެ. އިޓަލީގެ ބަސްޓޯނީ ވަނީ އެންމެ ފަހުން އޮތް ޔޫރޯ މުބާރާތުގެ ފައިނަލްގައި ވެސް ޔަމާލް އާ ދެކޮޅަށް ކުޅެފަ އެވެ. ޔޫރޯގެ ފައިނަލް ކާމިޔާބު ކުރީ ވެސް ސްޕެއިން އެވެ.
"ޔޫރޯގައި އޭނާއާ ދެކޮޅަށް ކުޅުނިން، އޭރު މި ފެންވަރަކު ނޫން އޭނާ ހުރީ. އެއަށް ފަހު އޭނާ އެހުރީ ވަރަށް ބޮޑެތި ކުރިއެރުން ހޯދައިފަ،" ޔަމާލް އަށް ތައުރީފް ކުރަމުން ބަސްޓޯނީ ބުންޏެވެ.
އިންޓަ އާ ކުޅެން ބާސެލޯނާގެ އަލެހަންދްރޯ ބާލްޑޭ ފިޓް ނުވި ނަމަވެސް ސްޓްރައިކަރު ރޮބާޓް ލެވަންޑޯސްކީ ވަނީ ފިޓް ވެފަ އެވެ.
އިންޓަ އަށް އަނިޔާގެ އިތުރު މައްސަލައެއް ކުރިމަތި ވެފައި ނެތް ކަމަކު އިންޒާގީ އަށް އޮތް ގޮންޖެހުމަކީ ޑިފެންޑަރު ބެންޖަމިން ޕާވަޑާއި ސްޓްރައިކަރު ލަޓައުރޯ މާޓިނޭޒްގެ ފިޓްނަސްގެ މައްސަލަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޯންމަބެ
06 May 2025
އިޓަލީގެ ބަސްޓޯނީ ވަނީ އެންމެ ފަހުން އޮތް ޔޫރޯ މުބާރާތުގެ ފައިނަލްގައި ވެސް ޔަމާލް އާ ދެކޮޅަށް ކުޅެފަ އެވެ. ޔޫރޯގެ ފައިނަލް ކާމިޔާބު ކުރީ ވެސް ސްޕެއިން އެވެ. ހަމަ އެއްގޮތަކައްވެސް ކިޔާ ލަވައެއް ނޭގުނު
ޓޭސީ
06 May 2025
މި ކުޅިވަރު ހަބަރު ލިޔާމީހާގެ ހާލު. އަމިއްލައަށް ވިސްނައިގެން މި ޖެހެނީ ލިޔަން އުޅޭ އެއްޗެއް ދެނެގަންނަށް. މިއަދު ނެތް ލިޔުން މީހާގެނަން ވެސް ޖަހާފައެއް
82652365236523652365
06 May 2025
ސްޕެއިން އެއް ނުކުޅޭ އިޓަލީ އަކާ ޔޫރޯ ފައިނަލެއް މިހާރުގެ ކުޅުންތެރިންނާ އެއްކޮން!
ރަދީފްއޮފިޝަލް
06 May 2025
ސްޕެއިން އިޓަލީ ކުޅުނީ ޔޫރޯ2024ގެ ގްރޫޕް ސްޓޭޖްގަ.އިޓަލީގެ ކުޅުންތެރިޔާ (ކަލަފިއޯރީ) އަތުން ބައިކޮޅަށް ގޯލެއް ވަދެގެން ސްޕެއިން މޮޅުވީ (1 0 އިން). ޔޫރޯ2024ގެ ފައިނަލްގަ ކުޅުނީ ސްޕެއިން އަދި އިންގްލެންޑް.