09 މެއި 2025 - 16:09
ޒުވާން ޚަތީބުން ތަމްރީނުކުރުމަށް ހިންގާ ޕްރޮގްރާމްގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް މިހާތަނަށް 283 ކުދިން ފޯމު ހުށަހަޅައިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ޒުވާން ޚަތީބު ޕްރޮގްރާމަކީ 18 އަހަރު ނުވާ ކުދިންނަށާއި ސްކޫލު ނިންމާފައި ތިބޭ ކުދިންނަށް ޚުތުބާ ކިޔުމާއި ހުކުރު ކުރުމުގެ ހުއްދަ ދިނުމަށްޓަކައި ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމްއެކެވެ.
ޚަތީބުން ތަމްރީން ކުރުމުގެ ދެ ބުރު ނިންމާލާފައި ވާއިރު މިހާރު ވަނީ ތިންވަނަ ބުރުގައި ބައިވެރި ވުމަށް ހުޅުވާލައިފަ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ ތިންވަނަ ބުރަށް މިހާތަނަށް 283 ޒުވާނުން ކުރިމަތިލާފައިވާ ކަމަށެވެ.
ތިން ވަނަ ބުރުގައި ބައިވެރިވުމުގެ މުއްދަތު މާދަމާ ހަމަވާއިރު، ސަރުކާރުގެ އަމާޒަކީ ފަސް އަހަރު ތެރޭގައި 1،000 ކުދިން ހާފިޒުންނަށް ހެދުމެވެ. ރާއްޖޭގައި މި ވަގުތު 266 ހާފިޒުން އެބަތިއްބެވެ. އެއީ 126 އަންހެނުންނާއި 140 ފިރިހެނުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮނަކުއާ
09 May 2025
ޒުވާން ޚަތީބުންގެ ނަމުގައި ޝަޙީމް ރައީސްކަމަށް ކުރިމަތިލާން ވޯޓުލާދޭނެ ބަޔަކު ތައްޔާރު ކުރަނީ..
ހަޗުސްްސް
09 May 2025
ތާހިރު ދިރިއުޅުމުގެ ނަމުގައި ރާއްޖެ ގެންގޮސް ވަލަށްލާން އުޅޭމީހުންނަށްވުރެ މާ ތާހިރުވާނެ މިގޮތްވެސް. މިކަހަލަ ކޮންމެ ކަމަކުންވެސް އަސަރުކުރާނީ ހިތުގައި ނިފާގުކަން ހުންނަ ބަޔަކަށް.
ގަން
10 May 2025
ރައީސްކަމަށް ކުރިމަތި ލިޔަސް ނުލިޔަސް، ކަމަކީ ކިތަންމެހާވެސް ރަނގަޅު ކަމެއް. މިފަދަ ކަންކަމަށް ތަރުހީބުދީ ހިއްވަރު ދޭންވީ. ސިޔާސީ ހުން ޖެހުނީމާ ހަގީގަތެއް ނުފެންނާނެ.