މަޝްހޫރު ވިޔަފާރިވެރިޔާ އަދި ދ. މީދޫ ދާއިރާ މަޖިލިސް މެމްބަރު އަހުމަދު ސިޔާމް މުހައްމަދު--- ފޮޓޯ: ނިޝާން އަލީ | މިހާރު
06 މެއި 2025 - 17:36
މަޝްހޫރު ވިޔަފާރިވެރިޔާ އަދި ދ. މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ސަން ޓްރެވަލްސް ކުންފުންޏަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ނ. މިނާވަރު އަތުލަން ނިންމީ އެއްބަސްވުމާ އެއްގޮތަށް ކަންކަން ރަނގަޅު ކުރަން އިތުރު މުއްދަތެއް ދިނުމުން ވެސް ރަނގަޅު ނުކުރުމުން ކަމަށް އެގްރިކަލްޗަރު މިނިސްޓްރީން މިއަދު ބުނެފި އެވެ.
ސަން ޓްރެވަލްސް އަށް މިނާވަރު ކުއްޔަށް ދީފައި ވަނީ ފެބްރުއަރީ 6، 2010 ގައި 21 އަހަރު ދުވަހުގެ މުއްދަތަކަށެވެ. ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވާން ބާކީ އަދި ހަ އަހަރު އޮތް ނަމަވެސް އެ ރަށް އަތުލަން އެގްރިކަލްޗަރު މިނިސްޓްރީން އިއްޔެ ވަނީ 14 ދުވަހުގެ ނޯޓިސްއެއް ދީފަ އެވެ.
އެ ކަމާ ގުޅިގެން އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިނާވަރު ކުއްޔަށް ދިނީ ދަނޑުވެރިކަން އަދި ވެލިޔުއެޑިޝަން އާއި ޕްރޮސެސިންގެ މަސައްކަތަށް ކަމަށެވެ. އެކަމަކު، އެ ރަށުގައި ކުރަން އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ވެލިޔުއެޑިޝަން އާއި ޕްރޮސެސިންގެ އެއްވެސް މަސައްކަތެއް ނުކުރާކަން މޮނިޓަ ކުރުމުން އެނގުނު ކަމަށް އެގްރިކަލްޗަރު މިނިސްޓްރީން ބުންޏެވެ.
ނ.އަތޮޅުގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ދިގު މުއްދަތަށް ކުއްޔަށް ދޫކޮށްފައިވާ ރަށްތަކުގެ މޮނިޓަރިންގ މަސައްކަތް ނިންމާލައިފި.
— Ministry of Agriculture and Animal Welfare (@MAAWmv) August 14, 2024
1/1 pic.twitter.com/kvw3XkcrXQ
އެ ކަންކަން ރަނގަޅު ކުރުމަށް މި އަހަރުގެ މާޗު 19 އިން ފެށިގެން 30 ދުވަހުގެ މުއްދަތެއް ދިން ނަމަވެސް ރަނގަޅު ކޮށްފައި ނުވާތީ ރަށް ސަރުކާރަށް އަތުލަން ނިންމީ ކަމަށް މިނިސްޓްރީން ބުންޏެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2021 ގައި ސަރުކާރުގެ ބޭނުމަކަށް ނަގަން ނިންމައި އެ ރަށުގެ އިވެލުއޭޝަން އޮޑިޓެއް ހަދައިދޭނެ ބަޔަކު ހޯދަން ވެސް އޭރު އިއުލާން ކުރި އެވެ. އެކަމަކު، އޭގެ ފަހުން ވެސް މިނާވަރު ބޭނުން ކުރަމުން އަންނަނީ ސިޔާމް ވޯލްޑާއި ސަން ސިޔާމް އިރުފުށްޓަށް ބޭނުންވާ ތަކެތި އުފެއްދުމަށް، ދަނޑުވެރިކަން ކުރުމަށެވެ. ސަރުކާރާ އެކު ހެދި އެއްބަސްވުމުގައި ބުނާ ވެލިޔުއެޑިޝަން އާއި ޕްރޮސެސިންގެ މަސައްކަތެއް ނުކުރެ އެވެ.
މީގެ ކުރިން ސިޔާމުގެ ރަށެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ ދ. އުއްދޫ ވެސް ވަނީ އޭނާ އަތުން އަތުލައިފަ އެވެ. އެއީ ވެސް ދަނޑުވެރިކަމުގެ ބޭނުމަށް ދޫކުރި ރަށެކެވެ.
ސިޔާމްގެ އެމްޑީއޭ އެކު ސަރުކާރު ކޯލިޝަނުން ކުރިން މަސައްކަތް ކުރަމުން އައި ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މީޑިއާ ބްރީފިންގައި ނޫސްވެރިން ސުވާލު ދެންނެވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ސަރުކާރު ކޯލިޝަންގައި މިހާރު އެ ޕާޓީ ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
07 May 2025
ރާއްޖޭގަ ކޮންމެވެރިއަކުވެސް ވަރަށް އިންސާފުވެރިވާނެ. އެއީ އަމިއްލަ މަސްލަހަތަށް އަނެކާގެފުށުން ގުޑުމެއްނާރާހާދުވަހަކު، ވެރިކަމުގެ ފަރާތުން އެކަކުވެސް ޖުޑިސަރީއަށް އަތެއް ފައެއްވެސް ނުބާނާނެ، އެކަމަކު އެއީ ބައިކޮޅުގަ އެމީހަކު ހުންނަހާދުވަހަކު.
ސަންމާނު
07 May 2025
އަތުލާފަ ރައްޓެއްސަކަށް ދޭންތަ
ލަދުމީހާ
07 May 2025
އިންސާނާގެ ހިތެއެއް ނުފުރޭނެ.
ހަސީނާާ
07 May 2025
މިނާވަރު ލިބެން މިންވަރުގައި ނެތީތާ
އަލިކާދިއްދޫ
06 May 2025
މުޅިގައުމު އެބަޖެހޭ މަހުޖަނުންގެ މިލުކަކައްހަދަން. ކޯލިސަންހެދުމާއި ފަރުދާގެ ނިވަލުގައިތިބެ ހަރަދުކުރުން މީކޮންމެއް އިންތިހާބެއްގައިވެސް ހިނގާކަންކަން މިގޮތައް ޑީލުތައްހަދައިގެން ފަލުތަކާއިރައްތައްދޭންްބުނެގެންން އިންތިހާބެއް ކާމިޔާބު މިކުރަނީ. މިޑީލާއެއްގޮތައް ކޮންމެވެސްއެއްބަޔަކު އަމަލުނުކުރާހިސާބުން އެފެންނަނީ ވަކިވާތަން ކީކޭދީބުނާނީ. މިވަރުންވެސް ގޯސްވާނީ ނިޒާމް ވޯޓްވިއްކާ އެގަންނައް ދުވިމީހުންނާއި ގާނުނާއެއްގޮތައް އަމަލުނުކުރި މީހުންނެއްނޫން
މާލު
07 May 2025
ހަގީގީ މައްސަލަޔަކީ ހުޅަނގުގެ ޑިމޮކްރަސީ، ކެމްޕެއިން(ވެރިކަމަށް އަންނަން އެތަށް ހަރަދެއް)ކޮށްގެން ތިމަންނާއަށް ވެރިކަންދޭށޭ ބުނާ މީހަކަށް ވެރިކަން ދީގެން ގައުމުގެ ބައިތުލްމާލަށް ރައްކާތެރިވާނޭ ކަމަށް ދެކޭނީ މޮޔައިން، ހަދީސުން ވާރިދުވާފަދައިން ވެރިކަމަށް ފައިނަގާ މީހަކަށް(ޑިމޮކްރަސީ/ވޯޓްލާސިސްޓްމް) ނޫނެކޭ ބުނަންޖެހޭ
ގުއިވެފަ ދެއްތޮ
06 May 2025
މިވެރިކަމުގަ ދެން މީހުނާ އިންނަން މަޑުކޮށްލާ، ދެން އަންނަ ވެރިކަމެއްގަ ކަމެއްވޭތޯ އުޅޭނީ.
އަހުމަދު މުހައްމަދު އަލީ
06 May 2025
މިފެންނަނީ އަސްލު މައްސަލަ ކޯލިޝަން ހަދަނީ އަމިއްލަ މަންފާ ކުރި އަރުވަން. އެކަމު އެއީ ރައްޔިތުންގެ ވެސް ހައްޤު ތަކެއް ވާ ކަންކަން . މިކަން ޤަބޫލު ނުކޮށް ކޯލިޝަން ނުހެދިޔަސް އޯކޭ . ރައްޔިތުން ކޮންމެސް މީހަކު ހޮވާނެ .
މޯނާ
06 May 2025
ކަލޯ ވާ ގޮތަކީ ޑޮލަރު ނުލިބޭ! ގެސްޓު މީހާ ވެސް ދެނީ ރުފިޔާ! ޑޮލަރެއް ޔޫރޯ އެއް ނުލިބޭ! މިނާވަރާ ހަދަން 15000ރ ގެ ލުއި ލޯނެއް ނެގިނަމަ ސަޅި
ސަސި.
06 May 2025
އެއްބަސްވުމާ އެއްގޮތަށް ހުރިހާ ފަހަރަކުވެސް އަމަލުކުރެވޭނަމަ ސަޅިވާނެ، ސަރުކާރާއެކު ބަސްއަހައިގެން އުޅޭނަމަ ކިތަންމެ ދުވަހެއްވެސް މައްސަލައެއް ނޫޅޭނެ
ޒާރާގެ ފިރިމީހާގެ އަންހެނުން
06 May 2025
ސިޔާމުގެ ރިސޯޓުތަކަށް އެކަނި ބޭނުންވާ ވަރަށް ތިޔަ ރަށުން ދަނޑުވެރިކަންކޮށްގެން އުފެއްދުނަސް އެ ސަލާމަތް ވަނީ ހާދަ ގިނަ ބޭރު ފައިސާއެކޭ އެތަކެތި އިންޕޯޓު ނުކުރާތީ!