އިކޮނޮމިކް މިނިސްޓަރު ސައީދު. އިގްތިސާދީ ކޮމިޓީއަށް އޭނާ ހާޒިރު ކުރަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
07 މެއި 2025 - 13:03
ޗައިނާގެ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.
މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ޗައިނާގެ އެފްޓީއޭއާ ގުޅޭ ގޮތުން މައުލޫމާތު ސާފުކޮށް، އެ އެގްރީމެންޓް ތަންފީޒު ކުރުމުގައި ކުރެވޭނެ ކަންކަން އޮޅުން ފިލުވުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިމް ވިދާޅުވީ، މިކަން އެންމެ ފުރަތަމަ އިކޮނޮމިކް މިނިސްޓްރީ މެދުވެރިކޮށް ސާފުކުރުން މުހިއްމުވާތީ، އިކޮނޮމިކް މިނިސްޓަރު ސައީދާއި މިނިސްޓްރީގެ ބޭފުޅުން ހާޒިރުކުރުން މުހިއްމު ކަމަށް އޭނާ ހުށަހެޅުއްވި އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ އެވެ.
އެކަން ކޮމިޓީގެ އަޣްލަބިއްޔަތުން ވަނީ ފާސްކޮށްފަ އެވެ.
ރާއްޖެ އާއި ޗައިނާއާ ދެމެދު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ.
ޗައިނާ އެކު ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވައިލަން ނިންމީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެ އެއްބަސްވުން އެކުލަވައިލާން 2017 ވަނަ އަހަރު މަޖިލީހުން ނިންމި އިރު އެ އެއްބަސްވުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ވަނީ މުރާޖައާކޮށްފަ އެވެ.
އެ އެއްބަސްވުމާ އެކު ރާއްޖެއާ ޗައިނާއާ އެކު ކުރާ ވިޔަފާރީގެ މުއާމަލާތްތައް އެއް ބިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޮޓްކިންގ
07 May 2025
ބަންކަރިންނަށް ވީގޮތެއް ސައީދު ކައިރީ އަހައިދޭތި. ފިސާރި ފޮލާކެއްކިކަމެއްއެއީ.
ދައިގަންނަގުރާ
07 May 2025
މިވަރުގެ އެއްބަސްވުމެއް ހަދަނީ ލިޔެކިޔުމެއްނެތި ތަ؟ ދެން ސައީދު މަރުވެއްޖެއްޔާ މަޖިލީހުން މައުލޫމާތު ހޯދޭނެ އެހެންގޮތެއް ނެތީ؟