08 މެއި 2025 - 02:18
ޕެރިސް (މެއި 8) - އަމިއްލަ ދަނޑުގައި 2-1 އިން އާސެނަލް ބަލިކޮށް، 3-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައި ޕީއެސްޖީ، މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
މިއީ ޕީއެސްޖީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރު ކުރި ދެ ވަނަ ފަހަރެވެ. މީގެ ކުރިން ޕީއެސްޖީ ވަނީ 2020 ވަނަ އަހަރުގެ ފައިނަލްގައި ކުޅެފަ އެވެ. ކޮވިޑާ ގުޅިގެން ސަޕޯޓަރުން ނުވައްދައި ކުޅުނު އެ ފައިނަލްގައި، ތޯމަސް ޓުކެލް އާއެކު ނުކުތް ޕީއެސްޖީ ވަނީ ހަންސީ ފްލިކްގެ ބެޔާން މިއުނިކް އަތުން ބަލިވެފަ އެވެ.
މި އަހަރުގެ ފައިނަލްގައި ލުއިސް އެންރީކޭގެ ޕީއެސްޖީ ނުކުންނާނީ ކުއާޓާގައި ބެޔާން މިއުނިކް ކަޓުވާލި އިންޓަ މިލާނާ ދެކޮޅަށެވެ. އިންޓަ ވަނީ ސެމީ ފައިނަލްގައި ފްލިކްގެ އިރުޝާދުގެ ދަށުން ކުޅޭ ބާސެލޯނާ ބަލިކޮށްފަ އެވެ.
ލަންޑަނުގައި މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުން ޕީއެސްޖީ މޮޅުވީ 1-0 އިންނެވެ. މިރޭ ޕެރިހުގައި މިކެލް އާޓެޓާގެ އާސެނަލް ވަރުގަދަކޮށް ފެށި ނަމަވެސް މެޗުގެ 27 ވަނަ މިނިޓުގައި ޕީއެސްޖީ ވަނީ ފަބިއަން ރުއިޒްގެ ގޯލަކުން އިތުބާރު ހޯދައިފަ އެވެ.
ދެ ވަނަ ހާފުގައި މައިލްސް ލެވިސް ސްކެލީ އަތުގައި ބޯޅަ ޖެހިގެން ވީއޭއާރުގެ އެހީގައި ޕީއެސްޖީ އަށް ލިބުނު ޕެނަލްޓީ، ވިޓީނިއާ ފޮނުވާލުމުން އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ މަތަކުރި ނަމަވެސް މާ ގިނަ އިރެއް ނުވެ ޕީއެސްޖީ އަށް ލީޑު ފުޅާ ކޮށްދިނީ އަޝްރަފް ހަކީމީ އެވެ.
ޕީއެސްޖީގެ ގޯލްކީޕަރު ޖިއާންލުއިޖީ ޑޯންނަރުއްމާ ވަނީ މި މެޗުގައި އާސެނަލްގެ ބުކަޔޯ ސަކާ އާއި މާޓިން އޮޑެގާޑް ފޮނުވާލި ހަމަލާތައް ހުށިޔާރުކަމާ އެކު ދިފާއު ކޮށްފަ އެވެ.
މެޗު ނިމެން 15 މިނިޓަށް ވެފައި ވަނިކޮށް ސަކާ ގޯލެއް ޖަހައިދިން ނަމަވެސް، ކުއާޓާގައި ދެ މެޗުން ރެއާލް މެޑްރިޑް ބަލިކުރި އާސެނަލް އަށް ސެމީ ފައިނަލްގައި ކުރި ހޯދޭ ގޮތެއް ނުވި އެވެ.
ތާރީހުގައި ދެ ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅުމުގެ އުންމީދުގައި ނުކުތް އާސެނަލް، ފަހު ވަގުތު ކުރި މަސައްކަތުން ހޯދި ފުރުސަތުތަކުގައި ސަކާ އަށް ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ގޯލު މަތިން ދިޔައިރު، މިކެލް މޮރީނޯ ބޮލުން ފޮނުވާލި ހަމަލާ ގޯލާ އަމާޒެއް ނުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯރިން ފުޓްބޯޅަ
08 May 2025
އިންޓެންސް އެންޓަޓެއިނިން ފުޓްބޯޅަ ހަލާކުކުރި ފޮޒެޝަން ފުޓްބޯޅައޭ ކިޔާ މެދުތެރޭ ދެފަރާތަށް ޕާސް ތަޅާލަތަޅާލާ ތިބޭ ގޭމުގެ އައްޕަ ގާޑިއޯލާގެ ދަރިވަރު ސެންޓަ ފޯވަޑެއް ނުލައި މިކަން ކުރަން އުޅެގެން އަތަށް މިގޮވީ މިސީޒަންވެސް.
ކަކަކިކި
08 May 2025
އާސެނަލަށް ގޯ ހޯމް..
ލެއްގިކޮމިޝަނަރ
08 May 2025
މިއަހަރު ޕުރިސީޒަނުގައި އާސެނަލް ދަތުރުހަދާފަ އަންނަންވީ ދިވެހިރާއްޖެއަށް. ޅެނުން ފަރުވާކޮށްގެން އަންނަ ސީޒަނުގަ ތައްޓެއް ލިބޭތޯބަލަން ކޮންމެހެންވެސް މިކޮޅަށް ޖައްސާލަން އެބަޖެހޭ. ކޮންމެ މިދެސީޒަނުގަ ރަނގަޅު ފައިޓެއްދީފަ ހުސްއަތާ ނިންމާލަން ޖެހުމަކީ މަމެންގެ އެކުވެރި ރަދީފްމެންނަށް ހަޖަމްކުރަން ފަސޭހަ ކަމމެއްނޫން.
ޑެބީ
08 May 2025
ދިވެހި ޅެން ކުލިނިކަށް މުޅި އާސެނަލް ޓީމާއި މެން ޔޫ ޓީމު ދައްކަންވީ. ސަރުކާރަށް ލައްކަ ލާރި ލިބޭނެ ކަމެއްމީ. އަދި ދިވެހި ޅެން ޓުއަރިޒަމް ތައާރަފުކޮށް ދެންއޮންނަ ބާލިން ފެއާގައި މިކަން އިސްތިހާރުކުރަންވީ. އަދި ޅެމުން ފަރުވާދޭ ހާއްސަ ރިސޯޓުތަކެއް ކަނޑައަޅަންވީ. ޅެންވެރިންގެ ޑިމާންޑް މަތިވެ ސުކޫލު ނިންމާ ކުދިން ވަންނާނެ އިތުރު ފީލްޑެއްވެސް ލިބުނީ.
ޕާޕާ ޕެރޭޒް
08 May 2025
އާޓެޓާ ވަރުގަދަ ޒުވާން ޓީމެއް ބިނާކޮށްފީ. މިޓީމު ކުރި ހިތްވަރަށް ތައުރީފު ހައްގު. 15 ފަހަރު ރިޝްވަތު ދީގެން ތަށި ހޯދި ޓީމު މިފަހަރު ކަޓުވާލި ޓީމަކީ މަމެންގެ އާސެނަލް. އިރާދަ ކުރެއްވިއްޔާ އަންނަ ސީޒަންގެ ޗެމްޕިއަންސްލީގު ނަގާނީ އާސެނަލްއިން
ގާޑިޔޯލާ
08 May 2025
ރިޝްވަތު ދީގެން ތަށްޓާ ބޮލެންޑޯ ހޯދީ ސިޓީ މީހުން. މަށަށް އެނގޭތީ މިބުނަނީ. އަޓާޓޭ އެއީ މަކައިރި އުޅުން ސޮރެއް. އާސެނަލްގައި މަބުނިގޮތަށް އޭނާ ނުހެދީމަ ފައިނަލަށް ނުދިޔައީ.
ރަދީދްއޮފިޝަލް /
08 May 2025
މަރުހަބާ ޕީއެސްޖީ.އާސެނަލް ކުރި ހިތްވަރަށް ސާބަސް.
ބީ.އެސް.ބީ ވެންގާ
08 May 2025
އޯ.. ވެންގާ ބޯއިސް ވެންގާ ބޯއިސް.. ހަލޮ ހަލޯވް.. އާސެނަލްގެ ގޫނާ ވެންގާ ބޯއީސް އަށް ލޫޗޯ ބޭބެ ސަލާމް ބުނި. ވަކިން ހާއްސަކޮށް އަހަރުމެން އެންމެންގެ ފްރޭންޑް އަދި ބާސެލޯނާ/އާސެނަލް އަށް މަރުދޭ ރަދީފް ބާއި އަށް ލޫޗޯ ބޭބެގެ ސަލާމް. އޯކޭތޭންކްސްބާއީ.. އޯ.. ވެންގާ ބޯއިސް ގޫނާ ބޯއިސް ވެންގާ ބޯއިސް..
ރަދީދްއޮފިޝަލް /
08 May 2025
ތޭންކްސް ބްރަދާ.